ލީޑްސް ޔުނިވަސިޓީ.
02 ޖެނުއަރީ 2020 - 08:55
އިނގިރޭސި ވިލާތުގައި ގާނޫނީ ދާއިރާ އިން ކިޔަވާ ކެނެޑާގެ އަންހެން ދަރިވަރެއްގެ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ނެނީ އަކު ހޯދަން އާއިލާ އިން ކުރި އިއުލާނަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކިޔައިފި އެވެ.
މުވައްޒަފުން ރެކްރޫޓް ކޮށްދޭ ސައިޓް އިންޑީޑްގައި އާންމުކުރި އިއުލާނެއްގައި ބުނީ ލީޑްސް ޔުނިވާސިޓީގައި ކިޔަވާ އުމުރުން 18 އަހަރުގެ ދަރިވަރަށް ބޭނުން ވަނީ ޕާޓްޓައިމްކޮށް މަސައްކަތް ކޮށްދޭނެ ނެނީއެއް ކަމަށެވެ.
ޝަރުތަކަށް ދަރިން ބަލަހައްޓައި ދިނުމުގެ އަހަރުގެ ދުވަހުގެ ތަޖުރިބާ އެކަނި ހިމަނާފައިވާ ނެނީގެ މައިގަނޑު ޒިންމާތަކަކީ ދަރިވަރަށް ދުވަހުގެ ތިން ވަގުތުގެ ނާސްތާ ތައްޔާރު ކޮށްދިނުމާއި ދޮވެ އިސްތިރި ކުރުމާއި ގޭތެރެ ފޮޅައި ސާފުކޮށް ދިނުމުގެ އިތުރުން ހުސްނުވާނެހެން ފްރިޖުގައި ސިއްހަތަށް ރަނގަޅު ޖޫހާއި ސްނެކްސްގެ ބާވަވްތަތައް ހިމަނައި ދިނުމެވެ.
މުސާރައިގެ ކަންތައްތައް ނިންމަން ކަނޑައަޅާފައި ވަނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނެވެ.
Meanwhile half her classmates will be working two jobs to survive.
— Jenny Foxe (@urbanfoxe) December 29, 2019
އިއުލާނުގައިވާ ގޮތުން ނެނީގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ޖެހެނީ ދަރިވަރުގެ ބިޒީ ޝެޑިއުލާ ހެދި ގޭތެރޭގެ ކަންކަން އޭނާ އަށް ބުރައަކަށް ނުވާ ގޮތަށް ބަލަހައްޓައި ދިނުމެވެ.
Wait - you get to live in the city centre apartment? And all you have to do is load a Canadian lass up with Greggs sausage rolls and wave a pledge dusters about the place?! Then cover me in maple syrup and call me Alanis - I am in.
— Kate Lister (@literaturepeep) December 30, 2019
އޭގައި ފާހަގަ ކޮށްފައިވާ ގޮތުގައި ލީޑްސްގެ ވެސްޓް ޔޯކްޝަޔާގައި ދަރިވަރު ދިރިއުޅެނީ ދެ ކޮޓަރީގެ "ވަރަށް ލޯބި" އެޕާޓްމަންޓެއްގަ އެވެ. އަދި އޭނާގެ އަތުގައި ކާރެއް ވެސް އޮންނަ އިރު، އެ ދުއްވާނެ މީހަކު ވެސް ހުރެ އެވެ.
People this rich usually kill off the help. That’s why so much of the help is skinny white women.
— Build-a-Bear Group Operative (@jackcharlt) December 30, 2019
މި އިއުލާނާ ގުޅިގެން ޓްވިޓާގައި ފާޑުކީ ބައެއް މީހުން ބުނިގޮތުގައި ފައިސާ ހުންނަ ތަނަވަސް މީހުންނަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ ބައެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
I’m studying law and work 3 jobs alongside to pay my rent. She will never cope as an actual lawyer if she can’t manage her time well enough to cook lmao.
— Buz James (@BuzJ) December 30, 2019
އެހެން މީހަކު ބުނީ، ކެނެޑާގެ ދަރިވަރު މި ފެންވަރުގައި އުޅެން ދިމާކޮށްފައިވާ އިރު، ގަބޫލުކުރެވޭ ގޮތުގައި އޭނާއާ އެކު ކިޔަވާ ގިނަ ކުދިން ވާނީ ކޯހުގެ ފީ ދައްކަން ފައިސާ ހޯދުމަށްޓަކައި ވަޒީފާތަކެއް ވެސް އަދާކުރާނެ ބަޔަކަށެވެ.
"މި ވަރުގެ މީހަކަށް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެތަ؟ އަމިއްލަ މީހާ ނުބެލެއްޓޭ މީހަކަށް އެހެން މީހުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ގާބިލުކަން ހުންނާނެ ކަމާ ދޭތެރޭ ވެސް ޝައްކު. ހަމަ ޔަގީނުން ވެސް ވަކީލެއްގެ ގޮތުގައި އަހަރެން އޭނަ ބަލައެއް ނުގަންނާނަން." މީހަކު ޓްވިޓާގައި ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްސަލައެއް ނެތް
07 January 2020
ގިނައިން ލިބެންޔާ ހަމަ ރަނގަޅަށް އުޅެލަންވީ. ހަސަދަވެރި ނުވެބަލަ.
