ރިޕޯޓް / މާލެ-ހުޅުމާލެ ބްރިޖު

ބްރިޖާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކާއި ފެނުނު މަންޒަރުތައް!

ހުޅުލެ ސަރަހައްދުގެ ތަނބެއްގެ ހަތް ހޮޅި ކަނޑު އަޑި އަށް ފައްތާފައި. މީގެ ތެރެއިން ތިން ހޮޅި އަށް މިހާރު ވަނީ ކޮންކްރީޓް ވެސް އަޅާފައި. --ފޮޓޯ: ނިޝާން އަލީ

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މަލަމަތީގެ ކޮންމެވެސް މަންޒަރުތަކެއް މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ފެންނާނެ ކަމަށް ގިނަ ބަޔަކު އިންތިޒާރުކުރި އެވެ. އެއީ، ސެޕްޓެމްބަރުގެ ނިޔަލަށް ބްރިޖްގެ ގިނަ ހޮޅިތައް ޖަހައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ޔަގީންކަން ދީފައި އޮތުމުންނެވެ. އެކަމަކު ފެނުން މަތީގައި ތަނބުތައް ހުއްޓައި ފެންނަވަރެއް އަދި ނުވެ އެވެ. ބްރިޖުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު އުފައްދާ އެއް ސަބަބަކީ އެ އެވެ.

އެއް ބަޔަކު ބުނާގޮތުގައި މާލޭ ކޮޅުގައި ތިބެގެން ބަލާއިރު، ބިޔަ ކްރޭންތައް ފަރާތަކަށް އެނބުރިލާ މަންޒަރެއް ވެސް މި ދޭތެރެއަކުން ނުފެނެ އެވެ. ސަބަބަކީ މަސައްކަތް މަޑުޖެހިފައި އޮތުމުން ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ނުފެންނަ މަންޒަރެއް ބްރިޖުގެ ހުޅުލޭ ސައިޓަށް އަރައި ބަލައިލުމުން ފެނެ އެވެ.

ފުން ކަނޑަށް ހޮޅިތައް ޖަހައިގެން އަޅާ ބައެއް ތަނބުތައް މިހާރު ވަނީ ފެނުން މައްޗަށް އަރާފަ އެވެ. މިއީ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތެވެ. އެކަމަކު ބްރިޖު އަޅާ ޗައިނާގެ ސީސީސީސީ ކުންފުނިން ވަނީ ހުޅުލޭ ކޮޅުން ބްރިޖުގެ މައި ތަނބުގެ ހަތް ހޮޅި ކަނޑު އަޑިއަށް ފައްތައިފަ އެވެ. އޭގެ ތެރެއިން ތިން ހޮޅިއަކަށް ވަނީ ކޮންކްރީޓް ވެސް އަޅައިފަ އެވެ.

ހުޅުލޭ ސައިޓުގައި ބަހައްޓާފައިވާ މަސައްކަތު ޝެޑިއުލްގެ ފޮޓޯއެއް: މިހާރު ފެނުން މައްޗަށް ފެންނަން ހުރީ 22 ނަމްބަރު ތަނބުގެ ހަތް ހޮޅި. --ފޮޓޯ: ނިޝާން އަލީ

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި އެ ހަތް ހޮޅި ތޮރުފައި ސާފުކުރުމަށް ފަހު މިހާރު ވަނީ ދަގަނޑުން ހަދާފައިވާ ރެއިންފޯސްމެންޓް އަޅައި ކޮންކްރީޓް މަސައްކަތް ވެސް ފަށައިފަ އެވެ. މިހާރު ފެނުން މައްޗަށް ހުރި މި ހޮޅިތައް މާލޭ ކޮޅުގައި ތިބޭ ބަޔަކަށް އަދި ނުފެންނާނެ އެވެ.

"އެންމެ އަޑިއަށް ކޮންކްރީޓް އަޅަމުން އަޅަމުން އެންމެ މައްޗާ ހަމައަށް މި ފެންނަނީ. ކޮންމެ ޕައިލްއެއް ޖަހާއިރު ވެސް ޕައިލްގެ ރެއިންފޯސްމެންޓް ކޭޖްގައި ހުންނާނެ ޓެސްޓްކުރާނެ މެކޭނިޒަމް ހަރުކޮށްފައި. އެހެންވީމަ ކޮންމެ ޕައިލްއަކީ ވެސް ކޮލިޓީ ކޮންޓްރޯލް ކުރެވިގެންދާނެ އެއްޗެއް،" މުއްތަލިބް ވިދާޅުވި އެވެ.

