11 ނޮވެމްބަރ 2019 - 11:55
ރާއްޖޭގައި އޮތުން އެންމެ ރަނގަޅީ މިހާރު މި އޮތް ރިޔާސީ ނިޒާމް ކަމަށާއި ބަރުލަމާނީ ނިޒާމެއް ނަމަ ހަމަނުޖެހުން ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ އިޓަލީ އާއި އިނގިރޭސި ވިލާތް ފަދަ ބައެއް ގައުމުތަކުގައި ކުރިން އަބަދުހެން އުޅެން ޖެހުނީ ވެރިކަން ބަދަލުވާތީ ކަމަށެވެ. އެކަމުގެ ސަބަބުން، ހަމަޖެހިގެން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ސަރުކާރުތަކަށް ނުލިބޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރާއްޖެ އަށް އެންމެ ކަމުދާނީ މިހާރު މި އޮތް ނިޒާމް. އެއީ ރިޔާސީ ނިޒާމް. ބަރުލަމާނީ ނިޒާމަކީ އަޅުގަނޑު ހިތުން ރާއްޖެ އަށް މާ އެކަށީގެންވާ ނިޒާމެއް ނޫން. ވަރަށް އަވަސް އަވަހަށް ސަރުކާރު ބަދަލު ވެގެން ދާނެ،" 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
"ބޮޑުވަޒީރަކު ލާތާ ދެމަސް ފަހުން އިސްތިއުފާ ދޭން ޖެހިދާނެ. އަނެއްކާ އަނެއް ބޮޑު ވަޒީރެއް އަންނާނެ. މިކަހަލަ ގޮތަކަށް ހަމަނުޖެހުންތަކުގެ ތެރޭގައި ވަރަށް ބޮޑަށް އުޅެން ޖެހޭ،"
ބަރުލަމާނީ ނިޒާމެއްގައި ވެރިކަންކުރާ ބޮޑުވަޒީރަކީ ރައްޔިތުންގެ ސީދާ ވޯޓުން އަންނަ މީހެއް ނޫން ކަމަށާއި އެކަމަކު ރިޔާސީ ނިޒާމުގައި ވެރި މީހާ ކަނޑައަޅަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށްވާތީ ރައްޔިތުންނަށް ހަގީގީ ބާރު އޮންނަނީ ރިޔާސީ ނިޒާމުން ކަމަށް މައުމޫން ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ބައެއް ކަންކަން ހިނގަނީ ރިޔާސީ ނިޒާމާ އެއްގޮތަށް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ރިޔާސީ ނިޒާމެއްގައި އޮންނަން ޖެހޭނީ ތިން ބާރު ވަކިވެފައި ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި ކަންކަން ވެގެން ދަނީ ބައެއް ބާރުތައް އެއްވެެގެން ކަމަށް ވިދާޅުވި އެވެ.
ކޯލިޝަނުން ވެރިކަމަށް އައުމަކީ ބަރުލަމާނީ ސިފައަކަށްވާއިރު މިފަހުން ރާއްޖޭގެ ރިޔާސީ އިންތިޚާބުތައް ކާމިޔާބުކޮށްފައި ވަނީ ކޯލިޝަންގެ ތެރެއިންނެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން ވިދާޅުވީ މިސަރުކާރު ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"ފަސް އަހަރު ވިޔަސް އަދި އޭގެ ފަހުން މިސަރުކާރު އަލުން އިންތިހާބު ވިޔަސް އަޅުގަނޑުމެން ތިބޭނީ ސަރުކާރާއެކީގައި. އަޅުގަނޑާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އޮންނަ ގުޅުން ވަރަށް ރަނގަޅު،" ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖެ އަށް ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށް މައުމޫން ވިދާޅުވި އިރު، އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތްކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރާއްޖޭގައި މި އޮތީ ކޮން ނިޒާމެއްކަން ރަނގަޅަށް ސާފުނުވާ ކަމަށް ވިދާޅުވެ، ނިޒާމު ސާފުވާ ގޮތަށް ގާނޫނުއަސާސީގައި ލިޔަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނިޒާމަށް ބަދަލު ގެންނަ ނަމަ އަމަލުކުރަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ސާފުކޮށްދީފައި އޮތް ކަން ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ. އެއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހުމެވެ. ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅީ ވެސް މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި އިރު ރައްޔިތުންގެ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޙީދު
12 November 2019
ރައްޔިތުންގެ ވޯޓަކުން ރިޔާސީ ނިޒާމު ގެނެސް ޤާނޫނު އަސާސީގައި ލިޔެފައި އޮތް ކަމެއް މިބޭބެއަށް ނޭނގޭތަ؟
މަހީހީ
12 November 2019
އެހެންވެދޯ ދިގުތިރީސްއަހަރު ޚުދުމުޚުތާރު ގޮށްމުށުބާރު މުޑުދާރު ވެރިކަމެއްކުރީ! ހޯއް! ޖޯކޭ......
