29 އޮކްޓޯބަރ 2019 - 20:10
ބުރާސްފަތި ދުވަހުން ފެށިގެން ކްރޫޒް ލައިނާތައް އަންނަން ފަށާއިރު، ޓޫރިސްޓުންނަށް ފަސޭހަ އިން މާލެ އަށް ފޭބޭނެ އިންތިޒާމުތަކެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކުރޫޒް ލައިނާތަކުގެ އެޖެންޓުން ފާޅުކުރަން ފަށައިފި އެވެ.
ކޮންމެ އަހަރެއްގެ ފަހުކޮޅާއި އަހަރު ފެށޭ ދުވަސްވަރު މާލެ އަށް ގިނަ އަދަދެއްގެ ކްރޫޒް ލައިނާތައް އަންނަމުން ދެ އެވެ. އެ ދުވަސްވަރު ރާއްޖެ ވެފައި ވަނީ އެ އުޅަނދުތަކަށް ޓޫރިސްޓުން އަރާ އެއް މަންޒިލަށެވެ. ފެށޭ މަހުގެ ތެރޭގައި ވެސް ހަތް ކުރޫޒްލައިނާއެއް މާލެ އައުމަށް ވަނީ ނިންމައިފަ އެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ އަށް ފައިބައި ވިޔަފާރި ކޮށް، އުޅެ އެވެ. އަނެއް ބައި ޓޫރިސްޓުން ދަނީ ރިސޯޓްތަކަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކްރޫޒްލައިނާތަކުގެ ޓޫރިސްޓުން މާލެ އަށް އަރައިފޭބުމަށް ޚާއްސަ ކުރީ އިއްޒުއްދީން ފާލަން ސަރަހައްދެވެ. އެކަމަކު، ފަހުން ކްރޫޒްލައިނާތަކުގެ ޓޫރިސްޓުންނަށް ޚާއްސަ ކުރީ މަސްވެރިންގެ ޕާކް ސަރަހައްދެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް މިދިޔަ މާޗް މަހު މަސްވެރިންގެ ޕާކް ސަރަހައްދު ބަންދު ކުރީ ޓޫރިސްޓުންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަށެވެ. އެކަމަކު، ކްރޫޒްލައިނާތަކުގެ މޫސުން ފެށޭއިރު އަދިވެސް އެ މަސައްކަތް ނުނިމެ އެވެ.
Massveringe Park Touristunah haasakoh tharahgee kuran fashaifi
The most trusted news source in the Maldives
Mihaaru
މަސްވެރިންގެ ޕާކް ތަރައްގީ ކުރަން ފެށުން--
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ ފައުންޑާ މެމްބަރު، އަދި ރާއްޖެ އަންނަ އެންމެ ގިނަ ކުރޫޒްލައިނާ ތަކުގެ އެޖެންޓް، އެލާޔަންސް މެނޭޖްމަންޓް ސާވިސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަލީލް ވިދާޅުވީ، ކްރޫޒްލައިނާތައް އަންނަން ފަށާއިރު، މާލެ އަށް ޓޫރިސްޓުން އަރައި ފޭބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަންނަ މަހު ރަސްމީ އިވެންޓްތަކެއް އޮތުމުން، ޖުމްހޫރީ މައިދާން ސަރަހައްދު ނުލިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު ނޮވެމްބަރު 11 އަކީ ޖުމްހޫރީ ދުވަހެވެ. އެފަދަ ބޮޑެތި ހަފްލާތައް ގިނައިން ބާއްވަނީ އިއްޒުންދީން ފާލަން ހިމެނޭ ޖުމްހޫރީ މައިދާނުގަ އެވެ.
"މަސްވެރިންގެ ޕާކް ސަރަހައްދު ވެސް އެ އޮތީ ބަންދު ކޮށްފައި. މަސައްކަތް ނިމޭނެ ދުވަހެއް ވެސް ނޭނގޭ. ދެން މާލެ އަކު އިތުރު ތަނެއް ނެތް ޓޫރިސްޓުން ބާލާކަށް،" އަންނަ މަހު ހަތް ކުރޫޒްލައިނާ ގެންނަ އެޖެންޓް، ޖަލީލް ވިދާޅުވި އެވެ.
މާލޭގައި ދެން ބޭނުންކުރާ ފާލަންތަކުން މީހުން ބާލަން ޖެހެނީ މަގުމައްޗަށް ކަމަށް ވާތީ، ޓޫރިސްޓުން ބޭލުމަށް އެ ތަންތަން ބޭނުން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވި ގޮތުގައި، ވަގުތީ ހައްލެއްގެ ގޮތުން ޖުމްހޫރީ މައިދާން ސަރަހައްދު، ޓޫރިސްޓުން ބޭލުމަށް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވަ އެވެ.
"ޓޫރިސްޓުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިބެނީއެއް ނޫން. އެތަނުގައި އިވެންޓެއް ކުރިއަށްދާ ނަމަ އެއީ ވެސް ރާއްޖެ އިސްތިހާރު ވާ ކަމެއް ނޫންތޯ. ޓޫރިސްޓުން ވެސް ބޭނުންވާނެ ނޫންތޯ އެ ކަންކަން ބަލާލަން،" ޖަލީލް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރިންގެ ޕާކްގައި ތަރައްގީ ކުރާ ޓޫރިސްޓް އެރީނާ އަވަހަށް ނިންމައި ދިނުމަކީ މައްސަލަ އަށް އޮތް ވަގުތީ ހައްލެކެވެ. އެހެންވެ، އެކަން އެގޮތަށް ކޮށްދިނުމަށް ވެސް ޖަލީލް އެދިވަޑައިގަންނަވަ އެވެ.