ކަނޑު އަޑިއަށް ފައްތާފައިވާ ބިޔަ ހޮޅިއެއް ވަޒީރުން ބައްލަވާލައްވަނީ. --ފޮޓޯ: ނިޝާން އަލީ

މިގޮތަށް، ފަހަރަކު ތަނބެއްގެ މަސައްކަތް ކުރިއަށް ގެންގޮސް ދެތިން މަސް ތެރޭގައި ބޮޑު ބަދަލެއް ފެންނާނެ އެވެ. ބްރިޖުގެ ޖުމްލަ ހަތް ތަނބުގައި އިންނަ 35 ހޮޅީގެ ތެރެއިން 13 ހޮޅި މިހާރު ވަނީ ޖަހައި ނިންމައިފަ އެވެ.

ބްރިޖުގެ މަސައްކަތް ކުރާ ގޮތް ނޫސްވެރިންނަށް ދައްކާލަން މިދިޔަ ޖުލައި މަހު ދިން ފުރުސަތުގައި ފެނުނީ ހޮޅިތަކުގެ މަސައްކަތް ކިރިޔާ ފަށައިގެން އުޅޭ މަންޒަރެވެ. ޓެސްޓް ޕައިލްކޮށް، ރެއިންފޯސްމެންޓް ހަދައި ކޮންކްރީޓް ޓެސްޓްކުރުމުގެ މަސައްކަތް އޭރު އަދި ފެށީ އެވެ. އެކަމަކު ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ތަނބުތަކަށް ކޮންކްރީޓް އަޅަން ފެށުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސީސީސީސީން ވެސް ދެކެ އެވެ.

"މިހާރު ވެސް ހުއްޓުމެއް ނެތި ހަތަރު ތަނެއްގައި ހޮޅި ޖެހުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ. ޑިސެމްބަރު ނިޔަލަށް ހޮޅިތައް ޖަހައި ނިމޭނެ،" މުއްތަލިބް ވިދާޅުވި އެވެ.

ބްރިޖްގެ ހޮޅިއެއް ކަނޑު އަޑި އަށް ފައްތަން ތައްޔާރުކޮށްފައި. --ފޮޓޯ: ނިޝާން އަލީ

މީގެ ދޮޅު މަސް ކުރިން ފެނުނު މަންޒަރުތަކާއި އިއްޔެއާ ހަމައަށް ނިންމާފައި ހުރި ބޮޑެތި ކަންކަމަށް ބަލާއިރު ބްރިޖުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ދައްކާ ވާހަކަތައް މުޅިއަކުން ރަނގަޅެއް ނޫން ކަން އެނގެވެ. މިއީ، ފެންނަން ހުރި މަންޒަރުން ދޭހަވާ ގޮތް ކަމަށް ވިއަސް އެހެން މައްސަލަތަކެއް ވެސް ހުރުން އެކަށީގެންވެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީގެ އިސް ވެރިންނާއި ސީސީސީސީގެ އިސް ވެރިން ތަކުރާރުކޮށް އިއްޔެ ވެސް ވިދާޅުވީ ބްރިޖުގެ މަސައްކަތް ޝެޑިއުލަށް ވުރެ ބާރަށް ކުރިއަށް އެބަ ދާ ކަމަށެވެ. މަސައްކަތް ކުރާ ސައިޓުން އެކަން ހުރީ ފެންނާށެވެ.

އެކި ސަރަހައްދުތަކުގައި މަސައްކަތުގެ ޝެޑިއުލް އަންގައިދޭ ކުރެހުންތަކެއް ބަހައްޓާފައިވެ އެވެ ސީސީސީސީން ގިނަ ކަންކަން ނިންމަނީ ޝެޑިއުލަށް ވުރެ ކުރިންނެވެ.

