06 ނޮވެމްބަރ 2019 - 07:24
ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމާއި ވަޓްސްއެޕާ އޮންނަ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ފޭސްބުކްގެ ލޯގޯ އަށް ބަދަލު ގެނެސްފި އެވެ.
ކުރިން ފޭސްބުކްގެ ނަން އިންނަނީ ސިމްޕަލް އަކުރުން ކަމަށް ވިޔަސް، އަލަށް ގެނައި ބަދަލުން ނަމުގެ ހުރިހާ އަކުރެއް ވެސް އިންނަނީ ކެޕިޓަލްކޮށެވެ. މިއާ އެކު އިންސްޓަގްރާމާއި ވަޓްސްއެޕާ ފޭސްބުކް ލިންކްކުރެވިފައި އިންނަ އިރު، ކުލަ ވެސް އިންނާނީ އެ ދެ އެޕްގެ ކުލަތަކާ ގުޅުވާލައިފަ އެވެ. އަދި އެޕްތަކުގެ ނަންތައް އިންނާނީ "އިންސްޓަގްރާމް ފްރޮމް ފޭސްބުކް" އަދި "ވަޓްސްއެޕް ޕްރޮފް ފޭސްބުކް" މި ތައްގަނޑަށެވެ.
މިފަދަ ބަދަލެއް ފޭސްކުން ގެނެސްފައި ވަނީ އެޕްތަކުގެ ނަންތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާކަން ދާދި ފަހުން އިއުލާންކޮށްފައި ވަނިކޮށެވެ.
This new logo will surely solve all of Facebook’s problems https://t.co/tHV4GuvxuB pic.twitter.com/KCiQbI56aA
— The Verge (@verge) November 4, 2019
ފޭސްބުކުން ބުނިގޮތުގައި މިފަދަ ބަދަލެއް ގެންނަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ އިންސްޓްގްރަމާއި ވަޓްސްއެޕާއި މެސެންޖާ އަދި ކްރިޕްޓޯކަރަންސީ ޕްލެޓްފޯމް ލިބްރާ ފަދަ އެއްޗިއްސަކީ ފޭސްބުކްގެ ދަށުން ހިންގާ އެއްޗެހިކަން ބައެއް މީހުންނަށް އޮޅުންއަރާފައި އޮތުމެވެ.
އެހެންވެ އެކަތި އަނެކަތި ރަމްޒުކޮށްދޭ ކަހަލަ ބަދަލުތަކެއް ގެނައުމުން ފޭސްބުކާއި އެއާ ގުޅިފައިވާ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންނަށް އިތުރަށް އަހުލުވެރިވާނެ ކަމަށް ބުންޏެވެ.
"މި ބަދަލަކީ ތަފާތުތަކެއް ގެނުވާނެ ކަމެއް. އެއްޗެއް ބޭނުންކުރާ އިރު އެބަ އެނގެން ޖެހޭ ތިމާ މި ބޭނުން ކުރަނީ ކޮން ބައެއްގެ އެއްޗެއްކަން. އެކަން ދަމަހައްޓަން އަހަރެމެންގެ މަގުސަދަކީ،" ފޭސްބުކްގެ ޗީފް މާކެޓިން އޮފިސަރު އެންޓޯނިއާ ލޫޝިއޯ ވިދާޅުވި އެވެ.
އެންޓޯނިއޯ.
ފޭސްބުކްގެ ލޯގޯ އަށް ގެނައި ބަދަލު ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ އެޕާ ގުޅިފައި ހުރި ޕްލެޓްފޯމްތަކުން ފެންނަން ފަށާނެ އެވެ.
"މި ބަދަލުތަކާ އެކު ވަރަށް އަވަހަށް އަހަރެމެންގެ އާ ސައިޓެއް ލޯންޗްވެގެން ދާނެ،" އެންޓޯނިއޯ ވިދާޅުވި އެވެ.
ފޭސްބުކަކީ 2004 ގައި ވުޖޫދަށް އައި އެއްޗެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް ސޯޝަލް ޕްލެޓްފޯމެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 2.3 ބިލިއަނަށް ވުރެ ގިނަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy