ޚަބަރު / ރ. މަޑުއްވަރި

ކައިވެނީގެ ނަމުގައި ކުއްޖަކު ރޭޕްކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ!

ރ. މަޑުއްވަރީ: އެ ރަށުގައި ހައްދުފަހަނާޅައި ދިއުމުގެ ފިކުރު ފެތުރޭތާ އަހަރުތަކެއް ވެއްޖެ. --ފޮޓޯ/މަޑުއްވަރީ އޮންލައިން

ކައިވެނީގެ ނަމުގައި ރ. މަޑުއްވަރީގައި ވެސް އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް އިއްޔެ ފެންމަތިވެއްޖެ އެވެ.

މި މައްސަލަ ފެންމަތިވީ، އެ ރަށުގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުންގެ ހަރަކާތްތަކުން އާއްމުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ބިރުވެރިކަން އުފެދި، ފުލުހުންނާއި ސިފައިން ހިންގާ އޮޕަރޭޝަންގެ ތެރެއިންނެވެ. ހަރުކަށި ފިކުރުގެ އާއިލާއަކަށް ނިސްބަތްވާ މި ކުއްޖާ އިއްޔެ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ވެސް އެ ރަށުގެ ބައެއް މީހުން ބުންޏެވެ.

މީގެ ކުރިން ފެންމަތިވީ، މަޑުއްވަރީ އިސްމާއިލް ހައްމާދު، އެހެން ރަށެއްގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާ ބަނޑުބޮޑުވެ ވިހެއި މައްސަލަ އެވެ. ކައިވެނީގެ ނަމުގައި އެ ކުއްޖާ ޖިންސީ ޝިކާރައަކަށް ހެދި މައްސަލަ ފެންމަތިވީ ހަރުކަށި ފިކުރުގެ ހައްމާދާއި މަޑުއްވަރީ އިސްމާއިލް އާސިފްއާ ދެމެދު ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ.

ހައްމާދު ކައިވެނީގެ ނަމުގައި އަނިޔާކުރީ މަޑުއްވަރީ ކުއްޖަކަށް ނޫނެވެ. އެ އަންހެން ކުއްޖާގެ ބައްޕަ އަކީ އެނގިފައިވާ ގޮތުގައި، އއ. ހިމަންދޫ މީހެކެވެ. ހައްމާދު، ރޭޕްކުރި ކުއްޖާ އާއި އޭނާގެ ދަރިފުޅު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފަ އެވެ.

މަޑުއްވަރިން ވާހަކަ ދެއްކި އަންހެނަކު ބުނީ އެ ރަށަށް ނިސްބަތްވާ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކީ، ބަނޑުބޮޑު ކަމުގެ ތުހުމަތާ އެކުގަ އެވެ. އެކަމަކު އެ ކުއްޖާ ބަނޑުބޮޑު ނޫން ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

"އެ ކުއްޖާ ކައިވެނިކުރުވުމާ ގުޅޭ ގޮތުން އެހުމުން ބުނި ކަމަށް ވޭ ކޮބައިހޭ މައްސަލަ އަކީ؟ އެ ކުދިންގެ ސިކުނޑި އަށް އެ ފިކުރު ވައްދާފައި ހުރި ވަރު އެއީ،" މަޑުއްވަރީގެ އަންހެނަކު ކަންބޮޑުވުން ފާޅުކުރި އެވެ.

އޭނާ ބުނިގޮތުގައި މިދިޔަ އަހަރުން ފެށިގެން އެ ކުއްޖާ ސްކޫލަކަށް ނުފޮނުވަ އެވެ. އޭރުއްސުރެން މި މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެ ރަށަށް ގޮސް ބަޔާން ވެސް ނެގި ކަމަށް ވެ އެވެ. މި ކުއްޖާ ސްކޫލަށް ނުދާ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ޓީމަކާއި ރަށު ކައުންސިލަރެއްގެ އިތުރުން ސްކޫލް ޓީޗަރަކު ވާހަކަ ދެއްކި ކަމަށް "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަޑުއްވަރީގެ މި ކުއްޖާ އަށް އިހުމާލުވެފައިވާ މައްސަލައިގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަދި ވާހަކައެއް ނުދައްކަ އެވެ.

