ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނަށް ޗުއްޓީ އިތުރުކޮށްދޭން ޖަޕާނު ކުންފުންޏަކުން ވަނީ ނިންމާފައި
03 ޑިސެމްބަރ 2019 - 08:16
ދުންފަތުގެ އިސްތިއުމާލުކުރާ މުވައްޒަފުން، އެކަމުގައި ހޭދަކުރާ ވަގުތާ އެއްވަރުގެ ބަދަލެއް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނަށް ދިނުމުގެ ގޮތުން ޖަޕާނު ކުންފުންޏަކުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންގެ އަހަރީ ޗުއްޓީ އަށް ހަ ދުވަސް އިތުރުކޮށްދީފި އެވެ.
ސީއެންބީސީން ބުނީ ޓޯކިޔޯގައި ހުންނަ މާކެޓިން ކުންފުންޏެއް ކަމަށްވާ ޕިއާލާ އިން މިގޮތަށް އަމަލުކުރަން ފެށީ، ދުންފަތުގެ އިސްތިއުމާލުކުރާ މުވައްޒަފުން، ދުންފަތުގެ އިސްތިއުމާލުކުރުމަށް ހޭދަކުރާ ވަގުތުގެ ސަބަބުން އެހެން މުވައްޒަފުންގެ ޝަކުވާ ބޮޑުވެގެން ކަމަށެވެ.
މި އޮފީސް ހުންނަނީ އިމާރާތެއްގެ 29 ވަނަ ބުރީގައި ކަމަށާއި ސިނގިރެޓެއް ބޯން ވެއްޖެ ނަމަ ދާންޖެހެނީ ބޭސްމަންޓަށް ކަމަށްވެ އެވެ. އެހެންވެ ކިތަންމެ އަވަހަކަށް ސިނގިރެޓެއް ބޮއެގެން އަންނަން ވެސް ފަނަރަ ވަރަކަށް މިނެޓް ހޭދަވެ އެވެ.
މިކަމާ ހެދި، ދުންފަތުގެ އިސްތިއުމާލުކުރާ މުވައްޒަފުން މަސައްކަތާ ދުރުގައި ހޭދަކުރާ ވަގުތު ގިނަވެ، ކުންފުނީގެ ސީއީއޯ ޓަކާއޯ އަސޫކާ އަށް ޝަކުވާ އަންނަން ފެށީ އެވެ. އެހެންވެ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނަށް ބަދަލެއްގެ ގޮތުގައި ދޭން ނިންމީ ޗުއްޓީ އަށް އިތުރު ހަ ދުވަހެވެ.
"މި ޝަކުވާއާ ގުޅިގެން، ކުންފުނީގެ ޚިޔާލު ފޮއްޓަށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފަކު ލާފައި އޮރް ޚިޔާލެއްގައި އޮންނަނީ މި ދިމާވާ މައްސަލަތަކުގެ ވާހަކަ. އަދި މިގޮތަށް އިތުރު ޗުއްޓީއެއް ދީގެން އެހެން މުވައްޒަފުންނަށް ވެސް އިންސާފު ހޯދައިދޭން. ސީއީއޯ އަށް އެކަން ގަބޫލުކުރެއްވުނީ،" ކުންފުނީގެ ތަރުޖަމާނަކު ސީއެންބީސީ އަށް ބުނެފައިވެ އެވެ.
ކުންފުނިން މިއީ މުވައްޒަފުން ދުންފަތާ ދުރުވާން ހިތްވަރަކަށް ވެސް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޓްސް
03 December 2019
ރާއްޖޭގަވެސް އެބައުޅޭ މުސާރައިގެ %80 ސިގިރޭޓު ގަތުމަށް ބޭކާރުކޮށްލާ މީހުން. އޮފީސްތަކުންވެސް ވަރިހަމަ މިމީހުން ކޮންމެ ގަޑިއިރަކު 10 މިނެޓު އޮފީހުން ބޭރަށް ނުކުމެ ސިގިރޭޓު ބޮއެ ވަގުތު ބޭކާރުކުރިޔަސް. އަހަރަމެން ނަމާދަށް ނުކުތީމަ އެކަނި އެތާތިބޭ ބޮޑުންނަށް އުނދަގޫވާނީ.
ސޯ ބު
03 December 2019
ދިނިއްޔާ ދޭނީ ބޯމީހުންނަށް އެލަވަންސެއް. މިހާރުވެސް އަނެއްވައްތަރު އެއްޗެހި ބޯމީހުންނަށް ސަރުކާރުގެ އިސްމަގާމުތަކަށް އަންނަން މާފަސޭހަ
ސިގިރޭޓް
03 December 2019
މި ރާއްޖޭގަ ސިގިރޭޓް ބޯމިހާއެކޭ އެއްވަރަށް ނުބޯމީހާގެ ސިއްހަތުވެސް ގޯސް އެހެންތަވާނި ބޯމީހުންގެ އަނގައިން އެބޭރުކުރާ ވިހަދުމުގެ ސަބަބުން މިކުޑަކުޑަ ގައުމުގެ މީހުން މިތިބެނީ ހަލާކުވެފަ ހަރުދަނާ ގާނޫނެއް ހަދައިގެން ނޫނީ މިކަމެއް ހައްލެއް ނުކުރެވޭނެ ކުރިއަސް ޑޮކްޓަރުން ނަކީވެސް މިއަމަލު ކުރާބައެއް
ބަނީ އާދަމު
03 December 2019
ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިކަން ކޮށްދީބަލަ!!!
1828
03 December 2019
ރާއްޖޭގައި މިދުވަހެއް ނާނާނެ. ރާއްޖޭގައި ހުރިހާ މޮޅެއް އޮތީ ސިނގެރޭޓް ބޯ މީހުންނަށް