ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
25 ނޮވެމްބަރ 2019 - 11:44
ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ހިންގާ "އަނދިރި" ދައުލަތަށް ރާއްޖެ ދީލާލަދިޔަ ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ށ. މާއުނގޫދު އަށް ބަޔަކު އަރައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަ ކުރެހި މައްސަލަ އާއި ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވައި އީވާ ވިދާޅުވީ ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަންކަމަކީ އެއް ފިކުރެއްގެ ބަޔަކު އިންތިޒާމުކޮށްގެން ބިރުވެރިކަން އުފައްދަން ކުރާ ކަންކަން ކަމަށެވެ.
އީވާ ފާހަގަ ކުރެއްވީ މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިއެސްގެ ދިދަ ކުރެހި މައްސަލައިގެ އިތުރުން ލަނޑާ ނަގަން ނުކުތް ދޯނި ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްވި މައްސަލަ އާއި އޭނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި އަންހެނަކު ހެދުން ލާ ގޮތަކުން އޭނާ މަސައްކަތް ކުރާ "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ގާ އުކައި ބިއްލޫރިގަނޑު ތަޅާލައި އިންޒާރު ދިން މައްސަލައަށެވެ.
އީވާ ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ދާދި ފަހުން ނެރުނު ރިޕޯޓުތައް ކިޔާލުމުން، މި ކަންކަން ވެސް ގުޅިފައިވާ ކަން ހާމަވާ ކަމަށެވެ. އެހެންވެ، ރައްޔިތުން މިއަދު ތިބީ ބިރުވެރިކަމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނދިރި ދައުލަތެކޭ ކިޔަނީ ކުޑަ އަންހެން ކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނެ ޖިންސީ ގޯނާ ކުރުމާއި ސްކޫލަށް ނުގެންދިއުމާއި ވެކްސިން ނުދީ ދަރިން ގެންގުޅުމާއި ބައިއަތު ނުހިފައޭ ކިއާފައި މީހުންނަށް އަނިޔާ ދިނުމާއި "ކުއްޖާ އަޅާ ހެދުމާ ބެހުން" ފަދަ ކަންކަމަށެވެ.
"އަޅުގަނޑުމެންގެ އަންހެން ދަރީން އެތިބީ ބަލަން. އަޅުގަނޑުމެންގެ ފިރިހެން ދަރީން އެ ތިބީ ބަލަން. މި ގައުމު ބިނާކޮށްފައި ދޫކޮށްލަނީ މުސްތަގުބަލަށް. މުސްތަގުބަލް ޗާލު ވާނެ، ފަރިވާނެ ގޮތަކަށް ނޫނީ މި ގައުމު ދޫކޮށްލެވިގެން ނުވާނެ،" ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.
ސީރިއާގައި އައިއެސް ބަލި ކުރެވުނީމަ، އެ މީހުންގެ ހަނގުރާމަވެރިން "ބޯހިއްލަނީ" އޭޝިއާގެ ގައުމުތަކަށް ވެސް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
"ދިވެހި ގައުމު މިއޮތީ ހަނގުރާމައިގެ ތުންފަތްމަތީގައި އެކަން ދިވެހި ރައްޔިތުންނަށް އޮޅިގެން ނުވާނެ،" ރާއްޖެ އޮތް ބިރުވެރިކަން ސިފަކުރައްވައި އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ޓެރަރިޒަމްގެ ގާނޫނެއް ފާސް ކުރީ މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދުގައި ފިޔަވަޅު އަޅަން ކަމަށެވެ. އެހެންވެ، 13 އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލްވާ އެންމެންނަށް ހަރުކަށި އަދަބު ދިނުމަށް އީވާ ގޮވާލެއްވި އެވެ. އަދި މި ފަހުން ހިނގި މައްސަލަތަކުގައި ބައިވެރިވާ މީހުން ހައްޔަރު ކުރަން އީވާ ގޮވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަބަސްފުޅު
26 November 2019
ދީނީ ދީނީ ނޫން އެއްޗެއް ވިދާޅުވާތަން ނުފެންނަތީ އިސްލާމީ ވަހުދަތު ފޮހެލަން ބޭނުންވާބަޔަކު ތިބިކަން ދިވެހި ރައްޔިތުންނަށް ސާފު. މަޖިލީހުގެ ރައީސާއި ނައިބު ރައީސް މިފަދަ ރައްޔިތުންނަށް އޮޅޭ ޒާތުގެ ކަންކަމުގައި އޭގެ އިލްމު ނެތި ވާހަކަ ދެއްކުމަކީ ތިބޭފުޅުންގެ އަގު ވެއްޓޭނެކަމެއް.ޑރ.އިޔާޒް މެން ފަދަ ބޭފުޅުންނަށް ތިކަމުގައި ވާހަކަ ދައްކަން ދޫކޮށްލައްވާ. މަޖިލީހަށް ހާޒިރުކޮށް ދީނީ ގޮތުން ކަންކުރާނެގޮތް ރައްޔިތުންގެ މަޖިލީހުގައި އަޑުއިއްވުން ރަނގަޅު.
