ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ބަޖެޓް ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ. ފޮޓޯ: މަޖިލިސް
13 ނޮވެމްބަރ 2019 - 16:06
ސިވިލް ސާވިސް ގާނޫނު ފުރަތަމަަ ފާސްކުރި އިރު އޮތް ގޮތަށް، ސިވިލް ސާވަންޓުންނަކީ އެއްވެސް ސިޔާސީ ހަރަކާތެއްގައި އަދި ސިޔާސީ ޕާޓީއެއްގައި ވެސް ބައިވެރި ނުވެވޭ ބައެއް ކަަމަށް އަލުން ހަދަން އެދޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ ސިވިލް ސާވަންޓުންނަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކުރަން ތިބޭ ބައެއް ކަމަށާއި އެކަމަކު އެކަން އެގޮތަށް ހިނގާކަން ކަށަވަރުކުރަން މިހާރު އޮތް ގޮތުން ވަރަށް ދަތި ކަމަށެވެ.
"އެއީ އެއްކަމެއް އަޅުގަނޑުމެން ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅާ، ސަރުކާރަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް، ކުރީގައި އޮތް ގޮތަށް ސިވިލް ސާވަޓުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫނީ ސިޔާސީ ހަރަކާތެއްގައި ބައިވެރި ނުވެވޭ ބައެއްގެ ގޮތުގައި އޮތުން އެއީ މުޅި މި ސަރަހައްދުގައި ވެސް ކަން އޮތް ގޮތް،" ޝަމީމް ވިދާޅުވި އެވެ.
އަލީ ޝަމީމް ދެއްކެވި ވާހަކައާ ގުޅިގެން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އޭނާ އަށް ފާޑުވިދާޅުވެ، ވާހަކަ ދެއްކެވި އެވެ. ސުވާލުކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި ގާސިމް ވިދާޅުވީ މިދިޔަ ސަރުކާރުގެ ބައެއް ޖަލްސާތަކުގައި ޝަމީމް ބައިވެރިވެވަޑައިގެންނެވިތަން ފެނިފައިވާ ކަަމަށާއި ކޮންމެ މީހަކު ވެސް އެހެން މީހުންނާ މެދު ވިސްނާ އިރު އެ މީހަކު ފުރަތަމަ އިޚުލާސްތެރިކޮށް ހުރުން ރަނގަޅު ކަމަށެވެ.
"އެގޮތުން ކަންނޭނގެ ދެއްތޯ މަނިކުފާނު ވެސް މިދިޔަ ސަރުކާރުގައި، ބައެއް ޖަލްސާތަކުގައި މަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ތަން ވެސް ފެނޭ. ދެން އަޅުގަނޑު ކޮންމެހެން އެއާ ދޭތެރޭ އެއްޗެއް ދަންނަވާކަށެއް ނޫން. އެެހެން ވިދާޅުވީތީ ދެން ދަންނަވާލީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އެ ވާހަކަ އަށް ޝަމީމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އޭނާ ބައިވެރިވަޑައިގެންފައި ވާނީ ސަރުކާރަށް ތިން އަހަރު ފުރިގެން ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުން އިންތިޒާމްކުރީ އަދި ހުށަހަޅައިދިނީ ވެސް ސިވިލް ސާވަންޓުން ކަމަށެވެ. އޭގެ ފަހުން އެއްވެސް ބައްދަލުވުމަކަށް ވަޑައިގެންފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަަމަ ރެކޯޑަށް ޓަކައި ދަންނަވާލަން އަޅުގަނޑު ސިޔާސީ ބޭފުޅަކާ އެކީ ކޮފީއެއްގައި ވެސް ތަނެއްގައި އިންދައެއް [ނުފެންނާނެ]، އަޅުގަނޑު މާލޭ މީހަކަށް ވީމާ މާލޭގައި ވެސް ނޯންނާނެ ގޮސްފައެއް،" ޝަމީމް ވިދާޅުވި އެވެ.
ސިވިލް ސާވިސް ގާނޫނު ފުރަތަމަ ފާސްކުރި އިރު އޮތީ ސިވިލް ސާވިސް މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ނޫޅެވޭ ގޮތަށެެވެ. އެކަމަކު އެއީ ކޮންމެ މީހަކަށް މެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށް ބުނެ 2018 ވަނަ އަހަރު ވަނީ ގާނޫނުގެ އެ މާއްދާ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯރު
14 November 2019
ސި ިލް ސަރވިސް ހަލާކުކޮށްފަެި ދެން ކޯއްޗެކޭ ކިޔާކަށް?
ދޮންހިޔަލަ
14 November 2019
ސިޔާސީވުން މާނަ ކޮށްދީބަ. މަޖިލިހަށާއި، ރައީސް ހޮވަން ބާއްވާ އިންތިހާބުގަ ވޯޓުލުމުގެ ޙައްޤުންވެސް މަޙުރޫމްކުރަންވީނު ތިހެންވީރުން. އާން އެހެންޏާ ފަހެ ސިވިލް ސަރވެންޓުން މަސައްކަތްކުރަން މިޖެހެނީ ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މިނިސްޓަރަކާ އެކީ. ސިޔާސީ ނުވެ މިޒަމަނުގަ ނެތް އުޅެވޭކަށް. ސަރުކާރަކީ ސިޔާސަތެއް. އެހެންވީމަ ސިޔާސަތުގެ މާނަ ކިޔާލާ.
