އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ވ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު. ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީ އިން ނިންމި މައްސަލަ ވަނީ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވާފައި. --- ފޮޓޯ: މިހާރު
14 ނޮވެމްބަރ 2019 - 15:02
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމުގެ ވޯޓު އަންނަ ހޯމަ ދުވަހު ނެގުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވައި ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީން ނިންމައިފަ އެވެ. އަދި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީ އިން ނިންމީ ރަނގަޅަށް ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ޖުޑިޝަރީ ކޮމިޓީން ބަލާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯ އެވެ. އެއީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މި މައްސަލައިގައި ކޮމިޓީން ބަލަން ޖެހޭ ހަމަ އެކަނި ކަންތަކެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.
ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު މަޖިލިހުގައި ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ފޮނުވީ ޖޭއެސްސީގެ އިންވެސްޓިގޭޝަން ސެކްޝަނުން ތަހުގީގު ކުރުމަށް ފަހު ކަމަށެވެ. އަދި ޖުޑިޝަރީ ކޮމިޓީ އަށް ކަމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިއްޔެ އެވެ. މި ނިންމުމާ އެކު އެ ދެ ބޭފުޅުން ވަނީ 60 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާ ކަމަށެވެ. ދެ ބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީން ބުންޏެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކީޓާ
15 November 2019
ވަކި ކުރިޔަށް ބަލައެއްނުގަންނާނެ. ހެހެހެ
ންންންން
15 November 2019
ގަނޫނަށް ވުރެން މަތީގަ ތިބޭމީހުން މީ، ވަރަށް އުންދަަގޫވާނެ ބަލައިގަންނަން..
ޙަމްނަން
15 November 2019
ރައްޔިތުންނަށް ވީވައުދު ފުއްދަވާ ޖުޑީސަރީ ސާފުކުރޭ މާލަސްވެސް ވެއްޖެ މިހާރު
ހަމްދު
14 November 2019
الحمد لله..
މެކޭ
14 November 2019
ބޭރުކުރަން މާލަސްވެއްޖެ! ދިވެހިރައްޔިތުން އެމްޑީޕީއަށް 65 ގޮނޑި ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ފަނޑިޔާރުގެ އިސްލާހުކުރުން. މި ފަހަކަށް އައިސް އުއްތަމަފަނޑިޔާރުގެ އަމަލުތަކަކޭ، ސިޔާސީ ޕާޓީއެއްގެ ލީޑަރެކޭ އެއްވަރު. މިފެންވަރަށް މިބައިމީހުންގެ އަމަލުތަށް ހައްދުފަހަނަ އަޅާގޮސް، ދިވެހިރައްޔިތުންނަށް ގޮންޖަހާ، ތިމާމެން ހިތުހުރި ގޮތަކަށް ކަންކަމުގައި ބަސްބުނެ ގަދަ ދައްކާހެދި ދުވަަސް މިއަދު ނިމިއްޖެ. ޝުކުރިއްޔާ އެމްޑީޕީ..
ޙަސަނާ
14 November 2019
ފަނޑިޔާރުގެ އިސްލާހުކުރުމޭ ބުނަނީ ނަސީދުގެ ބާރުގެދަށައް ފަނޑިޔާރުގެ ގެނެނެސް އިސްލާމީސަރިއާ ކިޔަވައިގެންތިބި ފަނޑިޔާރުން ބޭރުކޮއް ހުޅަގުގެ ގައިމުތަކުން ކިޔަވާފަތިބި މީހުނައް ކޯޓިތައްހަވާލުކުރުން ދިވެހިންބަލަންތިއްބާ ދިވެހިންގެ ސިކުޑިތަކައް އިސްލާމްދީނާބީރައްޓެހި ފިކުރެއް ވައްދާނެ މީހެހްދެކެ ހިސާބައްވުރެ ބޮޑައް މޮޔަވެފަ ދިވެހިންތިބީ ދިވެހިންނައް އެމީހާގެ ހަސީލަތް ސާފުކޮހް އިގޭއިރުވެސް މަޑައްވަރިހަމަ ވެފަ މިތިބެނީ އަމިއްލަ އެދުން އޮންނާތީ
ވިސްނަވާ
14 November 2019
މިއީ އަސްލު ގައި ބަތަލުން ނެވެ.:އެޅިހާ ބަތަކަށް ރިހަ: ނުވި ހިއްވަރު ގަދަ ބަތަލުން ނެވެ
އަލީ!
