ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވާނީ. ބަޖެޓަށް ބަހުސް ކުރަން ފަށާނީ މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާގައި. --- ފޮޓޯ: މަޖިލިސް
11 ނޮވެމްބަރ 2019 - 12:00
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބަޖެޓު ބަހުސް ކުރިއަށް ގެންދަން ވާނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ. މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ބަޖެޓު ހުށަހެޅުއްވި އިރު، ބަހުސް ފަށަން ދިން މުއްދަތު މިއަދަށް ހަމަވާނެ އެވެ.
އެނގިފައިވާ ގޮތުގައި މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު ކަމަކަށް އޮތީ ވެސް ބަޖެޓު ބަހުސެވެ. ބަޖެޓު ބަހުސް ފެށުމަށް ހަމަޖެހިފައިވާ އިރު، އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓު ކޮމިޓީން ގެންދަނީ ސަރުކާރުގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އާންމު ކޮމިޓީން ވަނީ މަޖިލިހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަން 21 ގަޑިއިރު ކަނޑައަޅައިފަ އެވެ. ކޮމިޓީން ކަނޑައެޅި ގޮތުން ފުރަތަމަ ފުރުސަތުގައި ކޮންމެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 15 މިނިިޓެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަން ކޮންމެ މެމްބަރަކަށް ހަތް މިނިޓު ލިބިވަޑައިގަންނަވަ އެވެ.
ބަހުސް ކުރިއަށް ދާ އިރު، ފިނޭންސް މިނިސްޓަރަށް 45 މިނިޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވަ އެވެ.
މިދިޔަ ބުދަ ދުވަހު މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ހަފުތާގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ބަޖެޓަށް ބަހުސް ކުރުން ކަމަށެވެ. އަދި ބަޖެޓުގެ ބަހުސް ނިންމުމަށް ރޭގަނޑު ވެސް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވުމަށް ފަހު އަމީރު މަޖިލިހުގައި ވިދާޅުވި ގޮތުގައި ބަޖެޓު ވެގެންދާނީ ދިވެހިންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަގުފަހިކޮށްދޭނެ ބަޖެޓަކަށެވެ. އަދި މި ބަޖެޓުން ދިވެހިންގެ އުންމީދުތަކުގައި ކުލަ ޖައްސައި ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބަޖެޓުގެ ސަބަބުން ރައްޔިތުންގެ އަތްމަތި ތަނަވަސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
12 November 2019
ބަހުސެން ކުރާނި ކަމެއްއޮތްކަމެއް ނޫންތީ. އެއަށް ވުރެ މާ ފުރިހަމަ ބަޖެޓެއް. އަވަހަށް ފާސްކޮށްލައިފަ ރަށްއިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދަށް ފުރޮޖެކުޓްތައް ފަށައިދީ.
މަންޑޭލާ
12 November 2019
އެމްޑީޕީޔަ މެޖޯރަޑީ މަޖުލީހުން ދިނީމަ ޤައުމުގެ ލަގަން އިންޑިޔާއަ މިދެނީ. ރާއްޖޭގަ ކުރާ ކޮމްމެކަމެއް އިންޑިޔާއަ އަންގަން ޖެހޭ. ދެރަކަންތަ މިފެންނަނީ.
ބޮޑުމީހާ
12 November 2019
ބަދަލު ނުވަންޏާ ބަހުސްކުރުމުގެ ބޭނުމެއް ނެތް
ރީތި މޫސަ
12 November 2019
ކީއްކުރަންކުރާކަމެއް ތިކަން އެމްޑީޕީ ހަރުގެއިން ނިންމާލާ މުޅިޤައުހަލާކުކުރާމީހާ މަޖުލީހުގެ ބޮޑުގޮނޑީގަ ބައިންދާގެން އެހެންމީހަކަށްއަގައިންބުނާނެ ފުރުސަތުނުދީ މުޅިޤައުމު ސުންނާފަތިކުރަނީ މިޤައުމުގަ ހެޔޮވެރިކަމެއްކުރެވޭނީ ނަޝީދު ސިޔާސީ މައިދާނުންނުން ދުރުކުރިދުވަހަކުން އެހެންނޫނީ ލާހިކެއްނޫން އެއްވެސްމީހަކަށް ހެޔޮވރިކަމެއްކުރާކަށް މީވަރަށްވާހަކަ
ޅަބޭ
11 November 2019
ބަޖެޓޭ؟؟ ތިތަނުތެރޭ އޯ ލެވެލް ހަދައިގެންތިބި ކިތައް މީހުން އެބަތިބިތަ؟ 5 މީހުން ތިއްބަސް މަ މިހާރުގޮސް މަޖީދީމަގުމަތީ ހެދިފައޮތް ފެގަނޑުތެރޭ އޮށޯންނާނަން.
ޒުވާނާ.
11 November 2019
ތިޔަޖަލްސާގަ 5 އަހަރު ދުވަހުގެ ފަތުރުވެރިކަ މާބެހޭ މާސްޓަރ ޕުލޭންގަ ހދ އަތޮޮޅުގަ ފަތުރުވެރިކަ މައް ރަށެއް ހި މެނިފަ ނުވަނީ ކީއްވެތޯ ސުވާލު ކޮއްލާތި
ބަހުސް
11 November 2019
ކީއްކުރާ ބަހުސްއެއް. އެއްޗެއް ދައްކާލަން ދެން ކޮންމެހެން ވަގުތު ބޭކާރުކުރަން ބަހުސްކުރާނެކަމެއްނެތް. ކަރުދާހެއް ތިތާ އޮތިއްޔާ ރަބަރު ސްޓޭމްޕް ޖަހާލާ.