ރައީސް އިބްރާހީމް މުހައްމަދު ސޯލިހު. ރައީސް ވިދާޅުވީ ދީނަށް ކުޑައިމީސްކުރުން ހުއްޓުވޭނީ ސައްހަ އަގީދާ ކިޔައިދީގެން ކަމަށް. ފައިލް ފޮޓޯ/މިހާރު
29 ނޮވެމްބަރ 2019 - 20:54
އިސްލާމްދީނަށް އިހާނެތިކޮށް ހިތުމާއި ކުޑައިމީސް ކުރުމުގެ އަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަކަކުރާ "ރާއްޖެ އިސްލާމްވީ ދުވަހުގެ" މުނާސަބާގައި ފޮނުއްވި ޚިތާބުގައި ރައީސް ވިދާޅުވީ ދީނުގެ ތަސައްވުރު ހުތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު ފަރުވާތެރިވެ، އެކަންކަމުން ސަލާމަތްވުމަށާއި އެކަންކަމުން ޅަދަރީން ސަލާމަތް ކުރުމަކީ އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ. ޒުވާނުންނާއި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ސާބިތުކުރުމަށް މަަސައްކަތް ކުރުމަކީ ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ދެކި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...އިލްސާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ސައްހަ އަގީދާ އޮޅުންފިލުވައިދީގެންނެވެ،" ޚިތާބުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބިފައިވާ ގިނަ ގުނަ ނިއުމަތްތަކުގެ ތެރެއިން ވެސް އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ މަތިވެރި ނޫރުން ހިތްތައް އުޖާލާކޮށްދެއްވުމެވެ. އެހެންކަމުން ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ ތިބުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދީނީ އަގީދާ ހިތްތަކުގައި ވަރުގަދަވާނީ ދީނީ ކަންކަމަށް ފަރުވާތެރިވެ ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއެކު މުންކަރާތްތަކުން ދުރުހެލިވުމުންކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.
ދިވެހިންގެ ހިތްތަކުގައި އެންމެ ލޯބި ދެވޭ ގަދަރު ކުރެވޭ އަދި އެންމެ އިހުތިރާމް ކުރެވޭ އެއްޗަކީ ވެސް އިސްލާމީ އަގީދާ ކަަމަށާއި އެހެންކަމުން ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ އެކަކު އަނެކަކަށް އޯގާތެރިވުމާއި މައާފުކުރުމާއި ތަހައްމަލުކުރުމާއި ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"...ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚުލާގުން އިސްލާމީ އަގީދާ ހާމަކޮށްދިނުމަކީ، މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަންތަކެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަޙީދުބެ
01 December 2019
ރަނގަޅުގޮތް ބުނެދޭން ނަޝީދުގާތުގައި ބުނަންވީނު.
ފަރޭ
30 November 2019
މިއޮތީ ފަހުޒަމާންއައިއްސަ. ތިވިދާޅުވާ ޢާޤީދާ ބަލިކޮށް މުޖުތަމަޢަ ބައިބައިކޮށްހަދާނީ ހަމައަހަރުމެންގެތެރޭން މީހުންނުކުމެކަމުގައި ކުރީގައި ބުނެއުޅެތެވެ. ކަންވާތަން މިފެންނަނީ އެހެންނެވެ. އެއްގަލަށްއަރާ ޢިލްމުވެރިން ފެންނަނީ މަދުންނެވެ. އަދި އެއްވިޔަސް އަނެކާދައްކާވާހަކަ އަހާކަށްބޭނުމެއްނުވެއެވެ. މުޖުތަމަޢަ އެކަތިގަނޑަކަށް ހަދާކަށް ބޭނުމެއްނުވެއެވެ. އެކިޖަމާޢަތްޖަމާޢަތަށްބެހި، އޮންނަނީ ކޮންމެވެސް އިމާމެއްބުނާގޮތް ފެތުރުމެވެ. މިއީ ކަންހިނގާގޮތެވެ.
އިންނު
30 November 2019
ކީރިތި ޤުރުއާން އާއި އާޔަތްތަކުގެ މާނަ ބައްލަވާލައްވާ..
ސަންގުމަރުމަރު
30 November 2019
ހާދަ ރަނގަޅު ވާހަކަފުޅެކޭ. އެކަމަކު ރަނގަޅު ގޮތް ބުނެދޭން މިޤައުމުގަ ތިބި މީހުންގެ އަޑު މަނިކުފާނުގެ ސަރުކާރުން ކަނޑުވާލީމަ ދެން ހަދާނީ ކިހިނެއްތޯ؟
އިމްރާނީ
30 November 2019
މި ވެރިންގެ ހުރި ނުބައިކަން ނިކަން ބަލާށެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރި އެމްޑީއެން މައްސަލަ ފެންމަތި ވުމުން އެވާހަކަ އޮއްބާލަން ވެގެން ނެގި " ހަރުކަށި ފިކުރޭ "ކިޔާ ވާހަކަ ވަހަކަ ވައިގާ ހިއްޕާލައި ލާދީނީ ފިކުރުގެ ވާހަކަ ހަނދާން ނައްތުވާލައިފިއެވެ. ހުކުރު ޚުތުބާގައި ވެސް ކިޔަން ކެރިގެން ކިޔަނީ " ހަރުކަށި ފިކުރުގެ " ވާހައެވެ. ޢިލްމާނުއްޔަތާ ލާދީނީ ފިކުރުގެ ވާހަކް ކިޔާކަށް ނުކެރެއެވެ.
