ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް.
25 ނޮވެމްބަރ 2019 - 23:50
ދީބާޖާ އިންވެސްޓްމަންޓަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ހުކުމްކުރި ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމި އިރު، ސަރުކާރުން ކުރިން ބުނި ގޮތަށް އެ މައްސަލަ މުރާޖައާކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިތޯ ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ހުކުމް ތަންފީޒު ކުރަން ދީބާޖާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ރައީސަށް ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީން ވަނީ ދީބާޖާ އެކު، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މަޝްވަރާކޮށްފަ އެވެ.
ަސަރުކާރުން މީގެކުރިން ބުނަމުން އައީ މިމައްސަލަ މުރާޖައާކުރަން ކޯޓަށް ހުށަހަޅާނެކަމަށް. ސުޕްރީމް ކޯޓުގެ ބެންޗުވެސް ބަދަލުވެއްޖެ. ފައިސާ ދެއްކުމަށް ނިންމެވުމުގެ ކުރިން މިމައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތޯ ސަރުކާރުން ސާފްކޮށްދޭންޖެހޭ. pic.twitter.com/974yPif3ni
— Ahmed Usham (@a_usham) November 25, 2019
އުޝާމް ކުރެއްވި ޓުވީޓު.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ މުރާޖައާ ކުރަން ކޯޓަށް ހުށަހަޅާނެ ވާހަކަ ސަރުކާރުން މީގެކުރިން ބުނަމުން އައި ކަމަށެވެ.
"ސުޕްރީމް ކޯޓު ވެސް ބަދަލުވެއްޖެ. ފައިސާ ދެއްކުމަށް ނިންމެވުމުގެ ކުރިން މި މައްސަލަ މުރާޖައާ ކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިތޯ ސަރުކާރުން ސާފުކޮށްދޭން ޖެހޭ،" އުޝާމްގެ ޓްވީޓްގައި ވެ އެވެ.
ދީބާޖާ އަށް ބަދަލު ދިނުމަށް ހުކުމް ކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އުޝާމް މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ މި މައްސަލަ މުރާޖައާ ކުރަން ހުށަހެޅުން ލަސްވަނީ ކީއްވެތޯ "މިހާރު" އިން ދެންނެވުމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރިން ވިދާޅުވީ ސުޕްރީމް ކޯޓަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭތީ، ހުކުމް ރިވިއުކުރަން ހުށަހެޅުމަށް ބަލަން ޖެހޭ ކަންކަން އެ އޮފީހުން އަންނަނީ ބަލަމުން ކަމަށެވެ. އެ މައްސަލަ މުރާޖާ ކުރަން ޖެހޭ މައިގަނޑު ސަބަބަކީ، ރައްޔިތުންގެ މާލީ ވަރަށް ބޮޑެތި މަސްލަހަތުތަކެއް އޭގައި ހިމެނިފައި ވުމުން ކަމަށް ވެސް ވިދާޅުވި އެވެ. ރިފްއަތު ވިދާޅުވީ ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓުން އެކަށައަޅުއްވާފައި އޮތީކީ ވެސް އާއްމު އުސޫލުން، ގެއްލުމުގެ ބަދަލު މިނެކިރުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާ ވެސް އެއްގޮތަށް ބެލުމެއް ނެތި ކަމަށެވެ.
ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
27 November 2019
ދީބާޖާ މައްސަލަ ހައިކޯޓް ގައި އެޕީލް ކުރީ، އެޕީލް ކުރުމުގެ މުހުލަތު ފހަަނައަޅާ ދިޔަ ފަހުން، މިަކަމުގައި ވަނީ މިވާހަަކ މި ދައްކަވާ އުޝަާމް ގެ ބެލުމުގެ ދަށުން ތިބި ސްޓޭޓ އެޓާނީން.. އުޝާމް ވެސް ޒިންމާ ނަގާން ޖެހޭ
ލުތުފީ
26 November 2019
ކޮޔާ... ސްޕްރީމް ކޯޓުންނޭ ހުކުމް ދަމަހައްޓާފަ އެއޮތީ. ގާބިރު ނުހެދިބަލަ.
ބޭރު
26 November 2019
ކުރިން ބުނީ ކޯޓްތައް އިސްލާހު ވެގެންނޭ ބެލޭނީ! މިހާރު ސްޕްރީމް ކޯޓްގެ ބެންޗްވެސް އެވަނީ ބަދަލުވެފައެވެ. ވީމާ، ތި މައްސަލައަލުން ރިވިއުކޮށްދިނުމަށް ކޯޓަށް ހުށަނާޅާ ތިވަރުގެ ބޮޑު އަދަދެއް ދައުލަތުން ދިނުމަކީ އެއްގޮތަކަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ. އެއްވެސް ކޮންޓްރެކްޓަކުން މުސްތަގުބަލްގައި ވާނެ ފައިދާއަށް ބަލާފައި ބަދަލު ދިނުމުގެ އުސޫލެއް ނޯންނާނެއެވެ. ބަދަލު ދޭންޖެހޭނީ އިސްވެސްޓްމަންޓަށް ބަލާފައެވެ.
