އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ: އައްޑޫގެ ދާއިރާތަކުގެ ނަންތަކަށް މިފަހަރު ވަނީ ބަދަލުތަކެއް ގެނެސްފައި. --ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް
05 ޖެނުއަރީ 2020 - 12:00
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް އައްޑޫ ބަހުން ރޭ އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހްމަދު އަކްރަމް މިއަދު ވިދާޅުވީ، އައްޑޫގައި އިންތިޚާބު ކުރާ ދާއިރާތަކުގެ ނަންތައް ތަފާތުކޮށްލީ އައްޑޫ ކައުންސިލާ މަޝްވަރާކޮށް، ރައްޔިތުންގެ ވެސް ހިޔާލު ހޯދުމަށް ފަހު ކަމަށެވެ. ކުރީގެ ނަންތަކުގެ ބަދަލުގައި، ކައުންސިލްގައި ހިމެނޭ ދާއިރާތަކުގެ ނަން އައްޑޫ ބަހުން ކިޔަން ބޮޑު ތަރުހީބެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
- ހިތަދޫ ކޮރޮވައު ދާއިރާ
- ހިތަދޫ ބޭރުމަތި ދާއިރާ
- ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާ
- ހިތަދޫ މެދުވައު ދާއިރާ
- ހިތަދޫ މާމެންދޫ ދާއިރާ
- ހިތަދޫ ރަސްގެދަރު ދާއިރާ
- މަރަދޫ ދާއިރާ
- މަރަދޫ ފޭދޫ ދާއިރާ
- ފޭދޫ މަގޫދޫ ދާއިރާ
- ފޭދޫ މާދެލަ ދާއިރާ
- ހުޅުދޫ ދާއިރާ
- މީދޫ ދާއިރާ
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު އައްޑޫ ކައުންސިލްގައި ވެސް ކައުންސިލަރުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. މޭޔަރާ އެކު ޖުމްލަ 13 ކައުންސިލަރުން ތިއްބަވާނެ އެވެ. މީގެ ތެރޭގައި އިންތިޚާބުކުރާ ހަތަރު ކައުންސިލަރުން ހިމެނޭނެ އެވެ.
"އައްޑޫގެ ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަނުން ނަންތައް މިދިނީ ގިނަ ރައްޔިތުން އެދުނު ގޮތަށް،" އަކްރަމް ވިދާޅުވި އެވެ.
LCE2020 ga Addu City ge dhaairaa thakah zamaanun suren Addugai beynunkuramun ai nanthah kiyumah EC in kuri masahkathah Addu City ge rayyithunge kibain libilevvi ehbaarulimah shukuru dhannanvan, IA alhugandumen abadhuves masahkai kuraani rayyithunge hiyaaluthakaai eku.
— Ahmed Akram (@akram4535) January 4, 2020
ދާއިރާތަކުގެ ނަންތަކާ ގުޅޭ ގޮތުން އީސީގެ ނައިބު ރައީސް ކުރެއްވި ޓުވީޓް.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚާން123
06 January 2020
ސޯ ވަޓް؟
ހަސަދު
06 January 2020
އައްޑޫ މީހުން އަށްޑޫ ބަހުން، ތިނަދޫ މީހުން ތިނަދޫ ބަހުން، ރާއްޖޭގައި ގިނައީ ބަންގާޅުން ދެން ހުރިހާ އެއްގުމެން ބަންގާޅު ބަހުން. މިވަރުން ދިވެހި ބަސް ވެސް ގެއްލި ދާން ތައްޔާރުވީ ކަމަށް ބެލެވެނީ. ދިވެހިންގެ އާދަކާދަ ތައް ނެތި ހިގައްޖެ، ދީން ގަޑުބަޑު ވެއްޖެ، ތައުލީމް ހަލާކު ވެއްޖެ. ސިޔީސީ ކޮހުންނަށް އެއްޗެއް ވިސްނޭބާއޭ އަޅުގަނޑު ހިތައްއަރާ. ނޫނީ ލިބޭ ފައިސާ ގަޑުގެ ބޭނުމުގާ ގައުމު ހަލާކު ކުރަނީބާއޭ އަޅުގަނޑު ހަމަ ހިތަށް އަރާ.
ޢަބްދުއްލަޠީފު
06 January 2020
ބޮޑު ނުބައިގަނޑެއްގެ ފެށުން ކުރިއަށްދާތާ ދުވަސް ގަނޑެއް ވެއްޖެ. އެންމެފަހުން ސުވާދީބު ދައުލަތް އުފެދި މާލެއާ ވަކިކޮށް އިންޑިޔާ މީހުންނަށް އެދައުލަތް ހިމާޔަތް ކުރުން އެއްބަސް ވުމެއްގެދަށުން ދީ ނިއްމާފަ ތިޔަ ގޭސްގަނޑު ނިމޭނީ. މާލެ މީހުން މަކަރުވެރިކާން ހިތައްވެސް ނުގެނެވޭނެ
އުނިމާ ލަތީފް
06 January 2020
ގަސް ބުޑުން ދަންނާ ކެޔޮގަނޑު ކަޑާނެހެން ހީވާނީ އެކަމުގެ ތަޖުރިބާ ހުރިމީހުން. ފުރަތަމަ ކަލޭ ތިއޮތީ ވަކިވެގެންފަ. ކޮން މާލެ އެއް ؟؟!! އޮންނާނީ ދިވެހި ރާއްޖެ. މާލެ އަކާއި ވަކިވާކަށް ނުޖެހޭނެ. ވަކިވާނަމަ ވަކިވާނީ ދިވެހި ރާއްޖެ އާއި. ކީއްވެ ނިއުދިއްލީ އޭ ނުލިޔެ އިންޑިޔާ އޭ ލިއުނީ ؟ ތެދެއް އަހަރުމެން މިއުޅެނީ ތިޒާތުގެ ކޮށިވިސްނުން ތެރިންނާއި އެލު ނޫޅެވޭނެ ކަން އިގޭތީ އެކަމުގެ ހައްލު ހޯދަން.
