30 ނޮވެމްބަރ 2019 - 01:00
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023 ވަނަ އަހަރުގެ ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޑޭޓް ކަަމަށް އެ ދެ ޕާޓީގެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި އެގޮތަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހަޅުއްވައިގެންނެވެ. މުހައްމަދު އިސްމާއީލްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން މިރޭ ފާސްކުރި ގަރާރުގައި ހިމެނޭ އެހެން ކަންކަމުގެ ތެރޭގައި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް ކްރިމިނަލް ކޯޓުުން އިއްވާފައިވާ ހުކުމް ބަލައި ނުގަތުމަށާއި އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖްކުރުމަށް ނިންމި ނިންމުން ވެސް ހިމެނެ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލް ބައްދަލުވުން
އެ މައްސަލައިގައި ޔާމީން ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރު ދުވަހަށް ޖަލަށް ލާން އިއްޔެ ހުކުމް ކުރި އެވެ.
ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ޔާމީނަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުން ކަމަށާއި އެމަނިކުފާނުގެ މައްޗަށް ހިންގި ޝަރީއަތުގައި ޒާތީ ތައައްސުބުން ފުރިފައިވާ އެތައް ކަމެއް އެކުލެވިފައިވާ ކަމަށެވެ. އެގޮތުން ޔާމީންގެ ވަކީލުން ހުށަހެޅުއްވި އެއްވެސް ކަމަކަށް ގާޒީންގެ ބެންޗުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ވެސް އެގަރާރުގައި ވެ އެވެ.
ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޓިކެޓް ޔާމީނަށް ދޭން އިދިކޮޅުން ނިންމި އިރު، އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ބާތިލު ނުކޮށް އޮވެ، އެ އިންތިހާބާ ހަމައަށް ހިނގައްޖެ ނަމަ ވާދަ ކުރެއްްވުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި 2015 ވަނަ އަހަރު، ޖަލުތަކާ ޕެރޯލްގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، އިއްޔެގެ ހުކުމާ އެކު ޕާޓީގެ ލީޑަރުކަން ވެސް ޔާމީނަށް ވަނީ ގެއްލިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯވަ
01 December 2019
ބަލަ ޕީޕީއެމް އަދި ޕީއެންސީގެ އަސާސީ ގަވާއިދުވެސް ތިޔަގޮތަށް ރިޔާސީ ޓިކެޓް ދޭކަށް ޖާގައެއް ނުދެއެވެ.
އަހުމަދު.
01 December 2019
2023ގައި ޤައުމުގެ ރައީސް ކަން ޔާމީނަށް ނުލިބުނިއްޔާ ކޮންމެވެސް ކުލަބެއް ނުވަތަ ޖަމްއިއްޔާގެ ރައީސްކަން ނަމަވެސް އަދުރޭމެން ޔާމީނަށް ދޭނެ. އަޅުގަނޑު ވަރަށް ބޭނުން ހުރިހާ ގައިދީން ރައީސްކަން ނަމަވެސް 2023ގަ ޔާމީނަށް ދޭން.
ބޮޑުމީހާ
01 December 2019
ކީއްވެތަ ވަކި މީހެއްގެ ފަހަތުގެ އަބަދު އުޅެންޖެހެނީ. ޔާމިނަށް ވެރިކަން ދިނީމަ އޭނަ ވައްކަންކުރީ. މިހާރު އެހުރީ އަދަބު ލިބިފަ. ދެން ޕީޕީއެމްވެސް ބަލަންވީ ރައްޔިތުން ބަލައިގަންނަ މީހަކު ޕާޓީއަށް އިސްކޮށް ރައްޔިތުން
ޝެލަރީ
30 November 2019
ހެއްހެއް ކީކޭބުނާނީ ތިޔަށް ކިޔަނީ އަސްކުވެސް ޖަޒުބާތުގަޖެހުން، މިހާރު ޖީބަކައް ނުވަދެ ހައްތަހާވެސް އޮތީ އަތުން ދާކޮޅު ދެއްތޯ؟ ބުނަން ވަގަކައް ހާސްދުވަސް ރަށްޔިތުންނައް ހަމަ އެއްމެ ދުވަހެއް ދެއްތޯ؟
ޔާމީނުގެ ވަތުއޮޑި
30 November 2019
ނަހުލާ ތައްޔާރުކުރާ ފިލްމް "އެޔާމީނުގެ ކުޑަގޮޅި" ގެ ހުރިހާ ޓިކެެޓެއް ދޭން އަދުރޭ ނިންމަިފި!
ރޫފްޝީޓް
30 November 2019
ވޯޓު ދޭނީވެސް ގަރާރުން އޯކޭ. މެމްބަރުން ކާރީ ހޭވެސް އަހާނުލާތި.
ވަހީދުބެ
30 November 2019
މިހާރު ކޯއްޗެއްބާ ތިކިޔަނީ ..؟ ކުރިން އަނިޔާކުރިއިރުނެތްތޯ މިކަމެއް އަރާ ހަމަކުރާނެކަމުގެ ހަނދާނެއް ..!!؟؟ ކޮންޓިކެޓެއްތޯއެވެ. ޔާމީނަށް ދެން މިރާއްޖޭގެ ވެރިކަން އިންޝާ ﷲ ނުލިބޭނެ .. އެއީ އެބޭފުޅާއަކީ އަނިޔާވެރިއެއް ވީމަ.
ޙަސްން
30 November 2019
ޖަލުގަ އޮވެގެންވެސް ކުރިމަތިލެވޭތަ؟
އަޙުމަދު.
30 November 2019
ޖަލުގެ ގޮޅިތަކުގެ ރައީސްކަން ލިބޭތޯ ކުރިމަތިލެވިދާނެ އެއްނު. ކޮންމެހެންވެސް ރައީސްކަމެއް ދޭން އެބަޖެހޭ.
ހަސަނު1
30 November 2019
އުފާކޮށްލާފައި ފޮނުވައި ދެއްވިކަމަށް ޕީޕީއެމްއަށް ޝުކުރު ދަންނަވަން... އަހަރެއްވަރު ވެލީމައި ތިކަން ބަދަލުކޮށްލީމައި ރަނގަޅުވާނެ.. ލޮލް
އޮނަރަބްލް އަފީފު ދީދީ
30 November 2019
ތިމީހާއަކީ އެއްވެސް އިރެއްގައި ދިވެހިންގެމަދުގައި މަޤުބޫލުކަމެއްނެތް "މުޅިން އެހެން ގޮތަކަށް" ދިވެހިން އޭނާގެ ވާހަކަ ދައްކާއުޅުނު މީހެއް. # އަދި ނޫނު އަތޮޅު މަޖިލިސް ގޮނޑި ހޯދިގޮތް ވެސް ގިނަ ދިވެހިންނަށް އިގޭ. # ދަންނަވަންތޯ "ކޮންމެ އިންތިޙާބެއްގެ ވޯޓްލާނެ ގޮތާއި ނަޖީތާ އަންނާންޖެހޭނެގޮތް ޑިމޮކްރަސީގައި ނިންމާނީ ސްޕްރީމް ކޯޓުން ނޫންކަން ދިވެހިން ސާފުބަހުން ބުނެދީފި. އެހެން ކަމުން 2013 ގަ ޖެހިކަހަލަ ސަކަރާތެއް ދެނެއް މި ޤައުމަކު ނުޖެހޭނެ.