މޯލްޑިވިއަންގެ މަތިންދާބޯޓު މާފަރު އެއާޕޯޓަށް މިއަދު ޖައްސާފައި.---ފޮޓޯ: މިހާރު
01 ޑިސެމްބަރ 2019 - 11:15
ނ. މާފަރަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށައިފި އެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މާލެެ އިން ދިއުމަށް 40 މިނިޓް ނަގަ އެވެ.
މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށި ނަމަވެސް އެކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ.
މާލެ އިން މާފަރަށް ދިއުމުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. އެވެ.
މާފަރު އެއާޕޯޓް: މިއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި އެއާޕޯޓެއް.--ފޮޓޯ: މިހާރު
މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ޓަފްއާ ހަވާލު ކޮށްގެން ޑިސެމްބަރު 24، 2017 ގަ އެވެ.
އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް ޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން އެއާޕޯޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި މުއްދަތު އިތުރު ކޮށްފައިވެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު، ބައިނަލްއަގްވާމީ ދަތުރުތައް ވެސް އެ އެއާޕޯޓަށް ފަށާނެ އެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލަދުންމަޑުލުވީ
01 December 2019
މާފަރު އެއަރޕޯޓުުގެ ފައިދާ ފެންނާނީ އަތޮޅުގެ ޒުވާނުނަށްު މިތަނުންު ބިންދެވި މިރަށުގެ އާބާދީ މަތިކޮށްގެންު.އަދި މިރަށް ނ.އަތޮޅުގެ ޒުވާނުންގެ ޝަހަރަށްހެދިގެންު.މިރަށަކީ އިތުރަށް ފަޅުއޮތްު ރަށެއްު.
ލައުރާ
01 December 2019
ތިޔައްވުރެ މަރަގަޅުވީސް ކުޅުދުއްފުށި އެއާޕޯޓައް ފުލައިޓު އިތުރުކޮއް ރޭގަ ނޑައް ޖެއްސޭ ގޮތައް ލައިޓާ ޓަވަރާ ޖެހި ނަމަވެސް މިހާރުވެސް މިތިބީ ވެއިޓި ންގަ ހަފްތާފަހު ން ލިބެ ނީ ޖާގައެއް މީތޯ ތިޔަމޯލްޑިވިއަ ންގެ ފެ ންވަރު
ޝާހް، ރ.ވާދޫ
01 December 2019
ޝުކުރިއްޔާ ތަރަށްގީގެ ބާނީ ރައީސް ޔާމީން. ކަމެއްނުވާ، މެގަ ޕްރޮޖެކްޓްގެ ގޮތުގަ ތަންތަނުގެ ނަންބޯޑް ބަދަލުކުރާ ސަރުކާރަށް މިފަސްއަހަރު ނިމިދިޔަ ސަރުކާރުގެ ލައްކަ ޕްރޮޖެކްޓްގެ ރިބަންކަނޑާ ފޮނިކޮޅު ބޯންލިބޭނެ. އަދި ރާއްޖެއިން ބޭރަށް ދެދަޅަޔަށް ދަތުރުކޮށް ރައްިތުންގެ ފައިސާ ތަޅާބުރުވުންނޫންކަމެއް މިސަރުކާރުން އަދި ނުކުރޭ. މިސަރުކާރަށް ވޯޓުދިން ރައްޔިތުންނަށް މަގޭ ވަރަށް ވެދުން.
ނާއިންސާފު
01 December 2019
ތ.ތިމަރަފުއްާޓަށް ދެވެނީ 35 މިނިޓުން އެކަމަކު އެއްކޮޅު ޓިކެޓުގެ އަގު 1150 ރުފިޔާ މާފަރަށް ދެވެނީ 40 މިނިޓުން އެކަމަކު 750 ރުފިޔާ ކިހާ އިންސާފުތޯ؟ ދަތުރުގެ އަގު ކަނޑައަލާނީ ކޮންގޮތަކަށްބާ؟؟؟؟؟
ކަރަންޓޭ
01 December 2019
ހީވަނީ ޑިމާންޑަށް ބަލާފަހެން.. ރިސޯޓު ގިނަވާނެ ނ. އަތޮޅުގަ.
ބަހާ
01 December 2019
އިފުރުގައި ޖައްސާފަ ދާތީ އަގު ހެޔޮވެފަ، ދަތުރު ދިގުވަނީ ކޮއްކޯ!
މަނަދޫމީހާ
01 December 2019
ވަޔާ އެއްކޮޅަށް ދުއްވާތީ ވަރަށް ތެޔޮ ޚަރަދު ކުޑަވާނެ. ވިސްނަބަލަ.
30 މިނެޓް
02 December 2019
އަސްލު ވަނީ 30 މިނެޓް އިންގޭ...
ފުންއަސަރު
01 December 2019
ގިނަފަހަރަށް ވާގޮތަކީ ބަޔަކު ހައްދަންޖައްސާ ސްޓަންޓްތަކުގާ އަގުދަށްކޮށް ފެށިޔަސް، ދަތުރުތައް އިންތިހާއަށް ލިބެންފެށީމާ 888 ރުފިޔާއަށޤ ނޫނީ 900 ރުފިޔާއަށް ބަދަލުވެގެންދަނީ. ދެން ކިޔާނީ މިހާރުމީ ފެއާގެ އަގޭ. ދުވަސްކޮޅެއްވީމާ މީ ފިޔާގެއަގޭ ކިޔާ ޓިކެޓް އަގުބޮޑުކޮށްލާނެ. ހަމަގައިމުވެސް މަރުގައިމޭ!
ލާނާ
01 December 2019
ޝުކުރިއްޔާ ރައީސް ޔާމީން
ނޫސް ބަލާމީހާ
01 December 2019
ފުރަތަމަ ދަތުރުގައި ކިތައް މީހުން ދަތުރުކުރިތޯ. ލިއުންތެރިންވެސް ޚަބރުގެ މުހިންމު ބައިތައް މިސް ނުކުރެއްވުން އެދެން
ތުކި
01 December 2019
ދެން ކީއްވެގެންތަ ފިޔާތޮށި ނަންބޯޑެއް އަޅެ އަޅުވާފަ އޭނދީ.. އެއިންނަންވާނީ ޔެލޯ ކުލައިގައެއްނު
އެހެންތާ ؟
01 December 2019
ހައްސަތޭކަ ފަންސާހަކީ ޓިކެޓް ވިއްކާނެ އެންމެ ކުޑަ އަގު ދޯ ؟ އެކަމަކު ޓިކެޓް ގަންނާން ލިބޭނީ 1200ރ ނުވަތަ 1500ރ އަށް
ޝާހް، ރ.ވާދޫ
01 December 2019
މިސަރުކާރުގަ ކޮންމެކަމެއްވެސް ހިނގާނީ ތިހެން. އަނގައިން ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނަދޭނީ މިވަރުގެ ސަރުކާރެއް ނެތްކަމާ، ރައްޔިތުންނާހެދި މޮޔަވާކަން. އަނަލުން ދައްކާނީ ދިމާ އިދިކޮޅު، ފެންނަން އޮތީ ކުރި ކޮންމެކަމެއް ހަމައެހެން.
ނާހިދާ
01 December 2019
އުންމީދަކީ ދުބާއީ، ކޮލޮންބޯ ފަދަ ސިޓީތަކާ މާފަރު ގުޅި، ނ އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވުން