ކަކާގޭގައި ހުރި ސައިކަލުގައި ރޯކޮށްލާފައި -- ފޮޓޯ: އެމްއެންޑީއެފް
22 އޮކްޓޯބަރ 2019 - 11:52
ހދ. ކުޅުދުއްފުށީ ކަކާގޭގެ ތެރޭގައި ހުރި ސައިކަލުގައި ބަޔަކު ގަސްތުގައި ރޭ ރޯކޮށްލީކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ގޭގައި ހުރި ސައިކަލެއްގައި ރޯވެގެން ރޭ 4:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވެ އެވެ. އެތަނަށް ފުލުހުން ދިޔައިރު ސައިކަލުގެ އިތުރުން ގޭގެ އަސްކަނީގެ ސީލިންގާއި ޕިކަޕެއްގައި ވަނީ ރޯވެފަ އެވެ.
އެ ހާދިސާގައި، ކަކާގެއާ ޖެހިގެން ހުރި ނަހާގެއަށް ވެސް ކޮންމެ ވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައި ވެ އެވެ. ނަމަވެސް އެއްވެސް މީހަކަަށް އަނިޔާއެއް ނުވެ އެވެ.
އަލިފާން ރޯވި ކަކާގެއަށް ލިބިފައި ހުރި ގެއްލުންތައް-- ފޮޓޯ: އެމްއެންޑީއެފް
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އަލިފާން ރޯވި ސައިކަލަކީ، އެ ރަށާ ޖެހިގެން އޮންނަ ނޮޅިވަރަމް މީހެއްގެ އެއްޗެއް ކަމަށެވެ. އެ މީހާ އަކީ، ކަކާގޭގައި ވަކިން ހުުރި ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހެކެވެ. ހަމަ އެ ގޭގައި ފިހާރައެއް ވެސް އޭނާ ހިންގަ އެވެ.
އަލިފާން ރޯވި އިރު އެ މީހާ ހުރީ ނޮޅިވަރަމްގަ އެވެ.
"މީގެ އަހަރުތަކެއް ކުރިން ފެށިގެން މި ރަށާ ނޮޅިވަރަމްއާ ދޭތެރޭ އޭނާ ދަތުރުކުރަނީ. އެކަމަކު މިހާރު ތިން ހަތަރު އަހަރު ވެދާނެ އެ ގެއިން ފިހާރައެއް ކުއްޔަށް ނަގައިގެން އުޅޭތާ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ސައިކަލުގައި ރޯކޮށްލާފައިވަނީ، ގޭގެ ގޭޓްމަތިން އަރައިގެން ދަނޑިބުރިއެއްގައި ފޮތިގަނޑެއް އައްސައިގެން ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ސަރަހައްދުން އެ ދަނޑިގަނޑު ފެނިފައިވާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރް
22 October 2019
ކަކާގެ..ވަރަށް އަޑުއިވޭ ނަމެއް..ހަނދާންވާގޮތުން މަޖްލިސް މެމްބަރ ޔައުގޫބްގެ އެޑްރެސް އެއި
ވިސްނާލާފާ
22 October 2019
ތިރަށުގެ ކަންކަން ހިނގާނީ ތިހެން. ރޯކުރިކަން އެނގޭމީހަކު ހުއްޓަސް އެމީހަކު އެކަމަކާ އެއްބަހެއް ނުވާނެ. އެހެޔޮ ކައިރީ ޖެހިގެންހުއްޓާ އެކަމެއް ކުރިޔަސް. ފާޑެއްގެ ސަގާފަތެއް ގެންގުޅޭބައެއް. ކީތްކުރާނީ އުޅެބޮޑުވާ މާހައުލުގެ ގޮތްފާޑު. އެމީހުންގެ އެގޮތެއް ބަދަލެއް ނުވާނެ. މާލޭގާއުޅެބޮޑުވާ އެރަށުކުދިން މިހާރު އެކަންކަމަކާ ނޫޅެ. އެފަދަ ކުދިންގެ އުޅުންވެސް ބަރާބަރު!
ޢައްޓަމަސް
22 October 2019
ކުޅުދުއްފުށީ މީހުން ފިޔަވާ އެހެންބަޔަކު އެރަށުގަ ކަމެއް ކުރިޔަކަނުދޭ އެހެންރައްތަކުގައި އުޅޭމީހުން ނަކީ ކުޅުދުއްފުށީ މިހުންގެ އަޅުންގެ ގޮތުގަ ދެކެނީ
ނަލަ މޮހޮންމަދު
22 October 2019
ތިހާ ހަސަދަވެރި ނުވެ ކަލޭ ވެސް ގޮސް ކުޅުދުއްފުށީގަ ވިޔަފާރި ފަށާ ބަލަ. މިހާރުވެސް ކުޅުދުއްފުށީގަ އެންމެ ކާމިޔާބު ވިޔަފާރިތައް ކުރަމުން ދަނީ އެހެން ރަށްރަށު މީހުން. އެހެންރަށަކު މީހަކަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކުޅުދުއްފުށީ މީހަކަށް ނުވީތީ ވާ ކަންކަމެއް ނޫން.
ދިޔަމަ
22 October 2019
ކަކާގެ އާއި ޖެހިގެން ހުރި - ނަހާގެ! ?
އިލްހާމްބެ
22 October 2019
ގަސްތުގައި އަލިފާން ރޮ ކުރުމަކީ ބޭރު ގައުމުތަކުގައި ވަރަށް ބޮޑު ކުށެއް. އަދަބު ވެސް ބޮޑު
އަޙްމަދު ޒަކީ
22 October 2019
ކުޅުދުއްފުށި މީހުންނަކީ އަބަދުވެސް އެއަތޮޅުގެ ރަށްތަކުގެ މީހުންނަށް ވަރަށް ތަފާތުކުރާ ބައެއް.
ޙަބީބު
22 October 2019
އެއީކޮންގޮތަކުން މީ ހަކު ކަމެއް ކުރީމަ ހުރި ހާ ރައްޔިތުން ބޮލުގަ އެކަން އަޅުވަން ހެޔޮނުވާނެ ތީ ވަރައްބޮޑު ކުށެއް ތިކަން ކުރިމީ ހަކު ނުވަތަބަޔަކު އިންސާފުގެ ކުރިމައްޗައް ގެންގޮސް ހައްގު އަދަބު ދިނުމަކީ މިއަދު މިކަ ހަލަ ކުއްތައް ހުއްޓުވަން ކުރަން ޖެ ހޭކަންތައް
ބިސްރިހަ
22 October 2019
ތަފާތު ކުރެޔޭ ތިބުނަނީ ހަސަދަވެރިކަމުން. ނަން މަޝްހޫރު ހުރިހާ ފިހާރައެއްގެ އޯނަރުން ކޮން ރަށްރަށެއްތޯ ބަލާބަލަ. ރަނގަޅު ވަޒީފާތަކުގަ އެހެން ރަށްރަށު މީހުން މަދުތޯ ބަލާބަލަ.
ޑރ ވާނުވާ
22 October 2019
ތިރަށުގެ މީހުން، އަތޮޅުގެ އެހެންމީހުން ކުރިއަރަން ނޭދޭ، އެއީ ކަމުގެ ހަޤީޤަތަކީ