މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް: އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް ޖޯކަރަކަށް ވީމާ ކަމުނުދާ ކަމަށް--- ފޮޓޯ: މިހާރު
06 ނޮވެމްބަރ 2019 - 12:09
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، "ޖޯކަރަކަށް" ވީމާ ކަމުނުދާ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖަލްސާ ހޫނުވެފައިވަނިކޮށް މަޖިލީހުގައި ކަށިގަނޑު ފުމުމުން ރިޔާސަތުން މިދިޔަ ހޯމަ ދުވަހު ތޯރިގަށް ވަނީ އެކަން ނުކުރާނެ ކަމަށް 100 ފަހަރު ލިޔަން އަންގަވައިފަ އެވެ. އަދި އިއްޔެ އަޑުގަދަކުރެއްވުމުން ފާރަށް މޫނު ލައިގެން ކޮޅަށް ހުންނަން ވެސް ނަޝީދު އެންގެވި އެވެ.
އެކަމަކު ރިޔާސަތުން މި އަންގާ ތަފާތު އެންގުތައް ރިޔާސަތުން ވެސް ނަންގަވަނީ ސަމާސާއެއްގެ ގޮތުގަ އެވެ. އެއީ އެ އެންގެވުންތަކަށް އަމަލުކުރައްވާތޯ ނުބައްލަވާތީ އެވެ.
މަޖިލިހުގެ ތަޅުމުން ތޯރިގް ނެރުމަށް ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް އިއްޔެ މަސައްކަތް ކުރައްވަނީ.
ނަޝީދުގެ އެ އެންގެވުންތައް ގިނަ ބަޔަކަށް ޖޯކަކަށްވެ ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ.
އެކަމާ ގުޅޭގޮތުން ތޯރިގް، "މިހާރު" އަށް ވިދާޅުވީ މަޖިލީހަކީ ސީރިއަސް މަސައްކަތްތަކެއް ކުރާ ތަނަކަށް ވާއިރު އެ ތަނުގެ ރައީސް ޖޯކަރަކަށް ވީމާ ކަމުނުދާ ކަމަށެވެ. އަދި މެމްބަރުން ދައްކާވާހަކަތައް މަޖިލީހުގެ ރައީސަށް "ހަޖަމް" ވާން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"ބަހުސްގައި ދައްކާނީ މަޖިލީހުގެ ރައީސް އުފާވާ ކަހަލަ ވާހަކައެއް ނޫން. އެކަންކަން ޓޮލެރޭޓްވާ މީހެއް މަޖިލީހުގެ ރައީސަކަށް އިންނަން ވާނީ،" ތޯރިގް ވިދާޅުވި އެވެ.
"ދުއްވާލާނެ ކަމަށް" ވިދާޅުވެ ނަޝީދު، ތޯރިގަށް އިންޒާރު ދެއްވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ތޯރިގް ވިދާޅުވީ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
"މަޖިލިސް ހަތަރު ފާރު ތެރޭ ހިންގާ ކަންކަން ބޭރު ކުރީމައި ކަމަކު ނުދާނެ،" ތޯރިގް ވިދާޅުވި އެވެ.
ނަޝީދުގެ އެ އަމަލު އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ ރާއްޖޭގައި ހިނގަމުންދާ ސީރިއަސް މައްސަލަތަކުގެ ފޯކަސް ބަދަލުކުރެއްވުމުގެ އަމަލެއްގެ ގޮތުގަ އެވެ.
ނަޝީދު 19 ވަނަ މަޖިލިސް ފެށުނީއްސުރެ، ވިދާޅުވަމުން ގެންދަވާ އެއް ވާހަކަ އަކީ ސްކޫލެއްގެ ކްލާސް ރޫމެއްގެ ތެރޭގައި ހިނގާ ކަންކަން މަޖިލިސް ތެރޭގައި ވެސް ހިނގާނެ ކަމަށެވެ. އެގޮތުން މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވާ އިރު، "މަދަރުސާގެ ކްލާސް ރޫމްގައި" އަމަލު ކުރައްވާ އުސޫލާ އެއްގޮތަށް ކަމަށާއި ތަޅުމުން ނުކުންނަވަން ޖެހޭނީ އެމަނިކުފާނަށް އިޝާރާތް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރަނާ
07 November 2019
ރައްޔިތުންގެ މަޖިލީހުގެ ހައިބަތެއް ޤަދަރެއް ކަރާމާތެއް އަބުރެއް ޢިއްޒަތެއް މިހާރަކު ނެތް. މިހާރު ތިޔައީ ޖޯކަރަކު ހިންގާ ކޮމެޑީ ސާކަސްއެއް.
