ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ މެމްބަރުންނާއި މަޖިލިހުގެ އިސް ބައެއް ބޭފުޅުން އިންޑިއާގައި. --- ފޮޓޯ: މަޖިލިސް
10 ޑިސެމްބަރ 2019 - 15:00
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަޖިލިހުގެ ބޮޑު ވަފުދެއް އިންޑިއާ އަށް މިހާރު ކުރަމުން ދާ ދަތުރުގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ޖަލަށް ލުމާ އެކު، ޕީޕީއެމް އާއި ޕީއެންސީން ގެންދަނީ އެމަނިކުފާނު ގެޔަށް ބަދަލުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ދެ ޕާޓީން ބުނާ ގޮތުގައި ޔާާމީން ޖަލަށް ލީ "ސިޔާސީ ދައުވާއެއް"ގަ އެވެ.
ޔާމީން ޖަލުން ނެރެވޭތޯ ޕީޕީއެމާއި ޕީއެންސީން ބޭރުގެ ބައެއް ޑިޕްލޮމެންޓުންނާ ވެސް ގެންދަނީ ބަައްދަލުކުރަމުންނެވެ.
ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ވުރެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާ އެކު އެވެ. އެކަމަކު އާ ސަރުކާރުން ބޮޑަށް ކައިރިވަމުން ގެންދަނީ، އެންމެ އަށްޓެރި، އިންޑިއާއާ އެވެ.
މަޖިލިހުގެ ވަފްދު އިންޑިއާ އަށް ދިޔައީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށެވެ. މި ދަތުރުގައި އެ ގައުމުގެ އާސާރީ އަދި ގަދީމީ އެކި ތަންތަނަށް ވަފުދުން ޒިޔާރަތްކުރަން އޮތީ ހަމަޖެހިފަ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލިހުގައި ހިމެނޭ ސިޔާސީ ހުރިހާ ޕާޓީއެއް ވެސް ތަމްސީލްކުރަން މަޖިލިހުގެ އިދާރާ އިން ފުރުސަތު ދިނެވެ. އެކަމަކު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް މެމްބަރަކު އިންޑިއާ އަށް ވަޑައެއްނުގަންނަވަ އެވެ.
ވަފުދުގައި އެމްޑީޕީގެ ފަރާތުން ހިމެނެނީ މަޖިލިހުގެ ރައީސް ނަޝީދާއި ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް އަދި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ.
ދެން ވަޑައިގަތީ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.
މަޖިލިހުގެ އަމީންއާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ވަފުދުގައި އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ސޮއިކުރި އެމްއޯޔޫގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމެވެ. އަދި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބައިނަލްއަގުވާމީ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރު އަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އިންޑިއާގެ ދަތުރުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގެންނެވި އިރު، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލާާށާއި 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ.
އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަމުގެ ކުށެވެ.
މާފުށީ ޖަލުގައި މިވަގުތު ހުންނެވި ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމުގައި އިހުތިޖާޖް ވެސް ކުރެއްވި އެވެ. މަޖިލިސް މިހާރު ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
12 December 2019
ނަޝީދުގެ ސިޓީހިފައިގެން ދުވިކަލޭގެ ފަހަތުން އެބަފެނޭ
ފޮނިޓައްޕު ހަސަނު
11 December 2019
އިދިކޮޅު މެމްބަރުން ދާންވީނުން ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ޕާކިސްތާނަށް އަދި އަފްގާނިސްތާނަށް.
މަހުރަމު
11 December 2019
އެއް އައިލާތަކަކަށް ނިސްބަތް ވާ މީހުން ގިނައޭ ދޯ.