ޝޮކެޓް
04 January 2020
ކިޔެވުމަކީ ކިޔެވުން. ފަސޭހަކޮށް އުޅެވޭ ފެންވަރު ހުރި މީހުން ހުރިހާކަމެއް ބޮލާރުވައިގެން އަމިއްލައަށް ބުރައުފުލާކަށް ނުޖެހޭ. ފުދުންތެރިކަން ހުރި މީހުން އުޅެން ވާނީ އެހެން. އޭނާގެ ސަނަބުން އިތުރު މީހަކަށް އާމްދަނީއެއް ލިބި އެ ޢާއިލާއަށް ދުވަހުގެ ފުރާގާއި ދަރީންގެ ސްކޫލް ފީއާއި އެހެނިހެން ކަންމަށް ހޭދަކުރާނެ ފައިސާ ލިބުން އެއީ ކިހާ ރަނގަޅުކަމެއްތަ؟
ކެދެރާ
04 January 2020
ތިމާގެ ބޭނުންތަކަށް ފައިސާ ހުރެ ކާކު ބުރަކޮށް އުޅެން ބޭނުންވަނީ. ދަރަންޏަށް ފަހުގެ އައިފޯނާ ސައިކަލާ ކާރާ ޗުއްޓީއަށް މެލޭޝިޔާ ސިންގަޕޯރ އަށް ދިއުމަކީ އަހަރެމެންގެ ގޮތް.
ހުސް ތަކުރު
03 January 2020
ރާއްޖޭގައި އޭލެވެލް އޯލެވެލް އެއްވަނަ ގެންނަނީ މިކަހަލަ ކުދިން. ފިލާވަޅުވެސް ގިރާފަ ފްރިޖައްލައިގެން ބޮއިގެން އުޅެގެން. ދެން ބުނާނެ ކިޔަވަން ގޮސް ނުކިޔެވިގެން އައިވާހަކަ. އަތުންފައިންމަސައްކަތެއް ނުކޮށް އިގިއްޔަކަށް ޓީޗަރަކު ގެޔައްގެންސް ސަމުސައިން ލައްވައިދީގެން ކިޔަވައިދިނީމާ އޭލެވެލް ނަތީޖާ ހުންނާނީ ރަނގަޅަށް. މިޤައުމަށް ބޭނުންވަނީ އޭލެވެލް އޭސެޓުތަކެއްތަ
ވިސްނަވާ
03 January 2020
ވަރަށް ގިނަ މުވައްޒަފުން ގެންގުޅެފިން. ކިޔެވުމުގަ މެދުމިނުގެ ނަތީޖާއެއް ހޯދާގެން އަންނަކުއްޖާވެސް އަމަލީ މައިދާނުގަ، ޑިޒިޝަންމޭކިންގަ އަދި ކަންކަން ހައްލުކުރުން ކަހަލަ ކަންކަމުގަ މާ ރަނގަޅުތި ފިލާވަޅު ގިރާގެން ބޮއެގެން ޓޮޕް ޓެން އިން ފުރޭނިގެން އަންނަ ކުދިންނަށްވުރެ. ފޮތުގަ އޮންނަ ދެލިގަނޑުގެ އިތުރުން ދުނިޔަވީ މަސައްކަތްތައްވެސް ކުދިންނަށް ކިޔާދޭން އެބަޖެހޭ. ޓޮޕްޓެން ނިންމާފަ އަމަލީ މައިދާނަށް ނިކުންނަ ކުދިން މިހާ ދަށީ ތިގޮތަށް ކިޔަވާތީ.
އަބްދުއްالله
02 January 2020
މައްސަލައެއް ނެތް. ނެނީގެ މުސާރަ ދެނީ ވަގު ލާރިޔަކުން ނޫން ދޯ؟
ޖިންނިޖިނާ
02 January 2020
ކޮބާތަ މައްސަލައަކީ އެއީ އެމީހުންގެ ކަމެއްނު މިއިންސާނުން ނުބެހޭކަމެއްވެސްނޯވެއޭދޯ
ޓުސްކް
02 January 2020
މީގައި މަައްސަލައެއް ނެތެއްނު؟ ފެންނަނީ ބަޔަކަށް ފައިސާ ލިބޭތި އެހެންމީހުން އެކަމާ ހަސަދަވެތިވާ މަންޒަރެއް.
ކަށި
02 January 2020
އަސްލުވެސް. ދިވެހި ޓުވިޓަރުގަވެސް އަތުން ފައިން މަސައްކަތް ނުކުރާ މީހުންގެ ކަމަކީ ބުރަ މަސައްކަތުން ތަނަވަސްކަން ހޯދާފަ ތިބޭ ފަރާތްތަކާ ދިމާލަށް ހަޅޭއްލެވުން.
ލަދު ދޯ
02 January 2020
ދަރިންގެ ތަރުބިއްޔަތުގައި އަހަރެމެން ގިނަ ދިވެހިންގެ ހާލަކީވެސް ހަމަ މި. ކުދިން ބޮޑެތިވަނީ ގޭތެރޭގެ އެއްވެސް ޒިންމާއެއް ނަގަން ނުޖައްސާ. އެއްވެސް މަސައްކަތެއް ނުކުރުވާ. ނަތީޖާއަކީ ޒިންމާދާރުކަމެއްނެތް، އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރަން ނޭނގޭ ޖީލެއް ބިނާވުން. ގައުމާއި ރަށާއި އާއިލާ ދެކެވެސް އެއްވެސް ކުލުނެއް ނެތުން.