31 ޑިސެމްބަރ 2019 - 12:55
ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމާމެދު މިއަދު ގޮތެއް ނިންމައި އެކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގާނޫނު ބުނާގޮތުން، އެ އަދަދަށް މީހުން ހަމަވެއްޖެ ނަމަ ސިޓީއެއްގެ ދަރަޖަށް ދެވޭނެ އެވެ. އެ ރަށް ސިޓީ އަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ދެންމެ ވިދާޅުވީ، އެކަމާ މެދު ގޮތެއް ނިންމައި ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.
ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދިނުމާ މެދު ސަރުކާރުން ނިންމާނެ ގޮތެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އެ ރަށަށް ސިޓީގެ ދަރަޖަ ދޭނެ އެވެ.
Demand thakaaeku Kulhudhufuttah City ge dharaja libeyne: Council
The most trusted news source in the Maldives
Mihaaru
ސިޓީއެއްގެ ދަރަޖަ ލިބޭނެ ކަމަށް ކައުންސިލުން ބުނުން--
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިއުލާން ކުރިއިރު، ކުޅުދުއްޓަށް އިންތިޚާބު ކުރަން ނިންމާފައިވަނީ ރަށު ކައުންސިލެކެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އިހުތިޖާޖު ކުރަން ވެސް ނިންމި އެވެ.
ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސް އަބްދުލް ލަތީފް "މިހާރު" އަށް އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ރަށަށް އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެއް ކަމުގެ ޔަގީންކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދީފައިވާ ކަމަށެވެ. އެއާ އެކު، އިހުތިތާޖު ނުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުއްޓަށް އިންތިޚާބު ކުރުމަށް އިއުލާން ކުރީ ހަތް ކައުންސިލަރުންނެވެ. ސިޓީ އަކަށް ބަދަލުވި ނަމަވެސް އިންތިޚާބު ކުރާނީ ހަތް ކައުންސިލަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައްޖާލު
31 December 2019
ޔޫތް ސިޓީއޭ ކިޔާ ތަނުގަ މިހާރު 50،000 މަތިން އާބާދީ އުޅެނީ. ސިޓީގެ ދަރަޖައެއް ނުދޭ. އަވަށެއްއެއީ.
ކުކުޅޭ-----2019
31 December 2019
ބަހަނާ ނުދައްކާ އަވަސް ކުރޭ>>
ޣައްފާރު
31 December 2019
އެވަރު ކޮއްފިޔޭ ސަރުކާރަށް ބިރުދައްކާ މުޒަަހަރާ ކުރާނެ ކަމަށްބުނެ...މިފަހަރު ދޭނެ ސިޓީ ދަރަޖަ..ދެން ތިބޭ ތުންމައްޗަށް ދަތް އަރާފަ ހެވިފަ..އެކަމުތީ ނަމެއްގަ ދޭ ސިޓީ ދަރަޖައެއް ޙިދުމަތެއް ނުލިބޭނެ..
ނޭގޭދޯ
31 December 2019
އެވަރު ނުކުރިޔަސް ގާނޫނުން ލާޒިމް ކޮށްފަ ހުންނަ ކަންކަން ތަންފީޒު ކުރަން ޖެހޭނެ.ރައްޔިތުން ނުކުމެގެން ވެސް އެކަން ކުރުވަން ޖެހޭނެ