ރިޕޯޓް / އެއްވެ އުޅުމުގެ ބިލް

އެއްވެ އުޅުމަށް ހުރަސްއެޅި ގާނޫނު މިހާރު "އޯކޭ"؟

ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި އެއްވުން ފުލުހުން ރޫޅާލަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއްވެ އުޅުމުގެ ހައްގު ބޭނުންކޮށްގެން ސަރުކާރު ޖަވާބުދާރީކުރުވުމަކީ، ނުވަތަ ވަކި ކަމެއް ސަރުކާރާއި އާންމުންގެ ސަމާލުކަމަށް ގެންނަން އުޅުމަކީ ކުށެއް ހެއްޔެވެ؟ ކުރިއާލައި، ދައުލަތުގެ އެއްވެސް ފަރާތަކަށް އެންގުމަކާ ނުލައި، އެއްވެއުޅުމުގެ ހައްގު ގާނޫނުއަސާސީން ދީފައި އޮތީ، އެއީ ކުށަކަށް ނުވާތީ އެވެ. އެކަމަކު މިއީ އާ ގާނޫނުއަސާސީއަށް ފަހު އުފެދުނު ކޮންމެ ސަަރުކާރަކަށް ވެސް "ބިރުވެރިކަން" ގެނެސްދިން ހަައްގަކަށް ވި އެވެ. އެހެންކަމުން އެކި ގޮތްގޮތުން އެ ހަައްގަށް ހުރަސްއެޅި އެވެ.

އެއްވެ އުޅުމުގެ ހައްގު އެންމެ ބޮޑަށް ހަނިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ޔާމީންގެ ބާރު އޮތް ރައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، އެއްވެގެން އަޑުއުފުލުން ހުއްޓުވި އެވެ. އެއީ ގާނޫނުއަސާސީއާ މުޅިން ހިލާފު ބަދަލެއް ކަމަށް ބުނެ، އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ނުރުހުން ފާޅުކުރެއްވި އެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ވިސްނައިދެމުން ގެންދިޔައީ "އެ ގާނޫނަށް ކޮންމެހެން ތަބާވާން ވެސް ނުޖެހޭނެ" ކަމަށް ބުނެ އެވެ. އެހެންވެ ބަންދުކޮށްފާނެ ކަމުގެ ބިރާ އެކު ވެސް އެއްވުންތައް ރޭވި އެވެ. ބައެއް އެއްވުންތައް ބާއްވަން މަސައްކަތްކޮށް، މަގުތަކަށް ނުކުތެވެ. ޕެޕަ ސްޕްރޭ އާއި ކަރުނަ ގޭހާ ކުރިމަތިލި އެވެ.

ސަރުކާރާ ދެކޮޅަށް އަޑުއުފުލން އެއްވި މީހުންނާ މެދު ފުލުހުން އޭރު އަމަލުކުރީ ވެސް ވަރަށް އަނިޔާވެރިކޮށެވެ. މި ސަރުކާރު ވެރިކަމަށް އައީ އެ ހުރިހާ ކަމެއް ބަދަލުކުރާނެ ކަމުގެ ވައުދާ އެކު އެވެ. އެއްވެ އުޅުމުގެ ފުރުސަތު ރައްޔިތުންނަށް ދޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.

މާލޭގައި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ބޭއްވި އެއްވުމެއްގައި ބަޔަކު އަޑު އުފުލަނީ.-- ފޮޓޯ: އަލްޖަޒީރާ

ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުން ބަދަލުވެއްޖެ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ވިދާޅުވީ ޔާމީން ސަރުކާރުން ގެނައި އިސްލާހު އެއްކޮށް އުވާލައިފި ނަމަ، މުޅި ނިޒާމަށް ބުރޫއަރާފާނެ ކަމަށެވެ.

އެކަމަކު ގާނޫނާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާ މިނަކަށް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ގާނޫނަށް ގެނައި ބަދަލު އުވާނުލުމަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެ ފުރުސަތު ހޯދައި ނުދިނުމެއް ނޫނެވެ.

