ޚަބަރު / ދީބާޖާ އިންވެސްޓްމަންޓް

ބަދަލުގެ ގޮތުގައި 174 މިލިއަން ދޭން އެއްބަސްވެ އަމަލުނުކުރުމުން ދީބާޖާ އިން ކަންބޮޑުވެއްޖެ

ދީބާޖާގެ އެއްބަސްވުމުގައި ސޮއިކުރަނީ: ކޯޓުގެ ހުކުމެއް އޮއްވައި ދައުލަތަށް ބުރަ ބޮޑު ނުވާނެ ގޮތަކަށް ސެޓްލްމެންޓަކަށް ދިޔައީ ސަރުކާރުން އެދިގެން ކަމަށް ދީބާޖާ އިން ބުނޭ.

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ސެޓްލްމެންޓް ކޮމިޓީގެ ލަފައާ އެއްގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ފަހު، އެ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން އަމަލުކުރުން ލަސްވަމުންދާ ކަމަށް ބުނެ އެ ކުންފުނިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ދީބާޖާގެ ޗެއާމަން ޝާހީން މުހައްމަދު "މިހާރު" އަަށް އެހެން ވިދާޅުވިއިރު، ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅޭ ތަންފީޒުގެ މައްސަލަ މިއަދު ހެނދުނު 11:40 ގައި އެ ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.

ޝާހީން ވިދާޅުވީ، ފެރީގެ ޚިދުމަތް ދޭން އެ ކުންފުންޏާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ވީ އެއްބަަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ގާނޫނާ ޚިލާފަށް އުވައިލުމުން ލިބުނު ގެއްލުމުން އަރައިނުގަނެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި މައްސަލައިގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެސް ބަހާއި އަމަލާ ދިމާނުވެ ކުންފުންޏަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ ކަން ފާހަގަކުރައްވައި ޝާހީން ވިދާޅުވީ އެ ހުކުމަށް ވެސް ސަރުކާރުން އިހްތިރާމް ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި ސެޓްލްމެންޓް ކޮމިޓިއާ އެކު މަޝްވަރާކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އެއްބަސްވުމަކަށް ދިޔައީ ސަރުކާރުން ބޭނުންވެގެންނެވެ. ބޮޑު އަދަދެއް ސަރުކާރުން ދައްކަން ޖެހުމަކީ މާލީ ބުރައަކަށް ވާނެތީ، 348 މިލިއަންގެ ދެބައިކުޅަ އެއްބަޔަށް ދީބާޖާގެ ބޯޑުން ސެޓްލްމެންޓް ކޮމިޓީއާ އެކު އެއްބަސްވީ ސަރުކާރުން ދިން ޔަގީން ކަމެއްގެ މައްޗަށް ކަމަށް ޝާހީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވިޔަފާރިކުރާ ކުންފުންޏަކަށް ވާތީއާ އެކު، 174 މިލިއަން ދޭން ސަރުކާރުން އެއްބަސްވީމާ ބޯޑުން ވެސް ނިންމީ އެގޮތަށް ކުރިއަށް ދާން. ސަރުކާރަށް ދެވެން އޮތް ލުޔެއް މި ކުންފުނިން ދިނީމާ މިހާރު އަމަލު ކުރަމުންދަނީ އެއްބަސްވި ގޮތާ ޚިލާފަށް. ބަދަލު ދިނުމާ ގުޅޭ ގޮތުން ވާނުވާއެއް، ސަރުކާރުގެ ވިސްނުން ވެސް މިހާރު ސާފެއް ނޫން،" ޝާހީން ވިދާޅުވި އެވެ.

"މައްސަލަ އަކީ މަޖިލީސް [މާލިއްޔަތު] ކޮމިޓީގެ ނިންމުން. އޭގެ ފަހުން، ސަރުކާރުން މިކަމުގައި އަމަލުކުރާ ގޮތް ނޭނގުމަކީ ކަންބޮޑުވުމެއް."

