ހިތަދޫގެ ވަލު ތެރޭގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައި
01 ޖެނުއަރީ 2020 - 14:55
އާ އަހަރާ ދިމާކޮށް، އައްޑޫގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި 13 ފުޅި ބަނގުރާ ހޯދައި، އެކި ތުހުމަތުތަކާ ގުޅިގެން 15 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ވަލުތެރެ އާއި ފަޅުގެތައް ބަލައި ރާ ކައްކަން ތައްޔާރުކޮށްފައިވާ ތިން ތަނެއް ވަނީ ހޯދައިފަ އެވެ. އަދި އެ ތަންތަނުން ވަނީ، ކައްކާފައި ހުރި، 500 އެމްއެލްގެ 12 ފުޅި ބަނގުރަލާއި ފަސް ލިޓަރުގެ އެއް ފުޅި ބަނގުރާ ފެނިފަ އެވެ.
ހަމަ މި އޮޕަރޭޝަނުގައި ފުލުހުން ވަނީ، ރަށު ތެރޭގެ އަމާންކަން ގެއްލޭގޮތަށް އުޅުނު 13 މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންނާ ބަނގުރަލާ ގުޅުން ހުރި ކަމެއް ނޭނގެ އެވެ.
ހިތަދޫގެ ފަޅު ގެއެއްގައި ބަނގުރާ ކައްކަން ތައްޔާރުކޮށްފައި
އޭގެ އިތުރުން ހިތަދޫގެ ފިހާރައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ޖުމްލަކޮށް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ވެސް އާއްމު ހާލަތު ރަނގަޅު،" ފުލުހުން ބުންޏެވެ.
އާ އަހަރާ ގުޅުވައިގެން މާލޭގައި ވެސް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގެ ދަށުން ބަނގުރަލާއެކު މީހުން ހައްޔަރުކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔަގެ ބެއްޔާ
01 January 2020
އައްޑޫ އަކީ ހާދަ ފާޑެއްގެ ތަނެކޭ ދީ
އޮނަރަބްލް އަފީފު ދީދީ
01 January 2020
އައްޑޫސިޓީގެ މަގުތައްނާމާންވެ ރައްޔަތުން ބިރުވެރިހާލުގައި ތިބޭއިރު ވިޔަފާރިވެރިންނާއި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ވެރިން އެތިބެނީ އަބަދު ހާސްކަމެއްގެ ތެރޭގައި. # މާލެއިން ޑްރަޤު ގެނެސް އެ އެއްޗެހި ވިއްކުން އާންމުވެފައިވާއިރު މިފަދަ ކަންކަންވެސް ފުޅާދާއިރާއެއްގައި ހިންގާއިރު ފުލުހުން މިކަން ހުއްޓުވުމަށް މަސައްކަތް ކުރާތަނެއް ނުފެނޭ. # މިކަން ނުހުއްޓުވައިފިނަމަ އިތުރު ޖީލަކަށް މަސްތުވާތަކެތި ފެތުރި ސިޓީ ފަނާވެގެން ހިގައިދާނެ.
ފިލިއަފީފު
01 January 2020
ފުލުހުން އެކަނިތަ ތިކަން ހުއްޓުވުމުގެ ޒިންމާ ނަގަން ޖެހެނީ؟ ކޮބާތަ އައްޑޫ ރައްޔިތުންގެ ޒިންމާ؟ މައިން ބަފައިންގެ ޒިންމާ؟ ކީއްވެތަ ޒަމާނުއްސުރެ އައްޑޫގައި ވައްކަން އެހާ ގިނައީ؟ ދަރިން ތަރުބިއްޔަތު ކުރުމުގާ އައްޑޫގައި މައްސައެއް އުޅެނީތާ ގާއީމުވެސް.
ދައޫދު
01 January 2020
ނަސީބެއް 19ޖަހާފަ ނެތްކަން..މިހާރު 19ކިޔުން މަނާ އެއީ އެހެންބަޔަކު ރަޖިސްޓްރީކޮށްފަ އޮތް އަދަދެއް..