"ޑީއާރުޕީ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ އެއްވެ އުޅެވެން ޖެހޭނެއޭ. ރައްޔިތުން އެއްވެ ނޫޅޭނެ ރައީސުލްޖުމްހޫރިއްޔާ ރަނގަޅަށް ކަންތައް ކުރާ ނަމަ، އެއްވެ އުޅެން ޖެހޭނީ އެ ހިސާބަށް ދިޔައިމަ. އެއްވެ އުޅުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ،" ----ޖާބިރު

އެއްވެ އުޅުމުގެ ގާނޫނަށް 2016 ގައި ގެނައި އިސްލާހުގައިވާ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގަ އެވެ. މި އިސްލާހާ އެކު އޭރުގެ ހޯމް މިނިސްޓްރީން އެއްވުންތަކަށް ހުޅުވާލީ ކާނިވާ ސަރަހައްދު އެކަންޏެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި އެއްވުމެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމަކު މިހާރުގެ އިދިކޮޅު ކޯލިޝަން ކަމަށް ވާ ޕީޕީއެމް/ޕީއެންސީގެ ބައެއް އެއްވުންތައް މާލޭގެ އެހެން ސަަރަހައްދުތަކުގައި ބާއްވަން ފުލުހުން ފުރުސަތު ދީފައި އެބަ ހުއްޓެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އެ ކޮމިޓީގައި އެކަން ފާހަގަކުރެއްވި އެވެ. އެކަމަކު ގާނޫނު އޮތް ގޮތުން އެއީ ކޮންމެ ވަގުތަކު ވެސް ފުލުހުންނަށް ހުއްޓުވިދާނެ ކަމެކެވެ.

އެއްވެ އުޅުމަށް ހުރަސް އެޅޭ ގާނޫނުގެ ބައިތައް އުވާލަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި އެވެ. އޭނާ ވިދާޅުވީ އިމްރާން ދައްކަވާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ގާނޫނަށް އޭރު ގެނައި އިސްލާހަކީ މީހުން ހައްޔަރުކުރަން ޔާމީން "ހައްދަވާފައި" އޮތް އެއްޗެކެވެ. އެހެންވެ، އިމްރާން އެ އިސްލާހު ދިފާއުކުރައްވާ ގޮތަށް ވާހަކަ ދެއްކެވުމުން ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖާބިރު ގަބޫލުކުރައްވަ އެވެ.

"ޑީއާރުޕީ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ އެއްވެ އުޅެވެން ޖެހޭނެއޭ. ރައްޔިތުން އެއްވެ ނޫޅޭނެ ރައީސުލްޖުމްހޫރިއްޔާ ރަނގަޅަށް ކަންތައް ކުރާ ނަމަ. އެއްވެ އުޅެން ޖެހޭނީ އެ ހިސާބަށް ދިޔައިމަ. އެއްވެ އުޅުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ،" ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހިތަށް އަރަނީ ފެބްރުއަރީ 7، 2012 ގައި އިމްރާން ކީއްވެހޭ އެއްވީ؟ ﷲ އަކްބަރު، ވެރިކަމުން ބާލަނީ. ލާދީނީ މީހުން ކިޔަމުން ދިޔަ ދުވަސް އަޅުގަނޑު ހިތުގައި އޮންނާނެ."

