ޚަބަރު / ކޮލެޖް

އަމިއްލަ ޔުނިވާސިޓީ ހެދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުން

އެވިޑް ކޮލެޖުން މިދިޔަ މަހު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން ---.ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އަމިއްލަ ޔުނިވާސިޓީތައް އުފެއްދޭނީ، ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުން ކަމަށް، މަތީ ތައުލީމާ ބެހޭ ބިލްގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގާތާ 10 އަހަރުވުމާއި ޑިޕްލޮމާ އާއި އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ބެޗްލާސް އަދި މާސްޓާސް ޑިގްރީ ކާމިޔާބުކަމާއެކު ހިންގާ ނަމަ އެވެ.

ކާމިޔާބުކަމާއެކު ހިންގުން މާނަކޮށްފައިވަނީ، އެ ޕްރޮގްރާމެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ފާސްކުރުމަށް ފަހު އެ ޕްރޮގްރާމެއްގެ ދެ ބެޗް، ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިންގުމަށް ފަހު ދަރިވަރުން ގްރެޖުއޭޓްވުމުންނެވެ.

ޔުނިވާސިޓީއެއް އުފައްދަން އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި އެކްރެޑިޓޭޝަން ރިޕޯޓު ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީން ފަންނީ ކޮމެޓީއެއް އެކުލަވާލަންވާނެ އެވެ.

ފަންނީ ކޮމެޓީން ތައްޔާރުކުރާ އެކްރެޑިޓޭޝަން ރިޕޯޓު، ޔުނިވާސިޓީގެ ޗާޓަރަށް އެދި ހުށަހަޅާތާ ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި މިނިސްޓްރީ އަށް ފޮނުވަންވާނެ އެވެ. އެ ރިޕޯޓުގައި، ޔުނިވާސިޓީ ހެދުމަށް ހުށަހަޅާފައިވާ ލިޔުންތަކުގައި މަތީ ތައުލީމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާކަން ނުވަތަ ނުވާކަން ބަޔާންކުރަން ޖެހެ އެވެ.

އެކްރެޑިޓޭޝަން ރިޕޯޓު މިނިސްޓްރީން ދިރާސާކުރުމަށް ފަހު، އެ ރިޕޯޓު ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ހުއްދަ ދިންކަން ނުވަތަ އެ ހުށަހެޅުން ގަބޫލުނުކުރާކަން، އެ ލިޔުމެއް ހުށަހެޅި ފަރާތަށް އަންގަންވާނެ އެވެ.

ޔުނިވާސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާ މައުލޫމާތުތައް ސައްހަ ނުވުމާއި ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޔުނިވާސިޓީއަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކުރެވޭނެ އެވެ.

ޔުނިވާސިޓީގެ ރަޖިސްޓްރީ ބާތިލްކުރަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެ ކަމަށް މިނިސްޓަރަށް ފެނިވަޑައިގެންފި ނަމަ، އެކަމާ ގުޅިގެން ޖަވާބުދާރީވާން ނުވަތަ އިސްލާހުކުރަން ހަ މަސް ދުވަހުގެ ނޯޓިހެއް އެ ޔުނިވާސިޓީއަކަށް ދޭންޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އެކަން ރަނގަޅުނުކޮށްފި ނަމަ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ އިހުތިޔާރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަށް ލިބިގެންވެ އެވެ.

އެ ބިލްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮލެޖެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ އިންސްޓިޓިއުޓެއްގެ ގޮތުގައި ހިންގާތާ މަދުވެގެން ފަސް އަހަރު ވުމަށް ފަހު ޑިޕްލޮމާ އާއި އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ކާމިޔާބުކަމާއެކު ހިންގުމުންނެވެ.

ޔުނިވާސިޓީގެ ހައިސިއްޔަތު ލިބިގެން ނޫންގޮތަކަށް ރާއްޖޭގައި ޔުނިވާސިޓީއެއް ހިންގުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ 50،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. އަދި ރަޖިސްޓްރީނުކޮށް ކޮލެޖެއް ހިންގައިފިނަމަ 40،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

ރަޖިސްޓްރީނުކޮށް އިންސްޓިޓިއުޓް ހިންގައިފި ނަމަ 30،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

