މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

23 އޮކްޓޯބަރ 2019 - 06:34

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމް، އިލިއާނާ ޑި ކްރޫޒް، އަނިލް ކަޕޫރް، ކްރިތީ ކަރްބަންދާ، ޕުލްކިޓް ސަމްރާޓް، އުރުވަޝީ ރޮޓޭލާ އަދި އަރުޝަދު ވަރްސީ އެވެ.

އަނީސް އަކީ މީގެ ކުރިން ވެސް ވަރަށް ކާމިޔާބު ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީ "ޕާގަލްޕަންތީ" އަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ. ބޮޑު ބައި އިނގިރޭސިވިލާތުގައި ނަގާފައިވާ މި ފިލްމު ފްރެންޗައިޒަކަށް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

އަނީސް އެންމެ ފަހުން ގެނެސްދިނީ 2017 ގެ "މުބާރަކަން" އެވެ. "ޕާގަލްޕަންތީ" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނާ މިހާރު އަންނަނީ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖުލައި 31 ގަ އެވެ.

ވިޕުލް ޑައިރެކްޝަނަށް

އަކްޝޭ ކުމާރަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2016 ގެ ފިލްމު "ރުސްތުމް" ގެ ސްކްރީން ރައިޓަރު ވިޕުލް ކޭ ރާވަލް ޑައިރެކްޝަނަށް ނުކުމެއްޖެ އެވެ.

އޭނާގެ އަލަތު ފިލްމަކީ "ޓޯނީ" އެވެ. މީގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މިސްޓްރީ ތުރިލާ "ޓޯނީ" ގެ ކާސްޓުންނަކީ ޔަޝޯދާ ރާނާ، އަކްޝޭ ވަރުމާ، މަނޯޝް ޝަންޝިލާ، ދުރޫވް ސޯރަން މަހޭޝް ޖިލޯވާ އަދި ކަބީރު ޗިލްވާލެވެ.

ޕޯސްޓަރުގައި ބުނާގޮތުން ފިލްމުގައި ކިޔައި ދޭނީ ކޮލެޖް ހަތަރު ދަރިވަރަކާއި ކޮރަޕްޓް ދެ ފުލުހަކާއި ސީރިއަލް ކިލާއަކާއި އެ މީހުންގެ ވަށައިގެން އެނބުރޭ ކުށުގެ ހަގީގަތް ހާމަކޮށްދޭ މީހެއްގެ ވާހަކަ އެވެ.

"ޓޯނީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 15 ގަ އެވެ.

"ދޯސްތާނާ 2" ގެ ތައްތާރީތައް ފަށައިފި

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން އަންނަ އަހަރު ގެނެސްދޭ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" ގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

ފިލްމުގެ ޑައިރެކްޓަރު ކޮލިން ޑި ކަންހާ ވަނީ ފިލްމުގެ ލީޑް ތިން ތަރިން ތައްޔާރީތަކުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އޭގައި ފެންނަނީ އަލަަށް ތައާރަފުކުރާ އެކްޓަރު ލަކްޝަޔާ އޮށޯވެގެން އޮންނަ އިރު، ކާތިކް އާރިޔަން ކައިރީގައި ކޮއްޅަށް ހުންނަ ތަނެވެ. އަދި ޖާންވީ އަންތަރީސްވެފައި ކައިރީގައި އިންނަ ތަނެވެ. ފޮޓޯގެ ކެޕްޝަނަކަށް ޑައިރެކްޓަރު ޖަހާފައި އިނީ "އޮޕަރޭޝަން" އެވެ.

"ދޯސްތާނާ 2" މަންޒަޒަރުތައް ނޯތު އިންޑިއާގެ އެކި ސިޓީތަކުގެ އިތުރުން އިންޑިއާ އިން ބޭރުގައި ވެސް ނަގާނެ އެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ތާނަޖީ" ރިލީޒްކުރާނީ 3ޑީކޮށް

އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ރިލީޒްކުރާނީ 3ޑީ ފޯމެޓްގައި ކަމަށް ޓީ ސީރީޒުން ބުނެފި އެވެ.

މި ފިލްމުގެ ޕޯސްޓަރުތަކެއް ވެސް މިހާރު ދައްކާލާފައިވާ އިރު، ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. "ތާނަޖީ" ގެ ކާސްޓުންނަކީ އަޖޭ އާއި އަންހެނުން ކާޖޮލް އާއި ސައިފް އަލީ ޚާންގެ އިތުރުން ނޭހާ ޝަރުމާ އެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އޯމް ރައުތެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454