އެއާ ސާވިސް އެގްރިމެންޓްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއިން ފިންލޭންޑްގެ ފޮރިން މިނިސްޓަރު ޕެކާ ހާވިސްޓޯ ސޮއިކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
29 ނޮވެމްބަރ 2019 - 11:37
ރާއްޖެ އާއި ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްްޖެއާ ފިންލޭންޑާ ދެމެދު ގާއިމްކުރި ވައިގެ ދަތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްްވީ މިހާރު އެ ގައުމަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިންލޭންޑްގެ ފޮރިން ޕެކާ ހާވިސްޓް ކަމަށެވެ. ރާއްޖެ އާއި ފިންލޭންޑާ ދެމެދު ކޮމާޝަލް ވައިގެ ދަތުރުތައް ފެށުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ސަބަބުން ފަހިވެ، ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުންް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝާހިދާއި ހާވިސްޓޯ އިއްޔެ ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނެެވެ. އެގޮތުން އިގުތިސާދީ ދާއިރާ އާއި ތައުލީމާއި ދެމެހެއްޓެނިވި ތަަރައްގީ އަދި ޓެރަރިޒަމާ ދެކޮޅަށް މަަސައްކަތް ކުރުމުގައި ދެ ގައުމުން އެއްބާރުލުމަށް ޝާހިދައި ހާވިސްޓޯ މަޝްވަރާކުރެއްވި އެވެ. ހާވިސްޓޯއާ ދެއްކެވި ވާހަކައިގައި ޝާހިދު ފާހަގަ ކުރެއްވީ ފިންލޭންޑުގެ ތައުލީމީ މޮޑެލަކީ މިހާރު ދުނިޔެއިން ވެސް ބަލަައިގަންނަ މޮޑެލެއް ކަމެވެ. އަދި އެކަމަށް ޓަކައި އެ ގައުމަށް ޝާހިދު ތައުރީފު ކުރެއްވި އެވެ.
ފިންލޭންޑަކީ ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ގައުމަށް ވާތީ ޝާހިދު އެދިވަަޑައިގެންނެވީ ދިވެހިންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޔޫރަޕިއަން ޔޫނިއަންގެ މާކެޓުގައި ލުޔެއް ހޯދުމަށާއި ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުތަކަށް ދަތުރުކުރެވޭ ގޮތް ހެދުމަށް އެހީތެރިވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިންލޭނެޑް ހޫނުގައުމުތަކާދުރު
29 November 2019
ފިންލޭނެޑް ހޫނުގައުމުތަކާދުރު ބައެއް، އާބާދީ 5.5 މިލިޔަން، 300ކިލޯމީޓަރ އޮސްޓްރޭލިޔާ އައްވުރެއްދުރު، އޮސްޓްރޭލިޔާ އާބާދީ 28މިލިޔަން!
ޝޮކްތެރަޕީ
29 November 2019
ތަރައްގީޔެ ނުފަށާ ލާރިތަކެ ހުސްކޮއްލި އަހަރެ މީ.
މުޅި ދުނިޔެ
29 November 2019
ކޮބާ ގްރީންލޭންޑް، މޮންގޯލިޔާ އަދި ނައުރޫ ކަހަލަ ގައުމުތަކަށް ވެސް ޖައްސާލަންވާނު. އަދި އެމަރިކާގެ އެލަސްކާއަށްވެސް ނުދަމެއްނު. 5 އަހަރު ނިމޭއިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮރިންމިނިސްޓަރު ފޮނުވަން އެޖެންޑާ 19 ގައި އޮތޭ. ބާރަށް އަތްޖަހާދެން