ދައުލަތަށް މާލީ ބޮޑު ބުރައެއް ނަގައި ދިބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ތަކުރާރުކޮށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުވުމާ އެކު، ރިވިއުކުރަން ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން އޮތީ ދެއްވައިފަ އެވެ. އެކަމަކު ފަހުން، އެގޮތަށް އެކަން ނުކުރައްވައި އޭނާ ވެސް ހިމެނިވަޑައިގަންނަވާ ސެޓްލްމެންޓް ކޮމިޓީން ރައީސަށް ލަފާ އަރުވައި 174 މިލިއަން ދީބާޖާ އަށް ދޭން ނިންމި ނިންމުމަމަށް އަމަލުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދެކޮޅު ހެދީ އެވެ.

އެ މައްސަލައިގައި ރިފްއަތު ވެސް ކޮމިޓީ އަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމަށް ފަހު، ކޮމިޓީގެ ނިންމުމަކަށް ވީ ބަދަލު ދިނުން މަޑުޖައްސާލައި، ކުރިން ވިސްނާފައި އޮތް ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މައްސަލަ ރިވިއުކުރަން އޭޖީ ހުށަހެޅުއްވުމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް، މި ސަރުކާރުގެ އާރާއިބާރު އޮތް ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހު ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގައި، މިދިޔަ މަހުގެ ފަހުކޮޅާ ހަމައަށް އޭޖީ ގޮތެއް ނުނިންމަވަ އެވެ.

"ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ތިއީ ލިބެންޖެހޭނެ ފައިސާއެކޭ. ހަމަޖެހޭނެއޭ. ލިބޭނެއޭ. ހަމަޖެހިގެން ހުންނާށޭ. ފައިސާ ނުދޭ ގޮތަކަށް ނިންމައިފައެއް ނެތޭ. މާލިއްޔަތު ކޮމިޓީން ފާސްކުރި ފަހުން ވެސް ސަރުކާރުގެ ބައެއް އިސްވެރިން އަޅުގަނޑަށް ޖަވާބު ދެއްވަނީ އެ ގޮތަށް. އެކަމަކު، އެއްވެސް ނަތީޖާއެއް ނުފެނި އުޅެން ޖެހުން މައްސަލަ އަކީ،" ޝާހީން

ދީބާޖާގެ ހިތްހަމަނުޖެހުމަކީ، ސަރުކާރުން އިސްނަގައި އެ ކުންފުންޏާ އެކު މަޝްވަރާކޮށް، ސެޓްލްމެންޓް އެގްރީމެންޓެއް ހެދުމަށް ފަހު މަޖިލީހުން އޭގެ ތެރެއަށް ވަދެ އެކަން ހުއްޓުވާލުމެވެ.

"މިއީ، ކިހިނެއްވާ ކަމެއް ކަން އަޅުގަނޑުމެންނަށް ނޭނގެނީ. ހަތް އަހަރުވީ މި މައްސަލައިގައި. ދެން އަޅުގަނޑުމެން އަމަލު ކުރަންވީ ގޮތެއް ވެސް އޮޅުމެއް ނުފިލައި މި ތިބެނީ،" ޝާހީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންގުޅުނު އެތައް މުވައްޒަފުންނެއް ވެސް އެބަތިބި. އެތައް ހިއްސާދާރުންނެއް އެބަތިބި. މި ފައިސާ ދިނުމަށް ރައީސް ނިންމެވުމުން، އެ މުވައްޒަފުން ވެސް އަޅުގަނޑުމެންގެ ފަހަތުން އަންނާނެ ނޫންތޯ ލިބޭ އެއްޗެއް ހޯދަން. ބައެއް މީހުންނަށް ހީވެފައ އޮންނަނީ އެ ފައިސާ އަޅުގަނޑުމެންނަށް ދީފިއޭ ނޫނީ އެއިން ބައެއް ދޫކޮށްފިއޭ."

ދީބާޖާ މައްސަލައިގެ ޚުލާސާ:

- އުތުރު ޕްރޮވިންސް (ނ، ރ، ބ، ޅ،) ގައި ދަތުރުފަތުރުގެ ޚިދުމަތް ދޭން ސަރުކާރާ އެކު ދީބާޖާ އިން އެއްބަސްވުމުގައި ސޮއިކުރީ ފެބުރުއަރީ 1، 2010 ގައި.