ރީމިކް
30 November 2019
ބަލަ ރައީސް އެވިދާޅުވަނީ، ރަގަޅު އަގީދާ ދޭން ޖެހޭ ކަމަށް. އެއިރުންނޭ ދެކޮޅަށްވެސް ރަގަޅުވާނީ.
ހެޔޮވިސްނުން ދެއްވާށި
30 November 2019
އަގީދާކިޔަވަދޭން ޔޫއޭއީ އަށްއެއްމެ އިސްލާމްދީނަށް ފުރައްސާރަކުރާ މީހާޔާއެކު މިދިޔައީ އިސްލާމް ދީނަށް ނަސްރުދިނުމަށް ނަތަންޔާހޫ ޓްރަންޕާ މޯދީއާ މަޝްވަރާކޮއްފަ އިޒުރޭލަށް ދިޔުމުން އިސްލާމްދީނަށް ނަސްރުލިބޭނެ ބޯރާންތި މީހުން އަތްޖަހަންތިބޭނެ މިކަހަލަ ކޮއްމެވާހަކައަކަށް އަހަރެމެން ހިތަންއަރާ ގައުމާ ދީނާ އެއްމެ ފުރަތަވިމީހުން މިއަދު ހުރިހާކަމެ ރަގަޅުވެއްޖެ ކުރިން ރަގަޅުނުވިގޮތްވެސް މިހާރުއިގިއްޖެ ބޭރުގެ އަޅުވެތިކަމާ ލާދީނީކަމާއެކު ވެރިކަންނުކުރުމުން.
ދީން
30 November 2019
ރައީސް ގެ ތި ބަސްފުޅުތަކަކީ ﷲ އަށްޓަކައި ތެދު ހިތަކާއިގެން ވިދާޅުވާ ބަސްތަކެއް ކަމުގައިވާނަމަ ﷲ މަނިކުފާނަށް ހެޔޮޖަޒާ ދެއްވައި މަނިކުފާނުގެ ވެރިކަން ހަސަދަވެރިންގެ ކިބައިން ސަލާމަތް ކުރައްވައި ދިވެހިންނަށް ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި.. އާމީން
ރިންގިންގ
29 November 2019
އިސްލާމް ދީނަކީ ދިވެހިންގެ ހިތްތަކުގެ ދިރުން. އެކަމަކު، ރިޒޯޓުތަކުގެ މުދަލަކީ ޢަނީމާ މުދާކަމަށް ދައުވާ ކުރުމާއި، ދިވެހި ރާއްޖެ އަކީ ދާރުލް ކުފުރު ކަމުގައި ބުނެ ރާއްޖެ ދޫކޮށް ދިއުމާއި، ވެކްސިން ދިނުމަކީ ޝައިތާނީ ކަމެއް ކަމަށް ބުނުމާއި ކުޑަކުދިންނާ ޖިންސީގުޅުން ހިންގުން ހުއްދަ ކުރުމާ ދެކޮޅަށް އަޅުގަޑުމެންގެ ޝޭޚުން އުޅޭ ތަން ވަރަށް ނުފެނެއެވެ.
ޖާބެ
29 November 2019
ކަނޑައެޅިގެން ތިޔަކަން އަތައްގޮއްވާލަން މަސައްކަތްކުރާ މީހުން ތިބީ މަނިކުފާނުގެ އަރިހުގައި ، މިކަމުން ސަލާމަތް ވުމައް ދަންނަވަން
ލޮްސިންގ
29 November 2019
ވާހަކަ ރަގަޅު. މީ އިންފޮމޭޝަންގެ ޒަމާނެއް ކަން ދަނެގެން، އޮބްޖެކްޓިވް ކޮށް ކަންކަމާއި ވިސްނައިގެން ދަރުސްތަކާއި ނަސޭހަތްތަށް ބައްޓަން ކުރަން އެބަޖެހޭ.
ސަންގުމަރުމަރު
30 November 2019
ދީނީ ދަރުސްތަކާއި ނަޞޭޙަތް ދޭންތިބި މީހުންގެ އަޑު މިސަރުކާރުން ކަނޑުވާލީމަ ދެން ހަދާނީ ކިހިނެއްތޯ؟ ދެން ނަޞޭޙަތާއި ދަރުސް ދެއްވާނީ މަޖިލީހުގެ ރައީސް މުޙައްދަމު ނަޝީދު ތޯ؟