ށ..ފުނަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން އެ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުން 21 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައި..---ފޮޓޯ:މިހާރު
13 އޮކްޓޯބަރ 2019 - 15:04
ސަރުކާރުގެ ވިސްނުމަކީ އިރުއިރުކޮޅާ ރަށްރަށުގެ ބިން ހިއްކުމުގެ ބަދަލުގައި އެކީ އެކައްޗަކަށް ބިން ހިއްކައި ނިންމުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އަސްލަމް ވިދާޅުވީ ބިން ހިއްކުމަކީ ތިމާވެއްޓާ ރަހްމަތްތެރި ގޮތެއް ނޫން ކަމަށެވެ. އެކަމަކު، އެއީ ބައެއް ފަހަރު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުގެ ވިސްނުމަކީ އިރުއިރުކޮޅާ ބިން ހިއްކަން ނުޖެހޭ ގޮތަށް "ހިއްކަން އޮތް ބިމެއް އޮވެއްޖެ ނަމަ" އެއްފަހަރާ ގޮސް ހިއްކާލުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެކަން ކުރާނީ (ބިން ހިއްކާނީ) ވަރަށް މަދުން ކުރަން ޖެހޭ ރަށްތަކުގައި،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮސްކާލިސްއާ އެކު ސަރުކާރުން މިހާރު މަޝްވަރާތަކެއް ވަނީ ފަށައިފަ އެވެ. ބޮސްކާލިސްއަކީ މީގެކުރިން ރާއްޖޭގެ އެކި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރި ބޭރުގެ ކުންފުންޏެކެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެއީ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ކޮންޓްރެކްޓަރެވެ.
ބޮސްކާލިސްއާ އެކު މަޝްވަރާ ކުރަމުން އަންނަނީ ގުޅީފަޅުގައި ބަނދަރެއް ހެދުމަށްޓަކައި ބޭނުންވާ ބިން ހިއްކުމާ ގުޅޭ ގޮތުން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރަށްރަށުގެ ބިން ހިއްކާ ނަމަ، އެއަށް ބަޖެޓު ވެސް ހޯދަން ޖެހެ އެވެ. މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި ވެސް އެކަން ކުރުމަށް ކޮންމެވެސް ވަރަކަށް ފައިސާ ޖަހާފައި ހުރި ކަމަށާއި އެއީ އެކަމަކު ފަހެއް ނޫނީ 10 ހެކްޓަރު ހިއްކޭ ވަރަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ބިން ހިއްކުމުގައި މިހާރު އަމަލު ކުރަމުން އަންނަ ގޮތަށް ބަދަލު ގެނެސް، ވަށައިގެން ތޮށިލުން މަދު ކުރުމަކީ ވެސް ސަރުކާރުގެ ވިސްނުމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވި ގޮތުގައި މިހާރު އަމަލު ކުރާ އުސޫލަކީ ހިއްކާ ތަން ވަށައިގެން ތޮށިލައި ހިމާޔަތް ކުރުމެވެ.
"އެއީ ޑިޒައިންކޮށްގެން ކުރާ ކަމެއް ނޫން. ބޮޑު ޖާގަ އޮންނަ ދިމާލަކަށް ހިއްކާލަނީ. އަޅުގަނޑުމެންގެ މިހާރު އާ ވިސްނުމަކީ އެގޮތަށް އެކަން ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ރިސޯޓުތައް ހަދާ އިރު ބިން ހިއްކާ އުޅޭ ގޮތަށް، އެކަން ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހާ ބޮޑުކޮށް ތޮށްޓެއް ލާފައެއް ނުހުރޭ. ބީޗް ބޮޑު ބައިގައި އޮވޭ. އެހެން ނަމަވެސް އެ ބީޗު ހިމާޔަތް ކުރުމަށްޓަކައި ކޮންމެސް ވަރަކަށް ތޮށި ލާފައި ހުރޭ،" ރާއްޖޭގެ ރިސޯޓުތައް ތަރައްގީ ކުރަމުން އަންނަ ގޮތުގެ މިސާލު ނަންގަވައި މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވަނީ ކ. މާފުށީގެ ބިން ހިއްކަން އޭނާ ތައްޔާރުކުރި ކޮންސެޕްޓެއް ދައްކާލައްވައިފަ އެވެ. ރަށް ރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ އިރު، ބީޗެއް ލިބުމަކީ އެ ރަށެއްގެ "ވެލިއު" މައްޗަށް ދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަމަޑިބެ
13 October 2019
އާނ ރާއްޖޭގަ ބިންހުއްކާ ބޯޑު ޖައްރާފެއް އޮވެމެ ބޭރުބަޔަކަށް ދެނީ ކަޓުނެގުމުގެ ނިޔަތް އޮތީމާ ނޫން ކޮންކަމަކުތޭ...