މަޑުއްވަރީގައި އުޅޭ ހައްދުފަހަނައަޅައިދިއުމުގެ ވިސްނުމުގެ މީހުން ގަބޫލުކުރާ ގޮތުގައި، އަންހެން ކުދިން ބާލިޣުވުމުން، ދެ ޖިންސް އެކީގައި ކިޔަވަން ފޮނުވުމަކީ އިސްލާމްދީނާ ޚިލާފު އަމަލެކެވެ. އެ މީހުންގެ އަނބިންނާއި ޅަ އަންހެން ކުދިން ގެންގުޅެނީ ބޭރަށް ނުނެރެ ގޭތެރޭގަ އެވެ.

ޅަ އުމުރުގައި ކައިވެނިކުރުވުމާއި ބަލިވެ އިނުމާއި ވެކްސިން ނުދިނުން އަދި ތައުލީމުން މަހްރޫމްކުރުމަކީ ހައްގުތަކެއް ނިގުޅައިގަތުން ކަމަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.

ސަލާމަތީ ޚިދުމަތްތަކުން މަޑުއްވަރީގައި ހިންގަމުން އަންނަ އޮޕަރޭޝަނާ ބެހޭ ގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރަމުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް. ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭން ޖެހޭ ހައްގުތައް މަހްރޫމްކޮށްގެން ގެންގުޅުމަކީ އެމީހުންގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކެއް،" ބަޝީރު ވިދާޅުވި އެވެ. ކުޑަކުދިންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން ވެކްސިން ދިނުމާއި ކިޔެވުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައިވާ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ. ފުލުހުންގެ އޮޕަރޭޝަންގައި، ހެކީގެ ގޮތުގައި ބެލެވޭ އިލެކްޓްރޯނިކް ގިނަ އާލާތްތަކަކާ އެކު ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ފެނިފައިވާ ކަމަށް ބަޝީރު ވަނީ ވިދާޅުވެފަ އެވެ.

39 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 71%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާލުމަށް އެދެ މޭ

20 December 2019

ކޮންފިކުރެއްގެ ބައެއްބާ އަ މިއްލަ ދަރިޔާބެހެނީ ކުޑަކުދިންނާ ބެހު މަކީ އާއް މުކަ މަށްވެ ކޮއް މެދުވަހަކު ސުރުޙީތަކުން ފެންނަކަ މެހަރުކަށިވެ އާއް މުންނަ ނުރައްކާވެގެން ތިރަށުގެ ރައްޔިތުން މިހުރިހާދުވަހު ކީއްކުރީ ފިކުރުތަ ބައިއަޅާ މިނިވަން ފިކުރެ އުފެދުނުފަހުން ގައު މާ ރައްޔިތުންނާ އިސްލާ މްދީނަށްިބުނު ނުރައްކާ ހާ މަނުކުރަނީކީއްވެ ބޯހި މެނު މަށް މައުލޫ މާތު ނުދީގެން ކުރީގެ ސަރުކާރުތަކުން އުޅު މުން މިބައި މީހުންގެ ދިފާއުގަނުކުތީ މޑޕ މިވާހަކަ ނުދައް

The name is already taken The name is available. Register?

އަހޫ

20 December 2019

ހުރިހާވެސް މައްސަލައަކީ މިއިސްލާމީ ޤައުމުގައި އިސްލާމީ ޝަރީޢަތް ގާއިމްނުކުރުން. ނިކަން އިސްލާމީ ޝަރީއަތް ގާއިމްކޮށް ޙުކުމްތައް ތަންފީޒުކޮއްބަލަ. ޔަގީނުންވެސް މިހުރިހާކަމެއް ހުއްޓޭނެ.

