03 ނޮވެމްބަރ 2019 - 17:20
ކަންކަމުގައި ނަސްރު ލިބޭނީ ހިކުމަތްތެރިކަމާ އެކު ދުލާއި ގަލަމުން ފާޅުކުރާ ހިޔާލުތަކުން ކަމަށާއި އެއީ ކަނޑި އާއި ބަޑީގެ ގޮށްމުށުގެ ބާރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ސްކޫލްތަކުގެ މެދުގައި ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަސް ވެސް ގުޅުވެން އޮތީ ހިޔާލުފާޅުކުރުންތަކާ އެވެ. އަދި އެފަދަ ދުވަސްތައް ތަޖުރިބާކުރަން ޖެހެނީ ބަހަށް ޖާގަނުދީ، ހިޔާލުތައް ހާމަ ކުރެވޭނެ ގޮތްތައް ބަންދުވުމުން ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/NuBB1wJbkj
— MDP Secretariat (@MDPSecretariat) November 3, 2019
"އަޅުގަނޑު ދެކޭ ގޮތުގައި ނަސްރު ހޯދޭނީ ބަހުން، ކަނޑިއަކުން ނޫން، ނަސްރު ލިބެން އޮތީ ދުލުން، ގޮށްމުށަކުންއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ތިޔަ ދަރިވަރުންނަށް ވެސް ބުނެލަން އޮތީ ގިނަގިނައިން މައުލޫމާތު ހޯދައިގެން ލިޔާށޭ. ގިނަގިނައިން ލިޔާށޭ."
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/nibTjS1Yuo
— MDP Secretariat (@MDPSecretariat) November 3, 2019
ލިޔުންތެރިކަމާއި ކިޔުންތެރި ކަމަށް ދަރިވަރުންނަށް ހިތްވަރު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރަން ވާނީ އެއީ ލޯބިން ޝައުގުވެރިކަމާ އެކު ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ މަސައްކަތާއި ލިޔުންތެރިކަމަކީ އެ އެމަނިކުފާނު ވެސް ލޯތްބާ އެކު ކުރައްވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/ylsVDuCH9c
— MDP Secretariat (@MDPSecretariat) November 3, 2019
"ލިޔުންތެރިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް އެއީ، ލިޔުންތެރިޔާ ހިތުން ލިޔަނީ އެ ލިޔުންތެރިޔާއަށް ދިމާވެފައި ކަންކަން. ނަމަވެސް ބައެއް ކިޔުންތެރިން ނަގަނީ މުޅިން އެހެން ގޮތަކަށް. އަޅުގަނޑު ވެސް ހިތުން ލިޔުނީ ކަމެއް މީހަކަށް އޮޅުންފިލުވައި ދޭން،" ނޫސްވެރިކަން ކުރެއްވި ދުވަސްވަރުގެ ތަޖުރިބާތަކާ ގުޅުވައި ނަޝީދު ވިދާޅުވި އެވެ. "ނޫނީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެއް، އެކަމު ކޮންމެ ފަހަރަކު ލިޔާއިރަށް ގައުމާ ނުރައްކާ ހުރި ވާހަކަ ލިޔުނޭ ބުނެފައި ހިފައި ގެންގޮސް ހައްޔަރު ކުރީ."
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީ ހުޅުދޫ ސްކޫލްގެ މަޒުމޫނު ލިޔުމުގެ މުބަާރާތުން ވަނަވަނައަށް އައި ކުދިންނަށް އިނާމު ދެއްވުމުގެ ތެރެއިން pic.twitter.com/Sh7eMIGTvV
— MDP Secretariat (@MDPSecretariat) November 3, 2019
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގައުމެއް ބިނާ ކުރުމުގައި ލިޔުންތެރީންނަކީ ވަރަށް މުހިއްމު ދައުރު އަދާކުރާ ބައެކެވެ. އަދި ދުނިޔޭގެ ތާރީހާއި ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގައިލުމުން ވެސް ލިޔުންތެރިން ގެނެސްދީފައިވާ ބަދަލުތައް ފާހަގަކުރެވޭ ކަމަށާއި ލިޔުންތެރިން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ލިޔުންތެރިންނަށް ދިމާވެފައިވާ ދަތިތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަޝީދު އައްޑު އަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު، މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފަ އެވެ. މި ދަތުރުގެ ތެރޭގައި އެ މަނިކުފާނުގެ އައްޑޫގެ އަވަށްތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
04 November 2019
ޑިމޮކްރެޓިކް އުޞޫލުން ވެރިކަމަށް އައުމަށް މަގުފަހިވެފައި ނެތީމަ، އެހެން ގޮތްގޮތަށް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އަންނާނެ. އެއްގޮތަކަށްވެސް މިބުނަނީ 3 ނޮވެމްބަރ ގެ ގެންނަން އުޅުނު ބަޣާވާތަކީ ރަގަޅުކަމެކޭނޫން. މިފަދަ ކަންކަމަކީ ރާއްޖޭގަ އެކަނި ވާކަމެއް ނޫން. ބައްލަވާ، ދުލާ ގަލަމުގެ މިނިވަންކަން ނެތް ގައުމުތަކުގެ އަހުލުވެރިންގެ ބޮލަށް އެނޫން ވިސްނުން ގެނެސްގެން ކިތައް ގައުމުގަތޯ އަހުލީ ހަގުރާމަ ކުރަނީ.