ކްރޫޒްލައިނާތަކުގެ މޫސުމުގައި ކުރިމަތިވެފައިވާ މި ބޮޑު މައްސަލައާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ކްރޫޒްލައިނާތަކުގައި 30،000 އަށް ވުރެ ގިނަ ޓޫރިސްޓުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކޮންމެ އަހަރަކު ވެސް ދަތުރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
30 October 2019
ހެހެ. ތިހެން ނުބުނޭ މިހާރު އޮންނާނީ އެމީހުން ފައިބަން ރީތި ބަނދަރެއް ހަދާފައި. ކުރީގެ ސަރުކާރު ގޯސްކޮށްފައި މާޔާ އޭ ކިޔާ ކުންފުނިން މިސަރުކާރު ހޮވަން ދުވިއިރު ހީވަނީ އުޑު ވެއްޓޭތީ އުޅުނުހެން.
ފޮނިޓައްޕު ހަސަނު
30 October 2019
ޓޫރިސްޓްުން ގެ މި މަގްބޫލް މަންޒިލްގެ އަހުލުވެރިން ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ތީ. މިރާއްޖެއަށް އަންނަ އެތަކެއް ހާސް ޓޫރިސްޓުން ފައިބާލާނެ ތަނެއް މިރާއްޖެއަކު ނެތް. ތި ޕެސެންޖަރު ލައިން ތިގެން ޖަލީލުގެ ޖީބު އެކަންޏެއް ނުން އެއެއްޗިހި އައުމުން ފުރެނީ ދައުލަތާއި އަދި އާއްމުންގެ އަތަކެއް ބަޔަކަަށް ނުހަނު ބޮޑު މަންފާއެއް ލިބޭ،
ކަސިޔާރު
30 October 2019
ގަޅޮޅު ދަނޑަށް ހެލިކޮޕްޓަރުން ބާލަން ޖެހުނަސް ކަމުގައި ވިނަމަވެސް، މާލެ ނޫން ތަނަކަށް ކުރޫޒުލައިން ތަކުން ޓުވަރިސްޓުން ބާލަން ބޭނުމެއްނުވޭ. މީވެސް އަރެތެއްކަހަލަ ކަމެއް. ބައެއްފަހަރު އެބަހީވޭ މިތާ 2 ގައުމެއް ހުޅޭހެންވެސް.
ޢަހުމަދު1
30 October 2019
މިނިސްޓްރީގެ ބަހެއް ހޯދާލިންތޯ؟ މިއުޅެނީ އެއްކަލަ ކަނޑިލިބުނު މޮޔަގުރޫޕު އެކަކު
ހިތި
30 October 2019
ރާއްޖޭގެ އެހެން އަތޮޅަކަށް ކުރޫޒުލައިނާތައް ގެންދިޔައީޔާ ކެއްނުކުރެވޭވަރުގެ ބޮޑު މައްސަލައަކަށް ވަނީތޯ؟ އެހެން އަތޮޅުތަކުގެ ރަށްތަށް މާލެއަށްވުރެ ކިތަންމެ ތަނަކުން ރީތިވެފަ ހިޓްގައިމުކަން ބޮޑުވެފަ. ދިވެހިން ދިރިއުޅުމާ އޯގާތެރިކަންވެސް ފެންނާނެ.
ސްކުއިޑް
30 October 2019
ބައްލަވާ، "ޗެރިޓީ ބިގިންސް އެޓް ހޯމް" އިނގޭތޯ. އަތޮޅުތަކަށް ދާ ފެރީތައް ކައިރިކުރަން ޚާއަސަ އިމތިޒާމެއް ހަމަޖައްސައިދިނުން މާ އައުލާކަންބޮޑު.
އަލީދި
30 October 2019
އަޅުގަނޑުމެން ރަށްރަށުމީހުން މާލެއައިސް ފައިބާނެ ފަސޭހަ އިންތިޒާމެއްވެސް ނެތް!
ގައުމީ ލޯބީގާ
30 October 2019
ކަމެއްވާ ސަރުކާރެއްތަ މިއީ ފޮނިކަޑައިގެން ވެރިކަމަށް އަރާތިބެވެސް ފޮނި ކެޑުން އަދަދު ބުނެ ތާރީޙް ޖަހައިގެން ކަންކަން ކުރާނަމޭ ހިތައި ވެސް އެއްކަމެއްވެސް ކުރެވޭ ސަރުކާރެއް ނޫން ވައުދު ވެސް ހިކި ތޮޅިއަށް .އަރާބިތެ ބައިތުލް މާލުން ފައިސާ ހަރަދުކޮއް އެދަވައި އަޅައިގެން ވެސް ކަމެއް ނުކުރޭ .އަމިއްލަ ޖީބަށް ފާލުގަ ނާލަން ބައިއަޅާ ވަރުގެ މީހުނަށް ފާލުގަ ބަހަނީ ދެން ބައިއަޅަނީ ޢައުލާދަށް .ރައްޔިތުންނަށް ބޮޅުފައްޗެއް .
ސަމީމު
30 October 2019
މާލެޔަށް ކްރޫޒް ލައިންތައް އަންނަންޖެހޭ ސަބަބެއް ނެތް.
ރޮނަލްދީދި
30 October 2019
ކީއްވެ ހުޅުމާލެ އަށް ބާލަން ނުވިސްނަނީ. ބީޗްވެސް އެތާ އެބަ އޮތް. މަގުތަށްވެސް ފުޅާ. މާލެ ދައްކަން ބަހުގަ ގެންނާނީ.