ރައީސް އިބްރާހިމް މުުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުމެއްގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
12 ނޮވެމްބަރ 2019 - 13:32
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، 785 ސިޔާސީ މަގާމަށް 331 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ބަޖެޓުގައި ހުރި މި ހިސާބުތަކަށް ބަލާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތައް މި އަހަރަށް ވުރެން އަންނަ އަހަރު ދެ ގުނަ އިތުރުވާނެ އެވެ. އަދި އެ އަދަދުން ދައްކާ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގައި އެ އަދަދު މަދެއް ނޫނެވެ.
ޔާމީންގެ ވެރިކަމުގައި ސިޔާސީ ބާރުވެރިކަން ދަމަހައްޓަން އެކި މިނިސްޓްރީތަކާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ލި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 800 ކައިރިކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދާނެ ކަމަށް ލަފާކޮށްފައިވާ އިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ އަށް މަސް ތެރޭގައި އުފެއްދެވީ 334 ސިޔާސީ މަގާމު ކަމަށެވެ. ކުރީ ސަރުކާރަށް ވުރެން އެ އަދަދު މަދު ނޫންތޯ އެ ބައްދަލުވުމުގައި ނޫސްވެރިންގެ ގާތުން އެއްސެވި އެވެ.
"އަޅުގަނޑުގެ މި އުޅެނީ 334، އަދި އެބަ ހިފެހެއްޓެއެއް ނޫންތޯ،" ސިޔާސީ މަގާމުތަކުގެ ވާހަކަ ނޫސްވެރިން އަހާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައި ވެ އެވެ.
އެމަނިކުފާނު، އެ އަދަދު ނޫސްވެރިންނަށް ދެއްވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމްތަކުގެ އަދަދަކީ 465 ކަމަށް ވިދާޅުވަމުންނެވެ.
ރައީސް އޮފީހުން މިރޭ ބުނިގޮތުގައި، ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު އޭރު އާއްމުކުރީ ރައީސް އޮފީހާއި މުލިއާގެ އާއި ހިލާލީ ގޭގެ ސިޔާސީ މަގާމްތަކުގެ އަދަދު ނުހިމަނަ އެވެ. އެ އަދަދުތައް ހިމެނުމުން، ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގެ ޖުމްލަ އަދަދަކީ 808 ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއީ، ޔާމީން ސަރުކާރުގައި ރައީސް އޮފީހުގައި އުފެއްދި 258 މަގާމާއި މުލިއާގެ އާއި ހިލާލީގޭގައި 85 މަގާމާއި އެހެން އިދާރާތަކުގައި އުފެއްދި 464 ސިޔާސީ މަގާމް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނަ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ނަމަ، ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ސިޔާސީ މަގާމްތައް ދެން އެންމެ ގިނަ ހެލްތު މިނިސްޓްރީގެ އަދަދަކީ 109 އެވެ. އެ މިނިސްޓްރީ އަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. ފޮރިން މިނިސްޓްރީގެ 86 ސިޔާސީ މަގާމަކަށް 129 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ޔޫތު މިނިސްޓްރީގެ 28 ސިޔާސީ މަގާމަކަށް 6.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ވަރަށް ބޮޑަށް އޭރު ފާޑުކިއެވެ. މި ސަރުކާރުގެ ވައުދަކަށް ވީ ސިޔާސީ މަގާމްތަކުގެ އަދަދު ޔާމީންގެ ސަރުކާރަށް ވުރެން އިތުރު ނުކުރުމެވެ.
އެ ވައުދާ އެކު، ސަރުކާރުގައި ކޮންމެ ޕާޓީއެއް ވެސް ހިއްސާވާނެ ނިސްބަތް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައަޅާފައި ވަނީ 15 ޕަސެންޓެވެ.