"ޕްލޭންކޮށްފައި އޮތް ގޮތަށް ފެނުން މައްޗަށް ބްރިޖްގެ ތަނބުތައް ފެންނަން ހުންނާނެ ސެޕްޓެމްބަރުގެ ނިޔަލަށް. ބައެއް ހޮޅިތައް ފެނުނު މައްޗަށް ފެނި، އެހެރީ މެއިން ބްރިޖުގެ ބައެއް ހޮޅިތައް ކޮންކްރީޓް އަޅަން ރެޑީކޮށްފައި،" މިހާރު ކޮންކްރީޓް އަޅާ ހޮޅިތަކަށް އިޝާރާތް ކުރައްވައި މުއްތަލިބް ވިދާޅުވި އެވެ.

ހޮޅި ޖެހުމުން މަސައްކަތުގެ ސްޕީޑު އަވަސްވާނެ

މާލެ އާއި ހުޅެލެއާ ދެމެދު އޮތީ އޮއި ގަދަ ދިމާލެކެވެ. އެންމެ އުނދަގޫ ކަމަކީ ބޭނުންވާ ވަކި ސަރަހައްދެއްގައި ހޮޅި ބެހެއްޓުމެވެ. ހުޅުލޭ ކޮޅުގެ ގިނަ ހޮޅިތަކެއް ނިންމާފައިވާއިރު، ހޮޅިއެއް ފައްތަން އިއްޔެ ވެސް ހުރީ ތައްޔާރުކޮށްފަ އެވެ.

ހުރިހާ ހޮޅިއެއްގެ މަސައްކަތް ނިމުމާ އެކު މިހާރަށް ވުރެ މަސައްކަތުގެ ސްޕީޑް އަވަސްވާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"އަޑިއަށް ހޮޅިއެއް ދާއިރު، އޮއި ހުންނަ ގޮތުން އެ ހޮޅި ބެލެންސް ކުރުން ފަދަ ކަންކަމަކީ ވަރަށް އުނދަގޫ މަސައްކަތެއް. އެ މަސައްކަތް ނިމުމުން އެއްގަމުގައި މަސައްކަތް މި ކުރާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ކުރާ ހުޅުލޭ ސައިޓު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮޅި ޖަހައި ނިމުމުން ބާޖުތައް ބޭނުންކޮށްގެން ކުރާ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމުނީ އެވެ. ދެން ބްރިޖްގެ މަސައްކަތް ކުރާނީ މިހާރު އަޅާފައި އޮތް ވަގުތީ ބްރިޖް މަތީގަ އެވެ. ހޮޅިތައް ނިމޭވަރަކުން ޕައިލް ކެޕު ކުރަން ފަށާނެ އެވެ. ބްރިޖުގެ ސުޕަ ސްޓްރަކްޗާ ފައިނަލްކޮށް ނިމޭއިރު ކަރަންޓް ވައިރުކުރާނެ ގޮތްތަކާއި ފެން ހޮޅިތައް އަޅާނެ ގޮތް ވެސް ނިންމާނެ އެވެ.

ހޮޅިތައް ޖަހައި ނިމުމުން ބްރިޖްގެ ދެން ހުރި މަސައްކަތަކީ، ސީސީސީސީ އަށް "ފެން ތައްޓެއް ބޯލުންހާ" ފަސޭހަ ކަމެއް ކަމަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ ވާހަކަތަކުން އެނގެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅާބަލާއިރު ކިތަންމެ ގޮންޖެހުން ބޮޑުވިއަސް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ" ދެ ގައުމު ގުޅުމުގެ ފާލަން ކަމަށް ސީސީސީސީން ގަބޫލުކުރެ އެވެ. އެހެންވެ އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށް، ޝެޑިއުލުން ކަމެއް ފަހަތަށް ޖެހެން ބޭނުން ނުވާ ކަމަށް ޕްރޮޖެކްޓް މެނޭޖަރު ލިން ފޫ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދާ ގޮތާ މެދު ސަރުކާރުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށް ކަމަށާއި އެކަމަކު އޭގެ ކުރިން އެ އަހަރުގެ ޖުލައި 26 އަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގާތުން ހުރިހާ ކަމެއް ވެސް ބަލަމުން މިދަނީ. މަސައްކަތުގެ ކޮލިޓީ އާއި ސްޕީޑާ މެދު ވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަރައްގީގެ ފާލަމުގައި ވަޒީރުން

ސަރުކާރާ ދެކޮޅަށް އަމާޒުކުރާ ހުރިހާ ހަމަލާތަކަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބްރިޖެވެ. މިއީ މި ސަރުކާރުން ހިންގާ ތަރައްގީގެ މައި މަޝްރޫއު އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ނޫސްވެރިންނާ އެކު އިއްޔެ ވަޒީރުންނަށް ވެސް ވަނީ ދައްކާލައިފަ އެވެ.

