އިންޑިއާގެ ސްޕޭސް އެޖެންސީގެ ވެރިޔާ ކޭ. ސިވަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އީޕީއެ
02 ޖެނުއަރީ 2020 - 11:51
ނިއު ދިއްލީ (ޖެނުއަރީ 2) - ހަނދަށް އުޅަނދެއް ފޮނުވުމުގެ ތިން ވަނަ މަޝްރޫއު އިންޑިއާ އިން އިއުލާންކޮށްފި އެވެ.
އިންޑިއާ އިން އެކަން އިއުލާންކޮށްފައި މި ވަނީ އެ ގައުމުން މިދިޔަ އަހަރު ހަނދަށް ފޮނުވި ދެ ވަނަ އުޅަނދު ޗަންދުރަޔާން-2 ހަނދުގެ ބިމަށް ތިރިކުރަން ކައިރިވެފައި ވަނިކޮށް މުވާސަލާތީ ގުޅުން ކެނޑި، ހަނދަށް ވެއްޓި، އެ މިޝަން ފެއިލްވެފައި ވަނިކޮށެވެ.
އިންޑިއާގެ ޖައްވީ އެޖެންސީގެ ޗެއާމަން ކޭ. ސިވަން ވިދާޅުވީ މީހަކާ ނުލައި ހަނދަށް ފޮނުވާ އުޅަނދު، ޗަންދުރަޔާން-3 ގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާ އިން އުއްމީދު ކުރަނީ މި އަހަރު ތެރޭ އެ މިޝަން ފަށަން ކަމަށާއި ނަމަވެސް އަންނަ އަހަރަށް ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އިންޑިއާގެ އުޅަނދު ހަނދަށް ތިރިކުރާ މަންޒަރު ސައެންސްވެރިން ބަލަނީ. --ފޮޓޯ:އޭއެފްޕީ
އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު ކާމިޔާބުކަމާ އެކު ހަނދަށް ތިރިކުރި ނަމަ އެ ގައުމު ވާނީ ހަނދަށް އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް ކާމިޔާބުކަމާ އެކު ހަނދަށް އުޅަނދެއް ތިރިކޮށްފައި ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާ އިންނެވެ.
އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ޗެއާމަން ސިވަން ވިދާޅުވީ ޗަންދުރަޔާން-3 ގައި ވެސް ހުންނާނީ ކުރީގެ މިޝަންއާ އެއްގޮތް ކޮންފިގަރޭޝަނެއް ކަމަށެވެ.
ޗަންދުރަރާން-2 އަކީ އިންޑިއާ އިން މިހާތަނަށް ހިންގި އެންމެ އުނދަގޫ މިޝަން އެވެ. ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ތިރިކުރަން ހަމަޖައްސީ ހަނދުގެ ދެކުނު ޕޯލަށެވެ. އެއްވެސް ޖައްވީ އުޅަނދެއް އަދި މިހާތަނަށް ހަނދުގެ އެ ހިސާބަށް ވާސިލްވެފައެއް ނުވެ އެވެ.
ސިވަން ވިދާޅުވީ ޗަންދުރާން-3 ގެ ރޯވާ ވެސް ހަނދަށް ތިރިކުރާނީ ހަމަ އެ ސަރަހައްދަށް ކަމަށެވެ. އަދި މިޝަންގެ އިކްއިޕްމަންޓަށް 35 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މުޅި މިޝަންގެ ޚަރަދު ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާގެ ޖައްވީ ސައެންސްވެރިންނަށް ބޮޑު ވަޒީރު މޯދީ ހިތްވަރު ދެއްވަނީ. --ފޮޓޯ:އޭއެފްޕި
އިންޑިއާގެ ސްޕޭސް ޑިޕާޓްމަންޓުގެ ޖޫނިއާ މިނިސްޓަރު ޖިތެންދުރަ ސިންގް ވިދާޅުވީ އާ މިޝަން ހުރިހާ ގޮތަކުން ވެސް ޚަރަދު ކުޑަވާނެ ކަމަށެވެ.
ސިވަން ވިދާޅުވީ މި އަހަރު 25 ޖައްވީ މިޝަން ހިންގަން އިންޑިއާ އިން ނިންމާފައިވާ ކަމަށެވެ. މީހުންނާ އެކު ޖައްވީ އުޅަނދެއް ފޮނުވުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ހަތަރު އެސްޓްރޮނޯޓުން ނަގައި، ތަމްރީނު ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް މިދިޔަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހުގެ ރޭހަނދަށް ތިރިކުރަނިކޮށް މައްސަލަ ދިމާވީ ހަނދުގެ ސަތަހައާ 2.1 ކިލޯ މީޓަރު (1.3 މޭލު) އަށް ތިރިކުރި ފަހުންނެވެ. ޗަަންދުރަޔާން-2 ޖައްވަށް އުދުއްސާލީ ޖުލައި 22 ވަނަ ދުވަހު އެވެ. އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ. ވިކްރަމް މޮޑިއުލްގެ ބައިތައް ހަނދުގައި ވަނިކޮށް ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި ވަނީ ހޯދައިފަ އެވެ.
އިންޑިއާގެ ފުރަތަމަ "މޫން މިޝަން" - ޗަންދްރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޒު
03 January 2020
އިންޑިއާގަ އުޅެވުނު އިރު ފާހަގަވި އެއްކަމައި، އިންޑިއާ މީހުންނަކީއަސްލު ސައިޒު އޮޅިފަ ތިބި ބައެއްކަން. އަބަދުވެސް ދައްކާނީ މޮޅު ވާޙަކަ. އަސްލު ހާލަތު ނޭގޭނެ. މަގުގަ 8 މީހުން ކޮރޮޅީގަ ދަމުން ބުނާނެ 2020 ގަ އިންޑިއާ އޮންނާނީ ތަރައްގީ ވެފަޔެ. އެއީ މީގެ އެންމެ 13 އަހަރު ކުރި. އަހަރެން ބުނަން ކަލޭމެން ބަލަން ތިބެއްޗޭ މިތަން އޮންނާނީ މިހެންނޭ 2050 ގަ ވެސް. ޖޯކަކަށް އަހަރެން އެހެން ބުނަނީ އެކަމަކު އެނގޭނެ މިހާޜު، މިއީ 2020
ޟަރީ
02 January 2020
ޖައްވަށް އުޅަނދެއް ފޮނުވާގެން ވެސް ތި ގައުމުގަ ރޭޕް މަދުކޮށްބަލަ
ޑާކް ސައިޑް އޮފް ދި މޫނު
02 January 2020
ތިވަރުވީމަ ދެންހުރި އިސްތަށިކޮޅު ބޭލީމަ މާ ރަނގަޅުވާނެ.
އަލީ ރާޖާ
02 January 2020
މިފަހަރު އުދުއްސާލާ އެތި ތިލަފުށިން ތޯއްޗެއް ހޯދަން ޖެހޭނީ
އަލީ ރާޖާ
02 January 2020
ރާޖޫ ބައްޔާ މެން އިއްތާލައިގެން ތިބި ގޮނޑިތައް ބަލާބަލަ. ޕަކާސް.
މިޝަން
02 January 2020
އެނގިދާނެތާ؟
މެތްސް ޓީޗާރ
02 January 2020
“...ނަމަ އެ ގައުމު ވާނީ ހަނދަށް އުޅަނދެއް ޖެއްސި ތިން ވަނަ ގައުމަށެވެ. މިހާތަނަށް ކާމިޔާބުކަމާ އެކު ހަނދަށް އުޅަނދެއް ތިރިކޮށްފައި ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާ އިންނެވެ....” ކިހިނެއް ހިސާބު ހަދާފަ މިއޮތީ؟؟
ފުރަތމަ ފޮޓޯ
02 January 2020
ވާވް.....ނައްލަ ބޯތަށި ކަޓެއް.. މިހިތް ފުރިގެން ބަންޑުން ވެއްޖެ..
ބޭސްބުޑު
02 January 2020
އޭނާގެ ބޮލަށް ތި ޖޯކު ޖަހަނީ އޭގެ ތެރޭގައި އޮތް ސިކުނޑީގެ ފެންވަރު އެނގި ލައްވާތޯ