ކުލާ
25 November 2019
މީ ކާކުތަ ދެން
ރުޅި
25 November 2019
އީވާ 14 އަހަރު ކުދިން ލޯބިވެރިން އެބަގެންގުޅޭ. ހުރިހާ މުންކަރާތްތަކަށް އެބަ އަރައިގަނޭ. އެކަން އޯކޭތަ؟ ދެން އެ ވަރުކުދިން ކެތްނުވެގެން ހަލާލުގޮތުގައި ކައިވެނިކުރަން ބޭނުންވެއްޖެނަމަ ކުރެވޭނެގޮތް ހަދައިދޭންވީނު. އޭރުން އޯކޭއެއްނު. ނުފޯއްދޭ ގަހެއްގަ މާނާޅާނެ. މާނާޅާ ގައެއްގަ މޭވާއަޅާނެތަ؟ ހަލާލުގޮތުގައި އެކަން ކުރެވޭނެގޮތްވީމާ މާރަނގަޅެއްނޫންތަ؟ 16 އަހަރުވުމުން ވަޒީފާއަށްދެވޭ ފިލްމުކުޅެވޭ. ބިޓް ނެގޭ.އެކަމަކު ކައިވެނި ހަރާމް
އަދާލަތު
25 November 2019
ސިފައިންނާއި ފުލުހުންނަކީ، މިޤައުމުގެ އެއްމެ އަގުބޮޑު ރައުސުލްމާލު. އެ ދެ މުވައްސަސާގެ އިތުބާރު ބޮޑުކަމުން ރައްޔިތުންނަށް ހަމަޖެހިލައިގެން ނިދާލަން މި ތިބެވެނީވެސް. ދިވެހިރާއްޖެއަށް ދިވެހިން ބޭރުމީހުން (ޣައިރު މުސްލިމުން) ނާއި ގުޅިގެން މާތްވެގެންވާ އިސްލާމްދީނާއި، ޤައުމާއި، މިނވަންކަމާއި، އިސްތިޤުލާލް ފުނޑާލަން އުޅުނު ކޮންމެ ފަހަރަކު، މި ހުރިހައިކަމެއް ޙިމާތްކޮށް ރައްކައުކޮށްދެނީ، އެ ދެ މުވައްސަސާގެ ތެދުވެރި އަމާނާތްތެރިކަމުން. 03
ޖެފް
25 November 2019
އަ ޑްރާމާ އޮފް އަންނޯން
ސިކުނޑި
25 November 2019
އައްޔަސް އަނިރިޔަސް ދައުލަތޭ ކިޔަނީ ވަކިކަހަލަ ސިފަތަކެއް ހުރުމުން! ދިވެހިންގެ އަގީދާ އާއި ދީނީ އެއްބައިވަންތަ ކމަކީ އާންމު މުޖުތަމަޢު ގަބޫލު ކުރާ ފިކުރެވެ. ނުވަތަ ފަލްސަފާއެވެ.ދމިގްރަތީ ނިޒާމެއްގައި ވެރިކަން ސެށިގެން އަނނަނީވެސް އަދި ދެމިއޮންނާނިވެސް ރައްޔިތުންގެ ކިބައިގައެވެ. ރައްޔިތުންނަކީ ހަމައެކަނި ތިމާއެދޭގޮތަށް ބަސް ބުނާމިހުނެއް ނޫނެވެ. އަދި ތިމާ ގަބޫލުކުރާ ފިކުރެއްގެ ބއެއްވެސް ނުނެވެ.
އިބުރާ
25 November 2019
ކުޑަވެސް ޝައްކެއްނެތް އަނދިރި ދައުލަތް އުވާލަންވީ! ދީނީ ހަރުކަށިކަންވެސް ނައްތާލަންޖެހޭ! އެކަ މަކު އަދިވެސް ރަސޫލުﷲ ގެފާނަށް ފުރައްސާރަ ކުރި މައްސަލަ މަޖިލިހަށް ވައްދާނީ ކޮންއިރަކުންތަ؟ މިކަ މާ ދެކޮޅަށް އީވާ ރިތެން އަޅުގަނޑު ގޮވާލަން!
އަދާލަތު
25 November 2019
ސްޕްރޭ ކޮށްގެން ގިނަ ފާރުތަކެއްގައި ނިޝާން ޖަހަމުން ގެންދިޔައިރު، އެރަށު ރައްޔިތުން ތިބީ ކޯމާއެއްގައިބާ؟ ސިޔާސީ ގޭމަކާ ވަރަށް ވައްތަރު.
ޛަހީރާ
25 November 2019
ދީނީގޮތުން ހައްދުފަހަނަ އެޅު މަކީ ދީނުގައި ކުރަން އަ މުރުކޮށްފައިވާ ކަންތައްތައް ނުކުރު މާއި ކުރަން ނަހީކިރައްވާފައިވާ ކަންތައްތައް ކުރު މެވެ. މިބީދައިން ބަލާއިރު ގައު މުގައި ގިނައީ ހައްދު ފަހަނައަޅަފައިވާ މީހުންނެވެ.
އަލީ!
25 November 2019
އަނދިރި ދައުލަތް ފުހެލާ އިސްލާމީ ރިވެތި އުސޫލް ދިވެހިންގެ ކިބައިގައި އަށަގަންނަންޖެހޭ.