ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް: ގާސިމް

ގާސިމް (ވ) އަދި އަލީ ވަހީދު-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުކުމެވަޑައިގެންފި އެވެ.

އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކާ ހެދި ޖޭޕީގެ ހަރަކާތްތަކާ ދުރުގައި ހުންނެވި އަލީއާ އެއްކޮޅަށް ގާސިމް މި އެރުއްވީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް ރަނގަޅު ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަ ވަރަށް ބޮޑަށް ހޫނުވެ، އަލީގެ އިސްތިއުފާ އަށް ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.

ރިސޯޓުތަކުގެ ވެރިންނާއި މެނޭޖުމަންޓުގެ ދިފާއުގައި މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައިގައި އޭނާ "ހޫނުފެނަށް" ވެއްޓުމުން ފަހުން ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ. އަލީ ވިދާޅުވީ، ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ އެ ވާހަކަތަކަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ހަތަރު ވަރަކަށް ދުވަހު މިނިސްޓަރު އަލީ އުޅުއްވަނީ ނިއުސް ކޮންފަރެންސް ގައި އޭނާ އަށް ވިދާޅުވެވުނު ވާހަކަތަކުން ސަލާމަތް ނުވެ، ތަފާތު ޕްރެޝަރުތަކުގެ ތެރޭގަ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާއާ ދެކޮޅު ޓުވީޓުތަކާއި އިސްތިއުފާގެ އަޑުތައް ގަދަ އެވެ.

އަލީގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އޭނާގެ ދިފާއުގައި ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅުއްވަނީ މިނިސްޓަރެއް ނޫން ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީ އަށް ވިޔަސް، މުވައްޒަފުންނާ ބެހޭ ކަމެއް ވިޔަސް، އެ ކަމެއް [އަލީ ވަހީދު] ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް އޮތް ގޮތަކަށް ކަން ޔަގީން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ކުރިމަތިވި ސިޔާސީ ފިއްތުންތަކާ ހެދި ގާސިމް ޖަރުމަނަށް އަމިއްލަ އަށް އަރުވާލެވިގެން އުޅުއްވި ދުވަސްވަރު އެކުގައި ހުންނެވި އަލީ އަށް ތައުރީފު އޮއްސަވަމުން ގާސިމް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

އަލީ، ދިފާއު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ނުކުމެވަޑައިގެންފަ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރެއްގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އަލީ އަށް އިތުބާރުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ފުރިހަމަ މަންފާ ރާއްޖެ އަށް ލިބުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވުން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އަލީ ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގަންނަވާކަމަށް އިމްރާން ވިދާޅުވި އެވެ.

30 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 0%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޓޭ

29 December 2019

ގާސިމަށް އަލީވަހީދު އަދި މާ ރަގަޅުވާނެ ސަރވިސްޗާޖް ދޭލެއް މާ ގިނައޭ އަލީވަހީދު ބުނިނަމަ. އެ ދެން ވަރަށް ގާބިލްވީ.

The name is already taken The name is available. Register?

މަކީޓާ

29 December 2019

ގާސިމް ތިހެން ބުނުމަކުން އެއީ ރައްޔިތުން ދެކޭގޮތްކަމަށް ވާކަށް ނުޖެހޭ. ވަޒީރުން ގާބިލްތޯ ނާގާބިލްތޯ ނިންމާނީ ރައްޔިތުން. ވަޒީރުން ގާބިލްތޯ ނިންމާނީވެސް ރައްޔިތުން.

The name is already taken The name is available. Register?

އިހުމާލް

29 December 2019

ދެންވެސް ރިސޯޓު ބޯއިސްގެ ކަންތައް ފުރިހަމަ ނުކޮށް ވޯޓު ހޯދަން ނައަށްނާތި.. އިން ކަމް ޓެކުސް ނަގަން ފާކުރި، ހަމަ 33% އަންހެނުން ތިބެން ޖެހޭކަމަށް ޤާނޫނު ހަދާފަސްކުރުވި، ކީއްވެތަ، ސަރވިސްޗާރޖު، 10% ނަގަން ޖެހޭކަމަށް، ކަނޑެނެ އެޅިގެން އުޅެނީ، އަދި މިނިމަމް ވޭޖު، ކަނޑަ ނެއެޅިގެން މިއުޅެނީ..

The name is already taken The name is available. Register?

އާދަމް ބާއީ

29 December 2019

އަދި އޭގެ އިތުރަށް ރިސޯޓިތަކުގައި 80% ދިވެހިންކަމަށް ހަމަ ގާނޫނަކުން ކަނޑައެޅިދާނެ.

The name is already taken The name is available. Register?

