ލައިފްސްޓައިލް / ހިމަބިހި

ހިމަބިހީގެ އަލާމާތްތައް

12 ޖެނުއަރީ 2020 - 07:08

މީސްލްސް ނުވަތަ ހިމަބިއްސަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިއީ އެއް ދުވަސްވަރެއްގައި ވަރަށް އާންމު ބައްޔަކަށް ވިޔަސް، މި ބައްޔާ ދެކޮޅަށް ވެކްސިން ތައާރަފްކޮށް އާންމުކޮށް ދޭން ފެށުމާ އެކު މި ބަލި ފެނުން އެއްކޮށްހެން ހުއްޓުނެވެ. މިއީ ވެކްސިން ދީގެން ވަރަށް ފަސޭހައިން ރައްކާތެރިވެވޭ ބައްޔެކެވެ.

މި ބަލި އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. މި ބަލި ކުޑަކުދިންނަށް ޖެހުމުން ވަރަށް ނުރައްކާވެ ބައެއް ފަހަރު ފުރާނަ އަށް ވެސް ނުރައްކާވެ އެވެ. މި ބަލި ޖެހޭ ކުދިންގެ އަދަދު، ވެކްސިނާ އެކު މުޅި ދުނިޔޭގައި ވެސް ދަށްވެފައި ވިޔަސް މިހާރު ވެސް އަހަރަކު 100،000 ކުދިން މި ބަލީގައި މަރުވެ އެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނެވެ.

ބަލީގެ އަލާމާތްތައް

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި؛

- ހުން އައުން

- ހިކިކޮށް ކެއްސުން

- ނޭފަތުން ފެން/އަރިދަފުސް ފޭބުން

- ކަރުގައި ރިއްސުން

- ލޯ ދުޅަވެފައި ހުރުން

- އަނގައިގެ ތެރޭގައި، ހުދު ލައްތަކެއް ހުރުން. (މި ލައްތަކުގެ ވަށައިގެން ރަތްވެފައި ހުރުމާ އެކު އޭގެ މެދުގައި ފަނޑު ނޫކުލައަކަށްދާ ތިއްކެއް އިންނާނެ)

- ގައިގެ އެތަން މިތަނުގައި ބިހިގަނޑުތަކެއް ނަގައި އެ ބިހިގަނޑުތައް އެކަތި އަނެއްކާ ގުޅުން.

މި ބަލި ފެތުރެނީ އެކި މަރުހަލާތައް ހުންނަ ގޮތަށް، 2-3 ހަފުތާގެ ތެރޭގަ އެވެ.

ހަށިގަނޑަށް ވައިރަސް ވަންނަތާ ފުރަތަމަ 10-14 ދުވަހުގެ ތެރޭގައި ބަލީގެ އެއްވެސް ނިޝާނެއް ނުފެންނާނެ އެވެ. ބަލީގެ ފުރަތަމަ އަލާމާތެއްގެ ގޮތުގައި ކުޑަކޮށް ހުން އައިސް ކެއްސަން ފަށަ އެވެ. މި ކެއްސުން ދިގުލައިގެން ދެ އެވެ. އަދި ނޭފަތުން ފެނާއި އަރިދަފުސް އަންނަން ފަށައި ލޯ ދުޅަވެ އެވެ. މި ކަންކަން އާދައިގެ ގޮތެއްގައި 2-3 ދުވަސް ވަންދެން ހުރެ އެވެ. ހިމަބިހިތައް ނަގަން ފަށަނީ މީގެ ފަހުންނެވެ. އާންމު ގޮތެއްގައި ބިހިތައް އެންމެ ފުރަތަމަ ފެންނަން ފަށާނީ މޫނުންނެވެ. މޫނުން އަތާއި ފަޔަށް ބިހިގަނޑު ފެތުރިގަނެ އެވެ.

ބިހިތައް ފެތުރެން ފެށުމާ އެކު ހުން ގަދަވެ އެވެ. އެގޮތުން 40-41 ޑިގްރީސެލްސިއަސްއާ ހަމަޔަށް ވެސް ހުން މައްޗަށްދެ އެވެ.

ބަލި ރަނގަޅުވާން ފަށާއިރު ބިހިތައް އެންމެ ފުރަތަމަ ފިލައިގެން ދާނީ މޫނުންނެވެ. އެންމެ ފަހުން ފައިންނެވެ.

ގައިންގަޔަށް ބަލި އަރާ މުއްދަތު

ގައިގައި ބިހިތައް ނަގަން ފެށުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން ބަލި ރަނގަޅުވާތާ ހަތަރު ދުވަސް ތެރޭ، މި ބަލި ހުންނަ މީހެއްގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަސް ފެތުރޭނެ އެވެ.

ބަލީގެ ނުރައްކާ ބޮޑުވަނީ ކިހިނެއް؟

ހިމަބިހި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮންނަނީ މި ބައްޔާ ދެކޮޅަށް ދޭންޖެހޭ ވެކްސިން ނުދިނުމެވެ. ހިމަބިހި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ. އެއީ ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ އެވެ. ވިޓަމިން އޭ މަދު ކުދިންނަށް ހިމަބިހި ޖެހިއްޖެ ނަމަ ބަލީގައި ބޮޑުވަރުވެ އެވެ.

(މައުލޫމާތު: މާޔޯ ކްލިނިކް)

0 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 64%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454