ބްރިޖުގެ މަސައްކަތްތައް ވަޒީރުންނަށް ދައްކާލެއްވުމަށް ފަހު މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް ވިދާޅުވީ ބްރިޖާ ތަރައްގީއާ ގުޅެނީ ކިހިނެއްތޯ ސުވާލުކުރާ މީހުންނަށް ވެސް ބްރިޖު އަޅައި ނިމުމުން އެކަން ފެންނާނެ ކަމަށެވެ. އެއްގަމު މަގުން، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުމުން، ހުޅުމާލެ އިތުރަށް ތަރައްގީވެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބި ވަޒީފާ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބްރިޖާ އެކު ހުޅުމާލޭގައި ހަގީގީ ވައިބްރަންޓް ސިޓީއެއް ގާއިމްވެގެން އަންނަތަން ފެންނާނެ. މި ބްރިޖަކީ ތަރައްގީ އަށް އެޅިގެންދާ ބްރިޖަކަށް ވަނީ އެހެންވެ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަޒީރުންނާ ހިއްސާކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެ ވާހަކަ އަށް ތާއީދުކުރައްވައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް އެބަ ދާ ކަމަށެވެ. މި މަޝްރޫއު ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާތީ މަސައްކަތުގެ ސްޕީޑް އަވަސް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ޝެޑިއުލަށް ވުރެ އަވަހަށް މަސައްކަތް ދާ ތަން ފެނުނީމަ އަޅުގަނޑު ވަރަށް އުފާވެފައި މިހިރީ،" މޫސާ ޒަމީރު ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަނީ ފަސޭހަ ދަތުރުތަކަކަށް ނުވާއިރު، މާލެ އިން ހުޅުލެ އަށް ދާން ވެސް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ޒަމީރު ވިދާޅުވި އެވެ. މި އުނދަގޫތަކަށް ބްރިޖާ އެކު ނިމުން އައުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.

75 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 9%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

09 October 2016

ފްލެޓުތައް މުއްސަނދިންނާ ފަނޑިޔާރުންނާ ހާއްސަ މީހުންނަށް ދިންފަދައިން ތިޔަ ބްރިޖްގެ އުފާވެސް އޮތީ ހާއްސަ މީހުންނަށެވެ. ތިޔަ ބްރިޖު ހުރަސްކުރަން ބޮޑު ޓިކެޓެއް ކަނޑަންޖެހުމާ.. ހާއްސަމީހުންނަށް ފްރީ ކާޑެއް ލިބުން މިއީ މިހާރު ކަންކަން ދާނެގޮތްކަމަށް ބެލެވެއެވެ.

The name is already taken The name is available. Register?

ުުުުުޔަަަންޓި

05 October 2016

ބުރުޖު އެޅުން މުހިއްމު އެކަމަކު ބޭސިކު ނީޑުސް މާމުހިއްމު

The name is already taken The name is available. Register?

ޔަމީ

05 October 2016

ކެނެރީގޭ ނަޝީދު ބްރިޖެއް ނޭޅޭނޭ ކިޔައިގެން ރައީސް މައުމޫނަށް ކުރި މަލާމަތް ހަނދާންވޭތަ؟ މުސާރަ ކުޑަކޮށްފަ އުނިކުރި ބައި ދޭނަމޭ ކިޔައިގެން ކޯޓުން ހުކުމް ކުރީ އަނބުރާ ދިނުމަށް އެވެސް ނުދީ ހުރީ ކެނެރީގޭ ނަޝީދު އަހަރެމެންގެ ރައީސް ވަޙީދު އެފައިސާކޮޅު ދިނީ. ކެނެރީގޭ ނަޝީދަކީ ކުއްވެރިއެއް އޭނައަކަށް ވެރިކަމަކަށް ދެނެއް ނާދެވޭނޭ.

