ޚަބަރު / ކަނޑުމަތީގެ ހާދިސާ

ހަލީމްގެ ފައެއް ޖެހުމަށް އެހީ ހޯދަނީ

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ އާޓިފިޝަލް ފައެއް ޖެހުމަށް އޭނާގެ އާއިލާއިން އެހީ ހޯދަން ފަށައިފި އެވެ.

ރ. އަތޮޅު ފަޅު ރަށެއްގެ ބޭރުގައި މިދިޔަ ބުދަދުވަހު ހިނގި ހާދިސާގައި އެ އަތޮޅު އިނގުރައިދޫ އަބްދުﷲ ހަލީމް، 27، ގެ ވާތު ފައިގެ ކުޑަހުޅުގެ މަތިން ވަރަށް ބޮޑުބައެއް ބުރިވި އެވެ. އެބައި ގުޅުވެން ނެތުމުން އޭޑީކޭ ހޮސްޕިޓަލުން ވަނީ ކަކުލުހުޅު ތިރިން ފައި ބުރިކޮށްލައިފަ އެވެ.

އާއިލާ އިން ބުނިގޮތުގައި އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

Gulhuveyne gotheh nethigen zuvaanaage fai burikollaifi

Gulhuveyne gotheh nethigen zuvaanaage fai burikollaifi

The most trusted news source in the Maldives

Mihaaru

ގުޅުވޭނެ ގޮތެއް ނެތިގެން ޒުވާނާގެ ފައި ބުރިކޮށްލުން

އޭނާގެ ބޭބެ، އިބްރާހިމް ޝިހާބް މިއަދު ބުނިގޮތުގައި އާޓިފިޝަލް ފައެއް ޖަހައިގެން ހަލީމަށް ހިނގިދާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެ އުއްމީދާ އެކު އާއިލާ އިން މަސައްކަތް ކުރަނީ ފައެއް ޖެހުމަށް ރާއްޖެ އިން ބޭރަށް ދާށެވެ.

ޝިހާބް ބުނީ ފައެއް ޖަހައިދޭ އަގު އިންޑިއާގެ ގަންގާ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށާއި ސީދާ ޚަރަދުވާނެ ވަރެއް އަދި ނޭނގޭ ކަމަށެވެ.

"އެހާ ބޮޑު ޚަރަދެއް ކުރަން ޖެހޭތީ އަޅުގަނޑުމެން އެދެނީ އާންމުންގެ ދީލަތި އެހީއަކަށް،" އިބްރާހިމް ބުންޏެވެ.

އެހީތެރިވުމަށް ބޭނުންވާ މީހުން 101 179802 7701 ނަމްބަރު ބީއެމްއެލް އެކަންޓުން ރުފިޔާ ޓްރާންސްފާ ކުރުމަށް އާއިލާއިން އެދެ އެވެ.

ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަން އޮއްވައި ހަލީމް ގައިގައި ޖެހުނީ އެ އަތޮޅުގައި ހަދާ ރިސޯޓެއް ކަމަށްވާ ކޮއްޓަފަރުގައި ދުއްވާ ޑިންގީއެއްގެ ބުރަފަތިންނެވެ.

ބުރިވި ފައިގެ އިތުރުން ބުރަފަތިން ޖެހި ޒަހަމްވެފައި ހުރި ތަންތަން އެހާ ސީރިއަސް ނޫން ކަމަށް އާއިލާ އިން ބުންޏެވެ. މަސްގަނޑު ކަފައިގެން ދިއުން ފިޔަވައި އެހާ ބޮޑު ގެއްލުމެއް ލިބިފައިނުވާތީ އެ ހިސާބުތައް ވަނީ ފަހައިފަ އެވެ.

ހަލީމަކީ އިނގުރައިދޫ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އަދި ކައިވެންޏެއް ނުކުރެ އެވެ. ފީނަށް ދިއުމަކީ ފޫހިފިލުވުމަށް އޭނާ އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

14 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 96%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާދަރުމީހާ

15 October 2019

ސްނޯކްލިން އަކައްނޫން ގޮސް އުޅުނީ. ރާއްޖޭގައި މަނާކޮއްފަ އޮންނަ ކަމެއް ކަމުގައިވާ ބަޑިޖަހައިގެން މަސްހިފަން ގޮސް އުޅުނީ. އިޕޯޓް އިސްލާހް ކޮއްލާ

The name is already taken The name is available. Register?

ބޯވަރާއްޖެ

15 October 2019

މިސަރުކާރުން ބުނީ މިކަހަލަ ކަންތައް ސަލާން ޖަހާކަށް ނުޖެޙެނެއޭ، ކޮބާ މިކަމަށް ސަރުކާރުން އެހީވެދީ ތިކުރާ ބޭކާރު ހަރަދުތައް ހުއްޓާލާފަ

The name is already taken The name is available. Register?

އަގެން ބުނިނަމަ!

15 October 2019

ވަރަށް ރަނގަޅު ކަމެކެވެ! ނަމަވެސް އެހީ ހޯދަން ހުޅުވާލިއިރު، އަންދާޒާ އަގެއް ހޯދުމަށްފަހު ހާމަ ކުރިނަމަ، އެވެ. މިއީ، ފައިސާގެ އެހީއަށް ބޭނުން ޖެހިފައިވާ މީހުންގިނަ ކަމުން ހަމަ ހިތަށް އެރި އެއްޗެކެވެ.

