ުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަރީފް: އޭނާއަށް ރިޓަޔާމަންޓް ދިނުމަށް ޖޭއެސްސީން ވަނީ ނިންމާފައި-- ފޮޓޯ: މިހާރު
21 ނޮވެމްބަރ 2019 - 12:41
ސުޕްރީމް ކޯޓުން ވަކިކުރި އަދި ވަކިކުރަން ނިންމާފައިވާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާމަންޓަށް އެދިވަޑައިގަތް ހަމަ އެކަނި ބޭފުޅަކީ އިއްޔެ ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކާ ގުޅިގެން މަގާމުން ވަކިކޮށް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ވެސް މައްސަލަތަކެއް ބަލަމުން އަންނާތީ އިއްޔެ ވަނީ ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ. މި ބޭފުޅުންނާ އެކު ފަނޑިޔާރު އަރީފްގެ ސުލޫކީ މައްސަލަތަކެއް ވެސް އައީ ބަލަމުންނެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވެ އަރީފް ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުން ޖޭއެސްސީން އިއްޔެ ވަނީ އެކަން ބަލައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވެސް ވަނީ ސުލޫކީ މައްސަލަތަކެއްގައި މީގެ ކުރިން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ވިދާޅުވީ ރިޓަޔާމަންޓް ލިބޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން އެއްވެސް ފަނޑިޔާރަކަށް ދެއްވާފައި ނުވާނެ ކަމަށެވެ. އަރީފް ރިޓަޔާކުރެއްވީ ވެސް ކޮމިޝަނުން ޔަގީންކަމެއް ދީގެން ނޫން ކަމަށް އިޒްމީރާ ވިދާޅުވި އެވެ.
"އެ ބޭފުޅާ ރިޓަޔާމަންޓަށް އެދިވަޑައިގަތީމާ އޮންނަ އުސޫލުގެ ތެރެއިން ރިޓަޔާމަންޓް ހަމަޖެހިގެން ދިޔައީ. އަރީފަށް ވެސް ނުދަންނަވަން ރިޓަޔާމަންޓަށް ލީމަ ލިބޭނެ ކަމަކަށް،" އިޒްމީރާ ވިދާޅުވި އެވެ.
Areef retire kuravvai, Supreme Court hingun Azmiralda ah
The most trusted news source in the Maldives
Mihaaru
ައަރީފް ރިޓަޔާ ކުރެއްވުން--
އިޒްމީރާ ވިދާޅުވީ އަރީފް ފިޔަވައި ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ރިޓަޔާމަންޓަށް އެދިވަޑައިގެންފައިނުވާ ކަމަށެވެ.
އަރީފް ރިޓަޔާ ކުރެއްވި ނަމަވެސް އޭނާ އަށް ތުހުމަތުކުރެވޭ މައްސަލާގައި ޖިނާއީ ކަމެއް ނުވަތަ ކޮރަޕްޝަނާ ގުޅުންހުރި ކަމެއް އޮތް ކަމަށް ފެނިއްޖެ ނަމަ ކަމާގުޅުން ހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށް އިޒްމީރާ ވިދާޅުވި އެވެ.
ރިޓަޔާމަންޓާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޮންމެ މަހަކު ވެސް ފައިސާގެ އެލަވަންސާއި ސެކިއުރިޓީ ހަމަޖެހެ އެވެ.
މީގެ 11 އަހަރު ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަރީފަށް ރިޓަޔާ ކުރެއްވުމުގެ ފުރުސަތު ދިނުމުން ބައެއް ފަރާތްތަކުން އެކަމަށް ވަނީ ފާޑު ކިޔައިފަ އެވެ. އެއީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރި އިރު އަދި ޖޭއެސްސީގެ ރައީސްކަމުގައި ހުންނަަވައިގެން ގާނޫނާ ހިލާފް ކަންކަމުގައި އަރީފް ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް ބުނެ އެވެ.
ކުރީގެ ފަނޑިޔާރުން ވަކި ކުރުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އެންމެ ފަހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނެވެ. އެއީ މިހާރު ކޯޓު ހިންގުމާ ހަވާލުކުރައްވާފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަށް އަލަށް ހަތަރު ފަނޑިޔާރުން އައްޔަންކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
21 November 2019
ކޮބައިތަ އެއުޅޭ ތާސްކުޅުމަށް ދެވިހިފައިފައި ހުންނަ މީހާ. އޭނަގެ ކީކޭތަ ބުނަނީ.
ފޮނިޓައްޕު ހަސަނު
21 November 2019
ތިތަން އެއްކޮށް ތި ސާފުކޮށްލީ.