ޢިބުރާ
11 December 2019
އައްޑުއަތޮޅުން ބޮޑުބައެއް އިންޑިޔާއަށް ދީގެން އައްޑޫ ތިބި ތަނެއްދޮރެއްނޭނގޭވެރިން ގުޅިގެން މި ހިންގާބޮޑު ޖަރީމާގެ އަސަރު މީގެ20އަ ހަރު ފަ ހުން ކުރާނީ އަޅުގަނޑުމެންގެ ދަރިންނަށް މިއީއަޑިނޭނގޭ ވަރަށްބޮޑު ޖަރީމާ އެއް! އެ ސަރަ ހައްދު ހަމަ ލޮލުން ފެނުމުން އަލުގަނޑު ފެންކަޅިވި! މި ކަމާއި އައްޑޫ ރައްޔިތުން ކަންބޮޑުވާތަނެއް ނުފެނޭ!
ސައީދު ނަސީމު
11 December 2019
އައްޑޫ ގެސްޓު ހައުސް ޓޫރިިޒަމް ތަރައްގީ ކުރަން ކައުންސިލާ ބޭރުގެ އިސްވެސްޓުމަންޓު ބޭންކުތައް ގުޅިގެން 2015 ވަނަ އަހަރު ފަށަން އޮތް ޕްރޮޖެކު ހުއްޓުވާލަން އޭރު އޮތް ޚުދުމުޚުތާރު އަނިޔާވެރި ސަރުކާރުން، އެބިން ޕޮލިސް އެކާޑަމީ އެއް އަޅަން އިންޑިއާ އާ ހަވާލުކުރި ހަދާނެއް މިހާރު އެކަކުވެސް ނެތް.
ލުބްލާ
11 December 2019
ގައުމަށްވުރެ ޔާމީނު މުހިއްމު، ދެއްތޯ.
ސަރުކާނު
11 December 2019
އިންޑިއާއަށް ދާން މަޖުބޫރު . މިހާރު އިންޑިއާއަށް ޖިޒީ ދައްކަމުން މިދަނީ. އެކަން އިގޭތަ؟ އިންޑިއާ ކުންފުނިތަކަށް ވަކަވަރަކަށް މިޤައުމުގެ ޕްރޮޖެކްތްތައް ދޭން ޖެހޭނެ. އެއީ ރާވާހިންގަން ގަސްދުކުރާ ހުރިހާ ޕްރޮޖެކްޓެއްގެ ވަކި ޕަސެންޓެއް ދޭންޖެހޭތީ. މިހާރު ޖިޒީދޭން ފޮށިފޮށީގަ ބަންދުކޮށްގެނެއް ނޫން ގެންދާނީ. ދެން ކޮންމެ އަހަރަކު އެޤައުމަށް ރާއްޖޭގެ އިސްވަފުދެއް ޒިޔާރަތްކޮށް ރުހުން ހޯދަންޖެހޭނެ. ތިބާ ވަރަށް އުފަލުން ގާންދީއަށް ދުޢާކުރަން/
ތެދުވެރިޔާ
11 December 2019
އަޑިނޭގޭ ކަންތަގަޑެ މިސަރުކާރުން އެބަކުރޭ. ދެރަ
ޝޮކްތެރަޕީ
11 December 2019
ޤައުމީޔަތު ވިއްކައިގެންނުން ވެރިކަން ކުރަން ޖެހޭނީ. ރާއްޖެގަ އަންނަންއޮތްޖީލު އެބައޮތްކަން ހަދަންކުރަން ޖެހޭ. މިނިވަން ކަމުގަ ރާއްޖެ ބެއްވުމަކީ ދިވެހި ކޮމްމެ ދަރިއެއްގެ ވާޖިބެ.
ލާރި ލާރި
10 December 2019
އިދިކޮޅު މީހުން އިންޑިއާ އަށް ނުދިޔައީ މިހާރު ލިބޭ ލާރި ކޮޅު ނުލިބިދާނެތީ..
ކަކުނިބޯ
10 December 2019
ނޫން ގާންދީ އަށް ދުއާނުކޮށްދޭންވެގެން އެގިއްޖެތަ ...މަދެރަވާނެ
ހައްގުބަސް
10 December 2019
މަކަރުވެރި އަޑިނުބައި ބައެއްމީ.