ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ. --ފޮޓޯ/މަޑުއްވަރީއޮންލައިން
18 ޑިސެމްބަރ 2019 - 12:37
ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގަނީ ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރަގަންނަމުންދާ މީހުން ހޯދައި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ސިފައިން އަދި ކަމާގުޅޭ އިދާރާތަކުން މިއަދު އަންނަނީ މަޑުއްވަރީގެ ގެތަކެއް ބަލައި ފާސްކުރަމުންނެވެ.
އިސްލާމްދީނުގެ ނަމުގައި މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތަކަށް އަރައިގަންނަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތާއީދުކޮށް، މަޑުއްވަރީގައި އެ ފިކުރު ފަތުރައި ހަނގުރާމަ އަށް މީހުން ފޮނުވާ ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ދިރިއުޅެ އެވެ. އެ ފިކުރުގައި، އެ ރަށް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަން ކައުންސިލުން ވަނީ ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފަ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އެ ރަށަށް އެރީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ، ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގުމުގެ މަސައްކަތާ ދެކޮޅަށެވެ. އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ މީހުން އަނިޔާވެރި ގިނަ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ މީހުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކޮށް ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މީހުން ގެންގުޅެނީ މުޖުތަމައާ ވަކިކޮށް، ގެ ތަކުގައި ބަންދުކޮށްގެން ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ދަރިމައިވުމާ ގުޅޭ ސިއްހީ އިންތިޒާމްތަކުން މަހްރޫމްކޮށް، ފުރާނަ އަށް ސިއްހަތަށް ނުރައްކާތެރި ހާލަތަކަށް އަންހެނުން ހުށަހެޅުމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. ކުޑަކުދިންނަށް ވެކްސިން ނުދީ، ތައުލީމުން މަހްރޫމްކޮށް، ކައިވެނިކޮށްގެން ކަަމަށް ބުނެ އެ ކުދިންނަށް އަނިޔާވެރިވަމުންދާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
"...ލިބެމުންދާ މައުލޫމާތާ ގުޅިގެން މިކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަނެ، މިތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޖިނާއީ އަމަލުތައް ހިންގާ މީހުންނާ ދޭތެރޭގައި އެ އޮޕަރޭޝަންގައި ފިޔަވަޅު އަޅާނެ އެވެ. އޭގެތެރޭގައި، އެކަންކަން ދިފާއުކޮށް، ހިތްވަރުދޭން މަސައްކަތް ކުރާ މީހުން ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކަމާބެހޭ އިދާރާތަކުން މަޑުއްވަރީގައި ހިންގާ އޮޕަރޭޝަނަށް އެ ރަށުގެ ރައްޔިތުންނާއި ކައިރި ރަށްތަކުން ވެސް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައި ދިނުން ވެސް ފުޅާ ދައިރާއެއްގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
98989
19 December 2019
ރައްޔިތުން ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ގެންގުޅެނީ 2 ފޯމިއުލަރއެއް. އެއީ ގައުމު އިގްތިޞާދީ ގޮތުން އަޑިއަށްދުއްވާލާ ފަގީރު ކޮށްލުން. ދެވަނަ- ދާހިލީ ހަނގުރާމައެއް ހިންގުވުން. ދިވެހިރާއްޖެއަކީ އެއްއާއިލާއެއްފަދަ ބައެއް. ދާހިލީ ހަނގުރާމަގައި ކެންސަލް. ދެން އަނެއް އޮޕްޝަނަކީ ފަގީރުކޮށްލާ ބަނޑަށް ބޭތިއްބުން. މިއީ މިސަރުކާރުން މިކުޅޭ ޑްރާމާއަކީ.