ހިސެން
21 November 2019
އެދި ވަޑައިގަތީތޯ ނޫނީ އެދިވަޑައިގަންނަން މަޖުބޫރު ކުރީނޫންބާ؟
ޙުސަންބޭ
21 November 2019
ރިޓަޔަރމެންޓް ޕެންޝަނާއިބެހޭ ޤަވާއިދު ބަލާފައި ހިސާބު ހަދާލާ. އޭރުން ލިބޭވަރު އެނގޭނެއެވެ.
ހީނާ
21 November 2019
ސުލޫކީ މައްސަލަ ޖެހޭ ހިސާބުންތޯ ސިއްހީ ސަބަބު ދިމާވަނީ. ކޮބައިތޯ އެ ސިއްހީ ސަބަބަކީ؟ ކޮން އެއްޗެކޭ ކިޔާކަށް. ޖޭއެސްސީން ގަސްތުގައި އެކިމީހުންނަށް އެކި ގޮތް ހަދަނީ. ތި ފަނޑިޔާރަކީވެސް ވަކިކުރެވުނު އެހެން މީހުން ކުރި ހުރިހާ ކަމެއް ކުރި މީހެއް. ޖޭއެސްސީގައި ހުރެގެން އަންނިމެން ބުނި ގޮތެއް ހަދައި އެޅިހާ ބަތަކަށް ރިހަވެގެން އިނާމަ ގަވާއިދާ ހިލާފަށް ރިޓަޔަރކޮށްދިނީ.
ިއިބްރާ
21 November 2019
ކަނޑި ދައްކައިގެން ،ބަޑި ދައްކައިގެން، ބިރު ދައްކައިގެން އިސްތިއުފާ ހުށައެޅީ
ޢަހު
21 November 2019
ފަޑިޔާރުން ހިންގި ޖަރީމާތަކައްވެސް އަދަބު ލިބެން ޖެހޭނެ.
ފާމްލޯ
21 November 2019
ޢަރީފުގެ ނިންމެވުން ރަނގަޅު ޢުމުރަށް މުސާރަ ބަރާބަރަށް ދެން ލޯފާމެއް ހުޅުވައިގެން އުޅުނަސް ވީނުން
ކަކުނިބޯ
21 November 2019
ކުށެއްސާބިތިވެއްޖެނަަމަ ކެންސަލްވާންޖިހޭނެ އެއީ ރައީސުލްޖުމްހޫރިއްޔާއަށްވެސް އޮތް ގޮތް
ނިކަމެތި ޖުޑިޝަރީ
21 November 2019
މާރީއްޗަށް ވެސް ޖޭއެސްސީ އަށް ތިކަން ކުރެވުނީ ހެވެ. މި ބުނީ ޖުޑީޝަރީގެ ހުރުމަތް ނުކަނޑާ ވެސް ތިކަން ކުރެވުނީ ހެވެ
ާއަދު
21 November 2019
ފަޑިޔާރުން ހިންގި ޖަރީމާތަކައްވެސް އަދަބު ލިބެން ޖެހޭނެ.
ކޮތަރު
21 November 2019
ޖުޑިޝަރީ ހުރުމަތްކަނޑަށް ކިހިނެތްހެދީ؟
އުޑުން ފޭބި
21 November 2019
ހަމަ ޑީލް @ 16 ސުލީކީ މައްސަލަ އޮތް އެހެން މީހަކަށް ތިފުރުސަތު ނުދޭނެ އެވެ. ޢެހެން ފަނޑިޔާރުން، އެބޭފުޅުންގެ އަމިއްލަ ދިފާއުގައި ބަހެއް ބުންޏަށް ޖޭއެސްސީގެ މެމްބަރުން އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. ޢަޅުގަޑުގެ ނަޒަރުގައި ޖޭއެސްސީ ވަރަށް ކެއްތެރި ވާން ޖެހެއެވެ.ފަނޑިޔުން ނަށް ދެރަދީ އަނިޔާވެރިވާ ތަނަކަށް ވެގެން ނުބާނެއެވެ.
އޭޑީ
21 November 2019
ފަނޑިޔާރުގެ އިސްލާހުކުރާތީ، އެކަމާއި ބިރުން ބަޔަކު އުޅޭނެއެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިކުރާ މީހުންނާއި، ބޮޑެތި ޖިނާއީ ކުށްތަށްކުރާ މީހުންނާއި، ދައުލަތުން ވައްކަންކޮށްފައިވާ މީހުން މިއަދު ބިރުން ތުރުތުރުއަޅަނީއެވެ. އެކަމަކުވެސް ދިވެހިރައްޔިތުންގެ އެދުމާއި އެއްގޮތަށް، އެމްޑީޕީން އިސްވެފެށި ފަނޑިޔާރުގެ މިނިވަންކުރުމުގެ މަސައްކަތްކުރާނެއެވެ. އެކަމާއިދެން ކަޑަވެފައި ތިބޭށެވެ!