ޝަމީމު2
14 November 2019
ދެންކޮންބައެއް ޖަލްސާ ގޮނޑިތައް ފުރާނީ.
ޝަމީމާ
14 November 2019
ޥަރުގަދަ ރައީސެއް މީ. މަގާމުގެ ބޭނުމުގައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ
މިގޭ
14 November 2019
ކަލޯ ސަމިޫ ސިވިލް ސާވިސް މުވައްޒަފުން މިދިޔަ 5 އަހަރުތެރޭގައި ކަލޭ އިސްވެ ހުރެ ސިޔާސި ކޮށްފައި މިހާރު މަޤާމުގެ ބިރަށް މިކިޔަނީ ކީކޭ. ކެނޑިޔަސް މަމެން ގެ ފަރުވާލެއް ނެތް. .
ދުރުމި
14 November 2019
ކޮމިޝަނުގެ ބައެއްބާ ސިވިލްސަރވިސް މުވައްޒަފުން ސިޔާސީ ޕާރޓީއެއްގައި ނޫޅެވޭނެ ގޮތް ހެދުން
ފަހީމާއިބުރޭ
14 November 2019
ސިވިލް ސަރވިސް ކޮމިޝަނުން މާޒީވި ދުވަސްތަކުގައި ސިޔާސީ ޖަލްސާތަކުގައި ހޭބޯނާރާ އުޅުނުއިރު ކޮބައިތޯ ކޮމިޝަންގެ މެމްބަރުންގެ ބަސް . ސިވިލްސަރވަންޓަކު ސިޔާސީ ކަމެއްގައި ބައިވެރިވުންވެސް ގޯސް ، އެކަން ކުރީމާ ވަޒީފާގެ ކުރިއެރުމާ ، ނުފޫޒާ އާމްދަނީ ހޯދުމަށް ފަސޭހަ ކުރުމަގުތައް ފަހިވާކަން އެބަ އެނގޭ ، ދެން ކޮން ވާހަކައެއްތޯ ؟ ސިވިލް ސަރވަންޓުން ސިޔާސީ ޖަލްސާތަކަށް ނުދެވޭގޮތަށް އޮންނަންވީ ؟
އޭއެޗް
14 November 2019
މަބުނަންތަ އެއީ ކީއްވެގެން ކުރާ ކަމެއްކަން؟ އެއީ ކޮންމެ ސަރުކާރަކުންވެސް ދީނާއި ބެހޭނެ. ދެން ދީނާއި ބެހިގެން ރައްޔިތުން އެއްޗެކޭ ބުނާއިރު، ސިވިލް ސަރވިސް މީހާވެސް ހިމެނޭނެތާ؟ ދެން އެހިސާބުން އެމީހާ ސަރުކާރާއި ދެކޮޅު މީހެއްކަމަށް ބަލާ ސިވިލް ސަރވިސްގެ ވަޒީފާއިން ކަނޑާލާނެ. ރަނގަޅު އެއްބައެއްވެސް ނެތް؟ ދިވެހިންގެ ދީނާއި، މިނިވަންކަމާއި، ޘަޤާފަތާއި ކުޅެން އެއްވެސް ސަރުކާރަކަށް އަހަރެމެން ފުރުސަތެއް ނުދޭނަން. މިއީ ޕާޓީތަކުގެ އަޅުންނެއް ނޫން؟ ސާފު؟
ލޯމާފާނު
14 November 2019
ގައުމު ކުރި ނާރައިގެން މިއުޅެނީ މިކަހަލަ ޕީއެޗްޑީ ހަދާފަ ތިބޭ މީހުން ގިނަ ކަމުން.
ހަސަން ޝިޔާމް
14 November 2019
އެންމެ ފުރަތަމަވީ ޑރ. އަލީ ޝަމީމު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް/މެންބަރު ކަމުން ވަކިކުރަން (އެއާއެކު އޮޓޯއިން ޖޭއެސްސީގެ ގޮނޑިވެސް ގެއްލޭނެ). ޝަމީމަކި ސީއެސްސީ ރައީސް ކަމުގަ ހުރެގެން، އޭރެއްގެ ސަރުކާރެއްގެ އިސްވެރިން/މިނިސްޓަރުން ''އަންގަވާ'' ގޮތަކަށް އެެބައެއް އުފާކޮށްދިނުމަށް މަސައްކަތްކުރާ މީހެއް. ކިތައް މީހުންގެ ހައްޤު ގެއްލުނު! މިކަހަލަ ކޮރަޕްޓް މީހުން މިކަހަލަ ވަޒީފާތަކުން ދުރުކޮށްފަ ދެން އެހެންމީހުންނަށް ހަދާނެ ގޮތް ކިޔާބަލަ!