ފުދިފަހުންނަ ވަޢުދުވާ
13 October 2019
އިހަށްވެސް 3 އަހަރުގެ ސަރުކާރުގައި ދެތިން ބިންހިއްކާފައި ޕްރޮވިންސް އޮފީސްތަކަށް ކަނޑައެޅި ބަޖެޓުން ބޮސްކާލިސްގެ ބިލްދައްކާފައި ފިލީ. ޕްރޮވިންސް ހަދައިގެން ރައްޔިތުންނަށްވީ ފައިދާއެއްނެތް. އަބަދުވެސް ތެއްގޯނި ގެންގުޅެނީ.
އަހަރަށް
13 October 2019
ގުޅިފަޅު ހިއްކަން ކިއެއްވެތޭ ބޮސްކާލިސް އާއި އެކު ވާހަކަ ދައްކަންވީ ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އޮތްވާ އެމްޓީސީސީ އަށް ބީއެމްއެލް އިން ލޯނެއް ނަގައިގެން ވެސް މިކަން ކުރެވޭނެއޭ ބަދަލުގައި އެމްޓީސީސީ އަށް ގުޅިފަޅުން ހިއްކާ ބިން ތަކުގެ ދެބައި ކުޅަ އެއް ބައި ހިލޭދޭނީއޭ ދެން އެމްޓީސީސީން އެބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިންދޭނީއޭ 100
ހުވަދޫ.
13 October 2019
ފަރެސް މާތޮޑާއަށް މުޅި ދައުލަތުގެ ބަޖެޓު ހުސްކޮއްލާފަ ތިކިޔަނީ ކީކޭތަ.
ތިނަދޫ މީހާ
13 October 2019
އަސްލަމްއެވެ. އަހަރެން ކުރިން ހީކުރީ ކަލެއަކީ ވަރަށް ވިސްނުން ރަނގަޅު މީހެއް ކަމަށެވެ
ފަރެސް މާތޮޑާ
13 October 2019
1500 މީހުންގެ އާބާދީއެއް ހަމަނުވިޔަސް ފަރެސް މާތޮޑާގަ އިންޓަނޭޝަނަލް އެއާޕޯޓެއް ހަދާ މުޅި ރަށުގަ ބަދަރު ހަދާ މުޅި ހުޅަނގު ފަރާތުގަ ބޮޑުހިލަ ޖަހާ ފަޅު ތެރޭގަ ބާކީ ތަންކޮޅެއް އޮތަސް އަދިވެސް ހިއްކާ މުޅި އަށްވާށަ ބޭރު ތޮށި ލީމަ ހުންނާނީ ތަރައްގީ ގެނެވިފަ. ގދ ބައެއް ރައްރަށުގައި އާބާދީ 9800 ގައި އުޅޭއިރު އެރަށުގެ ފަޅޭކޭ ހުވަދޫ ކަނޑު ގަދަ ދުވަސް ވަރު ހުވަދޫ ކަނޑެކޭ ވަކި ތަފާތެއްނެތް.
ޖޖޖޖ
13 October 2019
މިއީ މަބުނާ ވާހަކައަކީ. ދިވެހިން މަސްބާނަށް ކުދި ކޯރުތައަ މަސްއަޅަ ފުރާފަ ދެން އޮތް ހުރިހާ ތަނެއަ ހިއްކާލަނެ. މިސަރުކާރުން. މިއީ މީހުނަނަކީ. ކޮންމެ މީހަކަށް 25 ބުރީިގެ އިމާރާތެއް ދޭނަ ނިންމާފަ އޮތީމަ ދޯ ފްލެޓް ނުދޭން ތިއުޅެނީވެސް. ވެރިންނަށްލާންވީ މިފެންވަރުގެ މީހުން. ދެން ބިންހިއްކާވާހަކަ ގޮވަމުން ޕާޓީ ކުދިން ހިނގާނެ.
މަހާ ޖައްރާފުގެ މަންމަ
13 October 2019
އެމްޓީސީސީ މަހާ ޖައްރާފު އޮއްވާ ކޮން ބޮސްކާލިސްއެއް. ކިހާވަރެއް ބޮސްކާލިސް އިން އަސްލަމަށް ދޭ. #ޒީރޯޓޮލަރަރެންސް #ވައްކަން2.0