މި ސަރުކާރުގައި މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ކަނޑައެޅުމުގައި ބަލާފައި ވަނީ މި ނިސްބަތަށެވެ. މި ފޯމިއުލާ އިން ބަލާ އިރު ޕާޓީތކަށް ކަނޑައެޅި ބައެއް ސްލޮޓްތަކަށް އަދި މީހުން ހަމަނުޖައްސާ ކަމަށް ބައެއް ޕާޓީތަކުން ނުރަސްމީކޮށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮހި
16 November 2019
އަބަދުވެސް ކުރިސަރުކާރު އެ ސަރުކާރު ގޯސްވެ ކަމުނުގޮސްގެން ހީލަތުން ވެރިކަމަށް އައި ސަރުކާރެއްމީ ރައީސް ޔާމީންގެ ނަން ނުލިޔެ ފަޒީމެންނަށް ހިތްހަމަ ނުޖެހޭދޯ. މިސަރުކާރުން ކުރާ މަކަރުވެރި ކަންތައް ލިޔަން އުދަގޫވާހެން ހީވޭ
ހޮޓްކިންގ
13 November 2019
މި އަހަރުގެ 32 ބިލިއަން ރުފިޔާގެ ބަޖެޓްވެސް ކަފަޅާ ކޮށްލީ ދަތުރު ކުރުމާއި މަޖާނެގުމުގައި. ރައްޔިތުންނަށް ކޮށްދިން އެންމެ ކަމެއްވެސް ފެންނަންނެތް. އަންނަ އަހަރުވެސް އެއޮތީ މަކަރުވެރިކަމުގެ ތެރޭގައި ދައުލަތުގެ ފައިސާ ތަޅާ ބުރުއްސަން ރާވާފައި.
ފޮސްކަލޯ
12 November 2019
ކޮބާ މިއަށް ކޮމެންޓް ކޮށްލާނެ އެންޑީފީ ކުއްޖެއް ނެތްތަ؟
ތުރާކުނުމީހާ
12 November 2019
މަތިބަރުވެގެން ދެން އެންމެ ފަހުން ވާގަނޑު ކަނޑައިގެން ގޮއްސަވެއްޓިފަ އޮއްވަ ފެންނާނި. ރައްޔިތުން ގާތު މުޅިނެވެސްވީ ހުސް ދޮގު ވައުދު. ކޮބާ އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ދޭން ބުނި ހަދިޔާ ފޮށި؟ ކޮބާ މުވައްޒަފުންގެ އިތުރުގަޑީގެ ލާރި ލިމިޓެއް ނެތި ދޭންބުނި ވައުދު؟ ކޮބާ ތުރާކުނު 2019 ވަނަ އަހަރު ތުރާކުނު ބިންހިއްކަން ޖެހިފައިސާ؟ އެއަށް ވީގޮތް ބުނެދީބަލަ؟ މިފަހަރު ހުށަހެޅި ބަޖެޓުގަ ނެތް އޭގެން އެއްވެސް ކަމެއް ކޮށްދޭނެ ވާހަކައެއްވެސް.
ޗަންކީ
12 November 2019
ސިޔާސީ ނުވެ ކަމެއް ނުވާނެތާ ދޯ މިހެންވީމަ؟؟؟
މިމިގަރުބަޗޯފް
12 November 2019
ޖޭޕީއަށް 210 މަގާ މް މައު މޫނަށް 175 މަގާ މު އަދާލަތަށް 125 މަހާ މު އެ މްޑީޕީއަށް ބާކީ. ޕާޓީގެ ނިސްބަތުން ކޮންބަޔަކަށް މަގާ މްތައްގިނައީ.
އަޒްމީން
12 November 2019
މިއީ ހަރަދު ކުޑަ ކުރަން އި މީހުން. ވަޒީފާގެ ނަމުގައި ވައްކަން ހަމަ ކުރަނީ .. ގައިމު ޔާމީނު ވައްކަން ކުރަމުންވެސް ތަރައްގީ ކޮށްފިތާ
ރާއްޖެ
12 November 2019
ދިވެހިން ދިވެހިންގެ ގޮތުގައި ގަމާރުކަން މަތީ އަބަދަށް.
ވަޓް އެ ވޭސްޓް
12 November 2019
ކިހިނެއް އެއް ޕާޓީއަކުން ކުރި ވެރިކަމަަ ތިން ހަތަރު ޕާޓިން ކުރާ ވެރިކަމަކާ އެއް ހަމަ ވާނީ ރައީސް ބޭނުންވިޔަސް. އެންމެނަށް ބައި އަޅަންޖެހޭ ވިއްޔަ. މަގާމުދީފަ ތިބި މީހުންތެރެއިން ގިނައީ މިނިސްޓްރީތަކުގަ ކަމެއް ކުރަން ދަންނަ ބައެއް ނޫން އަދި ކަމެއް ކުރާ ބައެްްވެސް ނޫން. ހަމަ މުސާރަ ނަގައިން ތިބެނީ. ބޭކާރު. ހާދަ ފައިސާއެކޭ. ކިތަށް ކަންތައް ކުރެވޭނެ އެފައިސާއިން. ރައީސް ޔަގީނުންވެސް މިވައުދާ ހިލާފްވެވިފަ އެއޮތީ.
ޙުދޫދު
12 November 2019
ތިއީ ދޮގެއް. ކީއްވެ މިސަރުކާރުގައި އެހެންވާންވީ