އެކަމަކު ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އޭނާ ވެސް ހިމެނޭ ސަރުކާރުން އެ އިސްލާހު ގެނައީ ރައްޔިތުންގެ އާންމު މަސްލަހަތާއި އަމަންއަމާންކަން ވީހާވެސް ރަނގަޅަކަށް ބަލަހައްޓަން ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލެތެރެ އަމާން ކުރެވިފައި އޮތީ އެ ބަދަލުގެ ސަބަބުންނެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ އިސްލާހުގެ ފައިދާތަކެއް ކުރި ކަމަށް. ކުރިއަށް އޮތް ތަނުގައި ވެސް މާލެ ތެރޭގައި ހަލަބޮލިކަމެއް ނެތި، މާލެއަކީ އަމާން ތަނެއްގެ ގޮތުގައި ބާއްވަން ބޭނުންވެއްޖެ ނަމަ، ވަކި އުސޫލުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ. އަޅުގަނޑުމެން އިދިކޮޅުގައި ތިއްބަސް ވަކި ހުދޫދުތަކެއް ގަބޫލުކުރަން ޖެހޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެއްވެ އުޅެން ކާނިވާ ސަރަހައްދު ކަނޑައަޅާފައި އޮތަސް، ޕީޕީއެމް/ޕީއެންސީގެ ގިނަ އެއްވުންތައް ބާއްވަމުން އަންނަނީ ޕީޕީއެމް އޮފީސް ދޮރުމަތީގަ އެވެ. މިހާތަނަށް ފުލުހުން ހުރަސް އެޅީ އެންމެ އެއްވުމަކަށެވެ. އެހެން އެއްވުންތަކަށް ފުލުހުން ފުރުސަތު ދިނެވެ.

"ގިނަ ސިޔާސީ ޕާޓީތައް އޮތީމަ، އެންމެ ތަނަކަށް އެއްވާ ގޮތަށް އޮތީމަ މައްސަލައަކަށް ވާނެ. އެއްވާ އެއްވުންތަކުގައި އާންމުންނަށް މަގު ބަންދު ނުވާނެ ގޮތަކަށް، އާންމުންނަށް ވެސް އުޅެވޭނެ ގޮތަކަށް ބޭއްވުމުގެ ފުރުސަތު އޮތީމަ ރަނގަޅު ކަމަށް ފެންނަނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރަައްވާ ގޮތުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ރަނގަޅުވުމަކީ ހެޔޮ ފާލެކެވެ. ޔާމީންގެ ސަރުކާރުން އެގޮތަށް ބަދަލު ގެނައީ ސިޔާސީ ވިސްނުމަކަށް ވުރެ، ރައްޔިތުންނަށް ވާނެ ފައިދާ އަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނުސީދާ ގޮތެއްގައި ފުރަތަމަ ރައްދު ދެއްވީ އިމްރާނަށެވެ. އޭނާ ވިދާޅުވީ ގައުމު ދެކެ ލޯބިވާ ނަމަ، ވެރިކަމުގައި ހުންނަ އިރާއި ފޭބީމަ ވެސް ވިސްނުން ބަދަލުވެގެން ނުވާނެ އެވެ. އެއްގޮތަކަށް ހިޔާލު ނުގެންގުޅެވޭ ނަމަ، އެއީ ވަރަށް "ބޮޑު އަޖައިބެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހާއި ފުލުހުންނާއި ސިފައިންގެ މައި އިދާރާ ހިމެނޭ ގޮތަށް އޮތް ގްރީން ޒޯނަށް އެއްވާން ފުރުސަތު ދިނުމަކީ އާޒިމް ގަބޫލުކުރައްވާ ކަމެއް ނޫނެވެ. އެކަމަކު އެއްވެ ނޫޅެވޭ ގޮތް ހެދުމަކީ އެއްވެސް ސަރުކާރަކަށް ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އިސްލާހުގެ ފައިދާތަކެއް ކުރި ކަމަށް. ކުރިއަށް އޮތް ތަނުގައި ވެސް މާލެ ތެރޭގައި ހަލަބޮލިކަމެއް ނެތި، މާލެއަކީ އަމާން ތަނެއްގެ ގޮތުގައި ބާއްވަން ބޭނުންވެއްޖެ ނަމަ، ވަކި އުސޫލުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހެނީ. އަޅުގަނޑުމެން އިދިކޮޅުގައި ތިއްބަސް ވަކި ހުދޫދުތަކެއް ގަބޫލު ކުރަން ޖެހޭނެ،" ---އާދަމް ޝަރީފް

