ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 ޖެނުއަރީ 2020 - 21:27
ސްކޫލްތަކުގެ ކީ ސްޓޭޖް 1-4 އަށް ކިޔަވައިދޭ ބައެއް ފޮތްތައް ޑިޖިޓަލައިޒްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.
ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 1،2،3 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ކީ ސްޓޭޖް ތިނެއްގައި ހިމެނޭއިރު ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑުތަކަކީ 9،10 އެވެ.
އޭނާ ވިދާޅުވީ ފޮތްތައް ޑިޖިޓަލައިޒްކުރާނެ 10 ސްކޫލެއް މިހާރު ނިންމާފައިވާ ކަމަށެވެ.
"މި 40 ސްކޫލުގައި އަޅުގަނޑުމެން މިކަން ޕައިލެޓްކުރާނަން މި އަހަރު އިރާދަކުރެއްވިއްޔާ،" ފާތުން ވިދާޅުވި އެވެ.
ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ މަގުސަދަކީ، ފާތުން ވިދާޅުވި ގޮތުގައި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) އަކީ މަންހަޖުގައި ވަރަށް މުހިއްމު ބަޔަކަށްވެފައި ދަރިވަރުންގެ އަތުގައި ހުރި ޓެބްލެޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 154 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު މަޝްރޫއެއް ފެށި އެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ގެނެސް ދަރިވަރުންނަށް ބެހި ކަމުގައި ވިއަސް އެ އެއްޗެހީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިމައު ގާރލް ބައި
12 January 2020
އޭނާ ވިދާޅުވީ ފޮތްތައް ޑިޖިޓަލައިޒްކުރާނެ 10 ސްކޫލެއް މިހާރު ނިންމާފައިވާ ކަމަށެވެ. "މި 40 ސްކޫލުގައި އަޅުގަނޑުމެން މިކަން ޕައިލެޓްކުރާނަން މި އަހަރު އިރާދަކުރެއްވިއްޔާ،" ފާތުން ވިދާޅުވި އެވެ. ސާފެއް ނުވޭ!
ހގހފގފގ
13 January 2020
ޕައިލެޓްކުރާނެ 10 ސްކޫލެއް މިހާރު ނިމިފފައި. . "މި 40 ސްކޫލުގައި އަޅުގަނޑުމެން މިކަން ޕައިލެޓްކުރާނަން މި އަހަރު އިރާދަކުރެއްވިއްޔާ،" މި ޖުމްލައިގައި މި ބޭނުނުކޮށްފައި އެވަނީ މި ޕްރޮގުރާމް ކަމަށް މި ބަލަނީ ( ޖުމްލަ 40 ސުކޫލުގައި ހިންގާގޮތަށް ނިންމާފަ އެއޮތީ. ) އެހެންނަމަވެސް އަދި 10 ސުކޫލެއް ކޮންފާމްކޮށްފައި އެވަނީ. މަށަށް ދޭހަވި މާނަ.
އަހަން
13 January 2020
ކޮންމެ ކީސްޓޭޖަކުން 10 ސްކޫލު. އޮތީ 4 ކީސްޓޭޖް. އެހެންވީމަ ޖުމްލަ 40 ސްކޫލް.