- އެއްބަސްވީ ދީބާޖާ އަށް 47 ބިމެއް ހަވާލުކޮށް، ރ. ކުޑަކުރަތު ޖޮއިންޓްވެންޗާގެ ގޮތުގައި ތަރައްގީކުރަން އެ ކުންފުންޏާ ހަވާލުކުރަން. ޖުމްލަ 17 ބިމެއްގެ ރަޖިސްޓަރީ ދީބާޖާއާ ހަވާލުކުރި. (ޖޫން، 30، 2010 ގައި، 9 ބިމެއްގެ އަދި ޖެނުއަރީ، 18، 2011 ގައި 8 ބިމުގެ ރަޖިސްޓްރީ.

- އެއްބަސްވުމާ ޚިލާފަށް ޚިދުމަތް ދޭތީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ، ވިދިވިދިގެން ފަސް ދުވަހު ޚިދުމަތް ނުދެވިއްޖެ ނަމަ އެއްބަސްވުން އުވާލެވެން އޮތުމުން.

- އެއްބަސްވުން ބާތިލްކުރުމުން ސިވިލް ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލައިގެ ހުކުމްގައި ވަނީ، އެއްބަސްވުން އުވާލީ ތިން ދުވަހު ޚިދުމަތް ނުދެވުމުން ކަމަށް. އެއީ، އެއްބަސްވުން ގޯސްކޮށް ބާތިލްކުރި ކަމަށް ކަނޑައެޅި އެއް ސަބަބު.

- އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިން ހުށަހެޅީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން. އެކަމަކު އޮކްޓޯބަރު 23، 2014 ގައި ސިވިލް ކޯޓުން، ގާޒީ އަލީ ނަސީރު ހުކުމް ކުރެއްވީ ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 348 މިލިއަން ރުފިޔާ ކަމަށް.

- އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ، ކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު ފަހަނަޅައިދިޔަ ފަހުން ޖުލައި، 22، 2015، ގައި.

- ޖޫން، 26، 2018، ގައި ހައި ކޯޓުން ނިންމީ ބަދަލުގެ ގޮތުގައި 348 މިލިއަން ދޭން ދަށު ކޯޓުން ކުރި ހުކުމް ގޯސްކަމަށް.

- ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުށަހެޅުމުން، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި ދީބާޖާއާ އެއްކޮޅަށް މައްސަލައިގެ ހުކުމް ކުރީ އެޕްރީލް، 17، 2019، ގައި

- ސިވިލް ކޯޓުން އަމިއްލަ އިސްނެގުމަށް ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ވަނީ ފަށާފައި.

ފެރީ ޚިދުމަތް ދޭން ވި އެއްބަސްވުމާ އެއްގޮތަށް ދީބާޖާ އިން މާ ބޮޑު އިންވެސްޓްމެންޓެއް ކުރި ތަނެއް ފެންނާކަށެއް ނެތެވެ. އެ ހާލަތުގައި، އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް މުސްތަގުބަލުގައި (50 އަހަރުގެ ތެރޭގައި) ލިބޭނެ ގެއްލުމަށް ބަލައި، 348 މިލިއަން ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން ކުރި ހުކުމާ މެދު ގާނޫނީ ފަރާތްތަކުން ވެސް ސުވާލު އުފައްދަ އެވެ.

ބިންތަކާއި ސަބްސިޑީގެ ގޮތުގައި ރަށަކާއި ޓެކްސް އަށް ލުއިތަކެއް ވެސް ސަރުކާރުން އެ ކުންފުންޏަށް ދިނެވެ. އެ ކުންފުންޏަށް މާލީ ބޮޑު ފައިދާވާނެ ގޮތަށް އޮތް އެއްބަސްވުމާ އެއްގޮތަށް ތިން އަހަރު އެކަށީގެންވާ ޚިދުމަތެއް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

އެކަމަކު މި ތުހުމަތު ދީބާޖާ އިން ދޮގު ކުރެ އެވެ.

ޝާހީން ވިދާޅުވީ ސަރުކާރާ އެކު ވި އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ދިޔައީ ފުޅާކުރަމުން ކަމަށެވެ. ފެރީ ނިޒާމް ވަރުގަދަކުރަން ރ. ފައިނުގައި ބޮޑު ހަރުގެއެއް ހަދައި ފެރީތައް ބަނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެ ހުރިހާ ފެރީތަކަށް އިންޖީނު ވެސް ގަތް ކަމަށް ވިދާޅުވި އެވެ. ސަރުކާރުން އެއްބަސްވުން އުވާލުމުން ފެރީތައް ނީލަން ކިޔަން ޖެހުނު އިރު، ހަރުގެއަށް އެކަނި ވެސް ދެ މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މުވައްޒަފުންގެ ޚަރަދާއި ސަރުކާރުން ދޫކުރި ރަށް ތަރައްގީކުރަން ވެސް ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވި އެވެ.