The name is already taken The name is available. Register?

ފިޔާތޮށި ރީދޫ އަސުރުމާ

05 October 2016

ތިޖޫރީހުރިތާ ބޮޑު ވަޅުގަނޑެއްދޯ

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

04 October 2016

ބުރިޖުގެ ވާހަކަ ދައްކާ، އެއީ ޔާމިންގެ ހެޔޮފުޅުކަމާއި ދީލަތިކަމުން ހަދާ އެއްޗެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާ ބޭފުޅުންނަށް ބުނެލަން އޮތީ، ބުރިޖުގެ ތަސައްވުރަކީ ކުރީގެ ރައިސް މައުމޫންގެ ހިޔާލެކެވެ. 2008ގެ މެނިފެސްޓޯގައި ބުރިޖު އަޅާނެ ކަމަށް ވައުދުވެފައިވެއެވެ. ފަހުން ރައީސް ނަޝީދު އެހިޔާލުގައި ކުލަޖެއްސުމަށްޓަކައި ބޭރުގެ ފަރާތްތައް ގެނެސްގެން ބުރިޖުއެޅޭނެ ގޮތްތައް ބަލައި ޗާޓުކުރަހައި ފުރަތަމަ އެކަންކުރެވޭނެ ކަމެއްކަން ބަލައި އެކަން ފަށަން އުޅެނިކޮށް، ކަން ދިމާކުރިގޮތުން ވެރިކަން ބަދަލުވީއެވެ. ނަޝީދު ހުންނެވިޔަސް، މައުމޫން ހުންނެވިޔަސް ބުރިޖު އެއީ ހިންގާނެ މަޝްރޫއެއް. ވެރިކަން ބަދަލުވުމަކީ މުޅިން އެހެން ކަމެއް. ބުރިޖު އަޅާނީ ރައްޔިތުންގެ ފައިސާއިން، ވެރިމީހާގެ އަމިއްލަ ޖީބަކުން ނޫން.

The name is already taken The name is available. Register?

ނަސާތު

04 October 2016

ނަޝީދު ބުނެފަ އޮތީ ބުރިޖެއްނޭޅޭނެޔޭ ކޮންތާކުން ލާރިހޯދައިގެންހޭ ބުރިޖު އަޅާނީ މިހާރު ނަޝީދު އެހެރީ މާލެ އާ އިގިރޭސިވިލާތާ ދެދޭތެރޭ ބުރިޖު އަޅަން ގޮސް

The name is already taken The name is available. Register?

ހަމްބެ

05 October 2016

ރައީސް ނަޝީދުވެސް ބޭރުގެ ފަރާތްތައް ގެނެސްގެން އުޅުއްވީ ޗާޓުކުރަހައިގެން ބުރިޖު އަޅާކަށްނޫން... ބުރިޖުއަޅާން ގޮތްދައްކައިގެން ރައްޔިތުން ބޮލަށް ޗިޕުޖަހަން. ބުރިޖު ކޮންމެހެން އަޅާކަށްނޫން...

The name is already taken The name is available. Register?

އަޅުގަޑު

04 October 2016

"ބްރިޖުގެ މަސައްކަތްތައް ވަޒީރުންނަށް ދައްކާލެއްވުމަށް ފަހު މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް ވިދާޅުވީ ބްރިޖާ ތަރައްގީއާ ގުޅެނީ ކިހިނެއްތޯ ސުވާލުކުރާ މީހުންނަށް ވެސް ބްރިޖު އަޅައި ނިމުމުން އެކަން ފެންނާނެ ކަމަށެވެ. އެއްގަމު މަގުން، މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުމުން، ހުޅުމާލެ އިތުރަށް ތަރައްގީވެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބި ވަޒީފާ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ." އެހެންވީމާ ބްރިޖް ނިމެންވާއިރަށް ހުޅުމާލޭގައި ރަގަޅު ބިޔަ އޮފީސް އިމާރާތެއް އަޅާށެވެ. މާލޭގައިހުރި އިމާރާތްތައް ތެޅުމަކީ ބޭކާރު ހަރަދެކެވެ. މާލޭގެ ކާރޫބާރު ލުއިވާނީ ހުޅުމާލޭގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.