ރަންބުއްދި
19 December 2019
ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެ ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓްކޮށް ހިންގުމުގެ މަސައްކަތް ކުރާބަޔަކު ތިބިކަން ކައުންސިލަށް އެގޭނަމަ ޖެހޭނީ އެމީހުންގެ މައްސަލަ ތަހުގީގުކޮށް ކޯޓަޢް ހުށަހަޅާ ސާބިތުކޮށް ގާނޫނުގަ ލިޔެވިފައޮޓް އަދަބެއްދޭން.ކައުންސިލަށް އެބަޔަކު ތިބިކަން އެގޭނަމަ 2 ތިންފުލުހުން ގޮށްވެސް ހައްޔަރުކުރެވޭނެ
ކަޓޭ
19 December 2019
ކައުންސިލަރުންގެ ގޭމީހުނޭ ތިކަމުގައި އުޅެނީ.
ފުވައްމުލަކުމީހާ
19 December 2019
ރާއްޖޭގައި ތިކަންފެށިގެންއައިދުވަސްވަރު އެމީހުންހިމާޔަ ތްކުރަން ވާހަދައްކާ އެރަށްރަށަށްގޮސްހިތްވަރުދިންނީހުން ގެމަތީންހަދާންހުރީ ކިތައްދިވެހިންބާ. އެމީހުންހިފާ ހައްޔަރު ކުރަންކެރޭނެބާ.
މމމމމ
19 December 2019
އިސްލާމްދީނުގެ އިލްމެއްނެތް ބަޔަކު ޖަލްސާއެއް ބާއްވާ ވާހަކަދައްކާއިރު ނޭގޭތޯ އެކަމެއްގަ އޮންނަ އެންމެ ރަގަޅުގޮތް އެގޭނީ އެރޮގުން ކިޔަވައިގެންތިބި ބަޔަކަށްކަން. އެކަމަކު ދީނުގެ ވާހަކަތަކެެއްދައްކާއިރު އިސްލާމްދީން ރެޕްރެސެންޓުކުރަން އިސްލާމިން މިނިސިޓްރީ ނެތުމަކީ ބަލައިގަންނަކަމެއްނޫން އެހެން ހުރިހައި ކަމާބެހޭ މުވައްސަސާތައް ބައިވެރިވެފަ. މިދައްކަނީ ޓެރަރިޒަމް ހުއްޓުވުމަށް ބޭއްވި ޖަލްސާގެވާހަކަ. ޓެރަރިޒަމްއާ އަހަރެންވެސް ދެކޮޅު.
ރީތި މޫސަ
19 December 2019
ހަމަތިގޮތަށް ވަކިމީހަކު ނުބަލާ ރާއްޖޭގަތިބި ލަދީނީފިކިރުގެ އެންމެސްވެސް ހައްޔަރުކޮށްބަލަ ކީއްވެތަވަކިބަޔެއްގެ ފަހަތުންތިދުވަނީ ހަމަކޮށްބަލަ
އަހަންމަ
19 December 2019
ހަމަމިގޮތައް އިސްލާމް ދީނާއި ދެކޮޅަށް ރިޕޯޓް ނެރުނުމީހުންނާއި އިސްލާމްދީނާއި ދެކޮޅުފޮތްތައް ގެންގުޅޭތަންތަން ހޯދައި އެތަކެތި ގެންގުޅޭމީހުންވެސް ހޯދައި އެމީހުންވެސް ބަންދުކުރަން ގޮވާލަން..