"އަޅުގަނޑުމެންގެ ހިޔާލަކަށް ބަދަލެއް ނާދޭ، ކުރީގައި އޮތް ގޮތަކީ އަޅުގަނޑުމެންގެ ވިސްނުން. އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ. އެކަމަކު އޭގެ މާނައަކީ ބޭނުން ތަނަކަށް އެއްވެ އުޅުމެއް ނޫން. ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ވެސް އޮންނަން ޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއްވެ އުޅުމުގެ ގާނޫނަށް އަލުން އިސްލާހު ގެންނަ ކަމަށް ވާ ނަމަ، އެއްވެ އުޅުމަށް ކޮންމެވެސް ކަހަލަ ރަނގަޅު ފުރުސަތެއް ވެސް އޮންނަން ޖެހޭނެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އުވާލަން ޖާބިރު ހުށަހެޅުއްވި ބިލް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ. ބެލެވޭ ގޮތުގައި މިހާރުގެ ގާނޫނުގެ ތެރެއަށް އާ ކަންތައްތަކެއް ހިމެނުން ގާތެވެ. އެކަމަކު ކުރީގެ ހުރިހާ ސަރުކާރުތަކެއްހެން، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅަން އުޅުނު ސަގާފަތް މި ސަރުކާރުން ވެސް ނުގެންގުޅޭނެއެކޭ އަދި ބުނެވޭކަށް ނެތެވެ. އެކަން އެނގޭނީ ބޮޑު އެއްވުމެއް ރާވަން ބަޔަކު އުޅޭ ހިސާބުންނެވެ.

13 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯސް

28 November 2019

ލަޑަޔާވާނީ ލަޑަޔާއަށް

The name is already taken The name is available. Register?

ދަވޭއޭ

28 November 2019

އޯކޭ އަކީ ނޫން. ނަމަވެސް ޕީޕީއެމަށް ފިލާވަޅެއް ދޭން ޖެހޭ. ދެންވެސް ހިތަށް އަރާއިރަށް މިފަދަ ގާނޫނު ފާސްނުކުރާނީ ހިތި ރަހަ ލީމާ.

The name is already taken The name is available. Register?

ކަދުރުބިންތު ފާތި މާ ބުނު ޔާ މިން

28 November 2019

ފޭހުނު އިލޮށި ލޮލައް ހެރެންދެން ގާނޫނު އުވާނުލާތި އަކުރެއްވެސް ފިއްޔެއްވެސް

The name is already taken The name is available. Register?

ބޮނޑިބަތްގާނޫނު

28 November 2019

ގާނޫނު އުވާނުލާ ތިއްބާ މާދަންވެސް ވެރިކަން ވެއްޓި ބާރުތައް އަނެއް އަތަށް ޖެހިއްޖެނަމަ އެއްކަލަ ގާނޫނު އެހެން އޮވެގެން ކޮން އެއްޗެއް ކޮން ބައެއްގެ ލޮލަށް ކަމެއް ނޭނގެ ފޭހޭނީ.

The name is already taken The name is available. Register?

ހަސަންދީ

28 November 2019

އެގާނޫ ފުރަތަމަ ހެދިމީހުންގެ މަގުސަދު އެގޭނެ އެންމެންނަށްވެސް... ވަކިބަޔަކަށް ޓާގެޓުކޮށްގެން ގާނޫނު ހެދުމުން އެކަމުގެ ފިލާވަޅު ހުރިހާ އެންމެންވެސް ޖެހޭނެ ހާސިލުކުރަން... އެއީ އަހަރަމެންނަށް ނޭގިނަމަވެސް ކޮންމެވެސް ނިޒާމެއްގެތެރެއިން ބަޔަކަށް ލިބޭ އިބުރަތުގެ ފިލާވަޅުތަކެއް...

The name is already taken The name is available. Register?

