ސީއޭއޭއާ ދެކޮޅަށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ސުލްހަވެރި މުޒާހަރާއެއްގައި ފަރްހާނާއި ލޯބިވެރިޔާ ޝިބާނީ.
25 ޑިސެމްބަރ 2019 - 06:57
އިންޑިއާގެ މުސްލިމުންނަށް ރަށްވެހިކަން ގެއްލޭ ގޮތަށް ފާސްކުރި ގާނޫނަކާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ އިރު، އެ މައްސަލާގައި ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރްހާން އަޚްތަރު ވާހަކަ ދައްކަނީ ތަނެއްދޮރެއް ނޭނގި ވާނުވާގައި ހުރެގެން ކަމަށް ބުނެ އޭނާއާ ދެކޮޅަށް ހިންދޫންގެ ބަޔަކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.
ފަރްހާނާ ދެކޮޅަށް ކެމްޕޭނެއް ފެށިއިރު މިދިޔަ ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ ދެކޮޅަށް މުމްބާއީގައޮ ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެފަ އެވެ. އަދި އެ ގާނޫނާ ގުޅޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށް، ފަރްހާން ޓްވީޓްކުރުމުން ހިންދޫން އޭނާ ދެކެ ރުޅިގަދަވެފައިވެ އެވެ.
އެހެންވެ ފަރްހާނާ ދެކޮޅަށް BoycottToofan@FarOutAkhtar# ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ގޮވައިލަނީ އަންނަ އަހަރު ރިލީޒްކުރާ އޭނާގެ ފިލްމު "ތޫފާން" ބޮއިކޮޓްކުރަން އެދި އެވެ. އެގޮތުން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ދަނީ އެ ފިލްމު ބަލަން އެއްވެސް ބަޔަކު ނުދިއުމަށް ގޮވައިލަމުންނެވެ.
We don't want to see a movie of such an illiterate person like @FarOutAkhtar who knows nothing about CAA & since some people wr protesting, he also gathered people to protest & did d same. Such a hypocrite. Have you ever spoken on Kashmiri Pandits? #StarSeBerozgaar #BoycottToofan
— VIPin Tripathi (@vipin3195) December 22, 2019
މީގެ އިތުރުން ފަރްހާންގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓްގެ އުފެއްދުންތައް ވެސް ބޮއިކޮޓްކުރަން ދަނީ ގޮވައިލަމުންނެވެ.
Going to request David Dhawan to cast you in ‘Bigot no 1.’ .. you are perfect for the part. https://t.co/mJY06imbA4
— Farhan Akhtar (@FarOutAkhtar) December 15, 2019
އަދި ފަރްހާނަކީ އިންޑިއާގެ ޒުވާނުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން ފަތުރަން އުޅޭ މީހެއް ކަމަށާއީ އޭނާ އަކީ ގައުމަށް ހުރި ނުރައްކަލެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
Boycott movie of this stupid man....those didn't know why he come for protest #IndiaAgainstViolence#CAA_NRC_Protest#PuneSupportsCAA#BoycottToofan #Support_CAA_and_NRC #FilmfareAwards
— Arvind Hindu (@ArvindS85497007) December 22, 2019
ބައެއް މީހުން ބުނިގޮތުގައި އޭނާ ގައުމުގައި ހަމަނުޖެހުން އުގެއްދުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަނީ ކަމުގެ ދެކޮޅު ނުބަލައި، ވާނުވާގައި ހުރެގެންނެވެ. އަދި ފަރްޚާނަކީ ތަނެއްދޮރެއް ނޭނހޭ ޖާހިލެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.
#BoycottToofan@FarOutAkhtar Misleading the youth by spreading hatred. He is the biggest threat to nation
— Shekhar (@Shekar68920980) December 22, 2019
އެހެންވެ އެ ފެންވަރުގެ އެކްޓަރެއްގެ ފިލްމަށް ބަލަންދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައްޔިތުންގެ ފައިސާ ވެސް ފަރްހާންގެ ފިލްމަށް ބަލަން ހޭދަކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
Kasam kha lo....is kut** ki movie koi nai dekhega. @excelmovies @ROMPPictures @FarOutAkhtar @Javedakhtarjadu @bollywood_life @TajinderBagga @chehriap #BoycottToofan @VIBHUBANSA @anjankabra @timesofindia @rishibagree #DilliChaleModiKeSaath @AMITSUREKA010
— CA Rupesh Agrawal (@rupesh0210) December 22, 2019
ސީއޭއޭއާ ގުޅިގެން ފަރްހާން ހިންދޫންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ އޭނާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބެލުމަށް ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.