174 މިލިއަން ދޭން ސެޓްލްމެންޓް ކޮމިޓީގެ އެއްބަސްވުން

ދީބާޖާ މައްސަލަ ސަރުކާރުން އެދިގެން ސެޓްލްމެންޓް ކޮމިޓީން ބަލައި ރައީސަށް ލަފާ އަރުވައި ފައިސާ ދޭނެ ގޮތުގެ އެއްބަސްވުމެއް އެކުލަވާލި އެވެ. އެކަމަކު އެ އެއްބަސްވުމުގައި ސެޓްލްމެންޓް ކޮމިޓީގެ އެއްވެސް މެމްބަރަކު އަދި ސޮއެއް ނުކުރައްވަ އެވެ.

"ސެޓްލްމެންޓް އެގްރީމެންޓް ފޮނުވި އަޅުގަނޑުމެންނަށް. ދައުލަތުން މިކަމުގައި އުޅުނީމާ ކުންފުނިން ވަކި ގޮތަކަށް އެއްބަސްވީ. އެކަމަކު، ރައީސް ވެސް ހުއްދަ ދެއްވައި މިކަން ކުރަން އެންގެވީމާ ވަކި ހިސާބަކުން މިކަން ހުއްޓިއްޖެ. ކޯޓުގެ ހުކުމެއް ތަންފީޒު ނުކުރެވިގެން މި އުޅެނީ. އަޅުގަނޑުމެންނަށް ހެވޭ މިކަން މި ސަރުކާރުން ނިންމައި ދެނިކޮށް. އެކަން ވެސް ނުވެގެން މި އުޅެނީ،" ޝާހީން ވިދާޅުވި އެވެ.

ދީބާޖާ އިން "މިހާރު"އާ ހިއްސާކުރި ސެޓްލްމެންޓް ކޮމިޓީން ފޮނުވި ކަމަށް ބުނާ އެއްބަސްވުމުގައި އޮތީ، ގާނޫނާ ޚިލާފަށް އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ދައްކަން ޖެހުމަކީ ދައުލަތަށް ބުރަ ބޮޑުވާނެ ކަމެއް ކަމަށެވެ. ނަމަވެސް ގާނޫނާ ޚިލާފަށް އެއްބަސްވުން ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގައި ކޮންމެވެސް މިންވަރެއް ކުންފުންޏަށް ލިބެން ޖެހޭނެ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

އެ ގަބޫލުކުރުން މަތީގައި ދީބާޖާ އެކު ކުރި މަޝްވަރާތަކުން އެ ކުންފުނިން ވެސް 174 މިލިއަނަށް އެއްބަސްވި ކަމަށް އޭގައި ވެ އެވެ. ރައީސަށް މި ލަފާ އެރުވުމުން ރައީސްގެ ނިންމުމަކަށް ވީ އެ ފައިސާ ދިނުން ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންދަވަން އޭޖީ އޮފީހަށް އެންގެވި ކަމަށް ވެސް ސެޓްލެމެންޓް ކޮމިޓީން ދީބާޖާ އަށް ފޮނުވި އެއްބަސްވުމުގައިވެ އެވެ.

ދައުލަތުން ދީބާޖާ އަށް ފައިސާ ދައްކަން އެއްބަސްވެފައި އޮތީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ.

- ފުރަތަމަ ބުރުގައި ޑިސެމްބަރު، 2، 2019، ގައި 30 މިލިއަން ރުފިޔާ.

- މި މަހުގެ ތެރޭގައި ދެ ވަނަ ބުރަށް 48 މިލިއަން ރުފިޔާ.

- ތިން ވަނަ ޕޭމަންޓުގެ ގޮތުގައި މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވެސް 48 މިލިއަން ރުފިޔާ.

- އެންމެ ފަހު ބުރުގައި 48 މިލިއަން ދައްކަން އެއްބަސްވެފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި.