14 November 2019
ޔާމީނު އެޅިބަތްގަނޑަށް ރިހައެޅި ފަނޑިޔާރުން.
ޢަބްދުﷲނާފިޒް
15 November 2019
ހޫނ، 1 ފެބްރުއަރީގަ މިމީހުންވެސް ހިމެނޭ ގޮތަށް ފަސްފަނޑިޔާރުން ސޮއި ކޮށްގެން ނެރުނު އަމުރު، މިމީހުންގެ ތިންމީހަކުވެގެން އެއަމުރު އޮޅާލީ އެޅިހާ ބަތަކަށް ރިހަ ނުވެ ކިރުގަރުދިޔަވެގެންބާ!؟ ދައްކާ ވާހަކަ އުތަ.
ސާދާސީދާ
14 November 2019
އަނިޔާވެރިންގެ ނިމުން. ޤާނޫނާ ޚިލާފަށް ތާއަބަދު ނޫޅެވޭނެ!
ގާސިމު
14 November 2019
ހައްދަވައި ބޮޑުކުރެއްވި އިލާހު. މަކަރާ ހީލަތާ އޮޅުވާލުމުން ވެރިކަމައް އައި މި މީހުންގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާނދޭ. އިބަ އަކީ ހުރިހާ ކަމެއް މޮޅައް ދެނެވޮޑިގެންވާ ރަސްކަލާންގެ. ޢާމީން ޔާރައްބުލް ޢާލަމީން.
ޑަކުޓަރު
14 November 2019
ތިޔަ ދުއާ ކުރާ އިރު ހަމަ ކަނޑައެޅިގެން ތިބޭފުޅާއަށް އެގޭނެ މި އުއްތަމަ ފަނޑިޔާރަކީ ސީދާ ނާއިންސާފަށް ހުކުމް ކުރަމުން ދުވި މީހެއްކަން. ލިބިފައިނުވާ އެތަކެއް ބާރެއް އަމިއްލައަށް ހޯދާގެން ނުހައްގުން މަގާމަށް އައި މީހެއް މިއީ. ﷲ އަށް ހަމްދު ކުރޭ މި ފަނޑިޔާރުންގެ ކިބައިން މި ގައުމު ސަލާތް ވުމުގެ އަލާމާތް ފެންނަން ފެށީތީވެ.
ގިޔާސް
15 November 2019
މަކަރާ ހީލަތާ އޮޅުވާލުމުން ވެރިކަމަށް އައި މީހުންގެ ކިބައިން 2018ގަ ސަލާމަތް ވެގެން މިތިބީ، ދެން އަނެއްކާވެސް ތިކަމާ އުޅޭނީ 2023ގަ އިންތިޒާރު ކޮށްލައްވާ، އަހުންވެސް ނުކުންނާނަން.
ބައިރޯ
14 November 2019
ހޭވައްލާ ތައްޔާރު
ހޮޅިކަލޯ
14 November 2019
ރަގަޅު. ދެން ސުޕްރީމް ބިރިޔާނި ކާން ގޭގަ ބައިތިއްބާ. މި މީހުން ބޭރު މިކުރަނީ ފުރާޅުން ޓިނު ނުނަގާ ޑިއު ޕްރޮސެސް ގެ ތެރެއިން. އުފާވެރިކަން ހުރި.