ހުޅުމާލެ ހޮސްޕިޓަލުގައި މެމޮގްރަފީ ޓެސްޓު ހެދުމުގެ ހިދުމަތް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު (މ) އިފްތިތާހުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
14 އޮކްޓޯބަރ 2019 - 14:29
އުރަމަތީ ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރަފީ ޓެސްޓުގެ ހިދުމަތް ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
މި ހިދުމަތް ތައާރަފްކޮށްފައި މި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް ދެ އަހަރު ވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޮންކޮލޮޖީ ޑިޕާޓްމެންޓް ހުޅުވީ އޮކްޓޫބަރު 8، 2017 ގަ އެވެ.
މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ.
First Lady attends the inauguration ceremony of Mammography services in Hulhumale Hospital pic.twitter.com/mXL7sl52Ua
— The President's Office (@presidencymv) October 14, 2019
ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއް
މެމޮގްރަފީގެ ހިދުމަތާ އެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓުން ކީމޯތެރަޕީގެ ހިދުމަތް މިހާރު ވެސް ލިބެ އެވެ.
މި މަހަކީ އުރަމަތީ ކެންސަރާ ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ހާއްސަކޮށް މުޅި ދުނިޔޭގައި ފާހަގަކުރާ މަހަކަށް ވުމުން ހުޅުމާލެ ހޮސްޕިޓަލުން އަންނަނީ އެކަމާ ގުޅޭ ހާއްސަ ހަރަކާތެއް ވެސް ހިންގަމުން ނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޅިކަލޯ
15 October 2019
މާބޯޑަށް މެޑަމް ފާތުން ވާން ފަށައިފީ. އެގޮތް ކަމު ނުގޮސްގެން ވެރިކަން ބަދަލު ކުރީ
mohamed
15 October 2019
މިހާރުދެން ޔާމީންގެ ރަނިކަމަނާ އަށް ވުރެ މިހަރު ހާލު ބޮޑު މީދެން ބޮޑުގުޅަ ޔައްވެފަ މިއޮތީ ރައީށް ނަޝީދުގެ ވެރިކަމުގަ މެޑަމް ލައިލާ މިސާލަކަށް ނަގާބަލަ އޭގެ ކުރިން ނަސްރީނަވެސް ރަގަޅު 30 އހަރަށްބަލާފަ
ޢަމީނާއަލީ
15 October 2019
ތިވެސް ރައީސް ޔާމީން ބެހެއްޓެވި މެޝިނެއް. ޢޯޑަރ ކޮއްފަ އިން ތާރީހާއި ޑެލިވަރީ ޑޭޓް އެމްޑީ ކައިރީ އައްސަވާލާ
ކުދުރޭޑިއޯ
14 October 2019
މެމޯގްރާމަށް ހަފުލާއެއް، ލެބޯޓަރީގަ ހަކުރު ޓެސްޓް ގެށުމުގެ ގޮތުން ހަފުލާއެއް، ކުޑަކުދިން ކިރާ މެޝިނެއް ބަހައްޓާފަ ހަފުލާއެއް. ހުޅުމާލޭ ހޮސްޕިޓަލަކީ ޓާޝިއަރީ ލެވެލްއަށް ހަދާފަ ހުރި ތަނެއްނުންތަ ނޫނީ ހޮސްޕިޓަލެކޭ ކިއާފަ ހުސްއިމާރާތަކަށް ވަދެގަންނަނީތަ ކަންތައް ފުރިހަމަނުކޮށް.
މާޓިން ބަޝީރު
14 October 2019
ހޮސްޕިޓަލްގަ ހުންނަން ޖެހޭ މުހިންމު ޚިދުމަތެއްވެސް ދޭން ފަށާއިރު ވަރަށް ބޮޑުކަމަކަށް ހަދަންޖެހޭތަ. ސަރުކާރުގެ ހެޔޮފުޅުކަމުން ކޮއްދޭ ކަމެއްގޮތަށް ދޭހާވާގޮތައް، މީދެން ކޮންކަމެއް. މިމީހުންނަށް ވެގެންވަންޏާ ހޮސްޕިޓަލެއްގެ ހަތަރު ފާރު ރާނާ ނިންމާފަ ދެން އެތަނަށް ކުރާ ކޮންމެ ކަމެއް މީހުންނަށް ދައްކަން ބޭނުންވަނީ ވެރިކަން ކުރާފަރާތުގެ ހެޔޮކަމުން ކޮށްދޭ ކަމެއްގޮތުގައި. ނޮޓް ގުޑް.
ރާއްޖެތެރޭއިބުރޭ
14 October 2019
ވަރަށް ރަނގަޅު ކަމެއް މަރުހަބާ
މެމޮގުރަފީ
14 October 2019
ތިޔަތަނުގައި ފޮޓޯނެގޭ ކަހަލަ ނޫނީ ސެކިއުރިޓީގެ ނަމުގައި ނަމަވެސް ކެމެރާ ބަހައްޓާފަ ހުރިތޯ ބަލަން އެބަޖެހޭ
މެގޯށި
14 October 2019
އަޅުގަޑުމެންގެ މެޑަމް ތުރުކުރައްވާ ހެދުން ވަރަށް ރީތިވެފާ ހިތްގައިމު. ނަސްރީނާ ލައިލާ ވެސް އެހާރީތިކޮއް ހެދުން ތުރުއްކުރައްވައިގެން މުނާސަބަތުތަކުގައި ނުކުއްނަވަނީ.
ސައިމާ
14 October 2019
ސާބަހޭ ހެލްތު މިނިސްޓަރު އަމީން. ތިއީ ހަމަ ކަންކަން ކުރެވޭ މިނިސްޓަރެއް.
ރަދީފް
14 October 2019
މަރުހަބާ.ތިޔަ ނިންމާލެވުނީ ވަރަށް މެސިވް ޕްރޮޖެކްޓެއް.ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަން ކަށަވަރުވެ ޔަގީންވޭ.ވ.ވެދުން