މި އަހަރުގެ ފުރަތަމަ ޓޫރިސްޓު ޖާސިމް (ކ-2)އާ އެކު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. -- ފޮޓޯ/މިހާރު
01 ޖެނުއަރީ 2020 - 11:45
ރީތި ތާރީޚަކުން ފެށުނު އާ އަހަރު ފާހަގަކުރަން ރާއްޖެ އައި ބަހްރެއިންގެ މުހައްމަދު ގާސިމަށް މިއަދަކީ އޭނާ ހީކުރިވަރަށް ވުރެން ވެސް މާ އުފާވެރި ދުވަހެކެވެ. ރާއްޖެ އަށް 2020 ގައި ޒިޔާރަތްކުރި ފުރަތަމަ ޓޫރިސްޓުގެ ލަގަބާ އެކު އެއާޕޯޓުން އޭނާ އަށް ކީ ހޫނު މަރުހަބާ އެކެވެ.
ގަލްފްއެއާ އިން އަންހެނުން، ސާރާ ހެޝަމް އަލީއާ އެކު ރާއްޖެ އައި ގާސިމް ސިފަކުރި ގޮތުގައި، ގުދުރަތީ ރީތި ކަމާއި ހަމަހިމޭން ކަމުން ގިނަ ބައެއްގެ ހިތްދޫވެފައިވާ މި މަންޒިލް ހުރިހާ ގޮތަކުން ވެސް ތަފާތެވެ. ވެ.
"އަހަރުމެންނަށް މި މަރުހަބާ އަކީ ވެސް ވަރަށް ބޮޑު ސަޕްރައިޒެއް. މިއީ، ވަރަށް ތަފާތު ކަމެއް. މިއީ ޓޫރިސްޓުންނާ ރާއްޖެއާ އޮންނަ ގުޅުމަށް ވަރަށް ރަނގަޅު ކަމެއް،" ޖާސިމް ބުންޏެވެ.
ޖާސިމް އަލަށް ރާއްޖެ އަޔަސް އޭނާގެ އަންހެނުން ސާރާ މީގެ ކުރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
އެ ދެމަފިރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. މި މަރުހަބާގެ އިތުރުން، ފުރަވެރި އައިލެންޑް ރެސޯޓް އެންޑް ސްޕާއިން ވަނީ ދެ ދެމަފިރިންނަށް ޗުއްޓީ ދަތުރެއް ވެސް ހަދިޔާކޮށްފަ އެވެ.
މި އަހަރުގެ ފުރަތަމަ ޓޫރިސްޓަށް ހޮލިޑޭ ޕެކޭޖް ހަވާލު ކުރަނީ-- ފޮޓޯ: މިހާރު
ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ދެންނެވުމަށް ފަހު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ ޓޫރިޒަމް ކުރިއަރުވަން މިދިޔަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގެ ފޮނި ނަތީޖާ މި އަހަރު ފެންނާނެ ކަމަށެވެ. ބަހުރެއިނަކީ ވެސް ރާއްޖޭގެ ޓުރިޒަމަށް މުހިންމު މާކެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވި ގޮތުގައި ބަހުރެއިނުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދު ނަމަވެސް އެންމެ ބޮޑު ހޭދައެއް ކުރާ އެއްބަޔަކީ އެ ގައުމުން އަންނަ ޓޫރިސްޓުންނެވެ. އެހެންވެ އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރު ކުރަން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.
"މި މަހުގެ ތެރޭގައި ވޯގް އަރަބިއާ އާއެކު ސްޕލިމެންޓެއް އަޅުގަނޑުމެން އިޝޫ ކުރާނަންް. އެ ހިސާބުން މި ސަރަހައްދުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މަސައްކަތްް ފެށުނީ."
އަރަބި ގައުމުތަކުގެ އިތުރުން ރަޝިއާގައި ވެސް މި އަހަރު ހާއްސަ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ. އެގޮތުން، ރަޝިއާގައި "ވިޒިޓް މޯލްޑިވްސް" ގެ ނަމުގައި މަތީ ފަންތީގެ ޑެލިގޭޝަންތަކުން ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
02 January 2020
ހެޝަމް އެއީ ކޮންކަހަލަ ނަމެއް؟ ނަން ކޮމެޓީން ފާސްވާނެތަ؟ ކަލޭމެންގެ އުހުއްވަތްތެރި އަރަބީންގެ ނަންނަން ވެސް ނޭގެނީ ދޯ؟ އެ ނަމަކީ ހިޝާމް.
އޮނަރަބްލް އަފީފު ދީދީ
01 January 2020
މިފަދަ ހަރަކާތެއް ސިޓީކައުންސިލުން އައްޑޫގައިވެސް ހިންގާންޖެހޭ. މިމީހުން މިކަންކުރާގޮތުން ޔަގީނަށް އިގޭކަމަކީ ރާއްޖެ ކަމަށް އެމީހުން ބަލަނީ މާލޭ އެއަރޕޯޓަށް އަންނަ ފަތުރުވެރިންކަން. # އެހެން ނޫންނަމަ ކޮލަމްބޯއިން ގަމަށް އަންނަ މީހަކުވެސް މީގެ ތެރޭގައި ހިމެނިދާނެކަމަށް ތައްޔާރު ވާންޖެހޭ. # ގަމަށް އަންނަ ފަތުރުވެރިންނަށް ޙާއްސަކޮށްގެން 5000 ވަނަ ފަތުރުވެރިޔާ ނުވަތަ 10 ހާސްވަނަ ފަތުރުވެރިޔާ ފާހަނގަ ކުރުން ސިޓީ ކައުންސިލުން ބާއްވަންވީ ނޫންތޯ؟
ނިކް
02 January 2020
އައްޑޫއޭ!!! ތި ބަވަނަވެފަ އޮތް ދުނިޔެއާ މާ މާދުރޭ!! އެހެންވެއޭ ކިތަންމެ ވަރަކަށް ވިއްކަން އުޅުނަސް ނުވިކެނީ.. ނިސްބަތުނަ ހަމަ މަދުވާނެ އަންނަ މީހުން
މަ ނިކް
02 January 2020
ތިޔަ ރަށްގަނޑާއި އައްޑޫ ދުރުވުމަކީ ޓްއަރިޒަމް ނުހިގާންޖެހޭ ސަބަބެއްނޫން. އަހަރުމެން ނޫޅެމޭ ތިތަނަށް ގެސްޓްމީހާ ގެނެސް އަށް ގަނޑިއިރު ތިތަނުގެ ގޮނޑިއެއްގައި ބައިންދާފައި އައްޑުއަށް ގެންނާކަށް. ގަމާއި ބޭރާއި ގުޅާލާތަން ބަލަންތިބޭ. މިކަން ކުރާނަން.
