ހޯދުމަށް އިއުލާން ކޮށްފައިވާ ރުޝްދީ---
25 އޮކްޓޯބަރ 2019 - 12:25
މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައި ހޯދަން ރޭ އިއުލާން ކުރި އިރުފާން ރުޝްދީ، އެ މާރާމާރީގެ އެއް އަހަރު ކުރިން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން އެންގި ނަމަވެސް އެ މާރާމާރީ ހިންގި ތަނުން އޭގެ ފަހުން ފެންނަ ކަމަށް ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ 2015 ގައި އިރުފާން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް ކޮމިޝަނުން ބުނެ އެވެ.
އިރުފާން ހޯދުމަށް ޖޫން، 2016 ގައި ފުލުހުން ވެސް އިއުލާން ކުރި އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ނުފެނެ އެވެ.
Fathir maraali massalaigai kuda kujjakaai, meehaku hoadhanee | Mihaaru
The most trusted news source in the Maldives
Mihaaru
ފާތިރު މަރާލި މައްސަލާގައި ދެ މީހަކު ހޯދަން 2016 ގައި އިއުލާން ކުރުން--
އެހެންވެ، އިރުފާން ހޯދުމަށް ރިޔާސީ ކޮމިޝަނުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ޖޫން 2016 ގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.
ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. އެއީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީތަކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
27 October 2019
ކީނކެ ދެން އަނޅެ ފަހެ ބުނނާނީ؟ މީ ޢަހަރުމެންގެ އިނމިގުނރޭސަނުގެ ފެންވަރު ހުރި ވަނރަކީ! ދެން ކޯންޗެން ގަނބޫލު ކުނރާންވީ؟
ހާސަރު
26 October 2019
އިމިގްރޭޝަނުން ބުނާނީ ރެކޯޑުން ފެންނަން ހުރިއެއްޗެއްތާ!؟ މިދިޔަ ސަރުކާރުގައި އިމިގްރޭޝަނުން ގަނެފަ ހުރި ގަނޑު ނޭގޭ މީހަކު އެބައުޅޭތަ؟! މިވެސް ރަގަޅަށް ބަލާ ތަހުގީގުކުރެވެންޖެހޭ ބޮޑު ކަމެއް.
ނައީމް
25 October 2019
ކުރީގެ އިމިގްރޭޝަންގެ ވެރީންނަށް ތަހުގީގެއް ހިންގަންޖެހެއެވެ. ބްރޯމެންގެ މާފިޔާ ނެޓްވޯކްގެ ބައިކުޅަބަައިވެސް އަދި ނުހޯދެއެވެ. ހިތާމައަކީ މިއަދުވެސް މާލޭގައި "ނުރަސްމީ ރަސްމީ" ގޭންގްްތަކާއި ވޯލޯޑުންނާއި އަދި ބްރިގޭޑިޔާ ފެންވަރުގެ މީހުން ކަންމަތީ ގޭންގްތަކުގައި އުޅޭކަމެވެ.
ސެތޫ
26 October 2019
ނޫނޭ ބަލަންވީ މީހުން މިސްކިތަށް އަރާތޯ. އަރަންޏާ ނިރުބަވެރި ވާނެ.
ޢަބްދުﷲނާފިޒް
25 October 2019
ދިވެހި ފުލުހުން ކްރައިމް ޕެޓްރޯލް ބަލާނަމަ މިކަހަލަ ކޭސްތަކުގަ ވަރަށް ކުރިއެރުން ހޯދޭނެކަމަށް ބެލެވޭ.
ޚާލިދު
25 October 2019
ޜިސޯޓްތަށް ޗެކުކުރުން ބުއްދިވެރި .
އިމިގްރޭޝަން
25 October 2019
ތިޔަ އިމިގްރޭޝަންގެ ކޮރަޕްޝަނުން ހުރިހާކަމެއް ހަލާކުވެދަނީ
ފިނި ވައިރޯޅި
26 October 2019
ގައުމުގެ މިފަދަ ސިސްޓަމްތަކާ ކުޅެލެވޭކަމޭ ހިތަށް އަރަނީ. އިމިގްރޭޝަން އެކަންޏެއް ނޫން. ޓްރާންސްޕޯޓް ލައިސަންސް ދޫކުރުންވެސް. ޓެސްޓު ނުހެދިޔަސް ފާސްނުވިޔަސް ލައިސަންސް ލިބޭ. މީ ކިހާ ނުރައްކާތެރި ކަންތައްތޯ؟ ހުސް ކޮރަޕްޝަނާ މަކަރާ ހީލަތް. ސިސްޓަމްތެރޭން އެކަން ކުރާ މީހުންވެސް އަދި އެކަންބަލައިގަންނަ މީހުނަށްވެސް އަދަބު ލިބެންޖެހޭ.
މަބުނީ
25 October 2019
އޭނާގެ އާއިލާގެ ފޯނުތައް ޗެކްކުރޭ. ދިރާގުން ބެލޭނެ ގުޅާފަ ހުންނަ ނަމްބަރުތައް
އިޙްސާސް
25 October 2019
ތިޔަ އިރުފާނު ރާއްޖެއިން ބޭރަށް ދިޔައީ ތިޔަ ހާދިސާއަށްފަހު. ފިލަންވެގެން. އޭނާގެ މައިންބަފައިން މެދުވެރިކޮށް ހޯދަބަލަ.
އެންދެރި
25 October 2019
މިަހާރުވެސް ގްރޫޕް ތައް އުޅެ އެވެ. ނުހުއްޓު ވެ އެވެ.