ގައުމުގެ ދޫ
04 November 2019
އަންނި ދުވާލު މީ ދުވާލެ ބުންޏަސް ބައެއް ބޭކަލުންނަށް ކަމަކުނުދޭ، ކޮންމެވެސް ގޮތަކުން ލާދީނީއޭ ކިޔާ ޖުމުލައެއް ހަދާލަންޖެހޭ. ސުވާލަކީ އަންނި އިސްލާހުކުރަން، މީހާ އިސްލާހުނުވެ މި އުޅެނީ ކީއްވެހޭ!
ޖޖޖޖ
04 November 2019
ކަލޭގެ ނުބައި މަޅީގަ ދިވެހިން ޖެހުނީމަ ތިހުރީ ވަރަށް މޮޅުމީހަކަށްވެފަ.
އަލި
04 November 2019
ރަނގަޅު ވާހަކަ އެކެވެ. ހީލަތްތެރި ލިއުންތަކަކީ އިންސާނާ މަގުފުރައްދާލާނެ އެންމެ ބާރުގަދަ ހަތިޔާރެވެ. މަނިކުފާނު ކަންކުރަންވަމުން ތިޔަ ގެންދެވީ ވެސް އެގޮތަށެވެ. އަދި އެ ހީލަތުގައި އެތައްބަޔަކު ޖެހިއްޖެއެވެ.
ސަލީމު އިދުރީސް
04 November 2019
އަޅުގަނޑަކީ ސިޔަރަތު ކޮންމެ ރޯދަމަހަކު އަޑުއަހާ އިތުދަސް މީހެއް ވީމަ ބުނެލަން އޮތީ ނަސީދު ތިބުނިތެދެކޭ! ބައްލަވާ އަދިއަދައް ދާދެންވެސް އަރަބިގައުތަކުގަ ލޭއޮހުރުން ނުހުއްޓޭ! މިއީ ހަމަ ހިކުމަތެއް ނެތި ކަޑި ކަންފަތް މައްޗައް ދެމީމަ ވާގޮތް
ޝަހީދު
04 November 2019
ނަޞްރުގެ ދުވަސް އެއީ 03 ނޮވެމްބަރ 1988 ގައި 11 ދިވެހިން ޝަހީދުކޮށް ހިންގި ޢުދުވާނުގެ ހަނދާންތައް އާވާ ދުވަހެވެ. ބާޣީން އެދުވަހު އައީ ހަތިޔާރު ހިފައިގެންނެވެ. ނަމަވެސް، މިއަދު އެމް.ޑީ.އެން ފަދަ ލާދީނީ ފަރާތްތަކުން އެދަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމް ދީނަށާއި މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމް އަށް ހަޖޫޖަހަމުންނެވެ. އެ ލާދީނީ ޖަމްޢިއްޔާ ދިފާއުކޮށް އަންނި ވާހަކަ ދެއްކިއެވެ.
ޝޮކްތެރަޕީ
04 November 2019
ނަޝީދައަކީ ރާއްޖެ ދެކެ ލޯބިނުވާ މީހެއްކަން ނަޝީދުގެ އަމަލުން ސާބިތުވޭ.
ހަސަނޭ ހުސޭނޭ
04 November 2019
ހީލަތް ތެރިކަމާއެކު ،އެކޮށްލީވެސް،ފުރައްސާރަ،
ހަސަނޭ ހުސޭނޭ
04 November 2019
އެމްޑީއެން ،ރިޕޯޓާ ،ހަވާލުވިގޮތަށް،، 3ނޮވެމްބަރ،،88 ،ކާ ވެސް،ހަވާލުވެއްޖެ،،ރަށްޔިތުން ،ހޭލާކައްނުވޭތޯ؟؟؟.
ކިނބޫ
04 November 2019
އަނގަގަދަ މިތުރަށްވެ މޮޔައެއްހެން އަނގަ ހިފިނުހުރެގެން އުޅެނީ އަނގައިން ނަސްރު ހޯދަން އުތަ؟
8888
04 November 2019
މިބަސް މިރައްދުކުރީ މުސްލިމް ހުލަފާއުއްރާޝިދޫން އަށް.