ހަގީގަތްމިއީ

29 December 2019

ޢަލީ ވަހީދަކީ އެކި ޕާޓީއަށް ދުވެ ދުވެ ހުންނަ ތާކުންތާކު ނުޖެހޭ ޓޫރިޒަމްގެ ދާއިރާ ނުދަންނަ އެދާއިރާ ނުކިޔަވާ ހުރި މުއްސަނދިންގެ ތައްޕާހުގަ އުޅޭ މީހެއް

The name is already taken The name is available. Register?

ދީމާހު

29 December 2019

ރައްޔިތުންގެ ތެރެއިން އާދައިގެ މީހުންގެ ހާލަތައް ނުވިސްނާ ސިޔާސަތުތައް ބައްޓަން ކުރާއިރު މުއްސަނދި މަހުޖަނުންނަށް ވިސްނާ މީހުން މަހުޖަނުންނަށް ކަމުދާނެ. ވޯޓް ލާންވީމާ ނާންނާތި ރައްޔިތުން ކައިރިއަށް އާދޭސް ކުރަން

The name is already taken The name is available. Register?

ޙުސާމް

29 December 2019

ޥޯޓު ލިބޭނެ. ޙޮވެންވެސް ހޮވޭނެ.

The name is already taken The name is available. Register?

ކަޅޭ އެކަހެރި ރިސޯރޓު

29 December 2019

ވަހީދާއި ޤާސިމަށް އާ އަހަރުގެ ތަހުނިޔާ ދަންނަވަން!

The name is already taken The name is available. Register?

ގަސި

29 December 2019

އަލީ ވަހީދުގެ ހިންގުންތެރި ކަމުން ލަދުގަންނަ ވަރުވޭ 1 އަހަރުތެރޭ 100 ރިސޯޓް ހުޅުވާ ދިވެހި މުވައްޒަފުންގެ މުސާރަ 20000 ރުފިޔާއަށް މަތިކޮށްފި

The name is already taken The name is available. Register?

ފފފފ

29 December 2019

އަލީވަހީދު ކަނޑަނާޅާ ކަމެއްވެއްޖިއްޔާ ފޮނިކަނޑަށް ސަރުކާރުން އެކަމުގެ ތެރެއަށް ބޭނިގަނެ ރައްޔިތުން ގުނބޯ ހެއްދީ ކީއްކުރަން. ގާސިމަކީ ދިވެހިރައްޔިތުންގެ ޖީއެސްޓީން ވިޔަފާރިކުރާ މީހެއް. ގާސިމުގެ މުދަލަކީ ދިވެހިރައްޔިތުންގެ މުދާ.. އަނގަނުތަޅާ މަޑުން ހުރޭ. ތިހުރިހާ މުދާ ދިވެހިރައްޔިތުން އަތުން އަދިނަގާނެ.

The name is already taken The name is available. Register?

ެލަބީބު

29 December 2019

ގާސިމް ތިޔަ ވިދާޅުވި އެއްޗަކުން ސިޔާސީގޮތުން ލިބޭނީ ދެރައެވެ. ނަމަވެސް އާއްމު އުސޫލުން ޤާސިމަކީ ސިޔާސީގޮތުން ވާނެ އެއްޗަކަށްނުބަލާ ހިތާއި ބޭރާ އެއްގޮތަށް ވާހަކަދައްކާ ބޭފުޅެކެވެ. އެކަމަށް ތާއީދެވެ. ނަމަވެސް އަލީ ވަހީދަށް ތާއީދެއްނުކުރަމެވެ. ސިޔާސީގޮތުން ކުރިއަރަން ބޭނުންނަމަ ނުބުނަންޖެހޭ އެއްޗެތިވެސް ހުންނާނެއެވެ. އެކަމަށް ވިސްނާށެވެ.

The name is already taken The name is available. Register?

ފަޒުލް

29 December 2019

ބަަލަ އަ މިއްލަ ޖީބުން މިލިއަނުން ޑޮލަރ މަދުވާނެގޮތެއް ހަދާނެތަ..އަލީވަހީދުގެ ވާހަކަ ރަނގަޅުވެގެން ނޫނޭ..އަދި ގާސި މްގެ ހިތް ރަގަޅުވެގެން ނޫން..

The name is already taken The name is available. Register?

ހަގީސް

29 December 2019

ދެން އަލީ ވަހީދު މާފަށް އެދުނު ވާހަކައަކަށް ގާސިމް ތާއީދު ކުރީ ކީއްވެބާ..ޕްރެޝަރ ބޮޑުވެގން ހަމަ ގައިމު މާފަށް އެދޭނީ..ވޯޓް ގާތް ވާވަރަކަށް ރިސޯޓް މީހުންގެ ވޯޓް ހޯދަން އުޑުން ތަރިބާލާނެ..ހަނދާން ކުރާތި ރިސޯޓުތަކުން ވޯޓްގައި ބޮޑުމަންޒަރު ދައްކާލާނަން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454