ފަން
07 November 2019
އަޅެ ފަހެ މަޖިލީހުގަ ކަށިގަނޑު ފުމުން އެއީ ކަމުދާ ކަމެއްތަ؟ ކަށިގަނޑު ފުމުމަކީ މަޖިލީހުގަ ކުރަން ޖެހޭ މަސައްކަތެއްތަ؟ ގުދޯ ގުދޯ ނުގޮވާ! ކަށިގަނޑު ނުފުމުންނަމަ އެހެނެއް ނުވީސްދޯ؟ މަޖިލީހަކީ ބެރު ދުންމާރި ތާޅަފިލި ފުމެން ހުންނަ ތަނެއްތަ؟
އެންމެނަކު
07 November 2019
ބަލަ އެންމެނަކު އަބަދަކު ހަމައަކު ނުތިބެޔޭ..އަދި މި އާކަމެއްތަ ގާނޫނު އަސާސީ އަށް ފައިން އަރާ އެތާ ނިދާ ކައްކާ ކޭ ހަނދާން އެބަހުރި އަހަރުމެން ހަމައިގަ ތިބޭތީ....ބަޔަކު ހަނދުމަ ނެތަސް މިއަދު ތިމާ މެން ބާގަނޑުގަ ފޮތި އަޅަން ނޫޅޭ؟؟؟؟؟؟
އަޙުމަދު.
07 November 2019
ޖޯކަރަކަށް ވީ ރައީސެއްނޫން. ތޯރިގު. ތިބޭފުޅުން. އެކަމަށް ކުފޫ ހަމަނުވާ މޮޔަ އަކަށް މަޖިލިހަށް ވަދެވުނީމަ ތިހެން ތިވަނީ. ރައްޔިތުން އުންމީދުކުރާނެ ރިވެތި އަޙުލާގެއް ކުރިއަށް އޮތްތަނުގަ ދައްކާނެކަމަށް، .
އެލެން
07 November 2019
ޓޮމް ކީއްތަވާނީ ބިހޭވް ކުރިއްޔާ.. ހާދަ ހަޑިކޮށޭ ތި އުޅެނީ. ހަމަ ޓޮމް އެންޑް ޖެރީގަ އުޅޭ ޓޮމް. ދެން އޭނީ ޖެރީ އެހެންވީމަ
ފިނރުޓޭ
07 November 2019
ކާކުތަ މި ޓޮމަކީ؟ ދިއުޅިއެއް ނުވާ ނުކިޔަވާ ރޯ ނުލިފާ މީހެއް ދެން މަޖްލިހަށް ވަދެން އަހަރުމެން އުޅެންވާ ޤާނޫނު ހަދަންވެގެން މި އުޅެނީކީ އެއް!
ކެެކެ
07 November 2019
ތިބާ ވޯޓްލީ ރައީސް އަކީ އެންމެ ކިޔާވައިން ހުރި ބޭފުޅާ.
ފިނިހަކަ
08 November 2019
ކިހާވަރަކަށް ކިޔެވީމަ ކިޔެވި ކަމަށް ވާނީ؟ ޑިގްރީ އޮވޭ.
ޒަފަރު
07 November 2019
މިޖިލިސް ރައީސް އެދެއްވަނީ ވ މުހިންމު މެސެޖެއް ބަސްނާހާ އުޅޭ ކުދިންނަށް. ދެންވެސް އަމިއްލައަށް ވިސްނިއްޖާ ރނގަޅު. މަޖިލިސް އެއީ ކުޑަކުދިންހެން ސަކަރާތްޖަހަން އޮތްތަނެއް ނޫން
ވަހީދު
07 November 2019
ހާދަބއަވަހަކަށް ޓޮމް ހަނދާން ނެތުނީ. ދެކުނިން ޔާމިން ދެކެ ބިރުން އަމިއްލައަށް ބެންކޮކަށް އަރުވާލެވިގެން ހުރި ދުވަސް. މިހާރު ޔާމިން އޯކޭ . ދެން ކިހިނެއް ރައްޔިތުން އިތުބާރުކުރާނީ
އިންސާފާ
07 November 2019
ތެދެއްބުނަޏަސް ތެދެއްވާނީ ތެދަކަށް ފަޑިޔާރުގެ އެކަނިތަ އިންސާފު ހޯދަން އަތްބާނަން ފެނުނީ އަބުރުގެ ދައުވާ އުވާލީ ކިހާވަރަކަށް މަގުމައްޗަށް ނުކުމެ ، އިންތިއާޒު ހަނދާނެއް ނުވޭތަ/؟
ދުންމާރިން ބަހުސް؟
07 November 2019
"ބަހުސްގައި ދައްކާނީ މަޖިލީހުގެ ރައީސް އުފާވާ ކަހަލަ ވާހަކައެއް ނޫން." ބަލަ ބަހުސް ކުރަނީ ދުންމާރިންތަ؟