The name is already taken The name is available. Register?

މުންކޮ

04 October 2016

ޢެބުނާތާކު ހޮޅިއެއް ނެއްފެންނާކަށް އަޑިން އަރިމަތިން ކަނޑު ފެންނަން އެހުރުރީ ހެހހެހެެެ

The name is already taken The name is available. Register?

ސަމާލް

04 October 2016

ނުފެންނާނެ ދޯ މާލޭގަ ހުރެ ބަލާއިރަކު. ފެންނަ ހިސާބަށް ދިޔައީމަ ފެންނާނީ

The name is already taken The name is available. Register?

ހުސޭނުބެ

04 October 2016

އެބުނާ ހޮޅި އައިސް ލޮލަށް ވަނަސް ނޭގޭ ވަރަށް މިރުސް ދުން އެޅިފަ ހުރީމަ ނޭގޭނެ!! ހެހެހެ

The name is already taken The name is available. Register?

އަބްދުﷲ

04 October 2016

ރާއްޖެތެރޭ ނިކަމެތީންނަށް ތިޔަ ބުރިޖް އަޅައިގެން ކުރާނެ އެއްވެސް ފައިދާއެއް އޮންނާނެބާ. މާލޭ މުއްސަދިން އައިފޯން ގަންނަން ކިއު ހެދިޔަސް އަހަރެމެން ނިކަމެތި ރައްޔަތުން މި ހަނާ ވަނީ ކާޑް އަގުބޮޑުކޮށްގެން.

The name is already taken The name is available. Register?

ގާފު

04 October 2016

ތިމާ ނިކަމެތިކަމަށް ހެދިގެން އުޅުމަކީ ވެސް މިހާރު ފެޝަނެއް ދޯ. ނުވަތަ ނަފްސާނީ ބައްޔެއް. ވިކްޓިމް ކޮންޕްލެކްސް. މާލޭގެ ފާއިސާ ލިބޭ މީހާ ވެސް ބުނަނީ ލާރިއެއް ނެތޭ ފަގީރުވަނީ އޭ.

The name is already taken The name is available. Register?

ޏަޝދު

04 October 2016

ޜާއްޖެތެރޭ މީހުން ގިނައީ މާލޭގަ މިޙާރު

The name is already taken The name is available. Register?

އެބަދޭ

04 October 2016

ބްރިޖާއި ގުޅޭ ވާހަކަ ތައް މައްސަލަ އެއް ނެތޭ އިދިކޮޅު ރަންރީނދުލޭ މެން ނެގެޓިވް ކޮށް ދެއްކިޔަސް. ރަންރީނދޫ މެން ނަށް ޤަބޫލުކުރެވޭނެ ދޯ މަމެން ބްރިޖް އަޅާ ނިންމީމާ. ދެން މީގައި އޮތީ މަރުފަލި ޖަހައިގެން ނަމަވެސް މިކަން ކުރެވޭތޯ ބެލުމެވެ. ބްރިޖް އެއްޗެހި އެޅޭނީ ފިސާރި ކެރޭ ފިރިހެން ވަންތަ ވެރިކަމުގައެވެ. އެކަން މިދަނީ ބަރާބަރަށް ކުރިއަށް.

The name is already taken The name is available. Register?