The name is already taken The name is available. Register?

އިހްސާސް

15 October 2019

ބޮޑެތި ހަރަދު ކޮށްގެން ދިރޭތަކެތި އޮޕަރޭޝަނަށް ރާއްޖެއިން ބޭރަށް އެބަ ފޮނުވާ ބައެއް ރިސޯޓް ތަކުން.އަޅުގަނޑަށް ފެނުނު އޮންލައިން ނޫހަކުން. މިކަހަލަ ކަންކަމަށް އިންސާނުންނަށް އެހީ ނުވަނީ ކީއްވެބާ؟ އިންސާނުންނަށް ވުރެ ދިރޭ ތަކެތި މުހިންމު ވަނީ ކޮންކަހަލަ ވިސްނުމެއްގަ!

The name is already taken The name is available. Register?

ހާސަރު.

15 October 2019

އަހަރެމެން އާސަންދަ ބޭނުންވަނީ ހަމައެކަނި ޕެނަޑޯލް ގުޅައެއް ހޯދާކަށްނޫން. އާދައިގެ ހުމެއް އައިސްގެން ޑޮކްޓަރަށް ދައްކައިގެން ދޭ ބޭސް ސިޓީގައި 4 ބޭހެއްގެ ތެރެއިން މި ލިބެނީ 2 ބޭސް. ބާކީ ބޭސް ޖެހެނީ ގަންނަންށޯ.. އެކަމަކު ހިތުގެ މައްސަލަ ކަހަލަ މައްސަލަތަކަށް ވެސް ބޮޑެތި ޚަރަދުތަކެއް އާސަންއިން ކުރާކަންވެސް ޤަބޫލުކުރަން. ނަމަވެސް ހަލީމަށް މިދިމާވިފަދަ މައްސަލަތަކަށްވެސް އާސަންދައިން ފުރިހަމައަށް ކަވަރު ކުރެވޭނެ ގޮތެއް ހަމަޖެހެން އެބަޖެހޭ.

The name is already taken The name is available. Register?

މުރާސިލް

15 October 2019

މިސަރުކާރު ގެނައީ ސަލާން ނުޖަހާ ބޭސްފަރުވާކުރުމަށައް އާސަންދަ އިން ނުފޯރާބައި އެންސްޕާ އަިން ފޯރުކޯސްދޭނެ. ތިކަމުގަޒިމްމާ ނަގަނޖެހޭމީހުން ކޮބާ ހަދާ ރެސޯޓގެ މީހުން ޑިންގީ ދުއްވި މީހުން ވެސް އިހުމާލުވޭތޯބަލާންޖެހޭ އެވަރުން ނުވީމަ އާމުން އެހީވާން ޖެހޭނެ

The name is already taken The name is available. Register?

ޢެޑްމުންޑޯ

15 October 2019

މީ މިދައްކާ ވާހަކައަކީ ، މިފަދަ ކަމެއްމެދުވެރިވީމާ ރައްޔިތުމީހާ ސަލާންޖެހުން އެއީ ގަބޫލުކުރެވޭނެކަމެއްނޫން ، ސަރުކާރުން އޭނާގެ ފައިޖަހާދިނުމުގެ ޚަރަދު ނުދެވޭނަމަ އެއީ މައްސަލައެއް ، ނުވަތަ އެ ޑިންގީ އަކީ ރިސޯޓެއްގެ ޑިންގީ އަކަށްވުމުން އެރިސޯޓުން އެކަމުގެ ޒިންމާ އުފުލާ ޚަރަދު ދޭންޖެހޭނެ ، ކުއްޖެއްގެ ކަންފަތް ބީރުމުން މިލިއަން ރުފިޔާ ދައުލަތުން ދެވުނު އިރު މީހެއަގެ ފައި ގެއްލުމުން ދެތިންލައްކަ ރުފިޔާ ނުދެވެންވީ ސަބަބެއްނެތް،

The name is already taken The name is available. Register?

ާޢާސިމް

15 October 2019

ބަލަގަ ހުސްނުވާ އާސަންދައިގެ ބޭނުމަކީ ތިކަހަލަ ބޮދެތި ކަން ތަކަށް އެހީ ވުން ނޫންބާ!!!!

The name is already taken The name is available. Register?

ރަނގަޅު

14 October 2019

ކުޅެން ދާ މީހުންނަށް ބޮޑެތި އަދަދުން ފައިސާ ބަހާއިރު, އެ ބޭނުންވެގެން ސަލާން ޖަހާމީހާއަށް އެއްޗެއް ދޭތަނެއް ނުފެނޭ!

The name is already taken The name is available. Register?

އާރީ

14 October 2019

ތި ރިސޯޓުން ތިކަމުގެ ޒިންމާ ނަގަންޖެހޭނި

The name is already taken The name is available. Register?

ނާނި

14 October 2019

ފީނުމުގައިވެސް ގަވާއިދުތަކެއް ހުރޭ...ފީނައިގެން އޮތްކަން އެނގޭނެ ފަދަ ނިޝާނެއް ބަހައްޓައިގެންބާ އޮތީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454