ރާއްޖޭގައި އަމިއްލަ އެއްވެސް ޔުނިވާސިޓީއެއް މި ވަގުތު ނެތެވެ. މިހާރު ހިންގަމުން އަންނަ ދެ ޔުނިވާސިޓީ އަކީ ވެސް، ވަކި ދެ ގާނޫނެއްގެ ދަށުން ހިންގަމުން އަންނަ ދެ ތަނެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. ޔުނިވާސިޓީއެއްގެ ދަރަޖަ ހޯދުމަށް މީގެ ކުރިން ވެސް އަމިއްލަ ބައެއް ކޮލެޖުތަކުން މަސައްކަތްކުރި އެވެ. އެއީ އެފަދަ ހުއްދައެއް ދެވޭ ފެންވަރުގެ ތަންތަން ކަން ކަށަވަރުކުރުމަށް ސަރުކާރުން މީގެ ކުރިން ބައެއް ކޮލެޖުތައް އޮޑިޓް ވެސް ކުރި އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖު ހިމެނެ އެވެ. ޔުނިވާސިޓީގެ ދަރަޖަ ހޯދުމަށް އެ ދެ ކޮލެޖުން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.

ނަމަވެސް އަމިއްލަ ޔުނިވާސިޓީތައް ހެދޭނެ އެއްވެސް އުސޫލެއް ނެތުމުން އެކަމަށް އަދި ހުއްދައެއް ނުދެ އެވެ.

8 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 25%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔުނިވަރސިޓީ

10 December 2019

ޔުނިވަރސިޓީ ހިންގުން ސަރުކާރުން ހުއްޓާލާފަ ރަނގަޅު ރެގިއުލޭޓަރީ ބޮޑީއެއް އޮތީމަ މާފައިދާ ކުރާނެ. ދައުލަތުން މިހާރުވެސް ހިންގާ 2 ތަން ވަރަށް އިންއެފިޝަންޓް.

The name is already taken The name is available. Register?

ވަހީދު

09 December 2019

ފަހަތައް އެޅި ފިޔަވަޅެއް. ޤާބިލުކަން ހުރިއްޔާ ހަދަންވީ ހަމަ.

The name is already taken The name is available. Register?

ދޫބެ

09 December 2019

އުދޯލިގެތަކާއި ފުޅައްބުޑުތައް ވެސް އިސާޖިތަކު ޔުނިވަރުސިޓީތަކަށް ބަދަލުވެދާނެ ދެން. މިއީ ބިރު ހުރި ކަމެއް. މިހާރުވެސް ތިޔަ ޕްރައިވެޓް ކޮލެޖުތަކުން ޑިޕްލޮމާ ޑިގިރީ މަސްޓަރސް ބަހަނީ.

The name is already taken The name is available. Register?

ޝިކަލްގުރޫބާ

09 December 2019

ރާއްޖޭގެ ހުރިހާތާކުންވެސް ކިޔަވަދެނީ މެނޭޖުމަންޓު. އޭތި ހިންގަނީ ލެޕްޓޮޕަކާއި ޓީޗަރެއް ބޭނުންކޮށްގެން. ހަފްތާއަކު 1 ދުވަހު 2ގަޑިއިރު އެވެސް. އޭތިހަދާމީހާއެކޭ ބޭރުން ބްރެއިން ސާޖަރީ ކިޔަވައިގެން އަންނަމީހާއެކޭ އެއްލެވެލް.

The name is already taken The name is available. Register?

ޕިކްސް

09 December 2019

ޔުނިވާސީޓީ ހެދޭނެ ސަރުތުތަކުގެ ތެރެއަށް އަމިލަބިމެއްގައި ޔުނިވަސިޓީ ހިނގުމާ އަދި ވަކި ބޮޑުމިނެއް ބިމުގައި ހުންނަން ޖެހޭނެކަމަށް ބަޔާންކުރުމަކީ މުހިއްމުކަމެއް. އެހެންނޫނީ މީހުން ދިރިއުޅޭ ގޮދޮރު ދުވަސްކޮޅަކުން ޔުނިވަސީޓީތަކަށް ބަދަލުވެދާނެ.

The name is already taken The name is available. Register?

‫ނޫޅެން

09 December 2019

‫ވިލާ ކޮލެޖަށް އެތައް އަހަރަކު ނުވެގެން އުޅުނުކަންތައް ވާން އުޅޭހެން ހީވަނީ. އަސްލު ގޯހެއްނޫން މި ޝަރުތު.

The name is already taken The name is available. Register?

އޭނަ

16 March 2020

ވިލާ ކޮލެޖަކީ މިވަގުތު ރާއްޖޭގެ އެއްވަނަ. ޤައުމީ ޔުނިވާސިޓީޔަކަށް އެމީހުންނާ މިހާރު ވާދައެއްނުކުރެވޭނެ.

The name is already taken The name is available. Register?

ޚލމހ

09 December 2019

ގައުމުތައް ކުރިއަރަނީ އިލްމު ފޯރުކޮށްދޭ މަރުކަޒުތައް ޒަމާންތަކެއް ވަންދެން ރަނގަޅަށް ހިންގިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454