ޚަބަރު / އެންމެ ކުޑަ އުޖޫރަ

މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުން!

ޕީޕީއެމް/ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ޝިޔާމް ވާހަކަ ދައްކަވާއިރު، އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަރިހުގައި.---ފޮޓޯ/ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރާސާ ކުރައްވަމުން އަންނަ ރިޕޯޓުގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ދޭން ކަނޑައަޅާފައި ވަނީ 6،000ރ. ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ފާޑުކިޔައިފި އެެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން ލަފާ ދީފައި ވަނީ 6،000ރ. ކަމަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދަދާ ގުޅޭ ގޮތުން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ. މިނިމަމް ވޭޖާ ބެހޭ ގޮތުން ލަފާދޭ ބޯޑުން އެކުލަވައިލި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ އަންގާރަ ދުވަހު ވަނީ އަރުވައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފައަކަށް އަންނަ ހަފުތާގެ ތެރޭގައި އެ ރިޕޯޓް ހުށަހަޅުއްވާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިނިމަމްވޭޖާ ގުޅޭ ރިޕޯޓި އިއްޔެ ރައީސް އޮފީހުގައި ވިދާޅުވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ދިގުދެންމުމަށް ފަހު، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅީ ރައްޔިތުން އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ. އެ މިންވަރުން، ރައްޔިތުންނަށް ހިތްހަމެޖެހިގެން ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެސް ދެ މެމްބަރުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން އުޅޭ އަދަދު. އެ އަދަދު، ލަދުން ހާމަކުރަން ނުކުރިގެން އުޅެނީ،" ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި އެ ރިޕޯޓުގައި ކަނޑައަޅާފައި އޮތީ، 6،000ރ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި. --ޝިޔާމް

އެ އަދަދު ކުޑަ ކަމަށް ވިދާޅުވެ ޝިޔާމް ފާޑުވިދާޅުވި އެވެ. އޯގާތެރި ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭ އޯގާތެރިވުމަކީ އެ މިންވަރުތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި މިނިމަމް ވޭޖްގެ ވާހަކަ މާ އަޑުހަރުކޮށް ސަރުކާރުން ދައްކަން ފެށީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް އޮތުމުންނެވެ. ވެރިކަމަށް އައުމުގެ ކެމްޕޭންގައި، މިނިމަމް ވޭޖް ކަނޑައަޅަން ހަދަން ޖެހޭ ހުރިހާ ދިރާސާއެއް ހަދާފައިވާ ކަން އިއުލާންކުރި މީހުންނަށް މިހާ ދިގު މުއްދަތެއް ހޭދަވީ އެކަން ކުރަން ބޭނުން ނުވާތީ ކަަމަށް ޝިޔާމް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، މިނިމަމް ވޭޖް ކަނޑައެޅުން ހަދާފައި އޮތީ "އިބިލީހުގެ ކައިވެންޏަށެ"ވެ. މިނިމަމް ވޭޖް ކަނޑައަޅަން ހެދި ކޮމިޓީ އަށް ރިޕޯޓެއް އެކުލަވައިލެވުނީ އަށް މަހުން ކަމަށާއި އެ ރިޕޯޓް އަދި ވަޒީރުންގެ މަޖިލީހުގައި ދިގުދެމިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިމަމްވޭޖް ކަނޑައަޅަން މިހާ ގިނަ ދުވަސް ހޭދަވާން ޖެހޭ ކަމަކަށް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އެކަން ލަސްވީ ބަހަނާ ދައްކަން ހަދައިގެން ކަމަށް ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައެޅުމުގައި، އަޅުގަނޑުމެން ދެކޭ ގޮތުގައި މިވެނި ވަރަކުން ފުދޭނެއޭ ކިޔައި ވަކި އަދަދެއް ކަނޑައެޅުމަކީ ޒިންމާދާރުގޮތަކަށް ނުވާނެ،" މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ސަރުކާރުން މި ހަފުތާގައި ބުނެފައިވާ ގޮތުގައި މިނިމަމް ވޭޖާ ގުޅޭ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އަދި މި އަހަރުގެ ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.

123 ކޮމެންޓް, 104 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 3%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

27 January 2020

މިނިމަމް ވޭޖް ގެ ގޮތުގައި 6000 ރުފިޔާ ހަމަޖެއްސީމަ އެއީ ދެން ވަރަށް ހެއްވާ ކަމެއް! މިހާރު އިކޮނޮމިކް މިނިސްޓަރަކީވެސް ވިޔާފާރީގަ އުޅުއްވާ ބޭޅެއް! އެ ބޭޅާވެސް ބައްލަވާނެތާ ވޭޖް ބިލް ބޮޑު ނުކުރާން! ވަޓް އަ ޖޯކް!

The name is already taken The name is available. Register?

ދެރަ

14 January 2020

ކަލޭމެންނަށް 5 އަހަރުނިމުނުއިރު 5ރުފިޔާވެސް ނުދެވުނު ދެންކޮންވާހަކައެއް ރއއްޔިތުން ގުބޯހެއްދުން

The name is already taken The name is available. Register?

