ފުލުހުންގެ ތަރުޖަމާނު އިޒްމިއާ، ކުރިން ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން ޗެނަލް13 ގެ ނޫސްވެރިއަކު ބޭރުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް އިޒްމިއާ މިރޭ ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު
15 އޮކްޓޯބަރ 2019 - 23:43
ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތުހުމަތަށް، ޗެނަލް 13 ގެ ނޫސްވެރިއަކު ފުލުހުންގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ، ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަން ހަދާފައިވާ ޕޮލިސް މީޑިއާގެ ވަޓްސްއެޕް ގްރޫޕުން ޗެނަލް13 ގެ ނޫސްވެރިޔާ ބޭރުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އިޒްމިއާ ހާމައެއް ނުކުރައްވަ އެވެ.
އިޒްމިއާ ވިދާޅުވި ގޮތުގައި، ވަޓްސްއެޕް ގުރޫޕުން އެ ނޫސްވެރިޔާ ބޭރުކުރުމުގެ ކުރިން، ޗެނަލް13 ގެ އިސްބޭފުޅުންނާ ބައްދަލުކުރަން ވެސް ފުލުހުން މަސައްކަތް ކުރި އެވެ މި މައްސަލައާ ގުޅޭ ގޮތުން ޗެނަލް 13 ގެ އިސްވެރިންނާ ބައްދަލު ކުރައްވަން ފުލުހުން މަސައްކަތްކުރި ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
"ނަމަވެސް ބައްދަލުވުމަށް އެދުނު ފަރާތް ވަޑައިގެންފައި ނުވޭ،" އޭނާ ވިދާޅުވި އެވެ.
ޗެނަލް13ގެ ނޫސްވެރިޔާ، ފުލުހުންގެ ވަޓްސްއެޕް ގްރޫޕުން ބޭރުކުރި ނަމަވެސް އެ ސްޓޭޝަންގެ އެހެން މުވައްޒަފެއް އެ ގްރޫޕުގައި އަދި ވެސް ހުންނަ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
"އަދި ގްރޫޕުގައި ނެތަސް ޕޮލިސް މީޑިއާ އަށް ގުޅުއްވުމުން ބޭނުންފުޅުވާ މައުލޫމާތު ހުރިހާ މީޑިއާތަކަކަށް ވެސް ލިބިވަޑައިގަންނަވާނެ،" އިޒްމިއާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވު
16 October 2019
ފޮޓޯ އިން އަޑުނީވުނަސް ފޮޓޯބެލީމާ ސުރުހީގެ އަޑުއިވުނުކަހަލަ
ކޭތަގޭހުސެއިނާ
16 October 2019
މިހާރު މުޅިދުނިޔޭގައިވެސް ޓްރެންޑަކީ ބާރުއޮތްބަޔަކު އަނެބަޔަކު ފިއްތާލަންވީމަ ޓެގްކޮށްލަނީ ޓެރަރިސްޓުން، ބުލީކުރުން، ސެކްސުއަލްހެރާސްމެންޓު، ޑޮމެސްޓިކުވައިލެންސް، ޖެންޑާއިކުއަލިޓީ، ހިއުމަންރައިޓުސް،، އެބިއުޒް، އެކްސްޓްރީމިސްޓުން މިހެންގޮސްލައްކަ ނަންނަމުގެދަށުން. ހާއްސަކޮށް ހުޅަގާއި އެމެރިކާގައި މިމައިގަނޑުނަންތައް ބޭނުންކުރެވޭ. ދެން އެމީހުންނާއި އެއްވަރަކަށް އަހަރުމެންވެސް ތަރައްގީވާނީ ތަހުޒީބުވިކަމަށްވާނީ ހަމަމިބަސްބަސް ބޭނުންކުރީމަތާ
ރާއްޖެތެރޭއިބުރޭ
16 October 2019
ފުލުހުން ތީ އަބަދުވެސް ސިޔާސީ ބަޔެއް
ޤާދިރު
16 October 2019
އެމް. ޑީ. އެން އާ ގުޅޭގޮތުން ފުލުހުންނާ ކުރާ ކޮންމެ ސުވާލަކީ ޖިންސީ ފުރައްސާރަ ކުރުމެއް. އަވަހަށް ފިޔަވަޅު އަޅާ..