The name is already taken The name is available. Register?

މޮގޮމްބޯ

20 December 2019

ޑޮޓު މީހުންގެ މަގުސަދު ހާސިލު އެބަވޭ މަޑުމަޑުން. ތިކަމުގެ އަސަރު އައްޑޫއިންވެސް ފެންނަން ފައްޓާއިފި މިހާރު. އަފްއާނިސްތާނުން މީހުން ގެނެސްގެން އަޢްޑޫ މީހުން ތިކަން ފަތުރަށް ވަރަށް މަސައްކަތް އެބަކުރޭ

The name is already taken The name is available. Register?

ހާޖީބެ

20 December 2019

އިސްލާމް ދީނުގެ އެންމެ މަޑުކަށި ވިސްނުމުގެ އިލްމްވެރިއަކު އަޅެބުނެދީބަލަ ބާލިގްވުމުން (އެއީ 9 އަހަރު ކަމުގައިވިޔަސް) ކައިވެނިކުރުމަކީ އިސްލާމް ދީނުގަ ހަރާންކަމެއްތޯ ނުވަތަ ހުއްދަކަމެއްތޯ

The name is already taken The name is available. Register?

ކުޑަހުވަދޫ މަތިންދާބޯޓު

20 December 2019

ތިޔަ ރަށު ރައްޔިތުން ނިދާފަތޯ ތިބީ މިއޮއްހާ ދުވަހު މިހުރިހަ ކަމެއް ހިނގާއިރު! ދެން މިއަދު ސަރުކާރޭ، ސުކޫލޭ ޖެންޑާއޭ ކިޔާއިު ފަރުދީ ޒިންމާ އޭ ކިޔާ އެއްޗެއްވެސް ނެތީ ވިއްޔަ! ދުވަަސްކޮޅަކުން ޅަދަރިން ޖާރިޔާއަށްވެސް ހަދާނެ ޔަގީނޭ!

The name is already taken The name is available. Register?

ކާކުތޯ

19 December 2019

ހެޔޮނުވާވާނެ. އަހަރެމެންގެ ޅަދަރިން ނަށް ތިޔަހާ އަނިޔާވެރިވާކަށް

The name is already taken The name is available. Register?

އާތިކާ

19 December 2019

އައްޗީޑި މަޑުއްވަރީ އޭ ބުންޏަސް ހޮޑުލަވައި ގަނޭ

The name is already taken The name is available. Register?

ޖަމީލް

19 December 2019

ކަލޭމެން ދާންވީ ނު ކަންދަހާރަށް

The name is already taken The name is available. Register?

ކާކުތޯ

19 December 2019

މީ ދުނިyޭގައިވާ އެންމެ ނުބައި މީހުން އެމީހުން ބޭނުންވީ މައި އެހެން މީހުންގެ އަންބިދަރިންނާއި ، މުދަލާއި ލޭވެސް ހުއްދަ އޯ

The name is already taken The name is available. Register?

އޮނުތޫރި

19 December 2019

މިރާއްޖޭގައިހިނގާ ހުރިހާ ލާއިންސާނީ އަމަލު ތަކުގެ އަޑިގައި ތިބެނީ ތިބައިގނޑު މީގެ ތެރޭގައި ބުޑެތި ވައްކަންތަށް ކުޑަ ކުދިން ނަށް ޖިންސީ ގޯނާކުރުން މީ ހުން މެރުން ފ

The name is already taken The name is available. Register?

އަމްނާ

20 December 2019

ތިބުނީ ހަމަ ބަރާބަރު ތެދެއް. މި ރާއްޖޭގައި ހިންގާ ވަރަށް ގިނަ ބޮޑެތި ކުށްތަކުގެ ފަހަތުގައި މި މީހުން ތިބޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454