ވައްސަލާން

11 January 2020

ކޮން މިނިމަމް ވޭޖެއް ކިޔާކަށް، ހަމަ ދުނިޔޭގެ ގައުމުތަކުގަ ކަން ކުރާގޮތް ފެންނަނީ މިނިމަމް ވޭޖާ ހިސާބުންތަ؟. ތިވޭޖު ދީފަ ނަގާ ޓެކްސް ބޮޑުކުރާނެ، މިހާރު ކުރާ ހަރަދުގެ ދެގުނަ ބޮޑުވާނެ، ކުލި ބޮޑުކުރާނެ، ތަން ހަދަން ދާ ހަރަދު މިހާރަށްވުރެ ބޮޑުވާނެ. މިނިމަމް ވޭޖޭ ބުނީމަ މޮޔަހެދިފަ ތިބޭދެން. ސަރުކާރުން އިތުރު ވަޒީފާ ދީފަ ބޮޑުމުސާރަ ދީފަ އެކްޓިވިސްޓުންނަށް ޖޮބު ދޭން ކުރާކަމެއްމީ. އަތާ އނގަޔާ ދިމާނުވިޔަސް ޑިމޮކްރަސީ ހިންގާ

The name is already taken The name is available. Register?

މިނިމަމްވޭޖް

10 January 2020

ދިވެހިންނަކީ ޒަމާންތަކެއްވަންދެން ދަތިޙާލުގައި ދަތި އުނދަގޫ ދިރިއުޅުމުގައި އުޅުމަށް ސަރުކާރުތަކުގެ އެދުންބޮޑު ވެރީން މާލީގޮތުން ބޭނުންކޮށްފައި ތިބި ބަޔަކަށްވާތީ ، ދިރިއުޅުމާއި ދިރިހުރުމަށް ކުރެވިފައިވާ މަސައްކަތުން ގިނަބަޔަކަށް އެދެވޭ ސުލްޙަވެރިކަމެއް ލިބިފައިނެތުމާއި، ރާއްޖެއަކީ ގިނަޢަދަދެއްގެ ޑޮލަރުވަންނަ ތަނަކަށްވާތީއާއި، ދިވެހިންނަކީ ޢަދަދުނުކުރެވޭ ޓެކްސްދައްކާބަޔަކަށްވާތީ މިނިވޭޖު ސީދާ ދިވެހިންނަށް އަމާޒުކޮށް ހެޔޮ މިންވަރެއްދޭންޖެހޭ.

The name is already taken The name is available. Register?

މަކަ

10 January 2020

މިނިމަމް ވޭޖަކީ އެސްޓީއޯ ގެންނަ ތެޔޮ ނުއަގުގަ ގަނެގެން ތިމާގެ އާއިލީ ކުންފުނިން ފެނަކާގެ އިންޖީނުގެ ތަކަ އިންތިހާބޮޑުއަގުގަ ވިއްކުން ޝިޔާމު ކަލޭމެން ރައްޔިތުން ހެޔޮނޭދުނީޔާ ރަގަޅީ

The name is already taken The name is available. Register?

މަޒް

10 January 2020

60 ހާސްވެސް މަދުވާނެ.. މި މާލޭގައި އުޅެން 60 ހާސްވެސް ކުޑަ..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

10 January 2020

"ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާ" ދެންވެސް ހަމަ ނުހީތިބެންވީތަ..........

The name is already taken The name is available. Register?

ސަމްޕަތް

09 January 2020

އެއުޅެނީ ކައުންސިލް އިލެކްޝަން އަންނާތީ. 6000 ރުފިޔާ އަށް ކިހިނެއް ކައިބޮއެ އުޅޭނީ. އަޅުވާ ދަޅައެއް. ބަޖެޓަކު ލާރި އެއް ނުހުންނާނެ އެވަރުދޭކައް

The name is already taken The name is available. Register?

އިބްރާހިމް ސިއްދީޣް

09 January 2020

އޭ މަ އަޑުއެހިން ބޯޑުން ބުނި އަދަދު ބޮޑުވެގެން ސަރުކާރު ރަތައްއަރައިގެނޯ އުޅެނީ.

The name is already taken The name is available. Register?

ހޯރާގޯރީ 2030

09 January 2020

ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގަ ބިދޭސިންނަށް ބޮންދަކަށް ދުވާލަކު 450 ނުވަތަ 500 + ދިވެހިރުފިޔާ ދީގެން ދިވެހި ކުންފުނިތަކުން ހެސްކިޔާފަ މަސައްކަތް ކުރުވާތާ 10 އަހަރުވެއްޖެ. އެކަމަކު ދައުލަތަށް ދިވެހިންގެ މިނިމަމްވޭޖެ 10000 ދިހަހާސް ނުވަތަ 12000 ބާރަހާސް ދިވެހިރުފިޔާ އަށް ބަދަލުކުރަން ޖެހިލުންވަނީތޯ. ދިވެހި އާއިލާތަކަސް ހަމަޖެހުންގެންނަން ބޭނުންވާ ލީޑަރަކީ ރައީސް ނަސީދު އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ މިނިމަމްވޭޖް 12000ދިވެހިރުފިޔާއޭ!ސާބަހޭ!

The name is already taken The name is available. Register?

ދޮން ދީނި

13 January 2020

ދިވެހިންގެ މިނިމަމް ވޭޖެއް ނޯންނާނެ. އޮންނާނީ ރާއްޖޭގެ މިނިމަމްވޭޖް. އޭގެ މާނައަކީ ބޮންދުންގެވެސް މިނިމަމް ވޭޖަކީ އެއީއޭ.. ދެން އޮންނާނީ މިނިމަމް ވޭޖް ހެދިފަ އޭރުން. ދިވެހިންނާ ބޭރު މީހުންނާ އެއްވަރު ވީމައި ދިވެހިންނަކަށް ކަމަމު ނުދާނެ. އޭރުން ޖެހޭނީ އެއްތާކު. ކުދި ވިޔަފާރިތަށް އިނދަ ޖެހޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454