ކަހަންދީ

28 November 2019

ވަކި ބަޔަކަށް ޓާގެޓްކޮށްގެން ހެދި ގާނޫނެއްނަމަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން އެ ގާނޫނު އުވާނުލުމަކީވެސް ހަމަ އެއްކަހަލަ ކަމެއް. ވަކި މީހަކަށް ދެރައެއް ދޭން ކުރި ކަމެއް އުވާލުމުގެ ބާރު އޮވެ އެކަމު އަމިއްލަ މަސްލަހަތު އައި ވަގުތު އެ އުވާނުލާ ހިފެހެއްޓުމެކޭ އެކަން ކުރިން ކުރި ބައެކޭ ތަފާތެއް ނެތް. އަދި ކުރިން އެކަންކުރީ އެހާ ގޯހުން ކަމަށް އަޑުގަދަކޮށްފަ މިއަދު އެކަމުގެ ފައިދާ ނެގުމަކީ ހަމަ އެންމެ ދަށުދަރަޖައިގެ ކަމެއް.

The name is already taken The name is available. Register?

އަލީއަކްބަރު

28 November 2019

ކޮންމެހެން އިމްރާނު ބުނާ އެއްޗަކަށް ނޫނެއްނު ކަލޭމެން މަޖިލިހުގެ މެޖޯރިޓީ އޮތް މީހުން ބަލަންވީކީ. ބުނެބަލަ ތިމަންނަމެންވެސް ބޭނުމެއްނޫނެ އެމިނިވަންކަން ދޭކަށް. މަޖިލިހުގެ މެޖޯރިޓީ އޮތް ބަޔަކު، ހެޔޮ ނިޔަތެއް އޮތް ނަމަ، އަމިއްލައަށް މީހުންނަށް ވިއްކި ކަންތައް ކޮށްދޭން އެ އިސްލާހު މިހާރު އުވާލާފަ އޮންނާނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

28 November 2019

ޕީޕީއެމްމަ ތިޤާނޫނު އޯކޭ. އެމްޑީޕީޔަ އޯކޭ ނުވާނެ. އެމީހުން އަބަދުވެސް އުޅެނީ ސަރުކަރު ވައްޓާލަން. މިހާރުވެސް ޕާޓީތެރެން ސަރުކާރު ވައްޑާލަން އެއުޅެނީ.

The name is already taken The name is available. Register?

އެހެންތޭ

28 November 2019

މިއީ ރޔާމީން ހެދި ޤާނޫނެއް.. އޭރުވެސް އަހަރެމެން ގޮވީމްތިއެރެނީކަނޑަށޭއިސްކޮޅެއްނުޖެހޭނޭގެބޭނެޔޭ.. މިއަދު އަހަރެމެންމިތިބީ މިހާރުއެމީހުންނަށްއެގޭނެފުންމިން..

The name is already taken The name is available. Register?

ކޮލަމާފުށި

28 November 2019

ރަނގަޅު ނިންމުމެއް..ތިގާނޫނު އޮންނަންއެބަޖެހޭ ގައުމުގެ ހަމަޖެހުމަށް..ކުރަންވީ ކަމަކީ ކުޑަކޮއް ދުލެއްދޭންވީ.

The name is already taken The name is available. Register?

ރެއްކަބެ

28 November 2019

އޯކޭ ނުވާންވީ ސަބަބެއްނެތް. އިދިކޮޅު މީހުން ގެނައި ގާނޫނެއް. ދެން އަނެއްކާ އިދިކޯޅު އެއްވާން ބޭނުންވީމާ އެގާނޫނު އުވާލަދީފަ އަނެއްކާ އިދިކޮޅު ވެރިކަމަށްއައީމާ އެއްވުން މަނާކޮށް ތިޔަބުނާގޮތުން ހުރިހާއެއްޗެއް ތަބަކަށްލާފައި ދޭންވީތަ. އެމްޑީޕީ އެއްވާން އުޅުނީމަ ހައްޖަށްދާންވީ. ރައްޔިތުންގެ މެޖޯރިޓީއަށް ނޫސްވެރިންވެސް އިހުތިރާމް ކުރަން ދަސްކުރަންވެއްޖެ.

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

28 November 2019

ޑިމޮކުރަސީއަކީ ތާކުންތާކުންޖެހޭ އެއްޗެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454