ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލިޔުމެއްގައި ސޮއި ކުރައްވަނީ. އެމަނިކުފާނު ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް ތަސްދީގު ކުރައްވާފައި. -- ފޮޓޯ: ރައީސް އޮފީސް
18 އޮކްޓޯބަރ 2019 - 11:47
ޚިޔާނާތާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް އެކުލަވައިލި "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލްގައި، ނޭދެވޭ އަމަލުތަކާ ގުޅޭ މައުލޫމާތު ހުށަހަޅާނެ އުސޫލުތައް ބަޔާންކޮށްފައި ވެ އެވެ.
ވިސްލްބްލޯ ކުރާ މީހާ އަށް ލިބި ދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯ ކޮށްގެން މައުލޫމާތު ހުށަހެޅުމުން މައުލޫމާތު ބަލައިގަންނަ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ނޭދެވޭ އަމަލުތައް ހުއްޓުވައި، ދެ ފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މި ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.
ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި، ވިސްލްބްލޯ ކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯ ކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯ ކުރުމުން ލިބޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހްގީގުކޮށް، ފިޔަވަޅު އެޅުން ހިމެނެ އެވެ.
ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ކުރިން ރާއްޖޭގައި ނެތެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިިޔާސީ ވައުދެކެވެ. ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.
ގާނޫނުގައިވާ ގޮތުން މައްސަލަތައް ހުށަހެޅުމަށް، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަންގައި ޔުނިޓެއް ހަދަން ޖެހެ އެވެ. އެ ޔުނިޓްގެ އެންމެ އިސްވެރިޔާ ހަމަޖައްސާނީ ބިލްގައިވާ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.
ވިސްލްބްލޯގެ ގޮތުގައި ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފަށް ހުރަސް އެޅުމާއި ވަސީލަތެއް ބޭރު ކުރުމާއި ވިސްލްބްލޯ ކުރުމުން ބަދަލު ހިފުން ހިމެނެ އެވެ.
ވިސްލްބްލޯ ކުރާ ފަރާތުން ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެ އެވެ. އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ބިލްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
19 October 2019
ފެންނެތް ބޮޑެތި ކާށި ބިންނާނެ ކަމެއް ނެތް މުޅި ދައުލަތް ދަވާލާފަ
އޭފް
19 October 2019
ރައީސް އޮފީހުގެ ވިސްލް ހުރީ ހަލާކުވެފާ. ބްލޯ އެއް ނުކުރެވޭ.
ޒީރޯ
19 October 2019
ތި ޒީރޯ ޓޮލަރެންސް ހަމަ ޒީރޯ... އެއްކަމެއްވެސް ނުވާނެ.
ދޭބަލަ
18 October 2019
ތަމެންގެ ވެރިކަމުގައި 45 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވިއިރު ވެސް މާލެ ސަރަހައްދުގައި ގޯތި ނެތް މީހުންނަށް ދެވުނު ގޯއްޗެއް އޮތީ އެއް ނޫން ތަމެން ދެން އެފައިސާ ގަނޑަށް ކިއެއްތޭ ކުރީ ތަމެން ދެން މަހަށްދޭބަލަ
ވިސްލްބްލޯއާ
18 October 2019
މިހާ ކުޑަ ގައުމެއްގައި، މީހުން އެކަކު އަނެކަކާ އެކި ގޮތްގޮތަށް ގުޅިފައިވާ މުޖުތަމައެއްގައި ވިސްލްބްލޯއާ ކިހާވަރަކަށް ރައްކާތެރި ކުރެވިދާނެބާ. މި ގައުމަކީ ސިއްރު ހެކިންގެ މައުލޫމާތު ހެކިބަސް ދޭ ދުވަހު އާންމުންނަށް ލީކް ވާ ގައުމެއް. އެމެރިކާގެ ރައީސްގެ އަމަލެއް ވިސްލްބްލޯ ކުރިމީހާ މިހާރު އެއުޅެނީ އޭނާގެ ސަލާމަތަށް ނުރައްކާ ވެދާނެތީ ކޮންގްރެސްގެ ތަހުގީގަށް ހެކިބަސް ދޭން ބިރުން. ދެން ކިހިނެއް ރާއްޖޭގައި ވިސްލްބްލޯއާ ސިއްރު ކުރެވޭނީ.
އޮޅާލާ
18 October 2019
ވިސްލް ބްލޯ ކުރީމާ މިވާ ގޮތަކީ ސްޓެލްކޯ އަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއް ބައި ރަންރީނދޫ ބޮޑޭ ގެ އެކެބަނޑެ ބެއްޔާ އަށް ލިބޭ ގޮތަށް އެކަން ނިބްމަނީ ފޭކް ސޯލަރ ޕެނަލްސް ތަކެއް ޖަހައިގެން ތަމެން ދެން ވިސްލް ބްލޯ އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ...
ރަންނަ
18 October 2019
ވަކި މީހެއްގެ ޒިންމާއެއްނޫން. އަމިއްލަޔަށް ކުރަންވީނު. މިހާރު ގާނޫނުން ހިމާޔަތް ލިބޭނެ
ޖަމަލު
18 October 2019
އެންޑީއެމްގެ މައްސަލަ ނުބެލިގެން އުޅެނީ ކޮންބައެއްގަ މަސްލަހަތެއް އޮވެގެން ކަން ރައްޔިތުންނަށް އިނގޭއިރު، އަދި ގާނޫން އިން އެޔަށް ވުރެ ބޮޑަށް މަތިކޮއްފައިވާކަންކަން ނުކުރެވި ދާއިރު ވިސިލްބްލޯވަރ އެކްޓެއް އޮވެގެންނޭ ކިޔާފަ ރައްޔިތުންނަށް ލިބަެނެ ރައްކާތެރިކަމެއް ޔަގީން ކަމެއް އެބޮތްތޯ
ބާރަށްކުރިޔަށް
18 October 2019
100ޕބޭކާރުކަންކަންކިރާބެއްޔާ
އެހެންތޭ
18 October 2019
އެހެންވެ ދޯ ރާއްޖެޓީވީގެ ދެރިޕޯރޓަރުން އޭސީސީ އަށް ދިއުމުން އެމެން ކަނޑާ ނަގާ އެއްލާލީ...
ލަމީތް
18 October 2019
ބިލް ތަކާއި ގަރާރުތައް ނެތިގެންބާ ކަންކަން ނުކުރެވެނީ..ކާވަރުން ކަނީ..ކާގޮތް ތަފާތީ..ގާތް މީހުނާއި ރައްޓެހިންނަށް ވަޒީފާ އަދި އެކިއެކި މަންފާލިބެނީ..ކުރިއެކޭ ތަފާތެއްނެތް.މުޅިން އާ މީހުން މިހާރު ދަވާލަނީ ތަފާތަކީ އެއީ..