10 ޖެނުއަރީ 2020 - 09:42
އޮސްޓްރޭލިއާގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމާ އެކު ފެނުގެ ދަތިކަން ކުރިމަތިވެ، އެ ސަރަހައްދުގައި އުޅޭ ޖަމަލުތައް މާ ގިނައިން ފެން ބޯ މައްސަލަ ބޮޑުވުވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެތައް ހާސް ޖަމަލެއް މަރައިލަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހެލިކޮޕްޓަރުތަކުގައި ކުރިއަށް ގެންދާ ހަރަކާތުގައި 10،000 އަށް ވުރެ ގިނަ ޖަމަލުތަކަށް ހަމަލާދީގެން މަރާލަން ވަނީ ނިންމައިފަ އެވެ. މިކަން ކުރިއަށް ގެންދަނީ ކަމުގެ ތަޖުރިބާރު ޓީމެއްގެ އެހީގަ އެވެ.
އޮސްޓްރޭލިއާގެ އެބޯރިޖަނަލް ސަރަހައްދަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، އެ ސަރައްދުގެ ރައްޔިތުންނާ ހަވާލާދީ ދި އޮސްޓްރޭލިއަނުން ބުނީ ޖަމަލުތައް ފެން ބޯ މިންވަރު އިތުރުވެ، އާންމު ރައްޔިތުންނަށް ވެސް އެ އެއްޗެހީގެ އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޖަމަލުތައް ގެތަކާއި އެ ނޫން ވެސް ތަންތަނުގައި ހުންނަ ފެން އިސްކުރު ފަދަ އެއްޗިއްސަށް ވެސް ގެއްލުންދީ ފެން ބޯކަމަށް ބުންޏެވެ.
10,000 camels in Australia to be shot because they drink too much water https://t.co/fXOanMmyzZ
— Mike Cernovich (@Cernovich) January 8, 2020
މިކަމާ ބެހޭ ގޮތުން ދެކުނު އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް އެންޑް ވޯޓަގެ ތަރުޖަމާން ވިދާޅުވީ ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، ޖަމަލުތަކުގެ އާބާދީ ބޮޑުވަމުންދާތީ އެތަކެއް އިންފްރާސްޓްރަޗާތަކަށް ގެއްލުންދެމުންދާތީ އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
"މީގެ ސަބަބުން އެތައް ބަޔަކު ތިބީ ނުރައްކަލުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.
އެހެންވެ ޖަމަލުތައް މި ވަގުތަށް މަދުކުރަން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރޭގައި 10،000 ވުރެ ގިނަ ޖަމަލުތައް މަރައިލާނެ ކަމަށް ވިދާޅުވި އެވެ. އޮސްޓްރޭލިއާގެ ޖަމަލުގެ އާބާދީ 1.2 މިލިއަނަށް އަރަ އެވެ.
އެ ގައުމަށް ޖަމަލުތައް ތައާރަފުވީ 19 ވަނަ ގަރުނުގެ ތެރޭގައި އިންޑިއާ އާއި އަފްޢާނިސްތާނުންނެވެ.
ފެނުގެ ދަތިކަން އޮސްޓްރޭލިއާގެ ދެކުނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އިރު، އެ ގައުމުގެ ޖަންގަލިތައް އަނދަމުންތާތާ އެތައް ދުވަހެއްވެ، ބިލިއަނަކާ ގާތްކުރާ އަދަދަކަށް އެކި ބާވަތުގެ ޖަނަވާރުތައް ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮގޮމްބ
11 January 2020
ތިޖަމަލުތައް ޕާކިސްތާނު މީހުންނާ ހަވާލު ކުރޭ. އެމީހުން ތީގެ ކުޑަ ކަމުދާ ތަކެތި ބޮއެ އުޅޭކަމަށް ވަނީ
ތަރަބެެ
10 January 2020
ޖަމަލު ބޭނުންވާ ބަޔަކަށް ހިލޭ ވިއްކާލިއްޔާ މާ ރަނގަޅެއްނު.
ވިކުރާސޭޓު
11 January 2020
ހިލޭ ދޭނީ! ވިއްކާނީ ބަދަލުގައި ފައިސާ ނުވަތަ އެއްޗެއް ދީގެން
ވިސްނާފައި
10 January 2020
މާގިނައިން ފެންބޯތީ އަދި އިންސާނުން ބޯން ފެން ނުލިބޭތީ ދިހަ ހާސް ޖަމަލު މަރާލާ އިރު ވެސް ދުނިޔެ އަށް އޯކޭ އެވެ. ދޮން މީހުން ކުރާ ކަމަކަށް ވާތީއެވެ.އެކަމަކު އަހަރެމެން މި އިޅެނީ ކާޅާއި ވާލާ ހެދި ގަހެއްގައި އަބެއް ޖަބުރޯލް އެއް ދޮންކެޔޮ ގަޑެެއް ވެސް ހަރު ނުވެގެން ނެވެ. އެލަމަކު ހިމާޔަތް ލިބިފައިވާ ތަކެތި ކަމަށް ވާތީ ކުރާނެ ކަމެއް ނެތެވެ.
ބަބުރަންޖީ ހާޖީ
10 January 2020
ތި އެކްސްޕޯޓުކޮށްބަލަ ޖަޒީރާއަށް.
ޙަޔާ
10 January 2020
މިޤައުމުގަ 5 ބުޅާ މަރާތީ ބަޔަކަށް ހީވީ ދުނިޔެއިން ބުޅާ ނައްތާލަނީ ކަމަށް
ޖަމަލު
10 January 2020
ތިޔަ "ދޮންމީހުން" ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ރަނގަޅުވާނެ. ކޮންމެފަދަ އެއްޗެކޭ ކިޔައިގެންވެސް ދައްކަފާނެ އުޒުރެއް. ދެން ތިބޭނެ އެމީހުން ބުނާ ކޮންމެ ވާހަކައެއްވެސް ގަބޫލްކޮށް ދިފާއުކުރަންތިބޭ ހިތުން މާ މޮޑަނައިޒް ބައެއް.
ޖުލައި
10 January 2020
ޖަމަލުތައް ނުމަރާ ރާއްޖެ ފޮނުވަދީ
އއެލެކުޝް
10 January 2020
މިރަށުގަ މަރަންވީ ބުޅާ މީހުޅުމާލެއަށް ޖެހިފައޮތް މުސީބާތެއް
ސަސި
10 January 2020
ކޮބާތަ ތިމާވެށީގެ ޗެމްޕިއަނުން،