ވިޔަފާރި / ދައުލަތުގެ ބަޖެޓް

ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އަމީރު ވަޑައިގަންނަވަނީ: ޖަޕާނުގެ މާކެޓަށް ރާއްޖެ އިން ވިއްކަނީ ސަމުރާއީ ބޮންޑެއް ކަމަށް ވިދާޅުވި،---ފޮޓޯ: ނިޝާން އަލީ/މިހާރު

އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ ޖަޕާނުގެ މާކެޓަށް ވިއްކަނީ ސަމުރާއީ ބޮންޑެއް ކަމަށެވެ. މީގެ ކުރިން ސަރުކާރުން ވިއްކާފައިވާ ޓީ ބޮންޑުތަކަށް ވުރެ މާ ރަނގަޅު އަގެއްގައި އެ ބޮންޑު ވިއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮޑެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން، މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 0.75 ޕަސެންޓެވެ. ގެރެންޓީ ފީ އާއި މެނޭޖްމެންޓް ފީއާ އެކު މިއަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"ތިންސަތޭކަ މިލިއަން ޑޮލަރު އަޅުގަނޑުމެން އެއްފަހަރާ ޕްލޭސްކުރާނީ. އެކަމަކު ތިން ޓްރާންޗެއްގެ ގޮތުގައި. އެއީ 8 އަހަރުން މެޗުއާވާ އެއްޗަކާއި 9 އަހަރުން މެޗުވާއާ އެއްޗެއްގެ އިތުރުން 10 އަހަރުން މެޗުއާވާ ގޮތަށް. އެހެންވީމަ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

މާލީ މުއާމަލާތްތަކުގައި ޓްރާންޗަކީ ސެކިއުރިޓީސް ވިއްކާއިރު އެއް ޓްރާންސެކްޝަނެއްގެ ގޮތުގައި އެކަމަކު އެކު ފަހަރުމަތިން ވިއްކާ ނުވަތަ އޮފާ ކުރާ ކޮންމެ ޑީލެކެވެ.

ޑެފިސިޓް ހަމަޖައްސަން މީގެ އިތުރުން ބޭނުންވާ 563 މިލިއަން ރުފިޔާ ޓީ ބިލްގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ޓީބިލް ވިއްކާނީ މިހާރު ވެސް އެމްއެމްއޭ އިން ކަނޑއަޅާފައިވާ އުސޫލުތަކުގެ ދަށުންނެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 37.3 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓް ޑެފިސިޓަކީ 5.6 ބިލިއަން ރުފިޔާ އެވެ.

28 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 5%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައްތާރު

11 November 2019

ދެން ދަރިންގެ ދަރިންނޯ؟ :ޕ

The name is already taken The name is available. Register?

ޭވަޓް

11 November 2019

ލާރިން ވާވަރައް ކަންކޮއް ނުވާވަރުން ނުދަރާ ތިބުން މާމޮޅު

The name is already taken The name is available. Register?

ޑުރެކިއުލާ

11 November 2019

ޓެކްސްތައް އުވާލަން އެބަޖެހޭ، ކޮންމެ އަހަރެއް ފެށޭއިރު އެއަހަރަކަށް ބޭނުންވާނެ ފައިސާ ބޭރުން ދަރަންޏަށް ނަގައިގެން ދެއަތްއުރައިގެން ތިބެންވީ. ސިންގަޕޫރުވެސް ތަރައްގީވީ އެގޮތަށް.

The name is already taken The name is available. Register?

އެކޮން ސްޓޫޑެންޓް

11 November 2019

ބޭރުފައިސާއިން ބޮންޑް ވިއްކުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ވެނެޒުއޭލާ އަށް ވެސް ވީ މިހެން. ތެލަށް ބަރޯސާވެ ޔޫއެސް ބޮންޑް ވިއްކީ. ދެން ތެލުގެ އަގު ދަށަށް ދިޔަވަގުތު ބޮންޑް މޭޗުއަވީމަ ފައިސާ ނުދެއްކުނީ. ދިވެހި ރުފިޔާއިން ކިތަންމެ ވަރަކަށް ބޮންޑް ވިއްކިޔަސް މައްސަލައެއް ނެތް. އެއީ މޭޗުއަ ވީމަ ދައުލަތުން ދޭންޖެހޭ ފައިސާ އެއީ އާ ފައިސާ. މިއީ އަސްލުވެސް ވަރަށް ގޯސް ކަމެއް. ރައީސް ޔާމީން ކުރިޔަސް ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

އަލީރާޖާ

11 November 2019

ވަރަށް ރަގަޅު ރޭޓެއް. މަރްހަބާ.