ހޭލާ
26 November 2019
މަޖިލީހުން ކުރަންވީ މި ބާވަތުގެ ކަންކަމެވެ. ދައުލަތަށް ކިހާ ބޮޑު ގެއްލުމެއްތޯ މި ލިބެނީ! ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރެއަށް ވަދެގެން އުޅުމުގެ ބަދަލުގައި ދައުލަތަށް ގެއްލުން ލިބޭ މިޒާތުގެ ކަންކަން ހަމައަކަށް އަޅުވަން މަޖިލީހުން އުޅޭށެވެ. ގެއްލުމުގެ ބަދަލު ދޭންޖެހޭނީ އެމީހުން ކުރި އިންވެސްޓްމަންޓަަކަށް ބަލާފައެވެ. ފިއުޗަރ ޕްރޮފިޓަށް ބަލާފައި ގެއްލުމުގެ ބަދަލެއް ނުދޭނެއެވެ. ޖީއެމްއާރުގެ މައްސަލަ ބަލާށެވެ. 25 އަހަރުގެ ފައިދާ ދޭންޖެހުނުތޯ
ހަކީމް
26 November 2019
މީތި ދަށުކޯޓުތަކުން " ވަރަށް ހިކުމަތްތެރި ކަމާއެކު " ޕްރޮސެސް ކޮއްލިއިރު ބޭފުޅާ އިންނެވީ ކޮންތާކުތޯ. އިސްތިއުނާފް ގަސްތުގައި ލަސްކުރީ އޭ.ޖީ ގެ ކޮންބޭފުޅެއް އަތްބާނަންގެންތޯ ވެސް ސާފުކުރަން އެބަ ޖެހޭ.
ދިޖުލާ ފުރާތު
26 November 2019
ގާނޫނީ ވަކީލަކަށް ވުމުގެ މާނައަކީ ހަމަކޮންމެވާހަކައެއް ކޮންމެގޮތަކަށް ދެއްކުމެއްނޫން އަދި ހިތަށްއެރިގޮތަކަށް ހިތަށްއެރިފަހަރަކު ވާހަކަދައްކަން ލިބޭ ފާހެއްވެސްނޫން، ބަލަ އެޓާނީ ޖެނެރަލްގެ ، ސަރުކާރުގެ އެންމެބޮޑު ކަންބޮޑުވުމަކީ ބަދަލުދޭންޖެހޭ އަދަދު އިންތިހާއަށް ބޮޑުވުން ، ދީބާޖާ އާއެކު ކޯޓުންބޭރުން މަޝްވަރާކޮށް އެއަދަދު ބޮޑުތަނުން އެއޮތީ ކުޑަކޮށްފަ ދެން ސްޕްރީމްކޯޓަށް ދިޔަތޯ ބެލުމުގެ ބޭނުމެއްނެތޭ އިނގޭތޯ މަގުސަދު ހާސިލްވީމަ
ނޫރާނީމާ
26 November 2019
މީ ކަމުދާ ކަމެއް ނޫން.. އެމީހުން އަތުން ވެފަހުރި ޚަަރަދު އެސެސްކޮށް ބަލައިފިއްޔާ ތިހާވަރު ބޮޑު އެއްޗެއް ދޭކަށް ނުޖެހޭނެ.. އެގްރިމެންޓެއްގެ މުއްދަތުގެ ތެރޭގައި ލިބޭނެކަމަށް ލަފާކުރާ ފައިދާއަށް ދާންދެން ދޭކަށް ނުޖެހޭނެ..އަނެއްކާ ކޯޓުން ބޭރުން ކީއްކުރަން ހައްލުކުރާ މައްސަލައެއް.. ވަރުވަރުން ފައިސާ ދީފަތިބި ވަކީލުންތައް އެތިބި ޕީޖީ.. އޭޖީ އެއޮތީ ތިބާވަތުގެ ކަންތައް ކުރަން .. ރަނގަޅަށް މައްސަލަ ބަލައިފިއްޔާ އެންމެ ފައިސާ ފޮއްޗެއް ދޭންނުޖެހިވެސް ދާނެ/
އަސްތާ
26 November 2019
ތީ ރޭވިގެން ހިންގާފައިވާ ކަމެއް. ޖަރީމާ އެއް. ސުޕްރީމްކޯޓަށް ހުށަހަޅާ އަލުބްބަލަންޖެހޭ. ތިކޮމިޓީއަކީކޮބާކަންރައްޔަތުބްބަށް އިނގެބްޖެހޭ. ހުސްޖަރީމާ
ޑިމޮކްރަސީ
26 November 2019
ކީއްމިކުރަނީ އިންސާފުވެރިކަމެއް މިޤަވްމުން އެބަފެނޭތަ ހަމަ އެއްތާކު މިޖެހުނީ އެއަށްވުރެވެސް ތިބި ޙާލަތު ދަށައްމިދިޔައީ އެހާރާ މިހާރުވެސް ހަމަ ސޭމް ރައްޔިތުންގެ ފައިސާއަށްވެސް ހިތުހުރިބަޔަކަށް ބަހާނިންމަންވީ
ާއަލިމޯޑު
26 November 2019
ތިޔައީ ޕާޓީ ކުދިންނަށް ކޮންމެވެސް ހަދިޔާއެއް ދޭން ޖެހޭތީ މަމެންގެ ޓެކްސް ފައިސާއިން ދޭ އެއްޗެއް.ދީބާޖާއިން ފެރީކުރި ގޮތަކީ ކިރިޔާ ކަނޑުގަދަވިޔަސް ވާރޭކޮޅެއް ވެހިލިޔަސް ފެރީ ކެންސަލް.ފެރީއެއް ހަލާކުވިޔސް ދެން ދަތުރެއް ނުބާއްވާނެ.ދީބާޖާއަށް ފެރީކުރަން ސަރުކާރުން ދިނީ ނަމުގަ ކުޑައަގެއް (5ރުފިޔާ) ރައްޔިތުން އަތުން ނަގާގޮތަށް ،އެކަމަކު ރިސޯޓު ހަދަން ފަޅުރަށްރަށާއި މީހުންއުޅޭ ރަށްރަށުން ބިންދޭގޮތަށް.މިގޮތަށް ކުރެވޭނެ އަތުގަ އެއްޗެއް ނެތް މީހާއަށްވެސް