ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
28 ނޮވެމްބަރ 2019 - 13:51
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ.
ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހެވެ. އެކަމަކު ޖޭއެސްސީގެ އެ ނިންމުމާ ބެހޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ހެދި ރިޕޯޓު އަދި ލިބިފައި ނުވާތީ ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން ނިންމި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބަލާނީ ފަނޑިޔާރު ޣަނީ ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ އެވެ. އޭގެ ފަހުން، ކޮމިޓީން އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.
ރ. އަލިފުއްޓަށް އުފަން ޣަނީ އަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. އެގޮތުން 2000 ގައި އެ ޔުނިވަސިޓީން ޝަރީއާ އެންޑް ލޯގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއވި އެވެ.
ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ، ހައި ކޯޓުގެ ފަނޑިޔާރުކަމުގައި އެތައް އަހަރެއް ހޭދަކުރެއްވި ފަހުން މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ.
ޣަނީއަކީ ކުރީ ސަރުކާރުތަކުގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންގެ ތެރެއިން މިވަގުތު ސުޕްރީމް ކޯޓުން ވަކިނުކޮށް ހުންނެވި ހަމައެކަަނި ފަނޑިޔާރެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތިމަތު ސއީދު
28 November 2019
ވަކިކުރާ ސަބަބު ހާމަ ނުކުރަނީ އެއްވެސް ސަބަބެއްނެތި ކުރާތީ ކަން އެބަ އިނގޭ. ޣަނީ ވަކިކުރާތީ ސިޔާސީ ބޭފުޅަކުވެސް އަނގައިން ނުބުނަނީ ޣަނީ އަކީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުން އޮންނަ ފަނޑިޔާރަކަށް ނުވާތީކަންވެސް އެބައިނގޭ. އެމްޑީޕީ އިންވެސް އިންސާފޭ ކިޔައި އުޅެނީ ސުޕްރީމް ކޯޓް ހައިޖެކް ކުރަން. މިހުރިހާ ޕާޓީ އެއްމީ އެކަައްޗެއް.
ދެބޯ ގެރި
28 November 2019
މި ޤައުމުގައި ފަނޑިޔާރުން ނަކި " ފުޅަނގީގެ ހުކުމް" އޮންނަ ބައެކެވެ. ޢެ ސަރުކާރުން ވެސް އަނިޔާ ކުރަނީ އެވެ.މިސަރުކާރުން ވެސް އަނިޔާ ދެނީ އެޗ3
ޙެޔޮ ހިތުން
28 November 2019
މިއީ އެއްމެހާ ފަނޑިޔާރުން ދެރަވެ ހިތާމަ ކުރަން ޖެހޭ ސަބަބެކެވެ.
ރީތި އުސޫލުން ބޭރު
28 November 2019
ޢަސްލު މިހާ ގިނަ ދުވަހު ޝަރީއަތް ކޮށްފައި ތިބި ބޭބޭ ފުޅުން ރިޓަޔަރޑް ކުރަން ޗާންސް ނުދެއްވަައި އިންޕީޗް ކޮށް ލުމަކީ ދެންތިބީ ފަނޑިޔާރުނަށް ވެސް ލިބުނު މެސެޖް އެކެވެ.ޚާއްސަ ކޮށް ޖިނާއީ ކުށެއްގެ ތުހުމަތެއް ވެސް ނެތި މިހެން ހެދުމަކީ ބާރުގެ ބޭނުން ކޮށްގެން ދެވޭ އަނިޔާއެކެވެ. ޢެބޭފުޅާ ކުރި ޙުކުމް ތަށް ސައްހައެވެ.އެކަމަކު އެހުކުމް ތަށް ކުރީތީ އެބޭފުޅާ ގޯސްވީ އެވެ.
އަހްމަދު
28 November 2019
މިހާރު ޖޭއެސްސީ އިން ފޮނުވާ ކޮންމެ ކަމެއް ތިކޮމެޓީން ރަނގަޅުވާނެ.