Infact boycott movies of all those banners who produce his movies like excel movies etc. Let's share amongst us which movie is going to come from Excel. #boycottexcel
— CA Rupesh Agrawal (@rupesh0210) December 22, 2019
"ތޫފާން" އަކީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ. އޭގައި ފަރްހާން ފެނިގެން ދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ. މީގެ ޑައިރެކްޓަރަކީ ފަރްހާނަށް 2013 ގައި ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ އެވެ.
#BoycottToofan toofan to iska ab aayega... boycott Bollywood Nd especially @FarOutAkhtar isko iski aukaat dikhate h india me rehke.. Pakistan ka agenda chalata h isi ka poster boy.. I pledge not to watch this traitor's movie.#Muzaffarnagar #ISupportCAA desh ko jalaya h isne.
— Aditya Chohan (@AdityaChohan8) December 22, 2019
ޖުމްލަ 72 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ "ތޫފާން" ގެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރް. ޕަރޭޝް ރާވަލް، އިޝާ ތަލްވާރު، ސުޕްރިޔާ ޕަތަކް، ރިޝީ ކަޕޫރް، ސޯނީ ރާޒްދާން، ދަރުޝަން ކުމާރު އަދި ވިޖޭ ރާޒް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޑިއަން
26 December 2019
އިންޑިއާގެ އުފެއްދުން ދުނިޔޭގެ ހުރިހާ މުސްލިމުން ބޮއިކޮޓްކުރީމަ ކިހިނެއްބާވާނީ
އިބްރާހީމް ހާއިލް
26 December 2019
އެއް ޓުއީޓެއް ނުކުރިޔަސް ހިނދޫންނަކީ މުސްލިމުންގެ އެންމެ ބޮޑު އަދުއްވުނެ. އެމީހުން ރުޅިއަންނާނެ.. އިސްލާމުން ރުޅި ގަދަ ނުވާނެކަމަށްތަ އެމީހުން އެއުޅެނީ.. ވިހާ ގިނަމީހުން ހަމަ ދެކޮޅަށް ޝޫޢޫރު ފާޅުކުރަންވީ.. އެތިވަ ޚާނުތައް އެހެން ތިބޭތީ ދޯ މައްސަލައަކީ
ނަންނުޖަހާ
26 December 2019
ފަރަހާން އަށް ސެލިއުޓްކުރަން. ހަމަ އެކަނި މުސްލިމުންނާ އެއްކޮޅަށް ނުކުންނަން ކެރުނު ހިއްވަރު ގަދަ ބަޠަލެއް. އިންޝާ ﷲ މުސްލިމުންނަށް ނަސްރާ ފަތަޙަ ދެއްވާނެ. ޔާ ﷲ މޯދީ ހަލާކު ކުރައްވާ އިބައިލާހުގެ ބާރުވެރިކަމުން އޭނަޔާ އޭނަގެ އައުވާނުން ހަލާކުރައްވާ މުސްލިމުން ބާރުވެރިކުރައްވާ ދެނވެ. އާމީން.
ރައްޔިތުން މިހާ
26 December 2019
ބޯއިކޯޓް ކުރަން ގޮވާލާ މީހުން ފޮލޯވާސް 35 ވުރެ ދަށް،
ޑިމޮކްރަސީ
25 December 2019
އިންޑިޔާގެ ވެރިކަމުގަ މިހާރު ތިތިބީ މުސްލިމުންނާ ވަރަށްދެކޮޅުބައެއް މުސްލިމުންފޮހެލަންމަސައްކަތްކުރާ އަނިޔާވެރިބައެއް އަހަރެމެން ދިވެހި އެއްވެސް މުސްލިމަކު އެމީހުންނާ އެމީހުންގެ ބައިވެރިންނަށް ދުވަހަކުވެސް ހެވެއްނޭދޭނަން އިންޝާﷲ
ހަސަނުގެދަރި
25 December 2019
މުސްލިމުންނަކަށް އަމާޒެއް ނުކުރޭ އެކަމަކު 2021 ގެ ނިޔަލަށް އިންޑިއާ އިން މުސްލިމުން ނަްްތާލާނެކަމަށްވެސް ސަރުކާރުގެ އިސްމީހުން ބުނޭ ކީކޭ މިކިޔަނީ
އަލީ ރަޝީދު
27 December 2019
މޯދީ ކިތަންމެ ތެޅުނަސް ނުވާނެ، އިންޑިއާ އަކީ އިސްލާމީ ތާރީޚުގައި އެތައްސަތޭކަ މުސްލިމު ވަލީވެރިންނެއް ވަޅުލެވިފަ އޮތް ބިމެއް، ވީމާ މާތްރަސްކަލާނގެ ރަޙްމަތުން އިރާދަކުރެއްވިއްޔާ އިސްލާމްދީނެއް އިންޑިއާއަކުން ނުފޮހެވޭނެ