މިގޮތަށް ފައިސާ ދައްކަން އެއްބަސްވެފައި އޮތީ، ދައުލަތާ ދެކޮޅަށް ދީބާޖާ އިން ހުށަހެޅި ދައުވާ އަނބުރާ ނެގުމަށާއި މި މައްސަލައި އިތުރު ދައުވާއެއް ވެސް ނުކުރަން ޝަރުތު ކުރުމަށް ފަހު އެވެ.

"ސަރުކާރުން ބޭނުންވި ލުއިތަކަކަށް ކުންފުނިން އެއްބަސްވީ. އެކަމަކު، އަނެއްކާވެސް އަޅުގަނޑުމެންނަށް ގެއްލުން ލިބޭ ގޮތަށް އެއްބަސްވުމަށް އިހްތިރާމް ނުކޮށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭ،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންނަށް މެސެޖު ކުރައްވައި އަދި ގުޅުއްވައި ފައިސާ ދިނުމަށް އާދޭސް ކުރައްވާ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ތިއީ ލިބެންޖެހޭނެ ފައިސާއެކޭ. ހަމަޖެހޭނެއޭ. ލިބޭނެއޭ. ހަމަޖެހިގެން ހުންނާށޭ. ފައިސާ ނުދޭ ގޮތަކަށް ނިންމައިފައެއް ނެތޭ. މާލިއްޔަތު ކޮމިޓީން ފާސްކުރި ފަހުން ވެސް ސަރުކާރުގެ ބައެއް އިސްވެރިން އަޅުގަނޑަށް ޖަވާބު ދެއްވަނީ އެ ގޮތަށް. އެކަމަކު، އެއްވެސް ނަތީޖާއެއް ނުފެނި އުޅެން ޖެހުން މައްސަލަ އަކީ،" ޝާހީން ވިދާޅުވި އެވެ.

15 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 2%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

15 January 2020

ސާހީނޫ ތިބޭފުޅައިއަށް 174 މިލިއަން އެއީ ކިހައި ފައިސާއެއްކަން އެނގިލައްވާތޯ، ޔަގީނާ ގާތަށް އިނގޭ އެއްޗަކީ މުޅި ޕޮރޮޖެކްޓަށް 3 މިލިއަންވެސް ޚަރަދުވެފައި އޮތިއްޔާ ސާބަސް، އަޅުގަނޑު ސަރުކާރަށް ގޮވައިލަން މިފައިސާ އެއްގޮތަކަށްވެސް ދީގެންނުވާނޭ

The name is already taken The name is available. Register?

ޝޮކްތެރަޕީ

15 January 2020

ކައުންސިލް އިންތިހާބު އެމްޑީޕިޔަ ލިބިއްޖީޔާ ޤައުމުގެ ދުވަސް ދިޔައީ. ރައްޖެއަ ހަދާނީ ހަދާނެ އެއްޗެ. ދިވެހިން ވިންސަނެ ކަމައް ހީކުރަން؟

The name is already taken The name is available. Register?

ބޮޑުމީހާ

15 January 2020

ގައުމެއްގެ ސްޕްރީމް ކޯޓުން ދައުލަތުގެ މައްޗަށް 348 މިލިއަން ދޭން ހުކުމްކޮށްފަ އޮއްވާ 174 މިލިއަން ހޯދަން އެއްބަސްވާނީ މޮޔައިން ތިބި ކުންފުންޏަކުން ނޫންނަމަ ހިތުގެ އަޑިން ގަބޫލުކުރޭ 174 މިލިއަނާއި ގާތް ކުރާ އަދަދަކަށްވެސް ތިމަންނަމެންނަށް ބަދަލު ހައްގުނުވާކަން.

The name is already taken The name is available. Register?

މަތޭ

15 January 2020

ސްޕްރީމް ކޯޓަކީ އެއްވެސް ތަނެއް ނޫންކަން ރައްޔިތުންނަށް ތިޔަ ވިސްނާދެނީ، ވަރަށް ދެރަކަމެއްތީ

The name is already taken The name is available. Register?