ރީތި މޫސަ
19 December 2019
ހަމަތިގޮތަށް ނިކަން ވަކިމީހަކުނުބަލާ މިއުޅޭލާދީނީ މީހުންތަށްވެސް ހިފާހައްޔަރުކޮށްބަލަ
އިބްރާ
18 December 2019
ނަންވަނީ ހައްދުފަހަނައަޅާ މީހުން. މިގައުމުގަ ރައީސް އިންނެވި ލޯންޗު ގޮއްވާލީ ސިޔާސީ މީހުން. ގައުމުގަ ހުޅުޖެހީ ސިޔާސީ މީހުން. ގައުމުގެ ބައިތުލްމާލު ވަގަށް ކައި ހުސްކުރަނީ ސިޔާސީ މީހުން. މީހުން މަރަނީ ގޭންގް މާރާމާރީތަކުގަ. ބިތްޖެހިފަ ވާނުވާނޭގޭ އެތައް ބަޔަކު މަގުމަތީގަ. ދެންތިބި ބައިގަޑު ދީނާ ދެކޮޅު ރިޕޯޓް ނެރެނީ. ނަންވަނީ ދީނުގެ ހައްދުފަހަނަ އެޅި މީހުން
ސޮސެޖް
19 December 2019
ދީނުގެ ހައްދުފަހަނައެޅި މީހުނެއްނޫން، އިސްލާމްދީން ނޭގޭ ލާދީނީ ބައިގަޑެއް. ޙަގީގީ ލާދީނީ ފިކުރަކީ މިފިކުރުގެ މީހުން. ނުވިސްނޭ މީހުން ބޯކައި ނިންމައިފި.
ހަކީމް
19 December 2019
މުޅިއަކުން ރަނގަޅެން ނޫން. ގޭންގް ތަކުގެ އުޅޭ ކުދިން، މީހުން ނަކީ ސްކޫޅް ޑްރޮޕް އައުޓްސް. ދީނުގެ ނަމުގަ އެމީހުންގެ ބޯވަރަށް ފަސޭހައިން ކާލެވޭ. ގޭންގް ސްޓަރ ނުބައި ޖިހާދީއަކަށް ކޮންވާރޓް ވީމާ ވަރަށް ނުރައްކާވާނެ. އޭނައަށް ވިސްނާދީފަ އޮންނަނީ ކާފަރުން މަރައިގެން ސުވަރުގެ ދެވޭ ކަމަށް. މީހަޤީގަތް ނަމަ ކާކު މީހުން މަރަން ޖެހިލުން ނުވާނީ.
ކަޓޭ
19 December 2019
ބަލަ، ތިބުނާ ލޯންޗެއް ގޮވާލީ އަދީބު ހައްޔަރުކުރަން ރައީސްގެ ރޭވުމަކުންކަމަށްވެސް ވެދާނެނު. ގައިމު ބޮން ހެދި މީހަވެސް ދޫކޮއްލީވިއްޔަ.
18 December 2019
ނަންވަނީ ހައްދުފަހަނައަޅާ މީހުން. މިގައުމުގަ ރައީސް އިންނެވި ލޯންޗު ގޮއްވާލީ ސިޔާސީ މީހުން. ގައުމުގަ ހުޅުޖެހީ ސިޔާސީ މީހުން. ގައުމުގެ ބައިތުލްމާލު ވަގަށް ކައި ހުސްކުރަނީ ސިޔާސީ މީހުން. މީހުން މަރަނީ ގޭންގް މާރާމާރީތަކުގަ. ބިތްޖެހިފަ ވާނުވާނޭގޭ އެތައް ބަޔަކު މަގުމަތީގަ. ދެންތިބި ބައިގަޑު ދީނާ ދެކޮޅު ރިޕޯޓް ނެރެނީ. ނަންވަނީ ދީނުގެ ހައްދުފަހަނަ އެޅި މީހުން
ޣޣ
18 December 2019
އަޅުގަނޑުގެ ސުވާލަކީ ޕާޓޭންމީހުންނަށް ރޯމާ ދުވާލު ހަމަލާދޭއިރު ޕާޓޭންތަ ދޫކޮށްފަ ތިބެނީ ކީއްވެ ހޭ؟ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއް؟؟؟؟ ބަދަރެއް ހޮސްޕިޓަލެއް އެޅިއްޔެއްނޫން!!! މި ސަރުކާރު ކަމަކީ ހުސް ޕްރޮޕެގެންޑާ ހިންގުމާ ރައްޔިތުންނަށް އަނިޔާވެރިވުން!!!! ވޯޓް ދިނީ ޕްރޮޕެގެންޑާ ހިންގާކަށް ނޫން