07 ނޮވެމްބަރ 2019 - 10:36
ސިފައިންގެ ތަމްރީން ރަށް، ގިރިފުށީގައި ޓްރެއިނިންއެއް ހަދަމުން ދަނިކޮށް، އެ ރަށުގެ ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ގަޔަށް އިއްޔެ ވަޒަނެއް އެރުމުން، ލައިވް ވަޒަން ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ވަޒަން އެރީ ގިރިފުށީ ބޭރުގައި އޮތް ސަފާރީގައި ހުރި ޖަރުމަނުގެ 41 އަހަރުގެ ޓޫރިސްޓެއްގެ ކޮނޑަށެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ވަޒަން ގޮސް އޭނާގެ ގައިގައި ޖެހުނީ އެހެން ތަނެއްގައި ޖެހި ބާރުކެނޑިފައި ވަނިކޮށެވެ.
Girifusheegai badi jahanikoh touristaku zahamvejje
The most trusted news source in the Maldives
Mihaaru
ގިރިފުށިން ޖެހި ވަޒަނަކުން ޓޫރިސްޓަކު ޒަހަމްވުން--
އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ލައިވް ވަޒަން ބޭނުންކޮށްގެން ހަދާ ތަމްރީނުތައް ކޮންމެހެން ވެސް މުހިންމު ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ މީހުންގެ ރައްކާތެރިކަން މާ މުހިންމު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އިއްޔެގެ ހާދިސާއާ ގުޅިގެން ކޮންމެ ދުވަހަކު ވެސް ތަމްރީންތަކަށް ވަޒަން ބޭނުންކުރާ ގިރިފުށީގައި މިހާރު ވަޒަން ބޭނުންކޮށްގެން ތަމްރީން ހެދުން ވަނީ މެދުކަނޑާލާފަ އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށެވެ. ދެން އަލުން ވަޒަން ބޭނުން ކުރަން ފަށާނީ އެފަދަ ހާދިސާއެއް ތަކުރާރުނުވާނެ ގޮތަށް ބަދަލުތައް ގެނެސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަމަލުކުރާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭނަމަ ގެންނާނަން،" އާޒިމް ވިދާޅުވި އެވެ.
ޓޫރިސްޓު މީހާގެ ގޮނޑަށް އެރި ވަޒަން: އެ ހާދިސާއަށް ފަހު ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީން ހެދުން ވަނީ ހުއްޓާލާފަ--
ގިރިފުށީގެ އިތުރުން ސިފައިންގެ ތަމްރީންތައް ބާއްވަނީ ޅ. މާފިލާފުށީގަ އެވެ. އެ ރަށުގައި ވެސް ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީންތައް ހަދަ އެވެ. ނަމަވެސް މާލޭގައި މަސައްކަތް ކުރާ ސިފައިން ކޮންމެ މަހަކުހެން ބަޑި ޖެހުމުގެ ޓްރެއިނިން އަށް ދަނީ ގިރިފުއްޓަށެވެ.
ޒަމާނުންސުރެ ސިފައިންގެ ތަމްރީނަށް ބޭނުންކުރާ ގިރިފުއްޓާ ކައިރީގައި އޮންނަ، ކ. ހިންމަފުށީ ދެ ގެއަކަށް ވެސް ވަޒަން އެރި މައްސަލަތަކެއް މީގެ ދެތިން އަހަރު ކުރިން ފެންމަތިވި އެވެ. އެ ފަހަރު ސިފައިން ވަނީ އެއީ ގިރިފުށިން ޖެހި ވަޒަނެއް ނޫން ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ1
07 November 2019
ތިމާމެންއަތުން ދެރަކަމެއް ވީމަ އެއީ ތިމަންނަމެން ކުރިކަމެއް ނޫނޭ ބުނެ ބޯދަމާގަތިމަކީ އިންސާނިއްޔަތުކަމެއް ނެތް ދަށުދަރަޖާގެ ބަޔަކު ކުރާނެ ކަމެއް
ޙަބީބު
07 November 2019
ތިކަހަލަ ތަ މްރީނުތައް ހަދަންވީ ފަތުރުވެރިން ނެތްއަތޮޅު ހދ އަތޮޅުގަ އޭރުން ފަތުރުވެރިން ބިރުގަންނަން ނުޖެހޭނެ މިހާރު ތިވީގޮތުން ގެސްޓުން ވަރައްބިރުގަންނާނެ ހަނި މާދޫގެ ދެކުނު ކޮޅު އެއީ އަސްކަރީ މަރުކަޒަކައް ރަނގަޅު ތަނެއް
ފެންބަޑި
07 November 2019
ދެން ރަގަޅު ހިންމަފުށީ ގެއަށް އެރި ވަޒަންހެން ތިޖަރުމަނު ދޮންބޭބެ ގަޔަށް އެރީ ހިޔާލީ ވަޒަނެކޭ ނުބުނިކަން. މިފަދަ ކަންކަމާއި އަސްކަރިއްޔާ ބޮޑަށް ފަރުވާތެރިވާން ދަންނަވަން.
ސިފައިން
07 November 2019
ދެންޖަހާ ސާޅަނގަ އޭރުން ރަނގަޅުވާނެ، ބޭނުންވަނީ އަމާޒަށް ޖަހާކަށްނު، ސާޅަނގަ އެހާ ދުރަކަށް ނުދާނެ، ޖެހުނަށް މާބޮޑު އަނިޔާއެއް ނުވާނެ
މހނމދ
07 November 2019
މިނޫންވަރެއް؛ މިބުނީ ކަމެއްދިމާވެ، ގެއްލުންތަކެއް ނުވަނީސް، ކުރާކަންތައްތަކާއިމެދު ވިސްނާފިކުރުކުރުން އަހަރުމެންތެރޭގައި އެއްކޮށް ނެތިދިޔައީހެއްޔެވެ؟ ޙައިރާންވާވަރުގެ ކަމެކެވެ!
މުޙައްމަދު ޝަމީމް
07 November 2019
ވަޒަނުގެ ދެ ވައްތަރެއްހުރޭ، ލައިވް ވަޒަނާއި ބްލޭންކް، މަޢުލޫމާތު ލިއުއްވިއިރު މިކަން ފާހަގަކޮއްލިނަމަ ކިޔާލަން ވަރަށް ފަސޭހަވީހެވެ.
ލާމަސީލު
07 November 2019
އެމީހާގެ ލޮލުގަ ތިވަޒަން ޖެހުނުނަަމަ ލޮލުގެ ފެނުން ގެއްލުނީސް. މިހުންނަނީ ވަރަށްވެސް ސީރިއަސް ކަންކަން.