ސުޒީ

04 October 2016

ރާއްޖޭގެ ރައްޔިތުންނައް ލިބިފާވާ ހަމައެކަނި އިގުތިސޯދީ ވަސީލަތް ކަމައްވާ ރީތި ރައްތަކާ މޫދު ވިއަކައިގެން ދުނިއޭގެ ފެންވަރު މަހުޖަނުންނައް ވެފަތިބި މީހުންގެ އަތުން އިންކަމު ޓެކުސް ގޮތުގައި އެންމެ ފައިސާ ފޮއްޗެއްވަސް ނުނެގުން މިއީ ރައްތުންގެ އިގުތިސޯދީ ވަސީލަތް ފޭރިގަތުން ކަހަލަ ކަމެއްކަމުގަ ދެކެއް! އަހަރަކު އެތައް މިލިޔަން ޑޮލަރެއް ލިބޭ އެތައް މަހުޖަނުނެއް ތިބިއިރު، ގައިމު އިންކަމު ޓެކުސްގޮތުގަ 10 % ފަސެންޓު ނެގިޔަސް ބޭރުން ލޯނު ނުދޭތިއޭކިއާފަ ރައްތުން ހަންދަމާކަން ނުޖެހޭނެ! ތަރައްގީވެފަހުރި ގަމުތައް ތޭރޭން ޖަރުމަން، އިޓަލީ، ނެދަލޭންޑު ފަދަ ގައުތަކުގައި އިންކަމް ޓެކުސް 45% ހަމަޔައްނަގާ! އީޔޫގެ އެންމެ ކުކޮންޑަކޮއް ނަގާގައުތަކުގަ 13 % ހަމަޔައް އިންކަމްޓެކުސް ނަގާ! އަދި ކާރުހާނާތައް ހުރި މަހުޖަނަކު މަރުވިއަސް ދަރިންނައް އެމުދާ މިލުކުވަނީ ވަރައް ބޮޑުއަދަދެއް ޓެކުސްގެ ގޮތުގަ ސަރުކާރައް ދެއްކީމަ! މިގައުގަ އަރެމެންގެ ރީތި ރަށެއްގަ 30 މިލިއަން ޑޮލަރުން ރިސޯޓެއް ތަރައްގީކޮއްފަ 100 މިލިޔަން ޑޮލަރައް ވިއްކިއަސް ޓެކުސްގެ އޮތުގަ ފަޅި ލާރި އެއްވެސް ސަރުކާރައް ދައްކަންނުޖެހޭ! ގައިމު ރަށެއް އަގުއަރަނީ އުސްއެކަނި އެތާހެދިފަހުންނަ އިމާތަކުން ނޫން ގޮނޑުދޮށާއި މޫދާ ފަރުވެސް ހިމެނޭގޮތައް! އެކަމަކު ގެއެއް ނާޅާ ގޯތި އާދާގެ ފަގީރަކައް ވިއްކެނީވެސް ސަރުކާރައް އެތައްބައިވަރު ޓެކުހެއް ދައްކާފަ! މިއީ ކިހާ ބޭއިންސާފުވެރި ގޮތެއްތޯ!

The name is already taken The name is available. Register?

އުހޫން

04 October 2016

މީ ހާދަ އަނގަތަޅާ ކުއްޖެކޭ ދޯ. ތަމެން މަޑުން ތިބެ ބަލަ. ނުޖެހޭނެ ބުރަ ކޮށް މަސައްކަތް ކޮށްގެން މުއްސަނދިވާ މީހާގެ އިންކަމް އިން ޓެކްސް ނަގައިގެން ގޭގައި ދެފައި ދަމަ ދަމައިގެން ނިދާފައި ތިބޭ މީހުންނަށް ކާން ދޭކަށް. އިންކަމް ޓެކްސް ނަގާ ގައުމު ތަކުގައި މަސައްކަތް ނުކުރާ މީހުންގެ އަދަދު ގިނައީ. މަމެންނަށް މަހަކު 2 ލައްކަ ރުފިޔާގެ ނެޓް ޕްރޮފިޓް އާމްދަނީ އެއް ލިބެނީ އެެއީ މަމެން ކުރާ ބުރަ މަސައްކަތުންނެވެ. އެ ފައިސާ މަމެން ނަގަނީ ބަރާބަރަށް ޓެކްސް ދައްކާ ބޮޑު ކަރަންޓް ބިލް ޕޭކޮށް އަދި ބޮޑު ފެން ބިލް ޕޭކޮށް އަދި ބީޕީޓީ ވެސް ދައްކާ އަދި ވިސާފީ ދައްކާ އަދި އިމްޕޯރޓް ލައިސަންސް ދައްކާ އަދި ޓްރޭޑް ފީ ދައްކާ އަދި ބޭރުމީހުންގެ އިންޝުއަރެންސް ފީ ދައްކާ އަދި ދިވެހި މުވައްޒަފުންގެ އިންޝުއަރެންސް ފީ ބަރާބަރަށް ދައްކާފައެވެ. ތިޔާ ބުނާ ނިކަމެތި މީހާ ކުރާ ކަމަކީ ހެދުނު 12 ޖަހާއިރު ހޭލައިގެން މޫނުގައި ފެން ކޮޅެއް ހާކައިގެން ގޮސް ކޮފީ ކޯނަރ އެއްގައި އިނދެ ސަންގު ގެރި ސޫޖި ބޯ ގޮތަށް ފެގް ބުއިމެއް ނޫންތޯއެވެ. އެމީހުން ބަލަހައްޓަން ނުޖެހޭ މަމެން ވިޔަފާރި ވެރިން މިކުރާ ބުރަ މަސައްކަތުން ހޯދާ ފައިސާ އިން އަނެއްކާ އިންކަމް ޓެކްސް ނަގާދޭކަށް އެވެރިންނަށް. ތިޔާ ބުނާ މުސްކުޅި ވެރިންނަށް 5000 ރުފިޔާ ދޭއިރު އެމީހުން އެއަށް ގަންނަނީ ރަން ފަށް ދޯ. އެެއީ ކީއްކުރަން ދޭ އެއްޗެެއްތަ. އެ އެންމެންނަކީ ވެސް އަތުން ފައިން މަސައްކަތް ކުރެވޭ މީހުންނެވެ. އެއެންމެން ރިސޯރޓް ތަކަށް ކުނި ކަހަން ދިޔަ ނަމަވެސް އެއީ ކިހާ ފައިސާ އެއް ބޭރު ނުވެ ސަލާމަތް ވާނީ. އެކޮއި އަދި ވިޔަފާރީގައި ޅަ ވާނެއެވެ. ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަންވީއެވެ.