ހަނުހުންނަ މީހާ1
06 January 2020
އެކި ނަންނަން ކިޔާފަ ސިޔާސީ މަގާމް އިތުރުކުރާތީ އެހާ ހިތްހަމައެއް ނުޖެހޭ. ބުނާކަށްވެސް ނުވާނެ އެކަމަކު ބުނެލަން އޮތީ ކައުންސިލަރުން ރާއްޖޭގެ ގިނަ ރައްރަށުގަ ހޮވަނީ އާއިލާ މީހަކަށް ރައްޓެއްސަކަށް ވަޒީފާ ހޯދާދިނުމުގެ ނިޔަތުގައި. ގިނަ މީހުންކިބާގަ ހިންގުމުގެ ހުނަރުވެރިކަމެއް ގާބިލްކަމެއް ނުހުރޭ
ފްލެޓް
06 January 2020
އެކިނަން ނަމުގައި ތިރަށުގައި ފްލެޓާއި ބްރިޖާއި ޕާކާއި މަގުތަކާއި އެއްޗެހި ހަދާ ދައުލަތުގެ ޙަޒާނާ ތޮށިގަނޑަކަށް ހަދާއިރު އެހެން ރަށްރަށުގެ މީހުން ގުއިވަޅުން ފެންބޮއެ ނަޖިސްފެނުން ފެންވަރާތީ އެކަމާއި ހިތް ހަމަނުޖެހުމެއްނެތްދޯ ؟ ހަނުހުންނަ މީހާ1 ކަލެއަށް ސާބަސް.
ލޯދުބެ
05 January 2020
އަދިވެސް ހެޑްލައިން ބަދަލުކުރާކަށް ނުވޭތަ؟ ބަހެއް ނޫނޭ އެއީ ބަހުރުވައެކޭ. ދިވެހި ބަހޭ، އައްޑޫ ބަހަރުވައޭ. ދިވެހި ލޭންގުއޭޖްއޭ، އައްޑޫ ޑައިލެކްޓްއޭ. ނޭގޭ މީހަކަށް ކިޔައިދިނަސް ގަބޫލުވެސް ކުރަނީއެއް ނޫނޭ ދޯ.
ކަމަކުނުދޭ.
06 January 2020
އިންޑިޔާގެ ހިންދީ ބަހާއި އޮރުދޫ ބަހަދީ ތަފާތު ދެބަސް އެއްވެސް ހާލެއްގައި ބަޙުރުވައެއްނޫން. ދިވެހި ބަހާއި އައްޑޫ ބަސް އެއްގޮތް ގޮތެއް ހުރިކަމުގައި ވިޔަސް ހަމަ އެއީ ތަފާތު ދެ ބަހެއް. ބަހުރުވައެއްނޫން. ކަލޭމެނަށް ވެގެން ތިއުޅޭގޮތަކީ ކަލޭމެން ނޫން ބަޔަކު އެއްވެސް ކަމަކުން ކުރީގައި އޮތުމަށް ނޭދުންކަން އަހަރުމެނަށް އިގޭ.
ނަވާބު
05 January 2020
ވަރަށް ބޮޑު ތަރައްގީގެ މަޝްރޫޢެއް. އައްޑޫ ރައްޔިތުންގެ ޖީބަށް ބޮޑު އެއްޗެއް މިވަނީ
އަމިއްލަ ދާއިރާ
05 January 2020
ފުވައްމުލަކުގައިވެސް އަވަށް ތަކަށް ކިޔާ ނަން ތަކެއް ހުރޭ! ވަކި ސިޓީ އަށް ތިގޮތަށް ދާއިރާތަކަށް ނަން ދިނުމަކީ އިންްސާފުވެރި ކަމެއް ނޫން؟؟
ާއަދުހަމް
05 January 2020
ތިޔަ ކޮމެންޓް އައްޑޫ ބަހުން ކުރިނަމަ ހާދަ ރަނގަޅުވީހޭ
ކުދިންނޭ
05 January 2020
ދެން ކޮބާތޯ ހުވަދޫ މީހުންގެ ހައްޤު........... ހައްގުތައް ކަށަވަރު ކުރޭ
ބުޅާ
05 January 2020
ބަލަ ބަޔަކު އެތައް މައްސަލައެއް ޖައްސައިގެން އެތައް ސިޓީތަކެއްލައިގެން ހައްގުހޯދީމަ ކަލޭ ނިދާހޭލާފަ ހައްގުކޮޮބާހޭ ތިއަހަނީ.
ލޯމާފާނު
05 January 2020
4 ލައްކަ މީހުންނަށް 1 ހާސް ކައުންސިލަރުން. މި 1 ހާސް މީހުންނަކީ ތަރައްގީއަށް ކިހާ މުހިއްމު ބައެއްތަ؟