ބްރިޖްގައި އެކްސިޑެންޓްވީ ޖިޕު ނަގައިގެން ގެންދަނީ
26 ޑިސެމްބަރ 2019 - 18:37
ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕަކުން ޖެހި ހިނގި ބޮޑު އެކްސިޑެންޓުގައި، އެ ޖިޕް ދުއްވަން އިން ބިދޭސީ ޑްރައިވަރުގެ ލައިސަންސް އިއްޔެ ބާތިލް ކޮށްފި އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން، މިދިޔަ ހުކުރު ވިލޭރޭ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހުޅުލޭ ކޮޅުން ބްރިޖަށް އަރައިފައިބާ އިރު މަޑުކުރަން ޖެހޭ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ވެހިކަލްތަކުގައި ޖިޕަކުން ޖެހިގެންނެވެ.
ފުލުހުން މިއަދު ބުނީ، ޖިޕް ދުއްވަން އިން ބަންގްލަދޭޝްގެ ޑްރައިވަރުގެ ލައިސަންސް ބާތިލް ކުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނިންމީ ތިން އަހަރު ދުވަސް ވަންދެން އޭނާ އަށް ލައިސަންސް ނުދިނުމަށް ކަމަށެވެ.
މާލެއާ ވީ ކޮޅުން ބާރު ސްޕީޑްގައި ދުއްވާފައި އައި ޖިޕެއް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި އެ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް ފުލުހުން އޭރު ބުނެފައި ވެ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިން އިރު ޖިޕް ދުއްވަން އިން މީހާ އަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެކަމަކު އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.
ބޮޑެތި އެކްސިޑެންޓްތަކުގައި އިހުމާލުވާ މީހުން ދެނެގަތުމަށް ފަހު ލައިސަންސް ހިފެހެއްޓުމާއި ބާތިލު ކުރުން ފަދަ ފިޔަވަޅުތައް އާއްމު ގޮތެއްގައި އަޅަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ނަސީރު ވައިކަރަދޫ
28 December 2019
މިހާރު ބޮޑު މީހާ ކާރު ދުއްވަން ގެންނަ ބޮންދުވެސް އަވަސް ރައިޑު ދަތުރުކުރަނީ. ޕޮލިހުންނަށްވާ ކަމެއް ހަރާން
ހަ މަހަ މަ
28 December 2019
ޢަހަން.... ބަޔަކު ފިލިކަ މަށްވެސް ނުވެ ބިދޭސީ ސޮރެއް މި ކުއްވެރިވީ.... ޥަރަށް ހޮލީވުޑްގެ ފިލް މުތަކާ ޑުރާ މާތައް ބަލައިގެން ދަސްކޮޢްފިހެން ހީވަނީ.
ަސަހަރޯ
28 December 2019
ބިދޭސީ މީހާ ބޮލަށް ކެނޑީ. އޭނާތަ / ދުއްވަން އިނީ.
ހިމަރޯޅިފަށް
28 December 2019
ވަޒިރުންގެ ކާރުކޮޅުތަކުގަވެސް ބަންގާޅު ޑްރައިވަރުން
ނިޔާމަ
28 December 2019
ގައިމު ދުށިން، ނޫހުގަ ލިޔެފަ އޮއްވަ ޖިޕްގަ ތިބިމީހުން ފިލިވާހަކަ. ކިހިނެއްބާ މިވަނީ
ކައިލްސް
28 December 2019
ބަންގްލަދޭޝް މީހަކު އަތުން ވީމަ އަވަހަށް ލައިސެންސް ބާތިލް ކުރަނީ. މަގުމަތީގަ ހޭބޯނާރާ މި އުޅޭ މީހުން އަތުން އެކްސިޑެންޓުވީމަ ބޮޑު ޕާޓީއެއް ބާއްވާފަ އެކަން ފާހަގަ ކުރަނީ. މިހާރު މަގުމަތީގަ ދުއްވޭ ވަރެއް ނޫން. އަބަދުވެސް ކޮންމެވެސް ބިރެއްގަ އުޅެންޖެހެނީ. ނަފްސާނީކަމަކަށް ވެއްޖެ. ތަންކޮޅެއް މަޑުން ގޮއްސިއްޔާވެސް އޯވަރޓޭކްކޮށްފަ ބުޅާ މަސްގަނޑަކަށް ބަލާހެން ބަލާލާފަ ދަނީ. ޑީސެންޓްކޮށް ތިބޭ މީހުންވެސް މީގެ ތެރޭގައި ހިމެނޭ. އަޙްލާގު ހުރިހާވެސްއެއްޗަކީ
ދޯބަޖޭ
27 December 2019
ޑްރައިވަރުންނަށްވެސް މިގެންގުޅެނީ ބަންގާޅުން ލައިސަންސް ކެންސަލް ކޮށްފަ އޮތަސް ޗެކް ނުކުރަންޏާ ދުއްވަންވީނުން
ނަހުލާބުނީ
27 December 2019
ލައިސަންސް ބާޠިލުކުރެވޭތަ ކޯޓުން މައްސަލަ ނުނިންމަނީސް. ޤާނޫނުގެ ކޮން މާއްދާއަކުންބާ
ޙަސަންބެ ދޮންބެ
27 December 2019
ބިދޭސީންނަށް ޑްރައިވިން ލައިސަންސް ނުދިނުން ރަގަޅީ. ޅޯންޗްފަހަރަކަށްވެސް ބިދޭސީންނަށް ލައިސަންސް ނުދޭ. ވަރަށް ނުބަލާ ދުއްވަނީ ބިދޭސީން
ގެއްލުން
27 December 2019
ތިއީ ބޮންދެއްނުން. ލާރިކޮޅެއް ޖަހާލާފަ ވަގުތުން ތިހުއްދަ އަނބުރައި އަތުލާނެ. މިއީ ބަންގާޅީން ހިތަށް އައިހައި ގޮތަކަށް އުޅެން އޮތްތަނެއް. މިކަހަލަ ވާހަކައެއް ބުނެލާއިރަށް ބަންގާޅީންނާ ނުލައި ނޫޅެވޭ ދިވެހިން ކިޔަންފަށާނެ މިވެނިކަމެއް ކުރަނީ ބަންގާޅީންނޭ. އެމީހުން ނެތި ކިހިނެއްހޭ އުޅޭނީ. ބަލަގަ 2000 ގެކުރިންވެސް އަހަރެމެން އުޅުނިން. އުވަދަވައި ރާނައި ވެލިގާނަގައި ރާނަންބޭނުންކޮށް ބުރަމަސައްކަތުން އުޅުނީ. އެހެންކަންކަންވެސް ކުރީ އަމިއްލަޔަށް ހަމަ.