މުރަނާ
16 October 2019
ޝަހިންދާޔާ އެމްޑީއެންނާ ގުޅޭ ސުވާލަކީ މިހާރު ޓެރަރިޒަމް. ޖިންސީ ފުރައްސާރަ. ކިހާ ވަރަކުން ދާނެބާ؟
ފަތުހީ
16 October 2019
މީ ވަރަށް ދެރަ ކަމެއް. ނޫސްވެރިންނާއި ޖައްސާލައިގެން ފުލުހުން އުޅޭ މަންޒަރު މި ފެންނަނީ. ބަދުނާމުކުރަން ވެގެން ނުބައި ތުހުމަތެއް ކުރީ. ކަނޑައެޅިގެން ދޮގެއް. މިނިވަން ނޫސްވެރިކަމަށް ފުލުހުންނާއި ސަރުކާރުން ހުރަސް އަޅާ މަންޒަރު ސާފުކޮށް މި ފެންނަނީ.
ހެ....ހޭއް
16 October 2019
ނޫސްވެރިންނަކީ ވަރަށް ހީވާގި، ހިކްމަތްތެރި އަދި ބަސްމޮށުންތެރިކަން މޮޅުބައެއް. ޗެނެލް 13ގައި މިވަގުތު ގިނައީ މިދެންނެވި ސިފަތައް އެއްވެސް ވަރަކަށް ނެތްބައެއް. ގިނަވަތު މިނިވަން ނޫސްވެރިކަމޭ ކިޔަފައި އިސްލާމީ ރިވެތި އުސޫލް ތަކުން އެއްކިބާވެ މާމޮޅުކަމަށްދެކި އޫލޭބައެއް. އެހެންވެ ވަޓްއަޕް ގުރޫޕުނަް ބޭރުކުރަން ހަމަ ތާއީދު
ސިދުގީ
16 October 2019
ހެ...ހޭއް އައް ގޮއްރީނދޫހުން ޖެހުނީމަ ވާނެ ހައެތި ތިވީ.
ފަސްމަގު
16 October 2019
މާޟީގައި އެބައިމީހުން ރައްޔިތުނާ ދޭތެރޭ ހިތި ހިތުން އެބައިމީހުން މީސްކޮޅު މަދަސް އެކަން އެމީހުންނަށް ފެންނަން ޖެހޭނެ އެމީހުންގެ ކަރުތެރޭގޭވެސް އެމީހުންގެ ރަހަ ލެއްވޭލެވެން ޖެހޭނެ
އިހޫ
16 October 2019
ހަމަ ރަގަޅު. ޖިންސީ ފުރައްސާރައިގެ ކޮންމެ ކަމެއް ވިޔަސް ވަގުތުން ފިޔަވަޅު އަޅަންވީ. މި ނާތަހުޒީބު ގުރޫޕު ހަމައަކަށް އަޅުވަން އެބަޖެހޭ
ސދފދ
16 October 2019
ނާތަހުޒީބު މީހާއަށް ހީވާނީ ދެންތިބި އެހެންމީހުންނީ ނާތަހުޒީބު ބައެކޭ.
ދަލީ
16 October 2019
ކޮންކަހަލަ ނިންމުމެއްތީ. ބޮޑަށް ވައްތަރީ ގޮތްދޫ ނުކުރާ އުސޫލެއް ހެން
ޙަބީބު
16 October 2019
ފިޔަވަޅުއަޅާ ދައުވާ އުފުލާ 13 އަހަރު ޖަލުގަ ބާއްވާ