The name is already taken The name is available. Register?

ރޯޒް

04 October 2016

ބައްލަވާ ރިސޯޓްތަކުގެ މަހުޖަނުންގެ އަތުން ޓޫރިޒަމް ދާއިރާއިން ލިބުނު ލާރިން ނޫންތޯ މިރާއްޖޭގެ ޖީޑީޕީ ބޮލަކަށް ޖެހޭވަރު 300 ޑޮލަރުން 5000 ޑޮލަރަށް ބަދަލުވީ. ރާއްޖޭގައި އިންވެސްޓްު ކުރުމުގެ މައިގަނޑު އެއް ސަބަބަކީވެސް އަދި އެކަން ކާމިޔާބު ވުމުގެ އެއް ސަބަބަކީވެސް ލޯ ޓެކްސް ރެޖީމެއް އޮތީމަ ނޫންތޯ؟ ޓެކްސް ނެގުމުގައި ދެކޮޅު އޮންނާނެ. ރާއްޖޭގެ ނަންކިޔާލެވޭ މުއްސަނދިންގެ އަދަދު އިނގިލިން ގުނާލެވޭ. މީހުން މަދުވީމައި އެމީހުންއަތުން ލިބޭ އެތިކޮޅު ވަކި މާބޮޑެއް ނުވާނެ،. މިހާރުވެސް ވިޔަފާރިތަކުން ބިޒްނަސް ޓެކްސް ޕްރޮފިޓް ދައްކާ. އެބައި ރަނގަޅަށް ތަންފީޒު ކުރެވިއްޖިއްޔާ އެއީ މިހާރުވެސް އެންމެ ފައިދާ ހުރުގޮތް. އިންކަމް ޓެކްސް ނަގަންޏާ ޓެކްސް ނަގަން ޖޭހޭ އެންމެންގެ އަތުންވެސް.. ދިވެހި ރައްޔިތުންނަށް މިކަމެއް ބަލައެއް ނުގަނެވޭނެ. މިރާއްޖެއަށް ލާރި ލިބޭ. ސަރުކާރަށްވެސް ލާރި ލިބޭ. މައްސަލައަކީ އެ ޚަރަދު ކުރާގޮތް... ގައުމުގެ ވަޒީފާތަކުގެ %20 ޚަރަދު ކުރަނީ ސިޔާސީ ވަޒީފާތަކަށް.. ސަރުކާރު އެހާ ބޮޑު.. ރިސޯޓް ވިއްކުމުގައި ޓެކްސް އެއް ނަގަން ވަރަށް ތާއީދު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454