ޕަރި
01 January 2020
ގަޑި ޖަހާލި ނަމަ
ޒުވާނާ.
01 January 2020
ރިސޯޓު މުވައްޒަފަކައް 10.000 ދިނު މައް ގާނޫނުގާ ލާޒި މުކުރު މައް ގޮވާލަން ރަށެއް ބީލަ މައް ލާއިރައް ދުވެނަގާ އެކަ މު ފައިދާއެއްނުވޭ މީ ކޮންފަދަ އަރަތެއްބާ ސާވިސްޗާޖު ދޭގޮތް ބެލު މައް މީރާޔާ ހަވާލުކުރުން އެދެން
އާރޫ
01 January 2020
މިހާރު ވަރަށް ރަގަޅަށް އިގިންޖެ އަލީވަހީދަކީ ރިސޯޓްއޯނަރުން ދަށުވެފަ ހުރި މިނިސްޓަރެއްކަން. އަމިންލަ ޖީބުން މީހުންނަށް މޫސަރައާއި ސާވިސްތާޖް ދޭކަށް ނުޖެހޭ. ރިސޯޓުގެ މަންސަލަ ބަލާ ފިޔަވަޅުއަޅަށްވީ މޫނަށް ކަދުރާއަށް ނުބަލާ. ބިދޭސީންގެ މެޖޯރިޓީ އަދިވެސް ރިސޯޓްތަކުގައޮތީ ސަރުކާރަށް 1 އަހަރުވިއިރު ކޮންކަމެއް ހަންލުވީ. ނޫސްކޮންފަރެސް ބާންވާފަ އަގައިން ހަންލުތިކުރަނީ.. މުއަށަޒަފުންގެ ހަންގުތައް ހޯދަދޭށްވީ ކޭކު ނުފަޅާ
ކިއްލިބާޝާ
01 January 2020
މުސްލިމަކަށް މިދަރަޖަ ލިބުމުން އުފަަކުރަން.
ރޮކިސް
02 January 2020
އެނޫން މީހުންވެސް ގެންނަނީ ޑޮލަރު. ޖެހޭނީ އެއްތާކު.
ހުރިހަ
01 January 2020
ވެލާނާ އިންޓަނޭޝަނަލް އެއާރ ޕޯޓުން މުގުރާ ހުރިހާ ރިކޯޑަކީ އައު ރަންވޭގެ ސިއްރު. ބޮޑު ރަންވޭއެއް އެޅި، ބޮޑެތި ބޯޓުތައް ޖެއްސި، ގިނަ އަދަދެއްގެ ޓޫރިސްޓުން އެ އަންނަނީ. ހުރިހާ ކްރެޑިޓެއް ނަގަނީ މި މީހުން. އަހަރެއް ވީރު ކޮންކަމެއްތަ ކުރެވުނީ ފަހެ. އަދިވެސް ޔާމީންގެ މަޝްރޫއުތައް. ވައްކަންކޮށްގެންވެސް އިގްތިސާދު ކުރިއަރަންޔާ ރައްޔިތުންނަށް ފައިދާވާނެބާ؟
ހަސަން ދިހަވަނަ
01 January 2020
އާރަންވޭގަ ބޯޓް ޖައްސަނީ ތިބޭފުޅާ އެކަނި ކަންނޭގެ... ޙަގީގަތް އެނގި ހުރެ ކޮމެންޓް ކުރީމަ މީހާ ސޯޓް ނުބޭލި ސަލާމަތްވާނެ...
ތޮއްޔިބު
01 January 2020
ޔާމީނު އަމިއްލަ ޖީބުން ޚަރަދުކޮށްފަ ހެދި ރަންވޭއެއްނަމަ ތިހެން ކިޔެދާނެ. ބަލަ އެއީ ދިވެހި ރައްޔިތުންގެ ބުރަމަސައްކަތުން ހޯދާ ފައިސާއިން ހަދަ ތަންތަން. އެކަނކަން ކުރަން ވެރިކަން ހަވަލުކުރަނީ ކޮންމެ މީހަކަ. ދެން އެކަން ކުރީމަ ތައުރީފު ކުރަން ޖެހޭ ސަބަބެއް ނެތް. އެހެން ނޫނަސް ތިން ރަންވޭގެ ކަރަދުން އެއް ރަންވޭ ކިރިޔާ ނިންމާލެވުނީ ވެރިކަން ނިމުނުއިރަށް. މަސައްކަތަށް ސާބަސް. އެހެނަސް ކޭ ފައިސާތަކަށް މަޢާފެއް ނެތް.