ލުޓޭރޭން

15 January 2020

ނުޖެހޭ ދޭކަށް 50 އަހަރަށް ތި މާ މީހާ އަންދާޒާ ކުރާ ނަފާއެއް ރައްޔިތުންގެ ޓެކްސް ފައިސާ އަކުން. އިންވެސްޓު ކުރިއެއްޗަކަށް އެއްޗެއް ސީދާ ގެއްލު މުގެ ބަދަލު ދިނަސް ނުސީދާ ގެއްލު މުގެ ބަދަލު ރައްޔިތުންގެ ޓެކްސް ފައިސާއިން ހޯދަދޭ ބަޔަކުވެސް، އަތުލާ ބަޔަކުވެސް އަދި ދޭ ބަޔަކުވެސް ލަދު ގަންނަންޖެހޭނެ. ކަނޑައެޅިގެން ބައި އަޅާ ބޮޑު ފައިސާ ގަނޑެއްތީ. ދައުވާ ކުރެވޭނެ އަދި ފަހުންވެސް.

The name is already taken The name is available. Register?

ހާލަތު

15 January 2020

ދީބާޖާ އިން ބ.ގޮއިދޫގައި ފެރީ ޓާމިނަލް އެއް ނާޅާ ތިފައިސާ ގޮއިދޫ ރައްޔިތުންނަށް ދިނުން ރަނގަޅުވާނީ އަދި ސީ ލައިފް ކިޔާ ކުންފުންޏަކުން 80 ހައުސިން ޔުނިޓް އަޅަން އެއްބަސްމުގައި ގޮއިދޫ ރައްޔިތުން ކުރިމަތީ ސޮއިކޮށް އެވއސް ނާޅާ. މިނިސްޓަރ އަސްލަމް ކައިރީ އަހާލަން ބޭނުންވަނީ އަންނިވެރިކަމުގައި ތިބޭފުޅާ ގޮއިދޫ ރައްޔިތުން ކުރިމަތީ ހޭވި ހަޑި ރަނގަޅު ކުރަން އަނެއްކާވެސް ތިބޭފުޅައަށް ފުރުސަތު ލިބިފައޭ މިއޮތީ

The name is already taken The name is available. Register?

ކޮލަމާފުށި

15 January 2020

ނުޖެހޭ ދޭކަށް.ނުދޭ ޚިދުމަތަކަށް ކޮންފައިސާއެއް ދޭކަށް.

The name is already taken The name is available. Register?

ހަލު

15 January 2020

ސްޕްރީމް ކޯޓުން ކުރާ ހުކުމް ތަކަށް ގޮންޖަހަނީ ކާކުބާ. ކުރިންވެސް މީހަކު އުޅުނު ތިގޮތަށް..ވިސްނާ

The name is already taken The name is available. Register?

ނަން

15 January 2020

މި ނަހަމަ ބަދަލު ދީ ފިޔާމު ޓެކްސް ދެއްކުން ހުއްޓަންވީ. ކިހާ ބޮޑު އުދަގުލެއް.. ހަމަ ބަޔަކު މުއްސަންދި ކުރަނީ. މިއީ ބޮޑުވެގެންވާ ޖަރީމާއެއް މި ވެރިކަމުގައި ހުރި މިހުންނައި ގުޅިގެން ހިންގާ.

The name is already taken The name is available. Register?

ނުދޭތި

15 January 2020

ދީބާޖާއަށް އެންމެ ލާރިއެއްވެސް ދޭންޖެހޭނެ ހަމައެއްނެތް. އެއީ ޚީދުމަތް ދިން އިރުވެސް ޚިދުމަތުގެ ފެންވަރު ދައްވުމާއި ޚިދުމަތް މެދުކެނޑޭލެއްގިނަވުން. ދެން މިފެންވަރުގެ ބަޔަކަށް 50 އަހަރު މިކަން ނުކުރެވޭނެ. އެހެންވީމާ 50 އަހަރުން ލިބޭނެފައިދާއޭ ކިޔާ ލާރިދޭކަށްނުޖެހޭނެ. ދެން މި ނޫހުން ސާފކޮށްލަދީބަލަ މި މީހުންނާ ރަޖިސްޓްރީ ހަވާލުކުރި ބިންތައް މިހާރުކޮބައިތޯ؟ މި މީހުންނަކީ އެހެންނަމެއްގައި ދެކުނުގެ ފެރީގެ ހިދުމަތްދޭންށޭ ކިޔައިގން ދެރިސޯޓްހޯދިބައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454