ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މިހާރު
28 އޮކްޓޯބަރ 2019 - 14:28
އޮޑިޓަ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.
މަޖިލިހުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީގެ ރިޕޯޓަށް ބަދަލު ނުގެނެސް، އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ ހާޒިރުވެ ތިއްބެވި 82 މެމްބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް ކަނޑައެޅުމުގެ މަސައްކަތަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި ކޮންމެ އަހަރަކު ވެސް އޮޑިޓް އޮފީހުން އެ އަހަރަކަށް ލަފާކޮށް ބަޖެޓް ހުށަހަޅަނީ އެ ކޮމެޓީއަށެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ބަޖެޓުގެ ގޮތުގައި ބޭނުންވާކަން ހާމަކޮށްފައި ވަނީ ވެސް މަޖިލިހުން ފާސްކުރި އަދަދެވެ.
މި އަހަރަށް އޮޑިޓް އޮފީހަށް ދިނީ 50 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އޮޑިޓް އޮފީހުގެ މަސައްކަތްތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާ ކުރާ އޮފީހެވެ.
އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މައިގަނޑު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ބަލައިގެންފަ އެވެ. އަދި ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ވެސް މަޖިލިހަށް ވަނީ ބަލައިގެންފަ އެވެ. އަދި މަޖިލިހަށް ހުށަހެޅި ބައެއް ގަރާރުތައް ވަނީ ބަލައިގަނެ ކަމާ ގުޅޭ ކޮމިޓީތަކަށް ފޮނުވައިފަ އެވެ.
މީގެއިތުރުން ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރު މުހައްމަދު ޚަލީލް، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ވެސް ސަފީރަކަށް ހަމަޖައްސަން މަޖިލިހުން ވަނީ ރުހުން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ1
28 October 2019
އޮޑިޓް އޮފީސް ނޫނީ، ދައުލަތުގައި އިތުބާރު ނުގެއްލި އޮތް މިނިވަން މުވައްސަސާއެއް އޮތްހެނެއް ހިޔެއް ނުވޭ. އެމީހުން އަދި ފެންނަނީ ރަނގަޅު ބައެއްގެ ގޮތުގައި. އޮޑިޓް ރިޕޯޓްތައް ނެރުނަކަސް ކީއްކުރާނީ، ދެން އަޅަންޖެހޭ ފިޔަވަޅުތައްނޭޅެންޏާ
މުއައްވިޒު
28 October 2019
އޮޑިޓް އޮފީހުން ނެރޭ ހުރިހާ އޮޑިޓް ރިޕޯޓަކާ ގުޅިގެން އޭސީސީން ތަޙްޤީޤްކުރަންޖެހޭ މީގެ އިތުރުން އެކޮމިޝަނަށް ހުށަހަޅާ ހުރިހާ މައްސަލައެއްވެސް ތަޙްޤީޤްކުރުމަށް ޤާނޫނު ލާޒިމުކުރޭ. ވީއިރު އެކޮމިޝަނަށް ދެނީ 32 މިލިއަން ރުފިޔާގެ ބަޖެޓެއް. ބަޖެޓް ކަނޑައެޅޭ ގޮތް ބެލެންސްވާނެ ގޮތެއް ހަމަ ވިސްނާވިސްނާ ނޭގުނު. މަޖްލީހުން މިކަމާމެދު ވިސްނާލުން މުހިންމު
ނަޒާހަތްތެރި ލުތުފީ
28 October 2019
އޮޑިޓް އޮފީހުގެ ބަޖެޓް ބިނާވެގެންވަނީ މަޖުލީހަށް ހުށަހަޅާ އެއޮފީހުގެ މަސައްކަތުގެ ވައުދުގެ(ޕްލޭން) މައްޗަށް، އެކަމަކު މަޖިޅިހުންނެއްނުބައްލައްވާ ކިހާމިންވަރަކަށްކަން އޮޑިޓާޖެނެރަލް އަށް އެކަންކަން ކުރެވެނީ. މިބުނަނީ މަސްކަތް ނިންމޭތޯ ނުނިންމޭތޯ، ހަމަ ޓެކްސް ޕޭޔަރުން ގެ ފައިސާއިން ބޮނޑު އަދަދެއްތިޔަދެއްވަނީ އެއްވެސް އެކައުންޓަބިލިޓީ އެއްނެތި. އަޑު އިވޭގޮތުގައި އޮޑިޓްއޮފީހުން ވަރަށް ބޭކާރު ހަރަދުކޮށް އެއްވެސް ރިޒަލްޓެއް ނުފެނޭ.