The name is already taken The name is available. Register?

falcon_autho

11 November 2019

ރައްޔިތުން ދަރާތީއާއި ޢާއިލީ ވެރިކަމާއި އެޓޮލްސްގެ ވަޒީފާގައިތިބޭ ޚާއްޞަ އެހީތެރިންނާއި މީހުން ޖަލަށް ލާތީއާއި ޝަރީއަތަށް ނުފޫޒު ފޯރުވާތީ ޑިކްޓޭޓަރަކަށްވެ މައުމޫނުގެ ސަރުކާރު ވައްޓާލީ. މިހާރު ރައްޔިތުންގެ މާލިއްޔާއިން ޕާޓީ ކުންފުނިތަކަށް ފައިސާދޭން ބޮންޑް (ދަރަނި) ނަގާތީއާއި ޕާޓީ އެކްޓިވިސްޓުންނަށް ވަޒީފާދޭތީއާއި ގޭކުދިން މަޖިލީހުގަޔާއި ޝަރުއިއްޔާގެ ބެލިވެރިކަމުގަޔާއި ކޯޓުތަކުގައި ތިބީމާ މިވަނީ ޑިމޮކްރަސީގެ ކާފައަށް.

The name is already taken The name is available. Register?

އަޖާއިބުތަ

11 November 2019

ބޮންޑު ވިއްކުމަކީ ދަރަނި ނެގުމެއްނޫން ކަން އިނގޭ ބަޔަކު ކޮމެންޓު ސެކްޝަން ގައި މަދު. ސމހ.

The name is already taken The name is available. Register?

ސައްތާރު

11 November 2019

ބޮންޑް މެޗުއާ ވީމަ ދައުލަތުން ނެގި ފައިސާ އަނބުރާ ބޮންޑް ވިއްކި ފަރާތަށް ދޭން ޖެހޭ އެއްނޫންތަ؟ އެއަށް ދަރަނި ނުކިޔާ ކިޔަނީ ކޯއްޗެއް؟

The name is already taken The name is available. Register?

މަންޑޭލާ

11 November 2019

ރައިސް ޔާމިންގެ އިގްތިސާދު މާބޮޑައްވެސް ރަގަޅު. ދިވެހިން ތިބީ ކައިގެން ބޮއެގެން އިންޑިޔާއިން ދަތިކުރިޔަސް.

The name is already taken The name is available. Register?

ބަޑުބޭލާ

11 November 2019

މިހާރު ތިހިރީ ނުކައި އައިސް މިތާ ކޮމެންޓު ކުރަން އުތަ؟

The name is already taken The name is available. Register?

ޖިޖި

11 November 2019

މި ވަޒީރު ހަބަރުން ފެނުން މިއީ މިހާރު ނަފްސާނީ ބައްޔަކަށް ވެއްޖެ. ފެންނަނީ ދަރަނި ހުސް ދަރަނި. ނަގާހާ ލޯނަކުން ވިއްކާހާ ބޮންޑާ ޓީ ބިލުން އާންމު ރައްޔިތު މީހާޔަށް ވާ އެއް ކަމެއް ވެސް ހަމަ ނެތީ.

The name is already taken The name is available. Register?

ދޯތަތަބުރުލާޖީ

11 November 2019

މައުމޫން ގެ ވެރިކަން ވައްޓާލަން 2018 ގައި އަޑަށް އެންމެ ބާރުލާފަ ގޮވި އެއް ގޮވެއްޔަކީ ދަރިންނާއި ދަރިންގެދަރިން ދަރުވާލާފައިވާ ވާހަކަ. މައުމޫންގެ ވެރިކަން ވެއްޓުނުތާ މާދަމާ އަށް 11 އަހަރު ފުރޭއިރު މިގައުމުގެ ދަރިންނާއި ކާފަދަރިންގެ އިތުރުން މިވަނީ ހޫރުކާފަ ދަރިންނާއި މުސްމުޅިކާފަ ދަރިންވެސް ދަރުވާލާފަ. މައުމޫންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނި 5 ބިލިއަން . މިއަހަރު ނިމޭއިރު 52 ބިލިއަން. ދަރަނީގެ ނިސްބަތް ޒިމްބާބުވޭ އާއި އަރާ ހަމަކުރަނީ .

The name is already taken The name is available. Register?

ޖައްލާދު

11 November 2019

ރައީސް މައުމޫން ގެ ސަރުކާރު ނިމުނު އިރު ދަރަނި އޮތީ ބޮލަކަށް 2500 ޑޮލަރުކަމަށް އޭރުގެ އިދިކޮޅު ބޭފުޅުން ސިޔާސީ ޕޯޑިއަމްތަކުގައި ކިއެވެ. މިސަރުކާރުން ވިދާޅުވެފައިވަނީ މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 52 ބިލިއަން ރުފިޔާގައިކަމަށް . ވީމާ މިހާރު ބޮލަކަށް ޖެހޭނީ 8430 ޑޮލަރެވެ. އެއީ ކުރިއަށްވުރެ 3 ގުނައަށްވުރެ ބޮޑު އަދަދެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454