ގައުމީ ލޯބީގާ
12 November 2019
އިބޫ ސޯލިހު ރަގަޅުވާހަކަތާ ދޯ މައުމޫނަށްވިދާޅުވެވޭވީ މައުމޫނު ވިއްޔަ ފުރަތަމަ ކުޅިވަރު ފެށީ ނިމެންދެން ކޮންމެވެސް އެއްޗެކޭ ކިޔަންޖެހޭނެ އެހެންނޫނީ ރައްޔިތުންކުރިމަތީ މިހާރަށްވުރެ ބޮޑަށް މައުމޫނުގެ އަގުވެއްޓޭނީ މިނޫސްވެރިންނަށްވެސް ކުރަންނުކެރޭ ސުވާލެއްއޮވޭ ކީއްވެހޭ ތިމާގެ އެއްބަފާކޮއްކޯ ފުޅާ ތިހާ ދެކޮޅުވެފަ ދުރުހިލޭ މީހަކަށް ތިހާ އިތުބާރު ކުރަނީ އެއީ އަސްލު މަގޭސުވާލު
މަންޑޭލާ
12 November 2019
މުނާފިގުންގެ އަތްމަތީގަ ރާއްޖެމިއޮތީ. ރާއްޖެއަ ވަން އެތައްމިލިޔަން ޑޮލަރުތަ ވެރިންގެ އެކައުންޓުތަކައް މިވަންނީ. މިއަހަރު ކަމެއްކޮއް ނުދެވޭ.
ގައުމީ ލޯބީގާ
12 November 2019
މައުމޫނަށް ހެއު ރައްޔިތުންނަށް ކަމެއްކޮއްދޭވެރިއަކު ނެތަސް މައުމޫނު ދިވެހިރައްޔިތުން ބޭތިއްބިފެންވަރުގަ ބައިތިއްބާނެ ވެރިއަކު ހުންނަނިކޮއް ދެންއެހެންނޫނީ ވެރިކަންކުރަންޖެހޭނީ މައުމޫނު ދެން މައުމޫނުގެ ދަރިއަކު .ރައިސް ޔާމީނާ މެދު ހިއްޕުޅާނުވީ ރައްޔިތުންނަށް ތަރައްގީ އާއި ތަހްޒީބު އެތަށް ރޮގަކުން އެތަށް ކަމަކުން ރައްޔިތުންނަށް ގެނެސްދޭތީ ޒަމާނަށް ހޭލަށްވާ އަމާންކަން ހޯދަދޭން މަސައްކަތްކުރެއްވީތީ .މައުމޫނު ނައްޓާ ސަބަބެއް ބުނެދޭންވީނުން
ޝޮކްތެރަޕީ
12 November 2019
ރާއްޖެ އަކީ މިހާރު މިނިވަން ޤައުމެއްނުން. އިންޑިޔާގެ ހިމާޔައް ދަށުގަޔޯ؟ ޤައުމުދެކެ ލޯބިނުވާ މީހުން ހޮވީމަ މިހެން ވާނި. ރައްޖެ މިއޮތީ ތޫނު ކަޑިއެއްގެ މަތީގަ. މިކަމުގެ ޒިމްމާ ނަގާނީ ކާކުތަ؟؟؟؟
ގައުމީ ލޯބީގާ
12 November 2019
މައުމޫނު ކެނެރި އަންނި އަށްވުރެ އިބޫ އަށް އެޑްވައިޒް ދޭނީ މައުމޫނު ކީއްވެހޭ ގައުމުދެކެ ލޯބިވާ ކަމަށް ދައުވާކުރާ ވެރިން މިބަޔަކަށް ވެރިކަން ހޯދަދޭން ސަޕޯޓްކުރީ
ރެޑްމޭން
11 November 2019
ރިޔާސީ ނިޒާމުގައި ހަމަނުޖެހުން ކުޑަތަ؟ ފާއިތުވީ އަށެއްކަ އަހަރު ހަމަނޭވާނުލާ މިއުޅެވުނީ! ޢެެން ނޫނަސް މާ މެން މިހާރު ތީ ގެރެންޓީ ހަމަވެފައި ހުރި ޕްރޮޑަކްޓް އެއް. މިޒަމާނުގެ ރަނގަޅު ނުބައެއް ނޭނގޭނެ! ސޮރީ!
ރައީސު---
11 November 2019
މަނިކުފާނަށް ވަރަށް ވަރަށް އިހުތިރާމް ކުރަން
އަދިވެސް ބޭނުމީ
11 November 2019
އަޅުގަނޑުގެ ޙަޔާތުގައި ތަޖުރިބާ ކުރެވުނު އެންމެ ހިތްހަމަޖެހޭ ރައީސަކީ ރައީސް މައުމޫނެވެ. އެއީ ހާދަ އުފާވެރި ދުވަސް ތަކެކެވެ. ރައީސް މައުމޫނު ދެކެ ވަނީ ބައްޕަ ދެކެ ވާ ލޯތްބެވެ.
ކަޅުކަޅު ދޮނޭ
11 November 2019
މިތަނަށް އެއްމެ ރަގަޅީ މަނިކުފާނު 30 އަހަރު ވަންދެން ރައްޔިތު ް ކިހިލި ޖަހާލައިގެން އުޅުއްވި ނިޒާމް.. އެނިޒާމާއިގެން މަނިކުފާނަށް ކުރިއަށް އިތުރަށް ވަޑައިނުގެ ްނެވުނީ ކޮއްކޮއިންނާ ޅިޔަނުންގެ ނޮހޮރުއްޕާން ބޮޑުވެގެން.. އަދިވެސް ރައްޔިތު ްނަށް ހެޔޮ ވެރިކަމެއް ދެވޭނީ ހަމަ ރައީސް މައުމޫނަށް..
ޢެހެންތަ ހީވަނީ
12 November 2019
ރައިސްޔާމީނަށް
އަމީތާބު
11 November 2019
މިހާރުއޮތް ގާނޫނުއަސާސީ އުވާލާ މަޖިލިސް އުވާލާ މައު މޫނު އަންނި ޔާ މީނު އިބޫ ގާސި މް އަށް ބާރެއް ނުހިންގޭ ވެރިކަ މެއް ގެނެވިއްޖެ ނަ މަ ކޮން މެ ނިޒާ މެއް އޮތަސް ބަރާބަރު ވާނެ.