މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
14 ޑިސެމްބަރ 2019 - 12:11
އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ އަމާޒަކީ ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 384 ގޮނޑި ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. އެއީ ރަށު ކައުންސިލްތަކުން 372 ގޮނޑި އަދި ސިޓީ ކައުންސިލްތަކުން 12 ގޮނޑި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން އެ ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ޓިކެޓު ދިނުމުގައި ޑީއާރުޕީން ބަލަނީ މަދުވެގެން 100 އާ މެމްބަރުންގެ ފޯމް ހުށަހެޅުމާ އެކު، ގާނޫނީ ޝަރުތު ފުރިހަމަވޭތޯ އެވެ.
ޖާބިރު "މިހާރު" އަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޑީއާރުޕީގެ އަމާޒަކީ 980 ކައުންސިލް ގޮނޑީގެ ތެރެއިން ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދުން ކަމަށް ޖާބިރު ވިދާޅުވި އެވެ.
#DRP ge ticket gai 2020vana aharuge Local Council inthihaab gai vaadhakurumah shauguverivaa faraaithakah efurusathu hulhuvaalumah Council in vanee ninmaafai. Ticket dhinumugai beleynee madhuvegen 100 aah memberunge form husha elhumaa eku qaanooni sharuthu furihamavun
— DRP (@drpmaldives) December 13, 2019
ޑީއާރުޕީން ކުރި ޓުވީޓު.
"ޑީއާރުޕީގެ މެމްބަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިބި. އެހެންވީމަ، ޑީއާރުޕީ އަށް ސޮއިކޮށްފައިވާ 100 މެމްބަރުންގެ ފޯމް ހިފައިގެން އަންނަންވީ. ފުރުސަތު އެބައޮތް،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ޓިކެޓު ދޭނެ މީހުން ކަނޑައަޅާނީ ކޮމިޓީއަކުން ބެލުމަށް ފަހު އެވެ. އަދި އެ ޕާޓީން ޓިކެޓު ދޭނީ އިންސާފުވެރިކަމާ އެކު ދެ ފުށް ފެންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ޑީއާރުޕީން ޕްރައިމަރީ ބޭއްވުމަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެހެން ޕާޓީތަކުން ޕްރައިމަރީ ބާއްވަނީ އޮޅުވާލަން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"ޕްރައިމަރީ މަކަރުވެރި ގޮތަކަށް ބާއްވާފައި އަޑި އަޑިން ޓިކެޓު ދެނީ އެހެން ޕާޓީތަކުން. އަޅުގަނޑުމެން އެގޮތަކަށް ނަހަދާނެ. މި ޕާޓީން އޮޅުވައެއް ނުލާނެ،" ޖާބިރު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރާނެ މީހުން ކަނޑައަޅަން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށް ޑީއާރުޕީން ބުނި އިރު، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޕްރައިމަރީ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ބައެއް މީހުން ވަނީ ކެމްޕެއިން ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޖކކ
15 December 2019
ޖާބިރު އެވެ ގޮޑި ތިޔަ ހޯދަނީ އިރުއާ މަންޒަރު ބަލަން ހެއްޔެވެ
ކަނބިލި އާދަން މަނިކު ބެ
15 December 2019
ކަލޭމެން ބޭނުންވާ ވަރަށް ގޮނޑި އެބަ ހުރި ބަލާ އާދޭ
ސާއިފު
14 December 2019
ލިބެރަލް ވިސްނުން ކުރިއަށް ނެރެގެން އެބައި ޕްރޮމޯޓްކުރާ މީހަކަށްވާތީ އަންނިއަށް ސަޕޯރޓް އޮތީ. ޖާބިރު އަކީ ކޮންޒަވޭޓިވް އަދި ލިބެރަލް އަކީ ކޯއްޗެއްކަން ނޭގޭ މީހަަކަށްވާތީ ސަޕޯރޓެއްނެތީ. ދެމީހުންނަކީވެސް އަނެއްހެން ބުނާނަމަ އެއްވަރުގެ 2 ކހނ
ދަތްނެތްކުއްޖާ
14 December 2019
ސާބަހޭ ޖާބުރޫ. ޔަޤީން ޕީޕީ އެމަށް ވުރެ ގިނަ ގޮނޑި ޑީ އާރ ޕީ ހޯދާނޭކަން.
ޢަލްހާން ފޭދޫ
14 December 2019
ޕީ.ޕީ.އެމް އަށްވުރެ ގިނަގޮނޑި ޑީ.އާރު.ޕީ ހޯދައިފިއްޔާ މަ ސިޔާސީ ވާހަކަ ދެއްކުން ހުއްޓާލާނަން...
އަހުމަދުބޭ
14 December 2019
ޕުރައިމަރީ ބޭއްވޭނީ އެވަރުގެ ޕާޓީއަކަށްދޯ، މިއަދު ނަމަކަށް ޑީއާރޕީ އޮތީވެސް، މިކަހަލަ ކަމެއްނުކުރާ ޕާޓީތަށް އުވާލަންވީ
ބޮޑުމީހާ
14 December 2019
ރަގަޅު ޖާބިރު ހިތްވަރު ދޫކޮށްނުލާތި
ރަބަރު
14 December 2019
ހުރިހާ މީހުންގެވެސް އަމާޒަކީތިއީ. ކާމިޔާބުވާނީ ރައްޔިތުންގެ ވިންދާ ކުޅެން އެނގޭމީހުން
ގަޓް ބްރޯ
14 December 2019
ޑީއާރުޕީ އިން 5 ގޮނޑި ހޯދިޔަސް އެވާނީ ބޮޑު އަޖައިބަކަށް.
ދޮންކަލޯ
14 December 2019
ދަންނަވަންތޯ މިހާރުވެސް މަނިކުފާނު ތިހުންނެވީ ތިޕާރޓީގެ ތެރޭގައިހުރި ހުރިހާ ގޮޑިއެއްވެސް އަނބިދަރިންނާއި ކޮއްކޮމެންނަށް ބަހާލައިފަނޫންތޯ. އަދިވެސް ބާކީ ގޮޑިއެއް އޮތިއްޔާ ރަށުގެ އަވައްޓެރިންނާއި ކާށިދޫގެ ކަންވޮށިވެގެންވާ ބަޔަކަށް ދެއްްވަންވީ ނޫންތޯ.
އަލްޖިބްރާ
14 December 2019
ގިނަ ގޮޑި ތަކެއް ލިބޭނީވެސް ކަލޭގެ ފަރާތުން މަންފާތަކެއްވެސް މިޤައުމަށް ވާނެ ނަމަ ! ކަލޭގެ ފުށުން ޤައުމަށް ފައިދާއެއް ނުވާތާކު ވާނީ ހުސް ގެއްލުން ! މިވަރުބަޔަކަށް ވޯޓުދޭނެ ގޮތެއް ނޯންނާނެ !